Skip to content
އެސްފިޔަ

ދިރުމެއްނެތް ދިރިއުޅުން 7

“ހުމްހޫނނ…ނޫނޭ. މިބުނަނީ ފޯނު ކުރާވާހަކަ. ނަތޫވެސް ހުއްޓަ އަހަން ބޭނުމީ. އެގަޑިއަށް އާދެވިދާނެތަ އިރުއޮއްސޭއިރު.” އަހަރެން ވަރަށް ހަމަޖެހިލައިންހުރެ ބުނެލީމެވެ.

ޒީން އެހެން ބުންޏަސް ނަތޫ އެގެއަށްދާނެ ހިތްވަރު ހުންނާނެ ބާއެވެ.؟ ނަތޫއަކީ ގިނަ ފަހަރަށް ހަގީގަތާ އެއްކޮޅަށް ވާހަކަ ދައްކަން އާދަވެފައިވާ ކުއްޖެކެވެ. ފަރީދާއި ޒީނިޔާގެ ސިއްރު ފަޅާ އަރުވާލެވުމަކީ ދާދި އަވަހަށް ނަތޫއަށް ކުރެވިދާނެ ކަމެކެވެ. އެހެންވެ، މިވަގުތު ނަތޫ ވިސްނަން ޖެހެނީ މަސްލަހަތަށެވެ. އެވާހަކަތައް ޒީންއަށް އެނގެން ޖެހޭނީ ނަތޫގެ ފަރާތަކުން ނޫންކަން ނަތޫ ގަބޫލުކުރެއެވެ. އެއީ ޒީނިޔާގެ ޒިންމާއެކެވެ. އެކަން ހިނގަންވާނީ ފަރީދުގެ ބެލުމުގެ ދަށުންނެވެ. ނަތޫއަށް މިހާރު އެނގިފައި ވާގޮތުން ފަރީދަކީ ޒީންގެ ދޮން ބައްޕައެވެ. ނަތޫ މިހާރު އެކަމާ ޖެހިލުންވެއެވެ. އެހެނަސް މިހާރު ނަތޫގެ ހިތުގައިވެސް ޖަވާބު ނުލިބޭ އެތައް ސުވާލެއް ވެއެވެ. ފަރީދު ޒީންއަށް އެހާ ރަނގަޅީ ކީއްވެބާއެވެ.؟ ޒީންގެ އަސްލު ބައްޕަ ކޮބައިބާއެވެ؟ ހިޔާލު ތަކުގެ ފުން ކަނޑަކަށް ގަރަގު ވަމުން ދަނިކޮށް ނަތޫ ސިއްސައިގެން ދިޔައީ ޒީން ގޮވާލުމުންނެވެ.

“އޭތް!!! ސާބަހޭ. ކޮން ހިޔާލެއްގަ؟ މަމި އަހަނީ ނަތޫކައިރި މިރޭ އާދެވޭނެހޭ އެވާހަކަ އަހާ ގަޑިއަށް؟” އަހަރެން ނަތޫގެ އެހީތެރިކަމަށް އެދުނީމެވެ.

“ޒީން. އަސްލު ތިވާހަކަ އަހަންވާނީ ޒީންއޭ. ތީކީ މަށާ މާބޮޑު ގުޅުމެއް ހުރިކަމެއްވެސް ނޫނެއްނު. އެހެން ނޫނަސް އަހަރެން ދިޔައިމަ ޒީން މަންމަމެން ބުނަން ބޭނުންވާ ވާހަކަތަކެއް ނުބުނެވިދާނެ. އެގޮތް ރަނގަޅެއް ނުވާނެ. ދެން…. އަދި އެހެންނޫނަސް މައެބަޖެހޭ ފުރުމުގެ ކުރިން ދޮންބެ ގެޔަށާ މާމަގެޔަށް ގޮސްލަން. އޭތް ކޮބާތަ އިޝާލް މިހާރު؟ ޓެސްޓްތެރޭ ތިދެމީހުން ވަރަށް ދިމާނުވޭދޯ؟” ބަހަނާތަކެއް ދެއްކުމަށްފަހު އެންމެފަހުން ނަތޫ ވާހަކަ އޮޅުވާލިއެވެ. ގަސްތުގައެވެ.

“އާން.. ސްކޫލުން ފެންނަނީ. އަނެއްހެން ދިމަލެއްނުވެ.. ޓެސްޓްގެ ކުރިން އެއްދުހު މެންދުރު ބައްޕަ ގެންދިޔަ އިޝާލް އަހަރުމެން ގެއަށް ކާން. އެފަހުން ވާހަކަވެސް ނުދެއްކެ.. އޭތް އަހަރެން ދެން ދަނީ އެހެންވީމަ. ނަތޫވެސް ތިބުނީ ތެދެއްހަމަ. އޯކޭ ދެން އަހަރެން އެކަނި އެވާހަކަ ދައްކާނީ.” އެހެން ބުނުމަށްފަހު އަހަރެން ހިނގައިގަތީމެވެ.

ނަތޫ ހީވަނީ ބުދެއްހެނެވެ. ހުއްޓިހުރެ ޒީންއާ ދިމާލަށް ހަމްދަރުދީގެ ލޮލަކުން ބެލުން ނޫން އެހެން ކަމެއް ނަތޫއަކަށް ނުކުރެއެވެ. ފަސް އެނބުރި ބެލުމެއް ނެތި މިނިވަން ކަމާއެކު ވައިގެ ތެރެއަށް ދޫވެގެންދާ ކޮކާލެއްފަދައިން ފިޔަޖަހަމުން އުފަލުންހުރެ ޒީން ކުރިޔަށް ދިޔައިރު ނަތޫ ހުރީ ވިސްނާލާށެވެ.

“އެބުނާ ދުވަހަކު ހަމަ ކުއްލިޔަކަށް އިޝާލްއަށް ކާންދޭން ފަރީދު ގެންދިޔައީ ކީއްވެބާއެވެ؟ އިޝާލްއަށް ޒީނިޔާ ސިއްރު ކޮށްގެން އެއުޅޭ އެއްވެސް ކަމެއް އިނގޭބާއެވެ؟ އެކަމަކު އެއިން އެއްވެސް ވާހަކައެއް އިޝާލްއަށް އެނގޭނަމަ ހަމަ ގައިމު ބުނީހެވެ. އެހެން ނޫނަސް އިޝާލްގާތު އެވާހަކަ ދައްކަން ވަކި އިޝާލްއަށް ލިބިފައިވަނީ ކޮން ހައިސިއްޔަތެއްހެއްޔެވެ؟ އާނއެކެވެ. މީހުސް ބޭކާރު ވިސްނުންތަކެވެ…. ފަހަރެއްގައި ޒީނިޔާއާ ފަރީދު މިހާރަކަށް އައިސް މާގިނައިން ފޯނު މިކުރަނީ ޒީންގެ ބައްޕައަށް ބާއެވެ؟ އެކަމަކު… އެބައްޕަ ދުނިޔޭގައި ހުރެ ޒީންއާ ވާހަކަ ނުދައްކަންވީ ކީއްވެބާއެވެ؟”

ނަތޫގެ ހިތު ތެރޭގައި އުފެދިފައިވާ މި ސުވާލުތަކަށް ޖަވާބު ދެވޭނެ މީހަކު އަދި ނެތެވެ. ކިތަންމެ ވަރަކަށް ނަތޫގެ ހިތާ ނަތޫ ސުވާލު ކުރިޔަސް އެހިތަށް ޖަވާބެއް ދެވޭނީ ހިތުގައިވެސް ދުލެއް ވާނަމައެވެ.

އެދުވަހުގެ ހަވީރު ވަގުތެވެ. ފެންވަރާ ރީތިވެގެން ގޭގެ އެކި ދިމަދިމާލަށް އަހަރެން ނަޒަރު ހިންގަމުން ދިޔައީ ބައްޕައާއި މަންމަ ފެނޭތޯއެވެ. ދައްކަން ބޭނުންވެފައިހުރި ވާހަކަތައް ހިތުގައި ފުނިޖެހިފައި ވުމުން އެބައި ބޭރުކޮށްލަން ބޭނުންވަނީއެވެ. ގޭތެރެ ހޯދަމުން ދިޔައިރު ގޯތިތެރޭގައި ބައްޕަ ހުރީ ކާށިހެހެންނެވެ. އަހަރެން ބައްޕައަށް އެކަމުގައި އެހީތެރިވެ ދިނީމެވެ. ބޮނބިތައް ނަގާ ކާށިތައް ގޯންޏަށް އަޅައިދިނީމެވެ. މިއީ ބަންދު ދުވަސް ދުވަހުވެސް އަހަރެން އުޅޭގޮތެވެ. މަންމައަށް ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވަމެވެ. ބައްޕައަށް އެކިއެކި ކަންކަމުގައި އެހީތެރިވަމެވެ. ދިރިއުޅުމަށްޓަކައި އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރަންޖެހޭ އެކިއެކި ކަންކަން ދަސްކުރަމެވެ.

“މަންމަ ކޮބާ؟” އަހަރެން ވަރަށް ކުރުގޮތަކަށް އަހާލީމެވެ.

“މަންމަ އުޅުނީ ފެންވަރަން ވަންނަން. މިހާރު ނިމިދާނެ ކަންނޭނގެ. ދަރިފުޅު މިރޭގެ ދަތުރަށް ތައްޔާރުވީތަ.؟” ބައްޕަ އަހަންނާ ސުވާލުކޮށްލީ ވަރަށް ލޯބިންނެވެ.

“އާނ! ބައެއް އެއްޗިސް އަޅާފަ މިއައީ. މަންމަ އަދި ވަރަށް ލަސްވާނެތަ؟” އަހަރެން އަނެއްކާވެސް އަހާލީމެވެ.

“ދަރިފުޅާ ޒީން… ހާދަވަރަކަށް މަންމަ ހޯދަނީ؟” ހައިރާންވެފައި ހުރެ ފަރީދު އަހާލިއެވެ.

އޭރު ހިނިތުންވެފައި ހުރެ ޒީނިޔާ ގެއިން ނުކުމެގެން އަންނަނީއެވެ. ޒީންގެ އެހީތެރިކަން ފަރީދަށް ލިބެމުންދާ މަންޒަރަކީ ލޮލަށް ފިނިކަމެއް ގެނެސްދިން މަންޒަރެކެވެ. އެހެނަސް ޒީނިޔާގެ ހިތަށް އެއިން ކުރުވީ ވޭނީ އަސަރެއްގެ އިހްސާސެވެ. އޮޅުމެއްގެ ތެރޭގައިހުރެ ޒީންގެ އެހީތެރިކަން ލިބެމުން އެދަނީ ދޮންބައްޕައަކަށެވެ.
އެކަން ޒީންއަށް އެނގޭ ދުވަހަކުން ޒީނިޔާގެ ތުންފަތުގައި ހަމަ މިހިނިތުންވުން ހުންނާނެބާއެވެ؟ ނޫނެކެވެ. އެދުވަހުން އެ ތުންފަތް ވެސް ތުރުތުރުއަޅާނީ ހިތާމައިންނެވެ. އެކަން ޒީންއަށް އެނގޭ ދުވަހަކުން ޒީނިޔާގެ ހިތުގައި އެވޭން އަޅާނެބާއެވެ؟ ނޫނެކެވެ. އެދުވަހުން އެހިތަށް ހަގީގީ ހިތް ހަމަޖެހުން ލިބިގެން ދާނެއެވެ.

“މަންމާ! ހާދަ އުފާވެފަ. އަބަދުވެސް ތިހެން ހުރެބަލަ . މަންމަގެ މޫނުން ހަމަ ތިހިނިތުންވުން ހުއްޓަ އަހަރެން ވާހަކައެއް އަހާލަން ބޭނުން. އަސްލު އަހަރެން މިވާހަކަ އަހާލަން ހުރީ މިރޭ. އެކަމު މަންމަގެ އުފާވެރިކަން ފެނިފަ ހަމަ ބޭނުންވަނީ.” ޒީނިޔާ ފުން ހިޔާލެއް ގެ ތެރޭގައި ހުއްޓާ ޒީން އެސިއްސުވާލިއެވެ. އިތުރަށް ސިހުން ދެނިވި ވާހަކައަކުންނެވެ. ޒީން އެހެން ބުނުމާއެކު ފަރީދުވެސް ކުއްލިޔަކަށް ބަލާލިއެވެ.

“ކޮން ވާހަކައެއް؟ އަހާބަލަ؟” ޒީނިޔާ އެހެން ބުނަމުން ޖޯލިފަތީގައި އިށީނެވެ. ފަރީދުވެސް އައިސް ޒީނިޔާގަތު އިށީންދެލީ ކުރަމުން ދިޔަ މަސައްކަތް ހުއްޓާލާފައެވެ. އަހަރެން އިށީންދެލީ ކުރިމަތީގައި ބަހައްޓާފައިވާ ފަތްޖެހި އެނދެއްގައެވެ.

“މަންމަމެން ފޯނު ކުރާމީހަކީ ކާކުތަ؟ އަހަންނަށް ނުވެސް އެނގޭ. މީކީ މަންމައާ ބައްޕަގެ ރައްޓެހިންވެސް އައިސްއުޅޭ ތަނެއް ނޫން ދުވަހަކުވެސް. ދެން އަނެއްކާ އަހަންނަކީ އެއްބަނޑު އެއްބަފާ އެއްވެސް މީހެއް ހުރި މީހެއްނޫން. އަހަންނާ ތިމައިގެ މީހެއްވެސް އަހަރެން ދުވަހަކުވެސް ނުދެކެން. ކުއްލިޔަކަށް ފެންނަންފެށި މަންޒަރެއްވީމަ މިއަހާލީ.” އަހަރެންގެ ސުވާލުން ބައްޕައާ މަންމައަށް ލިބުނީ ބަޔާންކުރަން ނޭނގޭފަދަ ހައިރާން ކަމެކެވެ. ޒީނިޔާ ބަލައިލީ ފަރީދުގެ މޫނަށެވެ. ފަރީދު ބަލައިލީ ޒީނިޔާގެ މޫނަށެވެ. އެއަށްފަހު މަންމައާ ބައްޕަ ތިބީ ހުއްޓުން އަރާފައެވެ. އެހެނަސް ކޮންމެސް އެއްޗެއް ވިސްނާލުމަށްފަހު ޒީނިޔާ ވާހަކަ ދެއްކިއެވެ.

“ދަ..ދަރިފުޅާ ޒި..ޒީން.” މަންމަ އަހަންނަށް ގޮވާލީ ހަމްދަރުދީގެ އަޑަކުންނެވެ.

– ނުނިމެ –

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (5)

  1. Aal

    Vrh avahah next part kiyalan libeyne kamh unmeedhukuran..by the way mi vhk vrh reethi.

    1. Shaleen
      Aal

      Thanks Aal for the comment…
      Yeah already mihaaruves inee next part nimifa.
      Ekam Hama Friday ah inthizaaru kollahche ingey.
      Aslu interesting part thah hama huree adhi kuriyah. Inthizaaru kuran ishaal, zeen mikudhinge studies nimigen Anna part thahves kiyaalaane kamah.. vhk ge emme shauguveri baithah annaany e hisaabun.
      Thanks a lot.

      Next part ves Hama dhuvahah kiyaalan libeyne, site GA evves massala eh netheeya.
      In sha allah

  2. Anonymous

    Ooooke

    1. Shaleen
      Anonymous

      ❤️

  3. Anonymous

    Ii

Comments are closed.