Skip to content
އެސްފިޔަ

ތިބާގެ ޙަޔާތް އުފާވެރިކުރާށެވެ.

ތިބާގެ ޙަޔާތް އުފާވެރިކުރާށެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ދުނިޔޭގައި އުފާވެރި ކަމާއިއެކު ކޮންމެމީހަކުވެސް ދިރިއުޅެން ބޭނުން ވެއެއެވެ. ނަމަވެސްއަބަދަކު މިފުރުޞަތެއް ނުލިބިދާނެއެވެ. ދުނިޔެ ހިގަނީ ތޮށަލި ދުޅައަށް ކަމުގައިވާތީއެވެ. ދުނިޔޭގައި އުފަލާއި ހިތާމަ އެކުލެވޭތީއެވެ. ދުނިޔެދައްކާ ކުލަތައް ތަފާތުވީމައެވެ.ދުނިޔޭގެ ކަންކަން ހިނގަނީ ވަކި އުސޫލަކުންނެވެ.މިއީ އިމްތިޙާނު ކުރުމުގެ މަޙައްލެކެވެ.

އުފާވެރި ޙަޔާތަކަށް އެދޭނަމަ ތިބާގެ ހިތަށް ހިތްދަތިކަން ގެނެސްދޭ ކަންކަމުން ދުރުވެ ހުރުމާއި އެކު ހިތަށް އުފާވެރިކަމުގެ އިޙްސާސް ގެނެސްދޭ ކަންކަން ކުރުމަށް ތައްޔާރުވާށެވެ.

ޙަސަދަވެރިކަމުގެ އަލިފާން ހިތުގައި އަނދަމުންދާ ނަމަ އޭގެ ހޫނުކަން އަބަދު އިޙްސާސް ކުރަންޖެހޭނެއެވެ.މިއީ ވަރަށް ނުރައްކަތެރި ބައްޔެކެވެ. އަމިއްލައަށް ލިބިގަންނަ ހިތްދަތިކަމެކެވެ. މިކަމުން ދުރުވެވޭނީ އީމާންކަން އިތުރުކޮށްގެނެވެ. ތިބާއަށް ލިބިފައިވާ ނިޢުމަތްތަކުގެ އަގުވަޒަންކުރެވިގެނެވެ.ތިބާ ނިޢުމަތް އިތުރުކޮށް ދެއްވުން އެދި ދުޢާ ކުރާށެވެ.

ތިބާ ﷲ މަތިން ގިނަގިނައިން ހަނދުމަ ކުރާށެވެ. އޭރުން އުފާވެރުކަމުގެ ނޫރު ފެތުރިގެން ދާނެއެވެ. އޯގާތެރިވުމާއި،ތެދުވެރިވުމާއި،މަޢާފުކުރުމާއި، ޝުކުރުވެރިވުމާއި،ކެތްތެރިވުމާއި،ހެޔޮގޮތުގައި ވިސްނުމާއި،  ރަނގަޅަށް ކެއުމާއި ގިނައިން ފެންބުއިމާއި، ކަސްރަތުކުރުމާއި،އަމިއްލަ އަމާޒެއް އޮތުމާއި،ކާމިޔާބީއަށް ދެވެންދެން ހުއްޓާ ނުލައި މަސައްކަތް ކުރުމަކީ ކުރެވިދާނޭ ކަންކަމެވެ.

އެހެން މީހުންނާ ބެހޭގޮތުން ރަނގަޅަށް ވާހަކަ ދެއްކުމާއި، ގިނައިން ހިނިތުންވުމާއި،  އަމިއްލަ ނަފްސަށް ލޯބިކުރުމަކީވެސް ތިބާގެ ޙަޔާތް

އުފާވެރި ކުރުމަށްޓަކައި ކުރެވިދާނެ ކަންތައް ތަކެވެ. ލިބިފައިވާ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ކުށްކުރުން ހުއްޓާ ލުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ.