Skip to content
އެސްފިޔަ

ޤުދުރަތީ ޤާނޫނު

އައުޅެން

ޤުދުރަތީ ޤާނޫނު

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ގެއެއްގެ މާ ބަގީޗާގައި ފޮޅުނު ފިނިފެންމަލަކީމެވެ.

ތޫނުކަށިތަކުން ރައްކާތެރިކަމުގެ ފާރު ލެވިފައިވެއެވެ.

މުޅި ފަޒާގައި ފެތުރިފައިވަނީ މަޑުމަޑު މީރުވަހެކެވެ.

އެންމެރީތި ފިޔާތޮށި ކުލައިން ޖަރީ ވެފައިވެއެވެ.

ކައުނުގެވެރި ރައްބުގެ އުފެއްދެވުމުގެ ފުރިހަމަ ކަމާއެވެ.

އެކަލާނގެ ދެއްވި ނިޢުމަތުގެ ގިނަކަމާއެވެ.

ރީތިކަން ލިބުނީތީ ބޮޑާ ވުމެއްނެތެވެ.

ގުރުނޑުފިޔަ ލިބުނީތީ ހިތާމައެއް ނުކުރަމެވެ.

މާދަމާވާއިރު ފިޔަތައް ރޫޅި މިލާމޯޅިވާނެއެވެ.

ކާއިނާތުން އަހަރެންގެ އަސަރު ނެތިދާނެއެވެ.

އެތަކެއް ބައެއްގެ ހިތަށް ތަސައްލީ ދިނުމަށްފަހުއެވެ.

ޢިބުރަތުން ފުރިގެންވީ ފިލާވަޅު ތަކަކާއިއެކުގައެވެ.

ނެތިދިއުމަކީ ޤުދުރަތީ ޤާނޫނުކަން ބުނެދީފައެވެ.

ރީތިކަމަކީ ވަގުތީ އެއްޗެއްކަން ހަނދާން ކޮށްދީފައެވެ.

މަތިވެރިވީއިލާހުގެ ރޭއްވެވުމުގެ ފުރިހަމަކަމާއެވެ.

Comments (2)

  1. ކިއުންތެރިއެއް

    އަޅުގަނޑަށް އިހުސާސްކުރެވުނު ގޮތުގައި ޅެމުގެ ފަހު ފޮޅުވަތް ކޮންމެހެން ބޭނުމެއް ނޫނެވެ. ސަބަބަކީ އޭގެ މައްޗަށް އޮތް ފޮޅުވަތުގެ މަތީ ފޮޅުވަތުގައި ހަމަ ފަހުން ތި ވިދާޅުވާ ވާހަކަ އެއަށް ވުރެ މާ ޝާއިރީ ރީތި އަދި ފުން ގޮތެއްގައި ވިދާޅުވެފައި ވާތީއެވެ.”ނެތި ދިއުމަކީ ގުދުރަތުގެ ޤާނޫނުކަން ބުނެދީފައެވެ” މިއީ އަޅުގަނޑުގެ ޚިޔާލެވެ. ކޮންމެއަކަސް ޅެން ރީއްޗެވެ. ޅެންވެރިޔާއަށް ހިތުގެ ފުންމިނުން މުބާރިކުބާދީ ދަންނަވަމެވެ

    1. Anonymous
      ކިއުންތެރިއެއް

      shukran

Comments are closed.