Skip to content
އެސްފިޔަ

އުއްމީދުގެ ބައްތި

އައުޅެން

އުއްމީދުގެ ބައްތި

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

އާ އަހަރާއިއެކު އުއްމީދުގެ ބައްތިތައް ދިއްލި ދެއެވެ.

އާ ކަންތައްތަކެއް ކުރުމުގެ ޢަޒުމް އާލާވެއެވެ.

އާ ހިތްވަރަކާއިއެކު ދިރިއުޅުމުގެ ބާބު ފަށަންވީއެވެ.

ކުރެވުނު ފާފަތައް ހަނދާން ނައްތާލަންވީއެވެ.

ކޮންމެ އިންސާނަކަށްވެސް ފާފަ ކުރެވިދާނެއެވެ.

ތައުބާވުމުގެ ދޮރުތައްވަނީ ހުޅުވިފައެވެ.

މީހުންގެ ނުރުމުގެބަސްތައް ރައްދުވަމުންދާނެއެވެ.

ވަގުތު ފާއިތުވީ ވަރަކަށް އެހަނދާންތަކާ ދުރުވެވެއެވެ.

ކުރެވުނު އެންމެ ފާފަޔަކުން މުޅިޙަޔާތަށް ގުޑުން އެރިއެވެ.

އެހާ ސިއްރުން ކުރިފާފަ ފަޅާއެރި ހިނދެވެ.

އަނބީމީހާ ކުދިންކޮޅު ބޮލާޖަހާފައި ފިލީއެވެ.

ތިމާގެ މީހުންގެ ނުރުހުމުގެ ބަސްތައް ރައްދުވިއެވެ.

އެކުވެރިން ނުދަންނަ ބަޔަކަށްވެ ދުރުގައި ތިބީއެވެ.

އަވަށްޓެރީން ލޯއަޅަމުން ދިޔައީ ކުޑަދޮރުންނެވެ.

ފުރިހަމަ ތައުބާއަކަށްފަހު އާ ބާބަކުން ފެށީމެވެ.

މަޑުމަޑުން ދިރިއުޅުން އާރާސްތު ވަމުން ދިޔައެވެ.

ބަންދުވީ ދޮރުތައް ހުޅުވުނީ ﷲގެ މަދަދުންނެވެ.

ފާއިތުވާ ކޮންމެ އަހަރަކާއެކު މާޒީ ފުސްވަމުން ދެއެވެ.

އާއަހަރާއެކު ކުރިމަގުގެ ޗާޓު ކުރަހާލެވެއެވެ.

Comments (3)

  1. love imko 💖💕

    I love you story
    When is next part 💕〽️

  2. Anonymous

    thanx imko

  3. ކަލާ123

    ޅެން ރީތި. މި ސައިޓުން ގިނައިން ފެންނަނީ އަލަށް ހެދި ފޯދެމުންދާ ޅަބާޅަ ލިޔުންތެރީންގެ މާކަ ބޮޑު އޮއްޓަރެއް ނެތް ވާހަކަތަކަށްވާއިރު އިސްމާޢީލު ފަދަ ހަރުއުމުރުގެ ރަނގަޅު ޅެންވެރިއަކު ދޭތެރެދޭތެރެއިން ކޮންމެވެސް އަގުހުރި ޅެމެއް ނުވަތަ ކުރުވާހަކައެއް އެއްޗެއް މިސައިޓަށް ދޫކޮށްލައްވާކަމީ ނުހަނު އުފާހުރި ކަމެއް.ޝުކުރާއި މުބާރިކުބާދީ

Comments are closed.