Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީ

ތިބާގެ ހިތަކީ…

ismail ali Level 1
December 13, 2023 One Min Read
0 Comments

ތިބާގެ ހިތަކީ…

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ﷲ ތިބާއަށް ދެއްވާފައިވާ ގިނަގުނަ ނިއުމަތް ތަކުގެ ތެރެއިން ރަނގަޅު ހިތެއް ލިބުމަކީ ވަރަށް ބޮޑު ނިޢުމަތެކެވެ.ބައެއް މީހުންގެ ހިތުގައި ރަހުމާއި،ހަމްދަރުދީއާއި ކުލުނާއި، އޯގާތެރިންކަން ވާއިރު އަނެއް ބައެއްގެ ހިތުގައި ރަޙުމުގެ ކަންފުޅެއް ނުވެއެވެ.އިހަކަށް ދުވަހު މީޑިއާގައި ޢާއްމުވި ޚަބަރަކީ ތިމާގެ ބަނޑުން ވިހޭ ދަރި ވަރަށް ވަރަށް ރަޙުމުކުޑަ ގޮތަކަށް މަރާލާފައި ކުނިގޮނޑަށް އެއްލާ ލާފައި އޮއްވާ ފެނުނު ޚަބަރެވެ.ދެން ސޯޝަލް މީޑިއާގައި ހާމަވި އަނެއް ޚަބަރަކީ މަގުމަތީގައި އަރާމުގައި ނިދާފައިއޮތް މާބަނޑު ބުޅަލަކަށް ތޫނުއެއްޗަކުން ހަމަލާ ދިންވާހަކައެވެ.އެބައެއްގެ ރަހުމުކުޑަ ކަމާއި އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނުވާ އިޒްރޭލުން މުޅިދުނިޔެއަށް ހާމަ ކޮށްދެމުންދާ ރަޙުމުކުޑަ ކަމާއި ލާއިންސާނިއްޔަތުކަމުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް އެބައޮތްތޯއެވެ؟

ދުނިޔެވީ ޙަޤީޤަތުގެ ސަބަބުން ދުނިޔޭގައި މީހުން ނުބައި އަމަލު ހިންގިޔޭ ކިޔާފައި ތިބާއަށް ލިބިފައިވާ ތިބާގެ އެ މަޑުމައިތިރި ހިތާއި، ތިބާގެ އެ އޯގާތެރި ޠަބީޢަތާއި، އެހެން މީހުންނަށް ތިބާ ދޭ އަޅާލުމުގެ މިންވަރަށް ދުވަހަކުވެސް ބަދަލެއް ނުގެންނާށެވެ. ދުވަހަކުވެސް އެއްޗަކަށް ނުވަތަ މީހަކަށް ތިބާގެ އަލިކަން ފަނޑުކޮށްލުމަށް ފުރުޞަތު ނުދޭށެވެ.

ތިބާގެ ހިތްސާފުކޮށް ބޭއްވުމަށް އަބަދުވެސް މަސައްކަތް ކުރާށެވެ. “އިންސާނާގެ ހިތާއި އިންސާނާގެ ހުރިހާ އަމަލުތަކެއް މިވަނީ ގުޅިލާމެހިފައެވެ. އިންސާނާގެ ހިތް ހަސަދަ އާއި ނަފުރަތުން ފުރިއްޖެނަމަ އެމީހާގެ އަމަލުތައް ވެސް ދާނީ ބާޠިލުވެގެންނެވެ. އަދި ހިތާ ތިބާގެ އީމާން ކަމާވެސް ވަނީ ގުޅި ލާމެހިފައެވެ. އެގޮތުން އީމާންކަން ވަރުގަދަކުރެވޭނީ ހިތް ތާހިރުކޮށްގެންނެވެ. އަދި އީމާންކަން ވަރުގަދަ ކުރެވޭނީ ސާފު ހިތެއް ލިބިގެންނެވެ.”

Share Article

Follow Me Written By

ismail ali

Level 1

Other Articles

Previous

އިފްރާ 13

Next

އަހަރެންގެ ވާހަކަ

Next
December 13, 2023

އަހަރެންގެ ވާހަކަ

Previews
December 13, 2023

އިފްރާ 13



All Right Reserved!