Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ދިރުމެއްނެތް ދިރިއުޅުން 6

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
May 12, 2023 3 Mins Read
2 Comments

ނަތޫއަށް މިއިވުނީ ސިހުމެއް ގެނުވި ވާހަކަތަކެކެވެ. ޒީންގެ ބައްޕައަކީ ފަރީދު ނޫންކަމެވެ. ޒީންގެ މަންމަގެ ސިއްހީ ހާލަތުގެ ސީރިޔަސްކަމެވެ. ޒީންއަށް މިކަންކަން ފޮރުވަނީ ކީއްވެބާއެވެ.؟ ޒީންގެ ބައްޕަ ކޮބާބާއެވެ؟ ނަތޫ ވަރަށް ހައިރާންވެއްޖެއެވެ. ނަތޫ ޒީންއަށް މިކަން ސިއްރު ކުރާނެބާއެވެ؟

“ޖައުފަރް! ނަޖުމާ! ދެން އަހަރެން ދަނީ. ކޮންމެސްނަމަ މިކަން ސިއްރުކޮށްދެއްޗެ. ކޮންމެހެންވެސް ނަތޫ އުޅޭތޯވެސް މިއަހާލީ ސިއްރުން މިވާހަކަތައް ދައްކާލަންވެގެން.” ޒީނިޔާ އެހެން ބުނަމުން އެގެއިން ނުކުތުމަށް ހިނގައިގަތެވެ.

“ޒީނިޔާ ބުނިއްޔާ އަހަރުމެން ބަލާނަން ތިކަން ސިއްރު ކުރެވޭތޯ.” ޒީނިޔާ ދާންފެށުމުން ޖައުފަރުގެ ޔަގީންކަން ޒީނިޔާއަށް ހަދިޔާކުރި އެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. މަންމައާއެކު އަހަރެން ކާންއިނީ ވަރަށް ހަމަޖެހިލައިގެންނެވެ. ދޭތެރެއަކުން އަހަރެން މަންމަގެ މޫނަށް ބަލައިލަމެވެ. މަންމަ އަހަންނާ ވާހަކަ ނުދައްކާ އިންނާތީއެވެ. މާބޮޑަށްވެސް މިރޭ މަންމަގެ ހަރަކާތްތައް ލަސްވެފައި ޖޯޝެއްނެތެވެ.
މޫނުމަތީގައި ކުރިންހުރި ތާޒާކަމަށް ކުއްލިޔަކަށް ބަދަލުއައީ ހަވީރު ބޭރަށް ގޮސްފަ އައިފަހުންނެވެ. އެކަން އަހަންނަށް ކަށަވަރުވެ..

“މަންމާ! ކޮބާ ބައްޕަ މިރޭ؟ ނުވެސް ފެނޭ.” މަންމަގެ އަނގައިން ޖަވާބެއް އަޑުއަހާލުމުގެ ބޭނުމުގައި އަހަރެން ސުވާލެއް ކޮށްލީމެވެ.

“ބައްޕަ މިރޭ ކޮންމެސްވަރަކަށް ބޮލުގަ ރިއްސާތީ އޮތީ. މިހާރު މިއައީ ބޭސްވެސް ދީފަ.” ޒީނިޔާ ޖަވާބުދިނީ ޒީންއަށް ބަލައިވެސް ނުލައެވެ.

“ބޭސް ދިނުމަށްވުރެ އަވަހަށް ބައްޕަ ރަނގަޅުވާނީ އަހަރެންގެ އަތުން ބައްޕަގެ ބޯމޮޑެލަދިނީމަ. ކޮންމެ ފަހަރަކުވެސް ބައްޕަ ރަނގަޅުވާނީ އެހެން. ޔަގީން މިހާރުވެސް އޮންނާނީ އަހަރެން މަތިން ހަނދާންވެފަކާން.” އަހަރެން އެހެން ބުނެލީ މަޖާކޮށްލުމުގެ ނިޔަތުގައެވެ. މަންމަގެ މޫޑް ހަމަޖައްސާލުމުގެ ނިޔަތުގައެވެ. އެހެނަސް މަންމަގެ މޫނުމަތިން ހިނިތުންވުމުގެ އަސަރެއް ނުފެނެއެވެ.

“މަންމާ! ކިހިނެއްވެފަ؟ ކަމެއްވަނީތަ؟ ބަލީތަ؟ ކޮންމެސްކަމެއް ވީމަ މަންމަ ތިހެން އިންނާނީ.. އަދި ބައްޕަވެސް ބަލިވެފަ. އަނެއްކާ މަންމައަށް ގޮތެއް ވިއްޔާ..” އަހަންނަށް ބުނެވުނީ އެހިސާބަށެވެ. ކުއްލިޔަކަށް ނަތޫ ފެނިފައި އަހަރެން ހުއްޓުން އެރިއެވެ.

“ނަތޫ!.. އާދޭ ކާން. ހާދަ ލަސްވީމަ ތި އައީ.. ކިހިނެއްވީ؟ އަހަރެން ނަތޫއާ ވާހަކަ ދައްކަން ފެށި ވަގުތު މަންމަ އެތަނުން ނުކުމެގެން ހިނގައްޖެއެވެ.

“ކަމެއްނުވޭ. މިގޭމީހުން ރަނގަޅުތޯ ބަލާލަން މިއައީ.” އެއްވެސް ޖޯށެއްނެތި މަޑުމައިތިރިކަން ވެރިވެފައިވާ ނަތޫ ބުނެލިއެވެ.

“މިގޭމީހުން… އަޅެ. ކިހިނެއްތަވީ؟ ދެން އެހެންޏާވެސް ނަތޫ އާދޭ ހަމަ މިގެއަށް. އެކަމު ހަމަ އަންނަގޮތަށް ތިހެން ނުބުނެ.” އަހަރެން ހައިރާން ވެފައިހުރެ އަހާލީމެވެ.

“ބައްޕަ އުޅެނީ ވަރަށް ބަލިވެ. މަންމަވެސް އެހުންނަނީ މިއަދު ވަރަށް ފާޑަކަށް. ދެން ބައްޕަ ބަލިވީމަވެސް އެހެން ވެދާނެ. މައްސަލައަކީ އެކަމު ވާގޮތެއްވެސް ނުބުނާތީވެ.” ކަންބޮޑު ވެފައިހުރެ އަހަރެން ބުނީމެވެ.

“ޒީން…. މިރަށު ހަބީބައްތަ އެ ގެންގުޅޭނީނު ކުޑަކުޑަ މަލޫމް. އެކަމު ހަބީބައްތައަކީ އޭނަގެ އަސްލު މަންމަ ނޫންކަން މަލޫމްއަށް އެނގޭ ދުވަހަކުން އޭނައަށް ކިހިނެއްބާއޭ ވާނީ އަހަރެން ހިތައްއަރަނީ؟” ނަތޫ އެހެން ދިމާލަކަށް ބަލަން ހުރެ ޒީންއާ ސުވާލުކޮށްލިއެވެ.

“ދެން ދަނީ އިނގޭ” ނަތޫ މަޑުމަޑުން ބުނެލިއެވެ.

ނަތޫ އެހާ އަވަހަށް ގެއަށް ދާން ބޭނުންވާ ވާހަކަ ބުނުމުން އަހަރެން ވަރަށް ހައިރާންވިއެވެ. އަހަންނަށް ކުއްލިޔަކަށް ނަތޫގެ އަތުގައި ހިފައްޓާލެވުނެވެ.

“މަޑުކޮށްބަލަ! ހާދަ އަވަހަކަށް… ކިހިނެއްވެފަތަ އަސްލު ތިހުރީ. ހީވަނީ ވަރަށް މޫނު ސަކަރާތްވެފަ ހުރިހެން. އުނހު… އަހަންނަށް ހަމަ ޔަގީން ކޮންމެސް ކަމެއްވެއްޖެކަން. ތީ ނަތޫގެ ވައްތަރެއް ނޫން. ނުވެސް ގުޅޭ. ބުނެބަލަ… ކިހިނެއްތަވީ. މިރޭ އަހަރެންގެ ވަށައިގެން އުޅޭ އެންމެންވެސް ވައްތަރަކަށް ތިތިބެނީ؟” އަހަރެންގެ ސިކުނޑިއަށް އެވަގުތު އައިހާއެއްޗެއް އަހަރެން ކިޔާލީމެވެ.

“ކަމެއްނުވޭ. އަހަރެން ދަނީ އިނގޭ. އަދި ދިމާވާނެ.” ނަތޫ ވަރަށް ބާރަށް އެގެއިން ނުކުމެގެން ހިނގައްޖެއެވެ.

“ޕިސް..ޕިސް… އެއްވަރުގެ މީހުން.” އަހަރެން ދެއަތަށް ބޯހޫރާލަމުން ހިނގައިގަތީ ބައްޕަ ކައިރިއަށް ދިއުމަށެވެ.

ދުވަސްތައް ވޭތުވަމުން ދިޔައިރު މަންމައާ ބައްޕަ އަދި ނަތޫގެ ފަރާތުން ފެންނަމުން ދިޔަ މަޑުމައިތިރިކަމާއިއެކު އަހަންނަށްވެސް ވިސްނެން ފެށުނެވެ. މަންމައާ ބައްޕަގެ ބަސްމަދުކަމުން އަހަރެން ހައިރާން ވެއެވެ. ނަތޫވެސް ގިނަފަހަރަށް ބަލަނީ އަހަރެންގެ ގެއަށް އަންނަން ނުޖެހޭނެ ގޮތެކެވެ. މަގުމަތިން ދިމާވިޔަސް ހީވަނީ ވާހަކަދައްކަން ޖެހިދާނެތީ ހާސްވާހެނެވެ. މިކަންކަމުގައި ފޮރުވިފައިވާ ސިއްރެއް އަހަންނަކަށް ނޭނގެއެވެ. އަހަންނާ ވާހަކަތައް ހިއްސާކުރާ ހަމައެކަނި ރައްޓެއްސަކީ ނަތޫއެވެ. ވީއިރު، މިފަދަ ބަދަލެއް އަންނަން ޖެހުނު ސަބަބެއް އަހަންނަކަށް ނޭނގެއެވެ. ވިސްނާ ވިސްނާ އަހަރެން ދެރަވާން ފަށައިފިއެވެ. އެހެނަސް އަހަރެން މިބަލަނީ އެމީހުންނަށް އެކަން ސިއްރު ކުރެވޭތޯއެވެ.

ޓާރމްގެ އެންމެ ފަހު ޓެސް ނިންމާލުމަށް ފަހު ގެއަށް ދިއުމަށްޓަކާ ހުރިހާ ކުދިންވެސް ހިނގައިގަތެވެ. އަހަރެންނަށް ކުއްލިޔަކަށް ހުއްޓެން މަޖުބޫރުވީ ނަތޫގެ އަޑުއިވުމުންނެވެ.

“ކޮބާ ހުރިހާ މާއްދާއަކުން ފާސްވާނެތަ؟” ނަތޫ އަހަންނާ ސުވާލުކުރިއެވެ.

“އަހަރެން ހީކުރީ މަށާމިހާރު ރުޅިވީކަމަށް… ވަރަށް ފާޑަކާށްވިއްޔަ ނަތޫވެސް ތިއުޅުނީ.” އަހަރެން ޝަކުވާކޮށްލީމެވެ.

“ބެކް ޓު ނޯރމަލް.. ތިވާހަކަ ދައްކާނެކަމެއް ނެތް. ކުރިން އުޅުނުހެން އުޅެންވީއޭ. ޒީންވެސް ވަރަށް ހެއްވާ އިނގޭ.. މަދެންހަމަ ޓެސްޓްތެރެވީމަ ވީގޮތެކޭއެއީ.” ނަތޫ އަހަންނަށް ޖަވާބުދިނީ ހިތްހަމަ ޖައްސާލުމުގެ ގޮތުންނެވެ.

“އޯކޭ…އޯކޭ.. މިދިޔަ ޓާރމަށްވުރެ ގައިމުވެސް ރަނގަޅުވާނެ މިފަހަރުގެ ނަތީޖާ. އޭތް. މެންދުރުފަހު މާލެދާން ފުރަން ޖެހޭނު؟ މައަދި ބައެއް ކަންކަން ރެޑީވެސް ނުވޭ.” އަހަރެންގެ ހަރަކާތްތައް އަވަސްކޮށްލަމުން ބުނެލީމެވެ.

“ނޫނޭ.. ބައްޕަބުނި އެދޯނީގަ އުޅެނީ މައްސަލައެއް ޖެހިގެނޯ. އިންޖީނު ހަދާފަ މިރެޔޯ ފުރޭނީ. އަހަރެން ހަމަ ރެޑީގަ މިހުރީ.” ނަތޫ ބުނެލިއެވެ.

“ނަތޫ! އެހެންވިއްޔާ މި ލިބުނީ ރަނގަޅު ފުރުސަތެއް. އެއްކަލަ ވާހަކަ މަންމަމެންގާތު އަހާލަން މިއޮތީ ވަގުތު ލިބިފަ.” ކުއްލިޔަކަށް ހަނދާންވެގެން އަހަރެން ބުނެލީމެވެ.

“ކޮންވާހަކައެއްތަ؟ އިޝާލްގެ ވާހަކައެއްތަ އަނެއްކާ؟” ނަތޫ ފާޑަކަށް އަހަރެން ރަކިކުރުމުގެ ގޮތުން މަޖާކޮށްލިއެވެ.

“ހުމްހޫނނ…ނޫނޭ. މިބުނަނީ ފޯނު ކުރާވާހަކަ. ނަތޫވެސް ހުއްޓަ އަހަން ބޭނުމީ. އެގަޑިއަށް އާދެވިދާނެތަ އިރުއޮއްސޭއިރު.” އަހަރެން ވަރަށް ހަމަޖެހިލައިންހުރެ ބުނެލީމެވެ.

-ނުނިމޭ-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ލޯތްބަކުންދިން-18

Next

ޤުރުއާން ހިތުދަސްކޮށްގެން

Next
May 16, 2023

ޤުރުއާން ހިތުދަސްކޮށްގެން

Previews
May 11, 2023

ލޯތްބަކުންދިން-18

2 Comments!

  1. Meera says:
    May 14, 2023 at 11:25 pm

    Varah reethi vaahaka eh

    1. Shaleen says:
      May 14, 2023 at 11:28 pm

      Thanks Meera. Adhi kuriyah huri part thah v interesting vaane .
      Ummeedhakee vaahaka nimendhen kehkollaigen vaahaka kiyaalun ingey.
      Luv u Meera. Again Thanks a lot

Comments are closed.

Next Episodeދިރުމެއްނެތް ދިރިއުޅުން 7←


All Right Reserved!