އެކުވެރިޔާ
މީގެ ފަސް އަހަރު ކުރިއެވެ. އޭރު އަހަރެންގެ އުމުރުން ވާނީ 18 އަހަރެއެވެ. ރަން ވަނަތަކާއެކު ސުކޫލު ދައުރު ނިންމާލީ ފަޙުރުވެރި ދެވަނަ ދަރިވަރެއްގެ ގޮތުގައެވެ. ސުކޫލު ދައުރު ނިންމާލުމަށްފަހު އަހަރެން އިންގުލެންޑަށް ފުރުން ވީ މުޅި ދިރިއުޅުން ބަދަލު ކޮށްލި ކަމަކަށެއެވެ. ސަބަބަކަށް ވެގެން ދިޔައީ އަހަރެންގެ ކޮލެޖު ކެމްޕަހުން ބޭއްވި ސެމިނާއެއްގެ ތެރެއިން ،އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ރުކާޝް އާ ދިމާވުމެއެވެ
ރުކާޝް އަކީ ސުކޫލު ދައުރުން ފެށިގެން މިއަދާ ހަމައަށްޖެހެންދެންވެސް ދެބަސްވުމެއް ނުވާ އެކުވެރިޔާއެވެ.ކޮލެޖަށް ދިޔަ ފަހުން އަހަރެންނަށް އެޅުނު ކަތި ފިޔަޅަކީ މިގުޅުން ދެމެހެއްޓުމަށް މަސައްކަތް ކުރުމެއެވެ.ގިނަ ދުވަސް ދުަވަހު ކުލާހަށް އަންނައިރު މީހާ ހުންނަނީ ހަމައިގަ ނޫންކަން ފާހަގަކުރެވެން ފެށުނެވެ އެއް ދުވަހަކު ރުކާޝް ގެ ގޭގައި ބޭއްވުނު ޕާޓީ ގެ ތެރެއިން ފެނުނު މަންޒަރުތަކަކީޙަޔާތުގައި ދުވަހަކުވެސް ދެކެފައިނުވާ މުޅިން އާ މަންޒަރުތަކަކެއެވެ. ދެޖިންސު މަސްހުނިވެ ގައިގޯލިވެގެން ނެށުން ފަދަ މަންޒަރުތަކަކީ ފިލްމުތަކުންވެސް ނުބަލަން ވެގެން ސްކިޕް ކުރާ މަންޒަރުތަކެވެ.ނަމަވެސް އެ ޕާޓީގެ ތެރެއިން އަހރުންނަށް ދައްކުވައިދިނީ ރުކާޝް ގެ ދުނިޔަ ކަމުން މަޑުމަޑުން އެ ދުނިޔަ ލޯ ހުޅުވި ޝައުގުވެރިކަން ދެވެންފެށުނެއެވެ.
އަހިވަކާ ޖެހި އަހިވަކެއް ފާވާނޭ ބުނާ އުސޫލުން މަޑުމަޑުން އަހަރެންވެސް ގޯސް މަގަށް އެޅުން ފެށުނެއެވެ.މައިންބަފައިންނަާ އާއިލާގަ ދުރުގަ ހުރެވުން އެއީ އުފަލެއް ކަމުގައި ވިެއެވެ.ނަމާދު ވަގުތު ފަހަނައަޅައި ދާކަން ވެސް ނޭންގި ކުލަބުތަކުގައި ރެޔާ ދުވާލު ހޭދަ ކުރެވެން ފެށުނެވެ.ކޮލެޖުގަ އެންމެ ރަނގަޅަށް ކިޔަވަމުން އައި ކުއްޖާގެ ފިލާވަޅު ހުންނަ ކަންވެސް ،ހަނދާނުގައި ނުހުންނަ ފަދައެވެ.މިހެން އުޅެނިކޮށް ލަޔާލީ އާެއި ދިމާވީ ކުލަބަކަށް ގޮސް އުޅުމުގެ ތެރެއިންނެވެ.
ލަޔާލީ އަކީ އިންގުލެންޑުގެ މަސްތިވާތަކެތި ވިއްކާ އެޖެންސީއަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އެޖެންޓެކެއެވެ. ގިނަ ދުވަސްވީވަރަކަށް އަހަރެންނަށް މަސްތުވާތަކެތީ ގެ ތެރެއަށް ޝައުގުވެރިކަން އުފެދުނުއެވެ. އަދި އެ ބޭނުން ކުރާނެ ގޮތެއް ލިބޭނެ ގޮތެއް ފެނޭތޯ ހަތަރުދަމު މަސައްކަތް ކުރީމެވެ.ނަތީއްޖާ އަކަށް ވެގެން ދިޔައީ އަހަރެންވެސް ރުކާޝް އެކޭ އެއްފަދައިން ހަމަހޭ ނުހުންނަ ދުވަސްތައް ގިނަވުމެއެވެ.ކޮލެޖަށް ދިއުމުގެ ބަދަލުގައި ފިރިހެން ކުދިންނާއެކު ވަގުތު ހޭދަކުރަމުންދިޔައިރު މި އަރަައިގަނެވުނީ ކިހާ ބޮޑު އަނދަވަޅަކަށްތޯ ވިސްނާވެސް ނުލެވުނެއެވެ. އަހަރެންނާއި ރުކާޝް މި ފަދަ ދިރިއުޅުމެއް އުޅެމުން ދިޔައީ ވަރަށްވެސް މިނިވަންކަމާއި އަމާންކަމާ އެކުގައެވެ.
ސިއްރަކި ކޮންމެވެސް ދުވަހަކުން ފަޅާއަރާނެ އެއްޗެއްކަން ކޮންމެ މީހަކުވެސް ހަނދާންކުރަން ޖެހޭނެއެވެ ޙާއްސަކޮށް ތިމާއަށް ކުރެވޭ ކުށްތަކަށްވެސް ކޮންމެވެސް ދުވަހަކުން އަދަބު ލިބޭނެކަން ހަނދާން ކުރާށެއެވެ.އެއީ ދެދުނިޔޭގެ ނިމުން ކަމުގއި ވެސް ވެދާނެއެވެ. އާދައިގެ މަތިން އެ ދުވަހަކީ ވެސް މަސްތުވާތަކެތި ވިއްކުމުގެ ވިޔަފާރި ކުރުމަށްޓަކައި ކުލަބަށް ކާރުގަ ދިޔެމަށް ދަތުރު ފެށި ދުވަހެކެވެ.ނަމަވެސް ވަކި ހިސާބަކުން ފުލުސް މީހުންތަކެއް އައިސް މުޅި ކާރު ވަށައިލިއެވެ. އަދި އަހަރެމެންނަން އެންމެ ބަހެއް ވެސް ބުނުމުގެ ފުރުސަތު ނުދީ މުޅި ކާރު ފާސް ކުރިއެވެ.މަސްތުވާކެތި ބޭނުން ކުރުމާއި ވިއްކުމުގެ މައްސަލައިގަ އަހަރެންނާއި ރުކާޝް މުޅި އުމުރަށް ޖަލު ގޮޅި ތަރޭގާ ތާށިވިއެވެ.