މިއީ އަހަރެންގެ ކިޔެވުމުގެ ފަހު އަހަރެއެވެ . އަހަރެން އެތަކެއް މަސައްކަތް ތަކެއް ކުރަން ޖެހޭ އެއް އަހަރެއެވެ .

ގަޑީ ގެ އެލާމް ވާ އަޑަށް އަހަރެން ތެދުވީ ސްކޫލް އަށް ދާއް ތައްޔާރު ވާށެއެވެ . މޯޅި އަކަށް ދެމިލުމަށް ފަހު އަހަރެން މޫނުގައި އަތް ކާތަމުން ދިޔައީ ސްކޫލް އަށް ދިޔުމަށް ފާޙާނާ ކުރުމަށެއެވެ .

ފާޙާނާ ކޮށް ސްކޫލް އަށް ދާން ތައްޔާރީ ތައް ވަމުން ދަނި ކޮށް ބަދިގެ ތެރެއިން  ” ދަރިފުޅާ އާދޭ އަވަހަށް ސައިބޯން ” މިހެން ގޮވާލި އަޑު އިވިގެން ދިޔައެވެ . އެއީ އަހަރެންގެ މަންމަ އެވެ . އަހަރެން ގެ މަންމަ އާއި ބައްޕަ ހުންނާނީ އަހަރެން އެކަންޏެއެވެ . އިތުރު އެއް ވެސް މީހަކު އަހަރެން އެއްބަނޑު އެއްބަފާ އެކަކު ވެސް ނެތެއެވެ .

” އާ މަންމާ އަހަރެން މިދަނީ ” އޭ ބުނުމަށް ފަހު އަހަރެން ސްކޫލް ފޮތް ދަބަސް ހިފައިގެން ނިކުތީ ސައިބޯށެއެވެ . ސައިބޮއެ ނިމި އަހަރެން މަންމަ ގާތުގައި ބުނެލީމެއެވެ ” މަންމާ އެވެ . މަންމަ އުފާވާ ދަރިއަކަށް އަހަރެން ވާނަމެއެވެ . މަންމަ ހިތާމަ ކުރާނޭ އެއް ވެސް ކަމެއް ނުކުރާނަން ” ބުނުމަށް ފަހު އަހަރެން ހިގައިގަތީ ސްކޫލް އާ ދިމާ އަށެއެވެ .

ރަގަބީލް ޖަހާފިއެވެ . އަހަރެން މަޑު ކޮށްގެން ހުރީ އަހަރެން އެއްކުލާހެއްގައި އުޅެމުން އަން ކުދިން ތައް  އަންނަންދެން ނެއެވެ . މިއީ އަހަރެންގެ އާދައެެވެ . 2 ވަނަ ބަޔައް އިންތިޒާރު ކޮއްލައްވާ