Skip to content
އެސްފިޔަ

ކުށް ކުރެވިއްޖެއެވެ.

އައުޅެން

ކުށް ކުރެވިއްޖެއެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

އަހަރެންނަށް ކުށެއް ކުރެވުނީމާ އެނގެއެވެ.

އަހަރެންނަށް ދެރަ އިހުސާސް ކުރެވެއެވެ.

އަހަރެން ކަރުނަ އަޅާލަމެވެ.

ނިދި ގެއްލިފައި އިނދެވެއެވެ.

އެކަމާ ވިސްނާލުން ހުއްޓާނުލަމެވެ.

އެކަމުން ނުކުމެދާނެ ހިތިނަތީޖާއާމެދު އެވެ.

މީހުން ދައްކާފާނެ ވާހަކަ އާމެދު ކަންބޮޑުވެއެވެ.

އެކުށް ކުރީ ހިތްހަމަ ޖައްސާލުމަށެވެ.

އެއަށްފަހު ހިތް ރޫރޫއަޅަނީއެވެ.

މީހާ ހާސްވެ ފިކުރުބޮޑުވަނީއެވެ.

މީހެއްގެ ހިލަމެއްވީތޯ އެކިދިމަދިމާ ބެލެނީއެވެ.

ކެމަރާ ހަރުކުރެވިފައިހުރިތޯ ޗެކު ކުރެވުނެވެ.

ހިތަށް އެއްވެސް ހަމަޖެހުމެއް ނުލިބުނެވެ.

އަވަހަށް ވަގުތު ހިނގާނޭ ނަމައޭ ހީވެއެވެ.

ދެންއޮތްގޮތަކީ ތައުބާވެ މަޢާފު އެދުމެވެ.

ހެއްދެވިފަރާތާއި ކުއްތަންވެ ދުޢާ ކުރުމެވެ.

މިފަދަ ޢަމަލެއް ނުކުރުމަށް އެއްބަސް ވުމެވެ.

ކުރެވުނު ކުށަށް އިޢުތިރާފްވެ ލަދުވެތި ވުމެވެ.

މިފަދަ ފާފައެއް ނުކުރުމަށް ޢަޒުމް ކަނޑައެޅުމެވެ.