Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަކުރުވާހަކަލޯބި

އެއްގޮތް ދެ އަނިޔާ

ismail ali Level 1
January 4, 2024 2 Mins Read
0 Comments

ދެ އަނިޔާ

އިސްމާޢީލްޢަލީ ކަނދޮޅުދޫ

 

މިއީ އިގިރޭސި ބަހުން ހަދާފައިވާ ވީޑިއޯއެއްގެ ދިވެހި ތަރުޖަމާއެކެވެ. ބައެއް ބަދަލު ގެނެސްފައިވާނެއެވެ.

 

އަހަރެންގެ ޢުމުރުން އެންމެ ފަސްއަހަރުގައި މަންމަ އަހަރެން ޔަތީމުޚާނާއަކަށް ޙަވާލުކުރިއެވެ. އެގޮތަށް ނުހެދުމަށް އެދި އަހަރެން ރޮއިއާދޭސް ކުރަމުން ދަނިކޮށެވެ.އޭގެ ފަހުގައި މަންމަވީތަނެއް އަހަރެންނަކަށް ނޭގެއެވެ.

އަހަރެންބޮޑުވީ ޔަތީމުޚާނާގައެވެ.އަހަރެން އެތަނުން ނުކުތުމަށްޓަކައި ކިޔެވުމަށް ވަރަށްބޮޑަށް ސަމާލުކަންދިނީމެވެ. ކިޔެވުން ނިންމުމަށްފަހު ރަގަޅުވަޒީފާއެއް ލިބުނެވެ. ވަޒީފާ އަދާކުރާތަނުން ރީތި ބާމަތިފުޅާ ޒުވާނަކާއި ދިމާވިއެވެ.އެއީ ހަޤީގަތުގައިވެސް ވަރަށް އޯގާތެރި ނިޔަނެތި ޒުވާނެކެވެ. އަހަރެމެން ދެމީހުންގެ ހިތުގައި ލޯބީގެ ކުރިފަޅައި ހެދެމުން  ދިޔައެވެ.ކުލަކުލައި މާތަކުން ލޯބީގެ ބަގީޗާ ފަރިވެފޮޅުނެވެ. ލޯބިވެރިންނަށް  ޚާއްޞަ ތަންތަނަށް އަހަރެމެން ގޮސްއުޅުނީމެވެ. އެކުގައި ވަގުތު ހޭދަކުރީމެވެ. މިގޮތުގައި އަހަރެއް ފާއިތުވީފަހުން އަހަރެމެން ކައިވެނި ކުރީމެވެ.

ކައިވެންޏަށްފަހު ހުރިހާ ކަމެއް ބަދަލުވިއެވެ. ފިރިމީހާ ވެގެންދިޔައީ ރުންކުރު ރުޅިގަދަ މީހަކަށެވެ. އަހަރެންގެ ވަޒީފާ ދޫކޮށްލުމަށް އަމުރު ކުރިއެވެ. ރަށްޓެހިންނާއި ބައްދަލުކުރުން މަނާކުރިއެވެ. އަހަރެން އެހުރިހާ ގޮތަކާވެސް ރުހިގެން އިނީމެވެ. އެއީ ފިރިމީހާ އަހަރެން ދެކެ ލޯބިވާ ކަމަށް ޤަބޫލު ކުރެވޭތީއެވެ. އެހެނަސް އޭނާ ކުރާ އުނދަގުލާއި ޖެއްސުން ވީއިތުރެވެ.ގޭތެރޭގެ މަސައްކަތް ތަކާއިބެހޭގޮތުން ފާޑުކިޔަން ފެށިއެވެ.

އަހަރެން މިއީ ގޭގައި ގެންގުޅޭ ނޯކަރެއްފަދައެވެ. ދުވަސް ކޮޅަކުން އަހަރެން ބަލިވެ އިނދެއްޖެއެވެ. އަހަރެން އުއްމީދުކުރީ ފިރިމީހާ ވަރަށް އުފާވާނެ ކަމަށާއި އުޅުމަށް ހެޔޮ ބަދަލެއް އަތުވެދާނޭ ކަމަށެވެ. އެހެންނަމަވެސް އޭނާ އަހަންނާއިމެދު އިތުރަށް ގޯސްކޮށް ކަންތައް ކުރަންފެށިއެވެ. އަހަންނަށް ދަރިއަކު ލިބެންއުޅޭ ވާހަކަ ބުނުމުން އޭނާގެ ފުރަތަމަ ޖަވާބަކީ އަހަރެން އިތުރަށް ފަލަވާނޭކަމާއި ސިފަހުތުރުވާނޭ ކަމެވެ. އަހަރެން ހީކުރީ ދަރިފުޅު ވިހޭމާ ފިރިމީހާ އުފަލުންގޮސް މޮޔަވާވަރު ވާނެ ކަމަށެވެ. އެކަމަކު އެކަމަކަށް ބަދަލެއް ނާދެއެވެ. އަހަރެންގެ ބަރުދަނާއި ބައްޓަމަށް އޭނާ މަލާމަތް ކުރަމުން ދިޔައެވެ. ލޯގަނޑު ކުރިމަތި ހުރެ އަހަރެންގެ އަމިއްލަނަފްސަށް ބަލައިލީމެވެ. އަހަރެންގެ ހިތުގައި ނަފްރަތު އުފެދުނެވެ.

އަހަރެންގެ ނަފްސަށް ބަދަލެއް ގެނައުމަށް އަހަރެން ނިންމީމެވެ. މިގޮތުން ޖިމަށް ދާން ނިންމީމެވެ. އެކަމަކު ޖިމަށް ދައްކަންޖެހޭ ފައިސާ ދޭކަށް ފިރިމީހާ އެއްބަހެއް ނުވިއެވެ. އޭނާ ދެކޭގޮތުގައި އެއީ ކުރެވޭ ބޭކާރު ޚަރަދެކެވެ. އަހަރެން އަމިއްލަ އަށް ވާކްއައުޓް ހަދަންފެށީމެވެ. އަހަރެން އަލުން ވަޒީފާއާއިގުޅުނީމެވެ. އެކިމީހުންނާއި ބައްދަލުވެ ހިތަށް ހަމަޖެހުން ލިބެމުން ދެއެވެ. އެކަންތައް އަހަރެންގެ ހަޔާތަށް ބަހާރު މޫސުން ގެނެސްދިންފަދައެވެ. އަލުން އަނބުރާ އަހަރެންގެ ރީތިސިފަ ލިބުނެވެ. ފިރިމީހާ މިކަމައި ހަސަދަވެރިވާން ފެށިއެވެ. މަކަރުހަދައިގެން އަހަރެންގެ ބޮލުގައި ދޮގު އިލްޒާމު އަޅުވަމުންދެއެވެ. ޔަޤީނުންވެސް ތިއުޅެނީ ކޮންމެވެސް މީހަކު ފެނިގެނެވެ. އަހަރެން އަނެއްކާވެސް އަހަރެންގެ ވަޒީފާދޫކޮށްލީ އޭނާ ޝައްކު ކުރިއަ ނުދިނުމަށްޓަކައެވެ. އެކަމަކު ވިސްނާލަބަލަ’ އެކަމަކުވެސް އޭނާ މަކަރުހަދަމުން ދިޔައެވެ.

އެއްދުވަހަކު ފިރިމީހާ އޭނާގެ ލޯބިވެރިޔާއެކީ ލޯބީގެ ގުޅުން ހިންގާ މަންޒަރު މިދެލޮލުން ދުށީމެވެ. އަހަރެންހީކުރީ ފިރިމީހާ އަހަރެން ކިބައިން މަޢާފަށް އެދޭނެ ކަމަށެވެ. އޭގެބަދަލުގައި އޭނާ ރުޅިއައިސް އަހަރެންނާއި ދަރިފުޅު މަގުމަތިކޮށްލިއެވެ. ދަރިފުޅު ބެލެހެއްޓުމަށްޓަކައި ދެގުނަ މަސައްކަތް ކުރަން ޖެހުނެވެ. ފިރިމީހާ އެނބުރި ނައުމުން ބައެއްފަހަރު ދަރިފުޅު ޔަތީމުޚާނައަށް ލާންވީއޭ ހިތަށް އަރައެވެ. އެކަމަކު އަހަންނެއް އެކަމެއްނުކުރާނަމެވެ. އަހަންނަށް ދިމާވި ކަންތައްތައް އަހަރެންގެ ދަރިފުޅު ތަޙައްމަލުކުރަން ޖައްސާކަށް އަހަރެންބޭނުމެއްނުވެއެވެ.

ދުވަސްކޮޅެއްފަހުން ފިރިމީހާގެ ލޯބިވެރިޔާއާއި ޕާކުން ދިމާވިއެވެ. އޭނާ ބުނިގޮތުގައި އެއީ ވަރަށް ކެއަރ ކުރާ ރަގަޅު ވަފާތެރި ބައިވެރިއެކެވެ.މިހާރު އޭނާއިނީ ބަލިވެ ކަމަށްވެސް ބުންޏެވެ. އަހަރެން ހިތަށްއަރާ ތިބާއަށް އޭނާ މަކަރު ހެދީ ކީއްވެ ބާވައެވެ. އެއަޑު އިވުމުން އަހަރެންގެ ހިތް ކުދިކުދިވިފަދައެވެ. އަހަންނަށް އެނގުނު ދެން ދުވަހަކުވެސް އޭނާ ނާންނާނޭ ކަމެވެ. އެހެންވެ އަހަރެން އާ ހަޔާތަކާ ދިމާއަށް މިސްރާބު ދީއްލާ ލީމެވެ. އެއީ އަހަރެންނަށް ނިންމުނު އެންމެ ރަގަޅު ނިންމުމަށް ވިއެވެ.އަހަރެން ދުވާލުގެ ބުރަމަސައްކަތަށްފަހު ރޭގަޑުގެ ވަގުތުތައް ހޭދަކުރީ ކިޔެވުމުގައެވެ. ދެތިން އަހަރުފަހުން އަހަރެން ޕީ އެޗް ޑީ ޙާސިލް ކުރީމެވެ. މިހާރު އަހަރެންނަކީ ސައިކޮލޮޖިސްޓެކެވެ.އަހަރެންފަދަ ނަފްސާނީ ގޮތުން ބަލިކަށި ވެފައިތިބޭ އަންހެނުން ނަފްސާނީ ފަރުވާ ހޯދާ ދިނުމަކީ އަހަރެންގެ މަސައްކަތެވެ. އަހަރެންގެ އަންހެން ދަރިފޅު މިހާރު ދަނީ ހައިސްކޫލަށެވެ.

އަނެއްކާވެސް އެއްދުވަހަކު އެއްކަލަ އަންހެންމީހާ އާއި ޕާކުން ދިމާވިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމާއި ހިތާމައިގެ އަސަރުތަކެވެ.އަހަރެންނާއި ދިމާއަށް ބަލާލުމަށްފަހު ރޮވެން ފެށިއެވެ.މިހާރު އަހަންނަށް ވިސްނިއްޖެއެވެ.އޭނާ ހަދާލީ ހަމަ ތިބާއަށްވެސް ހަދާލިގޮތެވެ. ދަރިފުޅު ލިބުމާއިއެކު އަހަރެމެން ދެމައިން ގެއިންނެރެ ބޭރުކޮށްލީއެވެ. އަހަރެންނަށް ވަރަށް ބޮޑަށް މަޢާފު ކޮދިނުންއެދެމެވެ.އެންމެ ރަގަޅެވެ. އެއީ މަޢާފް އެދެންވި ކަމެއްނޫނެވެ. އޭގެ ބަދަލުގައިއަހަރެން ތިބާއަށް ޝުކުރު އަދާކުރަންވީއެވެ.ތިބާއެދުވަހު އަހަންނަށް އެކޮށްދިނީ ހެޔޮކަމެކެވެ.ތިބާގެ ބަސްތަކުގެ ސަބަބުން އަނދިރި ހަޔާތުން އާ ހަޔާތަކަށް ނުކުތުމުގެ ހިތްވަރު ލިބިގެން ދިޔައެވެ.އެކަމުން އަރައިގަތުމަށް ހިތްވަރު ލިބުނީތީ ތިބާއަށް ޝުކުރުވެރިވަމެވެ. މިއަދު މިހިސާބަށް އާދެވުނީތީ އަހަރެން މިހުންނަނީ ވަރަށް ބޮޑަށް އުފާ ވެފައެވެ.

 

 

 

Share Article

Follow Me Written By

ismail ali

Level 1

Other Articles

Previous

ވެވުނީ ލޮތްބޭ….

Next

ވެވުނީ ލޮތްބޭ – 2

Next
January 4, 2024

ވެވުނީ ލޮތްބޭ – 2

Previews
January 2, 2024

ވެވުނީ ލޮތްބޭ….



All Right Reserved!