އައުޅެން
ވަރަށް ބިޒީ
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
ހިތް ރޮއްވާލާފައި ދިޔައީއެވެ.
ހިތުގެ ޝަކުވާގެ އަޑުއަހާވެސްނުލިއެވެ.
އަބަދުވެސް ބުނަނީ ވަގުތު ނުދެވޭނެ ވާހަކައެވެ.
ރުހުމުގައި ވަރަށް ލޯބިން ހަޔާތް ފެށީމެވެ.
ހިތް އެދުނުކަހަލަ ބައިވެރިއަކު ލިބުނިތީ އުފާކުރީމެވެ.
މާދައިތަ މަންމަހާ ހެޔޮވެފައި ލޯބިދެއެވެ.
އެކުވެރީން ފިރިމީހާގެ ރީތި ވާހަކަ ބުނާތީ އުފާވެއެވެ.
އެ ރީތިސޫރަ ފެންނަ ކޮންމެ ފަހަރަކު ހިތްތެޅެއެވެ.
ކައިވެނީގެ ފުރަތަމަ ރެއަށް އިންތިޒާރު ކުރެވެނީއެވެ.
އެރޭގެ ފަތިހު މަސައްކަތަށް ދިޔައީ ކީއްވެބާވައެވެ.
ފިރިމީހާ މިވަގުތު އާމްދަނި ނުހޯދިޔަސް ފުދޭނެއެވެ.
އެތަކެއް ދުވަހު މަސައްކަތެއް ނެތި ހުއްޓެވެ.
ދިޔަފަހުން ޚަބަރެއް ދަބަރެއް ނުވެއެވެ.
ގުޅިޔަސް މެސެޖްކުރިޔަސް ޚަބަރެއް ނުވެއެވެ.
އަބަދުވެސް ބުނަނީ ވަރަށް ބިޒީއެވެ.
ބަލިވެ އުޅުނަސް ރަށަކަށް ނާދެއެވެ.
ޗުއްޓީއެއް ލިބޭކަމަކަށް ނުވެއެވެ.
މަދުފަހަރަކު ރަށަށް އަޔަސް ބުނާނީ ބިޒީއެވެ.
ޙަޔާތުގެ ބައްތި ނިއްވާލީ އަހަރެން ނިކަމެތިކޮށްލާފައެވެ.
2 Comments!
Comments are closed.

އިސްމާއީލުގެ އައުޅެންތައް އަބަދުވެސް ވަރަށް ޝައުގުވެރިކަމާ އެކު ކިޔަން.އެ ގޮތުން މިޅެންވެސް…
shukran.