މަންމަގެސިޓީ
މަންމަގެސިޓީ
އިސްމާޢީލްޢަލީ ކަނދޮޅުދޫ
މިއީ އިގިރޭސި ބަހުން ހަދާފައިވާ ވީޑިއޯއެއްގެ ދިވެހި ތަރުޖަމާއެކެވެ. ބައެއް ބަދަލު ގެނެސްފައިވާނެއެވެ.
މިއީ މަންމައަކު އޭނާގެ ދަރިފުޅަށް ހިތުގެ ފުންމިނުން ލިޔެ ފޮނުވާ ފައިވާ ސިޓީއެކެވެ. މިސިޓީ ފޮނުވާފައިވަނީ ދާދިފަހުން ކައިވެނިކޮށްފައިވާ އެމަންމަގެ ފިރިހެން ދަރިފުޅަށެވެ.މިސިޓީން އަޅުގަޑުމެންނަށްވެސް ލިބިދާނެ ފިލާވަޅުތަކެއް ވެއެވެ. އެސިޓީގައި ވަނީ މިފަދައިންނެވެ.
ލޯބިވާ ދަރިފުޅާއެވެ.
މިސިޓީ ލިބުމުން ދަރިފުޅަށް ޙައިރާން ކަންލިބިގެންދާނެކަން މަންމައަށް އެނގެއެވެ.ނަމަވެސް މަންމަ ހިތުގެ ޝުޢޫރު ހާމަކުރުމަކީ މުހިއްމު ކަމަކަށް ދެކޭތީ ހާމަ ކުރަމެވެ. މީގެ ދެތިން ދުވަސް ކުރިން އަހަރެންނަށް އަޑުއިވުނީ ދަރިފުޅު އަންހެނުންނާ ޒުވާބު ކުރާ ވާހަކައެވެ.އަހަރެން ހައިރާންވީ އޭނަ ބުނި އެއްޗަކުންނެވެ. އެކަމަކު އެކަމުން އަހަންނަށް މުހިންމު ކަމެއް ވިސްނުނެވެ.އޭނާ ބުނީ “މަންމަ އަހަރުމެންނާއެކު މަޑުކުރަން އައި ދުވަހުން ފެށިގެން.ތިބާއަށްޓަކައި ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް އުންމީދުކޮށްގެން ކަލޭ އެންމެކުޑަމިނުން ގޭތެރޭގައި އެހީތެރިވުމަށް އިނގިލިވެސް އުފުއްލާ ނުލައެވެ.”
އެ އަޑުއިވުމުން ފުރަތަމަ އަހަރެންނަށް އަސަރުކުރިނަމަވެސް ދަރިފުޅުގެ އަންހެނުން އެބުނަނީ ތެދެކެވެ.އަހަންނަށްވެސް އޭނަގެ ހާލަތުގައި ހުރިނަމަ ޝަކުވާ ކުރެވުނީހެވެ. ކަލޭގެ ކައިވެނި ކުރިތާ އެންމެ ހަފްތާއެއް ވެއްޖެ ކަމަށާއި އަހަރެން ބޭނުންވީ ދަރިފުޅު ހަމަޖެހިލަންދެން ދަރިފުޅުކައިރީ މަޑުކޮށްލުމަށެވެ. މަންމައަށް ހީވަނީ ތިޔަ ދެމީހުން އަމިއްލަ ދިރިއުޅުން ބިނާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން މަންމަމެންދާންވީވަގުތު ޖެހިއްޖެހެންނެވެ. މަންމަމެން މާދަމާ ގެއަށް ދާނަމެވެ. ކަލޭގެ ބައްޕައާއި އަހަރެން އެކުގައި ދަތުރުކޮށް ދުނިޔެ ބަލާލަން ރާވާފައި ވެއެވެ.ފުރުމުގެ ކުރިން މިއޮތީ ދަރިފުޅަށް އެނގެން ބޭނުންވާ ތިން ކަމެކެވެ. ފުރަތަމަކަމަކީ ކައިވެނި ކުރުމަށްފަހު ތިޔައީ އަހަރެންގެ ދަރިއެއް ނޫނެވެ. މިކަމާ ހައިރާން ނުވާށެވެ. ސަބަބަކީ އަހަރެންގެ ހިތުގައި ކަލޭ އަބަދުވެސް ހުންނާނީ އަހަރެންގެ ކުޑަކުޑަ ފިރިހެން ކުއްޖެއްގެ ގޮތުގައެވެ.ހަގީގަތަކީ ތިމާގެ އަމިއްލަ އާއިލާއެއް އޮތުމުން ކޮންމެ ކަމަކަށް ވުރެ ވެސް އެމީހުން އިސްކުރަން ދަސްކުރަން ޖެހެ އެވެ. އަހަރެމެން ޗުއްޓީއަށް މޮންގޯލިއާއަށް ދިޔައިރު ބެބީ ލޭމްބް ފެނުމުން މޫނު އަލިވެގެން ދިޔަ ދުވަސް ދަރިފުޅު ހަނދާން އެބަހުރިހެއްޔެވެ؟.އެހާ ބޮޑަށް ޕެޓް ކުރަން ބޭނުންވި ނަމަވެސް މަންމަލޭމްބް އޭގެ ދަރިފުޅު ދޫކޮށްނުލިއެވެ. އަހަރެމެން އެއްދުވަހަކު އެމީހުން ފަދައިން ވަކިނުކުރެވޭ ނަމަވެސް ލަސްނުކޮށް ކުޑަކުއްޖާ ބޮޑުވެ މަންމަ ދަރިފުޅު ދޫކޮށްލާނެއެވެ.
މިހާރު ތިބާގެ އުމުރަކީ 28 އަހަރު ކަމުން ދެން އޮތް އެއްޗެއް ދޫކޮށް އަމިއްލަ އެއްޗެއް އުފެއްދުމުގެ ވަގުތު ޖެހިއްޖެއެވެ. އަމިއްލަ އުފާވެރި ހަނދާންތަކުން ގޭތެރެ ފުރާލަންވީ ވަގުތެވެ.ދެވަނަ ކަމަކީ އަނބިމީހާއާއިދަރިންދެކެ ލޯބިވެ އެމީހުންގެކަންކަމުގައި އަވަދިނެތި އުޅުމެވެ. އަސްލުވެސް އަބަދުވެސް އަނބިމީހާއާއި ދަރިންނަށް ލޯބިކޮށް ސަޕޯޓް ދިނުމަށެވެ.އަހަރެން ދަރިފުޅު ވިހެއިއިރު ދަރިފުޅު އަހަރެންގެ ދެ އަތްތިލައަށް ވުރެ ބޮޑު ނޫން ކަމަށާއި އަހަރެން ހީކުރީ ދަރިފުޅު އަކީ މަންމަގެ ހުރިހާ އެއްޗެއް ކަމަށެވެ.ދަރިފުޅުބެލުމަޢި ގޭތެރޭގެ މަސައްކަތުން ލިބުނުވަރުބަލިކަން ފިލުވައިދިނީ ދަރިފުޅުގެ ލޮބުވެތި ބައްޕައެވެ. ބައްޕަ ގެއަށް އަންނައިރު ވަރުބަލިވެފައިހުރުމައިއެކުވެސް އެކަން ހަނދާން ނައްތާލާފައި ގޭތެރޭގެމަސައްކަތުގައާއި ދަރިފުޅުގެ ކަންތަކުގައިއުޅެއެވެ. މަންމަ އިގިއްޔެއް ގުޑުވާލަންވެސް ބައްޕަ ފުރުސަތު ނުދެއެވެ.ބައްޕައަކީ ވަރަށް ކެތްތެރި އިންސާނެކެވެ.
ތިންވަނަކަމަކީ ކައިވެންޏަށްފަހު އަނބިމީހާއަކީ ތިބާގެ އާއިލާމީހެއްކަން ދަތުމެވެ.މަންމަމެން ޔުނިވަރ ސިޓީގައި އުޅުނުއިރު ޕްރޮފެސަރަކު އެމީހަކު އެމީހަހަކު އެންމެ އިސްކަންދޭ ދިހަމީހަކުހިމަނައިގެން ލިސްޓެއް ލިޔަން ޙަވާލުކުރިއެވެ. އޭގެ ފަހުގައި ނުވަމީހުން މިގޮތަށް ގޮސް ކޮނެމެފަހަރަކު ނަމެއް އުނިކުރަމުން އެކަކަށް ވަންދެން ލިސްޓު ލިއުއްވިއެވެ. އަހަރެމެން ލިޔުނީ އެންމެގާތްމީހުންނައި،މައިންބަފައިންނާއިއެއްބަޑުމީހުންނާއި ބައިވެރިޔާއެވެ. ބައެއް ކުދިންނަށް ނަމެއް އުނިކޮސްލަން ޖެހުމުން ވަރަށް އުނދަގޫވެ އަސަރު ކުރިއެވެ. ރޮވޭގޮތްވިއެވެ.ޕްރޮފެސަރ ކިޔާދެއްވިއެވެ. މައިންބަފައިން އަބަދަކު ނުތިބޭނެއެވެ.އެއްބަނޑުމީހުންނާއި ރަހުމަތްތެރިން އެމީހުންގެ އަމިއްލަ ދިރިއުޅުމައިގެން އަވަދިނެތި އުޅޭނެއެވެ. މުސްކުޅިވާ ދުވަހު ކައިރީގައި ހުންނާނީ އެމީހެއްގެ ވަފާތެރި ބައިވެރިޔާއެކަންޏެވެ.
ދަރިފުޅު ބޭނުންނަމަ މަންމަމެން މިތަނުގައި ތިބެދާނަމެވެ. އެހެންނަމަވެސް ދަރިފުޅުގެ އަމިއްލަ ޢައިލާއެއް ބިނާކުރުމުގެ ވަގުތު ޖެހިއްޖެކަން ކަށަވަރެވެ.
2 Comments!
Comments are closed.

އިސްމާއީލުގެ މިންނަތްތެރި އަދަބީ މަސައްކަތްޕުޅަށް ހަމަ އައްސަރިބަހާއި ސާބަސް! މިފަހަރުގެ ސިޓީއަކީ ވަރަށް ވެސް އަސަރުހުރި، ބޭނުންތެރި އަދި އެހައިމެ އިބުރަތްތެރި ސިޓީއެއް
shukuran jazakallah khair. thiya hivvaru dhinumuge baskolhah fahfashun shukriyya.