ލޭ ހަދިޔާ ކުރައްވާ – ކޮންމެ ލޭ ތިއްކަކި ޝަދަގާތެއް
ކޮންމެ 2 ސިކުންތަކު އަޑު އިވެމުން މިދަނީ ކޮންމެވެސް މީހަކަށް ލޭ ބޭނުން ވެގެން އުޅޭ ވާހަކައެވެ . އެކި ކަހަލަ ކަން ކަމުގައި ލޭ ހޯދާ ވާހަކައެވެ. އޭގެ ތެރޭގައި ތެލެސީމިޔާ ކުދިންނާއި ، މާބަނޑު އަންހެނުންނާއި ، އަލައް އުފަންވާ ކުދިންނަށާއި ، އެކި ކަހަލައިގެ އޮޕަރޭޝަން ތަކަށް ލޭ ބޭނުން ވެގެން އުޅޭ ވާޙަކައެވެ . މި ކަން ކަމަށް ވިސްނަނީ ކިތައް ފަރާތުންބާވައެވެ . އަދި އެކަން ކަމަށް އެހީތެރި ކަން ފޯރު ކޮށްދެނީ ކިތައް ފަރާތް ތަކުން ބާވައެވެ . މިއީ މިޔަދު ސުވާލު އުފެދޭ އެއް ކަމެއެވެ .
އާދެ ! ތެލެސީމިޔާ ކުދިންނަކީ ކޮންމެ 2 ހަފްތާ އަކު ނުވަތަ މަހަކު 2 ފަހަރު ލޭ އަޅަމުން ދާ ކުދިންނެއެވެ . ދުނިޔޭގެ ނިސްބަތުން ބަލާނަމަ 80 – 90 މިލިއަން ކުދިން ތެލެސީމިޔާ ކުދިންނެއެވެ . އެކުދިން މަސައްކަތުގެ މާހައުލުގައި އެތަކެއް މަސައްކަތް ތަކެއް ކުރެެއެވެ . ބަލާ ބެލުމުން އެއީ ތެލެސީމިޔާ ކުއްޖެކޭ ނުބުނެވޭ ވަރެއެވެ . ހަމަ އެފަދައިން ލޭ ހޯދުމުގައި އެކުދިން ދަނީ މަސައްކަތް ކުރަމުންނެއެވެ . ބައެއް ފަހަރު ހިތްދަތިވާ ފަހަރު ވެސް އާދެއެވެ . ތެލެސީމިޔާ ކުދިންގެ ހަށިގަނޑުގެ ބޭރުން ގުނަވަނެއް ފެނިގެން ދެއެވެ . އެއީ ޑެސްޕަރޯލް އެވެ . އެކުދިން ޑެސްޕެރޯލް ގުޅައިގެން އެތަކެއް ގަޑީރެއް ހޭދަ ކުރަމުން ގެންދެއެވެ . އެ ޑެސްޕެރޯލް ގުޅައިގެން ވެސް އެ ކުދިން މަސައްކަތް ކުރަމުން ގެންދެއެވެ.
ކޮންމެ އަހަރަކު 14 ޖޫން އަކީ ލޭ ހަދިޔާ ކުރާ ފަރާުން ގެ ދުވަހެއެވެ . މި ފަހަރު ޝީޔާރުގައި ހަމަ ޖެހިފައި ވަނީ ‘\” ލޭ ދޭށެއެވެ – އަނޭކާ ގެ ފުރާނަ ސަލާމަތް ކުރާށެއެވެ .
ބައެއް ފަހަރު ތެލެސީމިޔާ ކުދިންނަކީ ލޭ ބޯ ކުދިންނޭ ނުވަތަ މަދިރިއޭ ގޮވައެވެ . އެކުދިން ކުރަމުން އަންނަ މަސައްކަތަކަކީ އަހަރުމެންނަށް ވެސް އުދަގޫ މަސައްކަތް ތަކެއް ގޮތުގައި ވެދާނެއެވެ . ލޭ އަޅަން ނުޖެހޭ ފަރާތް ތަކުން ކުރާ މަސައްކަތް ތައް އެކުދިން ގެ ފަރާތުން ފެނިގެން ދެެވެ.
ލޭ ހަދިޔާ ކުރުމުން ސިއްޙީ އެތަކެއް ފައިދާ ތަކެއް ވެއެވެ . އޭގެ ތެރޭގައި ކެންސަރުގެ ނުރައްކާ ކުޑަ ކޮށްދެވިގެން ދެ ، ނަފްސާނީ ގޮތުން ދުޅަހެޔޮ ވެގެންދެއެވެ ، ހިލޭ ލޭގެ ޓެސްޓް ހެދުމުގެ ފުރުސަތު އޮވެއެވެ . އެ ގޮތުން ކޮލެސްޓްރޯލް ލެވެލް ދަށް ވެގެން ދާއިރު އެ ކުރެވިގެން އެދަނީ އެހެން ފުރާނަ ސަލާމަތް ކުރެވިގެންނެއެވެ .
ލޭ ނުދެވޭ ހާލަތެއްގައި ހުރި ކަމަށް ވަނީ ނަމަ ލޭ ނުލިބިގެން އުޅޭ ވާހަކަ އަޑު އިވިއްޖެ ނަމަ އެކަމަށް އެހީތެރި ކަން ފޯރު ކޮށްދެން ވާނެއެވެ . އެއީ ތިމާ އަމިއްލަ އަހާ އަށް ކޮއްދެވިގެން ދާނޭ ކަމެކެވެ . އަދި ޢާހިރަތުގައި ވެސް ސަވާބު ލިބިގެން ދާނޭ ކަމެއެވެ .
ލޭ ހަދިޔާ ކުރުމަށް ފަހު 15 މިނެޓް ވަންދެން މިކަންތައް ތަކުން ދުރުހެލި ވާން ވާނެއެވެ . ” 5މިނެޓް ވަންދެން ބަރު އެއްޗިހީގައި ނުހިފުމާއި 5 މިނެޓް ވަދެން ބެންޑޭޖް ނުނައްޓުވާ ބަހެއްޓުން ފަދަ ކަންކަމެއެވެ “


