Skip to content
އެސްފިޔަ

މުސްލިމުން އަބަދުވެސް ތިބެންވާނީ ޑިއުޓީގައެވެ.

އިނގިރޭސިވިލާތުގެ ފަރސްޓު ކުލާހުގެ މަތިންދާބޯޓަކުން ދަތުރުކުރަމުންދިޔަ މުސްލިމް ފިރިހެނެކެވެ. ކްރޫގެ ވަރަށް ޒުވާން ޖިންސުއްލަތީފެއް އައިސް މިމީހާއަށް ދިއްކޮށްލީ ތައްޓެކެވެ. ބަލާލިއިރު އެތަށީގައި ހުރީ ރަލެވެ. އެހެންކަމުން، މިމީހާ އެތަށި ބުއިމަށް ދެކޮޅުހެދީ ވަރަށް މަޑުމައިތިރިކަމާއެކުގައެވެ.
އަނެއްކާވެސް ހަމަ ކްރޫގެ މިމެންބަރު ދެވަނަ ފަހަރަށް އައިސް މުސްލިމް މީހާއަށް އެތަށި ދިއްކޮށްލިއެވެ. މިފަހަރު އެތަށި ގެނައީ ރީތި ގޮތަކަށް ފަރުމާކޮށްފައި ހުރި ދޮލަނގަކަށް ލައިގެންނެވެ. މިފަހަރުވެސް އެމީހާ ވަރަށް އިޙްތިރާމާ އެކީގައި ތަށި ބުއިމަށް ދެކޮޅުހެދީ ތިމަންނަ ތިއެއް ނުބޮމޭ ބުނެފައެވެ.
ކްރޫގެ މެންބަރު މިފަހަރު ދިޔައީ މެނޭޖަރު ގާތަށެވެ. މެނޭޖަރު ، އާ ގޮތަކަށް ފަރުމާކޮށްފައިހުރި ދޮލަނގަކަށް އެތަށި ލައިގެން އައިސް މިމީހާއަށް ދިއްކުރަމުން ބުންޏެވެ. ” އަހަރެމެންގެ ޚިދުމަތުގައި މައްސަލައެއް އުޅެނީތަ؟ ހިތްހަމަޖެހުމާއެކީ މިތަށި ބޯލަބަލަ. ”
މުސްލިމް މީހާ ޖަވާބުގައި ބުންޏެވެ. ” އަހަންނަކީ މުސްލިމެއް. އަހަންނެއް ތިއެއް ބޭނުމެއް ނުކުރަން.”
ނަމަވެސް، މެނޭޖަރު ތަކުރާރުކޮށް އެތަށި ބުއިމަށް އެދެމުން ދިޔައެވެ.
” ތިތަށި ފުރަތަމަ ދީބަލަ ޕައިލެޓަށް. އޭނައަށް ދިނުން މާ ރަނގަޅެއްނު. ” މުސްލިމް މީހާ އެދުނެވެ.
” ކިހިނެއްތަ ޕައިލެޓަށް މިދޭނީ؟ އޭނަ އެހުރީ ޑިއުޓީގަ. އޭނަ މީތި ބޮއެފިނަމަ މަތިންދާބޯޓު ކޮންޓްރޯލުން ނެއްޓިދާނެ. ވެއްޓިދާނެ. ” ހައިރާންކަމާއެކު، މެނޭޖަރު ޖަވާބުދިނެވެ.
” އަހަންނަކީ މުސްލިމެއް އަދި އަހަރެން އަބަދުވެސް ހުންނަނީ ޑިއުޓީގަ، އަހަރެންގެ އީމާންތެރިކަން އިތުރުކުރުމަށްޓަކާ. އީމާންތެރިކަން ރައްކާތެރިކުރުމަށްޓަކާ. އަހަރެން ތީތި ބޮއެފިނަމަ މިދުނިޔޭގެ ދިރިއުޅުން އަދި އާޚިރަތުގެ ދިރިއުޅުންވެސް ހަލާކުކޮށްލެވުނީ. ” މުސްލިމް މީހާ، ރޮމުން ބުންޏެވެ.

މިމީހާއަކީ ފުރިހަމަ މުއުމިނެއްގެ މިޘާލެވެ. މުސްލިމުން އަބަދުވެސް ތިބެންވާނީ ޑިއުޓީގައެވެ. އީމާންތެރިކަން ރައްކާތެރިކުރުމަށްޓަކައެވެ. ކުރިމަތީގައި ތިމާ ހިތްއެދޭ، އެހެނަސް ޙަރާމް ކަމެއް ތަމްޘީލުވަމުންދިޔަ ކަމުގައިވިޔަސް، ފުރިހަމަ މުއުމިނު އެއަށް ފުރަގަސްދޭނެއެވެ.
( ނިމުނީ )

Comments (12)

  1. Amin

    V.gud advice

  2. aslove

    Reethi

  3. InsaanehMiAAlamGaivAA

    Thank you

  4. ryyn

    good 🙂

  5. ryyn

    good 🙂

  6. ryyn

    oops sry double kh cmmnt snd vefa e iny 🙁 dnt knw why…

    1. InsaanehMiAAlamGaivAA
      ryyn

      It’s okay, and thanks.

  7. isha

    Maasha Allah… very nice

  8. Naan

    Maasha Allah muslimunqe thereygai mifadha muslimun thibeethee allah ah hamdhu kuran

  9. jeyys

    Maashaa Allah nice story keep it up

  10. Mask

    Maasha Allah very nice. Keep up the good work.

  11. Liyuntheriyaa

    Hello Insaaneh
    I have no issue with the moral of your story. In fact, it is excellent!
    However, as a frequently travelling air passenger, I know for a fact, that
    airlines don’t press any particular drink on anyone, much less whisky, if that is what you mean here by ‘RAA’. If you meant wine then,perhaps you are aware, it is not an intoxicating drink. Either way the story does not ring true!

Comments are closed.