Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީމަޒުމޫނު

ނިކަމެތިބައެކެވެ.

ismail ali Level 1
July 16, 2023 One Min Read
2 Comments

ނިކަމެތިބައެކެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

އިންސާނުންނަކީ ވަރަށް ނިކަމެތި ބައެކެވެ.ޙަޔާތުގެ ބައްތި ނިވޭނީ ކޮންއިރަކު ކިހިނެއްކަންވެސް ނޭގެއެވެ.ހަމަޔަޤީނުންވެސް މި ފަނާވަނިވި ދުނިޔެއާއި އަލްވަދާޢު ކިޔަން ޖެހޭނެއެވެ.ވަގުތު އައިސް ޖެހުމުން ހުރިހާއެއްޗެއް ބަހައްޓާފައި ޖެހޭނީ ދާށެވެ. އެވަގުތު ތިބާ ކުޅަ އަމަލެއްގެ ނަތީޖާ ނޫނީ ނުފެންނާނެއެވެ.

އިންސާނުން ތިބެންވާނީ މަރަށް ތައްޔާރުވެގެންނެވެ.ދިރިއުޅުމަށް ލިބިފައިވާ މިމަދު ވަގުތުކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފަމާ ހިގާށެވެ.ހެޔޮ ޢަމަލުގެ ތިލަފަތް ބަރުކުރުމަށް އަބަދުވެސް މަސައްކަތް ކުރަންވާނެއެވެ. ފުރުސަތަކީ އަބަދު ލިބޭނޭ އެއްޗަކަށް ނުވެއެވެ. އެއީ ހިނދުކޮޅެކެވެ. ގެއްލިއްޖެ ވަގުތެއް އަނބުރާ ނުލިބޭނެއެވެ.

ހަނދާންކުރާށެވެ.ހީވާގި ކަމަކީ އިންސާނާގެ ކިބާގައި އުފެދޭ ވަރަށް މުހިއްމު ސިފައެކެވެ.އެއާއި ޚިލާފަށް ކަންނެތް ކަމަކީ ނުރަގަޅު އާދައެކެވެ.އެކަމުގެ ސަބަބުން ތިބާ ހެޔޮކަންތަކާއި ދުރުކުރުވައެވެ.ރަގަޅު ކަންތައް ކުރުމަށް ފަސްޖެހޭގޮތްވެއެވެ. ފަހުން ކޮށްލެވިދާނެ ކަމުގެ ޚިޔާލު އުފެދެއެވެ. ފަހުން ކުރަން ހުއްޓާ ފުރުސަތު ގެއްލިގެން ދަނީ މަދެއްކޮށްނޫނެވެ.ބުނެ އުޅެއެވެ.އަދުކުރަންވީކަމެއް މާދަމާ އަށް ފަސް ނުކުރާށެވެ.

ދުނިޔެވީ ޙަޔާތަކީ އިންސާނުންނަށް ﷲ ސުބްޙަނަހޫ ވަތަޢާލާ ދެއްވާފައިވާ ރަނުގެ ފުރުސަތެކެވެ.މި ފުރުސަތުގެ ބޭނުން އެދެވޭ ގޮތުގައި ހިފުމަށް ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ. މިކަމަށްޓަކއި ﷲގެ މަދަދަށް އެދި ދުޢާ ކުރަންވާނެއެވެ. ކުރާކޮންމެ ކަމެއް ކުރަންވާނީ އިޚްލާސްތެރި ހިތަކުންނެވެ.ސާބިތު ކަމާއި އެކުގައެވެ.އަބަދުވެސް ﷲގެ މަދަދާއި،އެހީތެރިކަން ތިބާއަށް ބޭނުންވާނެއެވެ.ހީވާގި ކަމަކީވެސް ތިބާއަށް ﷲ ދެއްވާ މަދަދެކެވެ.ހެޔޮކަންކަމުގައި ދެމިހުރެވެނީވެސް ﷲގެ މަދަދާއި ޢިނާޔަތްތރިކަން ލިބޭތީއެވެ.

މަރު އައިސްގޮވާލީމާ ލަހެއްފަހެއް ނެތި ދާންޖެހިދެއެވެ.އެހާ ހިސާބުން ތިބާއަށް ލިބުނު ފުރުސަތު ބަންދުވީއެވެ.ދެން ކުރިމަތިލާން އޮތް ޙަޔާތަކީ ދާއިމީ ޙަޔާތެވެ.ފުރުސަތުގެ ބޭނުން ހިފުނު މީހުންނަށް އުފާ ހުއްޓެވެ.އެނޫން މީހުންނަށް އޮތީ ހިތާމައެވެ.ވޭނާއި،ކެކުޅުމެވެ.ރުއިމާއި،ގިސްލުމެވެ.

 

 

Share Article

Follow Me Written By

ismail ali

Level 1

Other Articles

Previous

ރާނީ 9

Next

ވަކިވީ ލޯބިން 12

Next
July 16, 2023

ވަކިވީ ލޯބިން 12

Previews
July 16, 2023

ރާނީ 9

2 Comments!

  1. ކިއުންތެރިއެއް says:
    July 16, 2023 at 6:19 pm

    ނަސޭހަތުގެ އަގުމާތް މުތްކޮޅެއް. ލިޔުންތެރިޔާ އިސްމާޢީލަށް މުބާރިކުބާދީ އަރިސްކުރަން

    1. ismail ali says:
      July 17, 2023 at 1:14 pm

      shukran.

Comments are closed.



All Right Reserved!