Skip to content
އެސްފިޔަ

މަންމަގެ ޤުރްބާނީ

މަންމަގެ ޤުރްބާނީ

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

މަގޭ ލޯބިވާ މަންމާއެވެ. ތިޔައީ މިހިތުގެ ދިރުމެވެ.މިހިތުގައި ޖަހާކޮންމެ ވިންދެއް ތިބާ އަށްޓަކައި ފަޚުރުވެރި ވެއެވެ. ތިބާގެ ލޯތްބާއި،ކުލުނުގެ ސަބަބުން މި ހިތްވަނީ ތިބާއަށްޓަކައި ހުސްކުރެވިފައެވެ.ތިބާ އޯގާތެރިކަމާއި އެކު ފިރުމިފިރުމުން ތަކުގެ އަގު ދުވަހަކުވެސް އަދާ ނުކުރެވޭނެއެވެ. ތިބާގެ އުފާތައް ޤުރްބާން ކުރީ މިނިކަމެތި އިންސާނާ ބަލާބޮޑުކޮށް ތަރުބިއްޔަތު ކުރުމަށްޓަކައެވެ. ކޮންމެ ކުކުރާލުމަށްކަށް އިޖާބަދިނީ ހިތުގެ ލޯތްބާއި އެކުގައެވެ.

މަންމަ ތިއީ ލާމަސީލު ނަމޫނާއެކެވެ.މުޅި ޙަޔާތް ތިޔަ ޤުރްބާން ކުރީ މަގޭ ޙައްޤުގައެވެ.މަންމަ ހޭލާ އިނީ އަހަރެންނަށް އަރާމު ހޯދައި ދިނުމަށްޓަކައެވެ.މަންމަ މީރުހާ ކެއުންތަކުން މަޙްރޫމުވެ އިނދެ އެންމެ މީރު ކާނާ އަހަންނަށް ހޯދައިދޭން ރެއާއި ދުވާލު އަތްވާއި،ވާރޭގައި މަސައްކަތް ކުރިކަން މަންމަގެ ކުރަކިވެ،ރޫޖެހިފައިވާ ދެއަތްތިލަ އެކަމަށް ހެކިދެއެވެ.

މަންމަގެ ރޫޖެހިފައިވާ މޫނާއި،ވަޅުވަދެފައިވާ ދެލޮލާއި،ނުރަވެފައިވާ ފަން ދިގު އިސްތަށިގަޑާއި ހިކި އަނަރޫފައެފައިވާ ހަށިގަޑު ހެކިދެނީ އަހަރެން ބަލައި ބޮޑުކުރުމަށްޓަކައި ގިނަގުނަ ބުރަބޮޑު މަސައްކަތްތަކެއް އެކަނިމާ އެކަނި ކޮށްދީފައިވާ ކަމެވެ.ތިކޮށް ދިނީ އަހަރެންގެ މުޅި އުމުރު މަންމައަށް ހޭހަން ކުރުމުގައި ހޭދަ ކުރިޔަސް އެކަމުގެ އަގު އަދާ ނުކުރެވޭނެ މަސައްކަތެކެވެ.

މަންމަ ގާތުން ކިރުބުއިހަނދާން ހުރެއެވެ. އެއީ ވަރަށް ބޮޑުވާންދެން މަންމަ ގާތުން ކިރުދިނީމަތާއެވެ.މަންމާއެވެ.އަހަރެންގެ އުމުރުން ދިހައަހަރުވަންދެން ބޯއަޅާ ބާލީހެއްގެ ގޮތުގައި ބޭނުން ކުރީ މަންމަ އަތްދަނޑިއެވެ.މަންމައަށް ތަދުވާނެ ވަރު މިހާރު އިހްސާސްވެ ދެރަވެއެވެ.މަންމަ ބަތް މޮޑެދިނީމާ ނޫނީ އަހަންނަށް ނުކެވޭތީ ކޮންމެ ފަހަރަކު ބަތްމޮޑެދީ ހަދަނީ މަންމައެވެ.ކޮންމެ ކޮންމެ އެއްޗެއް ނުކެވޭތީ ގެއިން ލިބެން ނުހުންނައެއްޗެހި ތިމާގެ މީހުން ނުވަތަ އަވަށްޓެރިންގެ ގެޔަށްގޮސްގެން ނަމަވެސް އެއެއްޗެއް ހޯދައިދީ ހަދައެވެ. ކުޅެން އުޅުމުގެ ތެރޭގައި ކިތަންމެ ވަރަކަށް ގަމީސް ހަޑިވިޔަސް އެއްވެސް ޝަކުވާއެއްނެތި އަންނައުނު ދޮވެދީ ހަދައެވެ.އަދި އެއީ އަތުން އެއްޗެހި ދޮވެހެދި ދުވަސް ވަރެވެ.ބުރުސް ކާއްތައިގެން ގަމިހުގެ ލައްތައް ފިލުވި ދުވަސް ވަރެވެ. ކުޅުމުގެ ތެރެއިން މަށައިގެންދާ ތަންތަނާއި ،ކަނޑައިގެން ދާ ތަންތަނާއި،ގޮބުލާ ތަންތަނަށް ހޭހަން ކޮށްދީ ހަދަނީ މަންމަގެ ދެއަތުންނެވެ.

ކިޔެވުން ފުރިހަމަ ކުރެވުނީ މަންމަގެ ހެޔޮ ދުޢާއާއި ބުރަމަސައްކަތުންކަން ހެކިވާނެ އެތައް ބަޔަކު އެބަތިއްބެވެ.މަންމަގެ ރޭނިދި ނަގާލައިގެން އަހަރެން ފިލާވަޅު ދަސްކުރުމުގައި އެހީތެރިވިއެވެ.ކިޔަވަންބޭނުންވާ ތަކެތި ހޯދުމުގައި ވަރަށްބުރަ މަސައްކަތްތަކެއް ކުރިއެވެ.ކިރިޔާވެސް އެއްޗެއް އެނގޭމީހަކު އުޅޭނަމަ އެމީހުންގެ އެހީތެރިކަން ހޯދައިދެއެވެ.

މިއަދު މަންމަ ތިޔަވަނީ ބަލިއެނދުގައެވެ.އެހާލުގައިވެސް އަބަދުވެސް ތިވިސްނަނީ އަހަރެންގެ ހާލާމެދުގައެވެ.އަހަރެންގެ ދިރިއުޅުން އުޖާލާ ނުވާތީ އެކަމުގެ ވިސްނުމުގައެވެ.މަންމާއެވެ.އަރާމުކުރާށެވެ.މަޑުމަޑުން އޮވެލޯމަރާލާށެވެ.މަންމަގެ މިދަރިފުޅު އަބަދުވެސް ދެމިހުންނާނީ މަންމައަށް ހެޔޮ ދުޢާކުރުމުގައެވެ.މަންމައަށް ޖަންނަތުލް ފިރްދައުސް ލިބުމަށްއެދި ކުރެވޭ މަސައްކަތް ތަކުގައެވެ.

 

Comments (2)

  1. love imko

    Hi my mom is death.
    I am so sad. I was in mal’e when i was come thinadhoo my grandmother was said my mom is
    death. I am so sad 😭😢
    yesterday my mom death.
    So you story is nice.
    When is next part 💕

  2. Anonymous

    thanx imko. how sad. u can do lot for ure beloved mom.

Comments are closed.