Skip to content
އެސްފިޔަ

ހަތް ދަރިން

މީޝެލް ދިޔައީ ސުޕަރ މާރކެޓުން އެއްޗެހި ގަންނަމުންނެވެ. 260 ނެޕީއާއި 2 ކޭސް ކިރު ދަޅު އެއެޅީ ޓްރޯލީއަށެވެ. ދެއަހަރުގެ އެއްމާބަނޑު ދެކުދިން ކަމަށްވާ ލޫކާއި ލިލިއަން ތިބި ގޮނޑި ކުރިއަށް ޖައްސަމުން، އޭނާ ޕާސްޓާ ޕެކެޓުތަކާއި ޗޮކްލެޓުތައް ޓްރޯލީއަށް އަޅާލިއެވެ. އޭނާގެ ފަހަތުން، ފިރިމީހާ ކަމަށްވާ ކްރިސް. 34 ދިޔައީ ހަތަރު މަހުގެ ދެކުދިން ކަމަށްވާ އޮލީއާއި އޮލީވިއާ ތިބި ގޮނޑި ކުރިއަށް ޖައްސަމުންނެވެ. އެދެމަފިރިން ދިޔައީ ދެ ސަފްހާގެ ބާޒާރު ލިސްޓުގައިވާ ތަކެތި ހަމަކުރަމުންނެވެ.
އެމީހުންގެ ތަކެއްޗަށް 160 ޔޫރޯ ހޭދަވިއެވެ.
ސުޕަރ މާރކެޓުން ނިކުތުމަށްފަހު ދެ ކާރަށް، އެމީހުން ގަތް ތަކެތި ލުމަށްފަހު މިސްރާބުޖެހީ ނާސަރީއިން ދޮށީ ދެދަރިން ކަމަށްވާ ހަތަރު އަހަރުގެ އެންތޯނީއާއި އެޑަމް އަދި ތިން އަހަރުގެ އެންޑްރޫ ބަލައެވެ.
ކުރީގައި ޓީޗަރެއްގެ ވަޒީފާގައި ހުރި މީޝެލް، 37 އަކީ ހަތް ކުދިންގެ މަންމައެކެވެ. އެހުރިހާ ކުދިންނަކީވެސް ފަސް އަހަރުން ދަށުގެ ކުދިންނެވެ. މީޝެލާ އޭނާގެ އާއިލާ ދިރިއުޅެމުން އަންނަނީ އަޔަރލޭންޑުގެ ޑުބްލިންގައި ހުންނަ ގެއެއްގައެވެ.
ޕޯރޓްސްމައުތުގެ މީޝަލް އޭނާގެ ފިރިމީހާ ކްރިހާ ދިމާވީ އޮންލައިންކޮށެވެ. އެއީ 2008 ވަނަ އަހަރުގެ ޖެނުއަރީ މަހެވެ.
އެމީހުން އެކަކު އަނެކަކު ދެކިލުމަށްޓަކައި އިނގިރޭސިވިލާތާއި އަޔަރލޭންޑާ ދެމެދު ދަތުރުކުރިއެވެ. އެމީހުންގެ ގުޅުމަށް ތިންމަސް ވީތަނާހެން ބަނޑުބޮޑުކަން މީޝެލަށް އެނގުނެވެ.
މީޝެލްގެ މާމަގެ އެއްމާބަނޑު މީހެއް ހުރެއެވެ. އަދި ކްރިސްގެ ބޭބެގެ އެއްމާބަނޑު ތިން ކުދިން ތިބެއެވެ.
ދޮށީ ދެދަރިންނަށް 10 މަހުގައި މީޝެލް އޭނާގެ ދެވަނަ ދަރިފުޅަށް ބަލިވެ އިނެވެ. ދެވަނަ ދަރިފުޅަށް ފަސް މަހުގައި ތިންވަނަ ފަހަރަށް މީޝެލް ބަލިވެ އިނެވެ.
މީޝެލްގެ ދެމަފިރިން ޤަބޫލުކުރާ ގޮތުގައި ހަތް ކުދިންނަކީ އެމީހުންގެ ނަސީބެވެ. ކިތަންމެ ބުރަވިޔަސް ވެހެވެ.

ނޯޓް: މިއީ ހަޤީޤީ ހާދިޘާއެކެވެ.

Comments (7)

  1. Nadhu

    Is this the end???

    1. InsaanehMiAAlamGaivAA
      Nadhu

      Yes, and this is a True story.

  2. hama insaaneh

    Feshun v salhi knme akas. Nihmun rythi kohlinama salhi vys. Bt overall koh ok n keep it up! ?☺?

  3. maalu

    kithanme gina kudhin libunas ragalhu gothuga hurihaa kudhin bodu vyma v v v happy vaane

  4. kiyuntheriyaa

    Mee vaahakaeh noon.Haadisaaeh! Hama insaanehge
    hama reethi vaahakatah kuriyah oithangai kiyan libeyne kamah
    ummedhu kuran

  5. InsaanehMiAAlamGaivAA

    Thanks

  6. mives insaaneh

    Mashah fennany, (miAalam gai vaa insaaneh) haveeru ga habaru liyan dhaan.
    Mee vaahaka site eh. Habaru liyaa site eh noon

Comments are closed.