ވެވުނީ ލޮތްބޭ.. – އެއްވަނަ ބައި
މީހުން ބުނެ އުޅޭ އަޑު އަހަމެވެ. ލޮތްބަކީ އެމީހެއްގެ ޙަޔާތުގައި އަންނަ އެންމެ އުފާވެރި ދުވަސްތަކެކެވެ. އެކަމުން އުފަލާއި ހިތްހަމަޖެހުން ލިބޭ ކަމެކެވެ. ނަމަވެސް ލޮތްބަކީ މިހާރު އަހަރެން ގަބޫލު ކުރާ އެއްޗެއް ނޫނެވެ. އާނއެކެވެ. އެހެން މީހުން ނެކޭ ވެސް އެއް ފަދައިން އަހަރެން ވެސް ލޯބިވީމެވެ. އެކަމަކު… އަހަރެންގެ ޙަޔާތުގެ ލޯތްބާަކީ ދެން ދުވަހަކުވެސް ލިބޭނެ އެއްޗެއް ކަމަށްކައް އަހަރެން ގަބޫލެއްނުކުރަމެވެ .
3 އަހަރު ފަސް…
“ކިޔާ. މާބާރަށް ކޮންތާކަށް ތި ދަނީ ؟” އަހަރެންގެ ހިނގުން މަޑުކޮއްލައި ފަހަތަށް ބަލާލީ ޝަހާ ގޮވުމުންނެވެ . “އާން. މިއަދު މީ ނިޝް ގެ އުފަން ދުވަހެއްނު. އެހެންވެ ސަރޕްރައިޒެއް ދޭން ވެގެން މިއުޅެނީ.” އަހަރެން އޮޅުން ފިލުވައި ދިނީމެވެ. ނައިޝަމް އަކީ އަހަރެންގެ ބޯއިފްރެންޑެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު 7 މަސް ފުރި 8 މަހަށް އަޅަނީއެވެ. މިއަދަކީ އޭނާގެ އުފަންދުވަސް ކަމުން ކޮންމެ ވެސް ކަމެއް ކޮށްދޭން އަހަރެން ބޭނުންވިއެވެ. “އޯ. އަހަރެން ވެސް ދާނަން އިނގޭ.” ޝަހާގެ އެދުމުގެ މަތިން އަހަރެން އޭނާ ގޮވައިގެން ގެޔަށް ދިޔައީ ކޮންމެވެސް ވަރަކަށް ގޭތެރެ ޒީނަތްތެރި ކޮށްލުމަށެވެ.
” ނައި. އަދިވެސް އަންނާކައް ނޫޅޭތަ ؟” ” ނޫނޭ ލަވް. މިދަނީ އިރުކޮޅަކުން. އެންޑް އޯލްސޯ ،މަ ބޭނުން މިރޭ ކިޔާއައް ހުރިހާ އެއްޗެއް ކިޔައިދޭން. މިހާރު ދެން ބޭނުމީ ވީހާވެސް އަވަހަކައް ޝަހާޔާ އިންނަން.” ނައިޝަމް ގެ ބަސްތަކުން ޝަހާ ހުރީ ވަރަށް އުފަލުންނެވެ. “އެކަމް ދެން ކިޔާއޯ. އަނެއްކޮޅުން މީ ކިޔާގެ އެންމެ ގާތް އެކުވެރިޔާ. ކިޔާ ދެރަ ވާ-” “ހުއްޓަލާ ޝަހާ. ކިޔާ ދެރަވޭތޯ ބަލަން އެނގުނީ މިއަދުތަ ؟ މަގޭ ކައިރިއަށް އައި އިރަކު އެކަމެއް ނޭނގޭތަ ؟ މިހާރު ތި ދައްކާ ވާހަކަ އަކުން ފައިދާއެއް ނުކުރާނެ. ގޮތެއް ނިންމާނީ ހަމަ ޝަހާ. ކިޔާރާ ކައިރީ މިރޭ ތެދަށް ބުނާނީ އަހަރުން ރައްޓެހިވެގެން އުޅޭ ވާހަކަ. ހަމަ ކިޔާ އާ އެކު ވީ ދުވަހެއް ޝަހާޔާ އެކު ވެސް ވީ. ބުނަން ބޭނުން ނުވަންޏާ މިހާ ހިސާބުން ވީ އާ ޑަން. ޗޮއިސް އިޒް ޔުއާރސް ” ނައިޝަމް ބުނެލިއެވެ.” ނައި ތީ ހަމައެކަނި މަގޭ މީހެއް. ކިޔާ ގެ މީހެއްނޫން. ކިޔާރާ އާ ވަގަށް ރައްޓެހިވެގެން އެޅޭކައް ދެން ބޭނުމެއް ނޫން. ލެޓްސް ޓެލް ހާރ ޓުނައިޓް.. ” އަހަރެން އެހެން ބުނުމަށް ފަހު ފޯނު ކަނޑާލީމެވެ.
ގަޑިން ގާތްގަނޑަކަށް 9 ޖެހީއެވެ. އަހަރެންގެ އިނީ ނިޝްގެ އިންތިޒާރުގައެވެ. އަހަރެން ގެ އިތުރުން ޝަހާ ވެސް މެއެވެ. ހަމަ އެވަގުތު ނިޝް އައިސް ގެއަށް ވަނެވެ. އާދަޔާ ޚިލާފަށް އޭނާގެ ނަޒަރު ހުރީ ޝަހާޔާ ދިމާއަށެވެ. އަހަރެން ސިހުނީ ޝަހާ ގޮސް ނައިޝަމް ގެ އަތުގައި ހިފާލުމުންނެވެ. ހަމަ އެވަގުތު ނައިޝަމް އޭނާގެ ގަޔާއި ޝަހާ ކައިރިކޮއްލިއެވެ. ” ކިޔާ. މީ ހަޤީޤަތަކީ. އަހަރެން ލޯބިވަނީ ޝަހާ ދެކެ. ވީ އާރ ގެޓިންގް މެރީޑް ވެރީ ސޫން. ދޯ ދޫނީ” ލާނެއް ގޮތަކަށް ޝަހާޔައް ބަލަމުން ނައިޝަމް ބުނެލިއެވެ. އަހަރެންގެ ހިތް ކުދިކުދިވި ކަހަލައެވެ. ޙަޔާތުގައި އަހަރެންގެ ފުރާނަ ފަދައިން ލޯބިވި މީހާއަކީ ވެސް ބޭވަފާތެރިއެކެވެ.
މިހާރު….
މާޒީ ގެ އެ ވޭނީ ހަނދާންތައް އަނެއްކާވެސް އާކޮއްލެވުނެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އެއްފަރާތް ކޮށްލުމަށް ފަހު އަހަރެން އަވަސްވެގަތީ ޑިއުޓީ އަށް ދިއުމަށެވެ. އަހަރެން މަސައްކަތް ކުރަނީ ހުޅުމާލެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ޙާއްސަ ޑޮކްޓަރެއްގެ ގޮތުގައެވެ. އަވަހަށް ރެޑީ ވެލައިގެން ނިކުތް އިރު ބޯކޮށް ވާރޭ ވެހެއެވެ. ވިއްސާރަ ވުމުގެ ސަބަބުން އަހަރެން ނީންމީ ކާރަކަށް އަރައިގެން ދިއުމަށެވެ. ކާރެއްގެ އިންތިޒާރުގައި ހުއްޓައި އަހަރެންގެ ކުރިމައްޗަށް އައިސް ހުއްޓުނީ ޕްރައިވެޓް ކާރެކެވެ. އަހަރެންނައް ލިބުނީ ކުއްލި ޝޮކެކެވެ. ކާރުގެ ލޯގަނޑު ތިރިކޮށްލުމުން އަހަރެން ބާލީމެވެ. އެއީ އާދަޔާ ޚިލާފު ރީތި ކަމެއް ލިބިފައިވާ ޖުވާނެކެވެ. ބަލާބެލުމަށް އަހަރެން ގެ އުމުރު މީހެކެވެ. “ރައިޑެއް ދެންތަ؟” އެ ކުއްޖާ އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުރެ ބުނެލި އެވެ. އޭނާ އަހަރެން ކައިރީ އަހަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެއެވެ. ނަމަވެސް ޑިއުޓީ ގަޑި ޖެހެން ވެސް ގާތް ވެފައި ވުމުން އަހަރެން އޭނާގެ ދައުވަތު ގަބޫލުކޮށް އެ ކާރަށް އަރައި ހަމަޖެހިލީމެވެ. ހޮސްޕިޓަލުގެ ދޮރު ކުރިމައްޗަށް ކާރު ހުއްޓުމުން އަހަރެން ފޭބީމެވެ. ކާރުގެ ދޮރު ޖަހާލުމައްފަހު އަހަރެންނަށް ބަލާލެވުނީ އޭނާޔާ ދިމާއަށެވެ. އެވަގުތު އެ ޒުވާނާ އަހަންނަށް ހިނިތުންވުމެއް ރަށްދޫކޮށްލިއެވެ ” އައި އޭމް އައްޒާމް. ނައިސް ޓު މީޓް ޔޫ. ” އޭނާ އެހެން ބުނެ ލުމަށްފަހު ކާރު ދުއްވާލިއެވެ. “މީ އަޖައިބެއް ކަހަލަ މީހެއް” އަހަރެން ހިތާ ހިތުން ބުނެލީމެވެ.
ޑިއުޓީ ނިންމާލުމައްފަހު އަހަރެން ރެސްޓޯރެންޓަކައް ވަނީ ކާލައިގެން ގެޔަށް ދިއުމަށްށެވެ. އަހަރެންގެ ހަނދާނަށް އައީ މީގެ 3 އަހަރު ކުރީން ނައިޝަމް އާއި އެކު އެ ރެސްޓޯރެންޓައް ކާން އައި މަތީންނެވެ. ކިތަންމެ ދެރަވި ކަމުގައިވިޔަސް އަހަރެން ކެތްކުރާނަމެވެ. ނައިޝަމް އާއި ޝަހާ ގެ ކައިވެންޏައް 3 އަހަރު ފުރިފައި ވީއިރު ލޯބިލޯބި ކުއްޖަކު ވެސް ހުރެއެވެ. އަހަރެންނަށް ކޮންމެ ހާލެއް ޖެއްސި ކަމުގައި ވިޔަސް އަހަރެންގެ ހެޔޮ ދުޢާ އަބަދުވެސް އެދެމީހުންނާ އެކު ވާނެއެވެ. އަހަރެންގެ އޯޑަރު އައުމުން އަވަހަށް ކާން ފެށީމެވެ. މިރެއަކީ ވިއްސާރަ ރެއެއް ކަމުން އަހަރެން ނީންމީ އަވަހަށް ކައިގެން ގެޔަށް ދިއުމަށެވެ.
ބިލް ދައްކާލުމައްފަހު އަހަރެން ނިކުތީމައެވެ ގެއަށް ދިއުމަށެވެ. ތުނިކޮށް ވާރޭ ވެހެމުން ދާއިރު އެ ޖެހެމުން ދާ ފިނި ވައިރޯޅިތަކުގެ ސަބަބުން އަހަރެން ހުރީ ފިނިވެފައެވެ. އިސްތަށިގަނޑު ވެސް ވަޔާ އެއްވަރަށް ވިހުރެމުން ދިޔައިރު ހީވަނީ ފިލްމެއްގެ ތެރޭގައި އުޅޭހެންނެވެ. ތަންކޮޅަކައް ހިނގަމުން ގޮސް އަހަރެންނަށް މަޑު ޖެހެވުނީ ފިރިހެނެއްގެ ރުއިމުގެ އަޑަށެވެ. އެތަނުގައި އަހަރެމެން ދެމީހުން ނޫން އެކަކު ވެސް ނެތެވެ. ޖެހިލުންވެ ހުރެ އަހަރެން އެ ކުއްޖާ އާއި ކައިރިއަށް ޖެހިލީމެވެ. ހިތާއި ދެކޮޅަށް އަހަރެންނަށް އަހަރެންގެ އަތް އެ ކުއްޖާގެ ކޮނޑުގައި ބޭއްވުނެވެ. ސިހިފައި އެ ޒުވާނާ އަހަންނަށް ބަލާލިއެވެ. އަހަރެންނައް ވެސް ލިބުނީ ކުއްލި ޝޮކެކެވެ. އެއީ މިއަދު ހެނދުނު އަހަރެން ހޮސްޕިޓަލައް ގެންގޮސްދިން ޒުވާނާ އެވެ. އޭނާގެ ދެލޯ ވަނީ ރަތްވެ ބަނދިޖަހާ ވަރު ވެފައެވެ. “އައްޒާމް” އަހަރެންނަށް ބުނެވުނެވެ.
ނުނިމޭ…..
•───────•°•❀•°•───────•
އައްސަލާމު އަލައިކުމް. “ވެވުނީ ލޮތްބޭ “. މިވާހަކަ ކޮންމެ ހަފްތާގެ ހުކުރު ދުވަހު އަޕްލޯޑް ކޮށްދޭން ވާހަކަ ދަންނަވަން. މިވާހަކަ ރީތި ވާނެކަމަށް އުންމީދު ކުރަން. ❤️😊
4 Comments!
Comments are closed.
Maasha Allah… Mi part ves varah reethi.. keep going.. flower girll
V reethi mi part vs Maasha Allah ❤️
Vrh reeeeethii mi part vex
Next part kiyaalan libeeney kama unmeedhu kuran flower girl
When is next part kiyaalan libeeney khondhuvahakun
We can’t waiting for next part 💕