ދުރުގައި ވިޔަސް… (1)
އިރު އޭނގެ ވާޖިބް އަދާކުރަމުން ދުނިޔެއާއި އަލްވަދާއު ކިޔަމުންދިޔައީ އަނދިރިކުރުވަމުންނެވެ. އުނޑުގައި ރަތްވިލާތަކުން އެކިއެކި ޖާދުވީ މަންޒަރު ކުރަހައި ކުލަޖައްސަމުން ދިޔައިރު ބަލާލެވޭ ކޮންމެ މީހަކަށްވެސް ހިތާ ހިތުން ތައުރީފްކުރެެވި ހިތްހަމަޖެހުން ލިބިގެން ދެއެވެ. މާހައުލަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ދޮންވެލިގަނޑަށް ބީއްސަމުންދިޔަ ކުދިކުދި ރާޅުތަކުން ކުޅެލާ ހިތްގައިމު މިއު×ޒކީ އަޑުތަކުންނެވެ. އިރުއޮއްސޭ މަންޒަރުގެ ހިތްގައިމުކަން ބަލަމުން އާއިލާއާއި ރައްޓެހީންނާއި އެކު ވަގުތު ހޭދަކުރުމަށް އައިސްތިބި ތަފާތު ޖިންސުތަކުގެ މީހުންގެ ސަބަބުން އާޓިފިޝަލް ބީޗް ވަނީ ކޮންމެވެސް ވަރަކަށް ހަލަބޮލިވެފައެވެ.
ބީޗަށް އެއްވެފައި ތިބި މީހުންގެތެރެއިން ގިނަ ބައެއްގެ ސަމާލުކަން ހޯދަމުން ދިޔައީ މޫދާއި މާދުރުނޫން ހިސާބެއްގައި ދޮންވެލިގަނޑުގައި އިށީންދެލައިގެން އިން މާޔާއެވެ. ލައިގެން ހުރި ކަޅުކުލައިގެ ޖިލްބާބް އާއި އެއާއި ގުޅޭގޮތަށް އަޅާފައިވާ ރަތް ކުލައިގެ ޝޯލްއިން މަޔާގެ ރީތިކަން އިތުރުވެގެންދެއެވެ. އެ ކަޅުކުލައިގެ ހެދުމުގެ ސަބަބުން މާޔާގެ ރީތި ކަމާއި ދޮންކަން ތުރަށް ހާމަވެގެންދެއެވެ. މޫދާ ދިމާލަށް ނަޒަރު ހުއްޓިފައި ވިއެއް ކަމަކު މާޔާގެ ހިޔާލުތަށް ވަނީ އެ ހިތަގައިމު މާހައުލާއި އެތަކެއް ރާސްތާއެއްގެ ދުުރުގައެވެ. ވަށައިގެންވާ މާހައުލުގައި ވަމުން ދިޔަ ކަންތައް މާޔާއަށް ނޭނގޭ ކަހަލައެވެ.
މާޔާ ހިތާހިތުން ޝަކުވާކުރަމުން ދިޔައީ މާޔާގެ އަމިއްލަ ތަޤްދީރާއި މެދުގައެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވެމުން ދިޔައީ އިންތިހާއަށް މީހަކު ދެކެ ލޯބިވެވުނީތީއެވެ. ލޯބިވުމަކީ ކުށެއް ބާވައޭ މާޔާ ހިތަށް އަރަމުންދިޔައެވެ. ނުވެނު ނަމައެވެ. ނޫނެކެވެ. ދެން ދުވަހަކުވެސް މީހަކު ދެކެ ލޯތްބެއް ނުވާނަމެވެ. މާޔާ ހިތާހިތުން ވާހަކަ ދައްކަމުން ދިޔައިރު ލޮލަށް ކަރުނަ ޖަމާވަމުންދިޔައެވެ. ” އެންމެ ފަހަރަކުވެސް މާއި ހުރިތަނެއް ބަލާލިނަމަވެސް އެނގިދާނެ އެއްނު.. ކުޑަކޮށްވެސް… މަސައްކަތް ކޮށްލިނަމަ…މާއި ދެކެ ހަަމަ އެހާވެސް ނަފްރަތު ކުރަންތަ… ނޫނީ ލޯބި ހަމަ ނުވަނީތަ..” އަތުގެ ނުފުށުން މާޔާ ލޮލުން ފައިބަން ފެށި ކަރުނަތަށް ފޮހެލިއެވެ.
މާޔާ ކުއްލިއަކަށް ސިހުނީ ފަހަތުން ކުޑަކުއްޖަކު އައިސް ބައްދައިގަތުމުންނެވެ. ” މަންމީ…” މާޔާ މޫނު މައްޗަށް ހިނިތުން ވުމެއްް ވެރިކުރުވަމުން އެ ކުޑަކުޑަ އަތުގައި ހިފައި މާޔާގެ ތިން އަހަރަށް ދާ ދަރިފުޅު ގެނެސް އުނގުގައި ބޭންދިއެވެ. އެ މައުސޫމް ދެލޮލުން މާޔާއަށް ފެންނަނީ އުފާވެރިކަމެވެ. އެ މޫނު ފެންނަ އިރަށް ހުރިހާ ވޭނެއް ފިލައިގެން ދާކަހަލައެވެ.
“ނަތިއްކޯ.. މަންމިގެ ދޫނީ… ކީއްކޮށްފަ ތިއައީ..” މާޔާ ނުހަނު ލޯބިން ނަތީޤްގެ ބޮލުގައި ފިރުމަައިލަމުން އަހައިލީ ޖޯޝާއި އެކުގައެވެ. އެހެން އެހުމާއި އެކު ހީވީ ހުރިހާ ވާޙަކަ ތަކެއް ހިފަހައްޓައިގެން ހުރި ނަތީޤްއަށް ފުރުސަތު ލިބުނުހެންނެވެ.
” ދިޔައީ އެތާ އެކޮޅަށް.. ވަރަށް މަޖާ މަންމީ.. ކޮއްކި ދިޔައިން ކުޑަކުދިން ބަގީޗާއަށްވެސް…” މާޔާއަށް ނަތީޤްގެ މޫނުގައި ވާ އުފާވެރެިކަމާއި ޖޯޝް ފެނިފައި ހިތްހަމަޖެހުނެވެ.އެއްވެސް ފޫހިކަމެއް ނެތި އެ ވާހަކަަތައް އަޑުއަހަން އިިންނަތާ އިރުކޮޅެއް ވެދާނެއެވެ.
” ދެން ހިނގާ ދޯ ބޭބީ ގެއަށް ދަމާ…” ރޭގަނޑުވެ އަދިރިވާން ފެށުމުން މާޔާ ބުނެލިއެވެ.
“ނޯ…ނޯ މަންމީ.. މާދަން ގެއަށް ދާނީ..” ކުޑަކުޑަ ނަތީޤް ބޮޑާހާކާލިއެވެ. މާޔާއަށް ހެވުނީ ބޭއިހްތިޔާރުގައެވެ. މިހާރު މާޔާގެ ހުރިހާވެސް ކަމަކީ މިކުޑަ ދަރިފުޅެވެ. ބަނަވެފައި ވާ ހަޔާތް އުޖާލާ ކޮށްދިނީތީއެވެ.
” ދޫނި.. މަންމީ ބުނި ގޮތަށް ހަދަން ވާނެ އެންނު ދޯ..ތީ ބަސް އަހާ ކުޖެއްނު.. އޭރުން މާދަން ދުއްވަން ދެވޭނީ..” ފަހަތުގައި މަޑުކޮށްލައިގެން ހުރި ފާރިލްގެ އަނޑަށް މާޔާ ބަލާލިއެވެ. ފާރިލް މާޔާއަށް ހިނިތުންވުމެއް ރައްދުކުރުމަށް ފަހު ނަތީޤް އުރާލިއެވެ. މާޔާވެސް ތެދުވެ ވެލި ފޮޅަމުން ފާރިލްއާއި އެއްވަރަށް ހިގަމުން ގޮސް ކާރުގެ ފަހަތު ސީޓަށް އެރިއެވެ. ކާރަށް އަރާކޮންމެ ފަހަރަކު ނަތީޤްއަށް ހީވާނީ ދެއީދް އެއްފަހަރާ ލައިގެން އުޅޭހެނެވެ.
ކާރު ދުއްވަމުންގެންދިޔަ އިރު ފާރިލްގެ ނަޒަރު ހުއްޓިފައި ހުރީ ފަހަތުގައި ސީޓްގައި އިން މާޔާއަށެވެ. އެއްވެސް ވަރަކަށް މޭކަޕެއް ކޮށްފަިއ ނެތްކަމުގައިވިޔަސް މާޔާގެ ހަން ރީތި ވެފައި އޮމާނެވެ. އެންމެ ލަކުނެއްވެސް ފެންނާނަށް ނެތެވެ. ލިޕްސިޓްކް ބޭނުންކުރެވިފައި ނުވިޔަސް އެ ތުންފަތުގައި ވަނީ މަޑު ފިޔާތޮށި ކުލައިން އިތުރު ފުރިހަމަ ކަމެއް ގެންދެއެވެ. މާޔާގެ ލޫޅާފަތި ހަށީގަނޑުން ކުއްޖަކު ވިހައިފައި ހުރިކަމެއް ބަލާ މީހަކަށް ނޭނގޭނެވެ.މާޔާ ހީވަނީ އަދިވެސް އެންމެ އަށާރަ އަހަރުގެ އަންހެން ކުއްޖެއް ހެންނެވެ. ދަރިފުޅާ ސަކަރާތް ޖަހަމުން ގެންދާިރު ކޮލަށް އެޅޭ އަނޑިކޮޅުންވެސް މާޔާ އިތުރަށް ރީތިވެގެން ދެއެވެ. މާޔާ ގެ ރީތިކަމާއި މެދު ހިތާހިތުން ތައުރީފްކުރަމުން ދިޔައިރު އެ ތުންފަތުގައި މަޑު ހިނިތުންވުމެއް ދުވެލާފައި ހުއްޓެވެ.
ރޭގަނޑުގެ ވަގުތުކަމުން އުސް އިމާރާތްްތަކުގެ ތަފާތު ކުލަ ކުލައިގެ ބޮކިތަކުން މުޅިތަން ވަނީ ދިއްލާފައެވެ. މަގުތަމީގައި ބާރައް ދުވަމުން ދިޔަ ކާރުތަކާއި އުޅަނދުތަކުން މާހައުލުގެ ހަމަހިމޭންކަން ވަނީ ކެނޑިފައެވެ. ފަޒާތެރޭގައި ފިނިކަމުން އެހާ ގިނަ ބަޔަކު ބޭރުގައި ފައިމަގުގައި އުޅޭތަނެއް ނުފެނެއެވެ. އިމާރާތުގެ 45 ވަނަ ފްލޯގެ ބެލްކަނީގައި ހުރި ޒުވާނާގެ ނަޒަރު ވަނީ މަގުމައްޗަށް ހުއްޓާލެވިފައެވެ. ކަޅުކުލައިގެ ލެދަރ ކޯޓާއި ގަދަ ނޫކުލައިގެ ޖީންސް ގައި ހުރިއިރު ހީވަނީ މޮޑެލްކުރާ މީހެއް ހެނެވެ. ލިބިފައިވާ ފަން އިސްތަށިގަނޑު ކުޑަކޮށް ދިގުކޮށްފައި ނިތްމައްޗަށް ދޫކޮށްލެވިފައިވާ ގޮތުން އެ ދޮން މޫނަށް އިތުރަށް ރީތިކަން ގެނެސްދެއެވެ. ބާމަތިފުޅާވެފައި ލިބިފައިވާ އާދައިގެ އިސްކޮޅެއްގެ ސަބަބުން ފިރިހެންވަންތަކަން އިތުރުވެގެންދއެވެ. ބޭރަށް ނަޒަރު ހިންގާލައިގެން ހުރި އިރު އަތުގައި ހުރި ކޮފީތަށިން ފަހަރަކު ކޯވަރެއް ބޮމުން ދިޔައެވެ.
” ނަކީލް… ދިސް އިޒް ރިއަލީ ކޯލްޑް… ގެޓް އިން ބްރޯ…” މިހާ ފިނި އެރެއްގައި ވެސް ބޭރުގައި ނަކީލް ހުރިތަން ފެނިފައި ނީލް ކަންބޮޑުވިއެވެ. މިއޮށް ފިނީގައި ބޭރަށް ނިކުންނަން ބޭނުން ނުވިއެއްކަމަކު ނީލް ލޯބިވާ ބޭބޭއަށް ޓަކައި ނިތުވެ. ހިޔާލަކަށް ގެއްލިފައި ހުރި ނަކީލްއަށް ހޭވެރިކަންވީ ނީލް ކޮނޑުގައި އަތްބޭވުމުންނެވެ.
” ވައި ޑިޑް ޔޫ ކަމް އައުޓް.. ފިނި ވާނެއޭ.. ” ނަކީލް އަވަހަށް އެތެރެއަށް ވަންނަން ހިގައިގަތީ ނީލްގެ ގޮތް ރަގަޅަށް އެނގޭތީއެވެ.
” އޯހް.. ދޮންބެއަށް ފިންޏެއް ނުވާނެތަދެން.. ހަމައެކަނި ނީލްއަކަށް ނޫނެއް ނު ވާނީ..” ނީލް ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައެވެ.
” އެހާ ފިންޏެއް ނޫނޭ ބޭރު..” ނަކީލްވެސް އަމިއްލަ ދިފާއުގައި ބުނެލީ ނީލް ހަމައަކަށް އެޅުވުމަށްޓަކައެވެ.
“ދޮންބެ.. ނީލް އަކީ މިހާރު ބޭބީ އެއްނު.. ދެ ހަޕްތާ ފަހުން ނީލްގެ ވެޑިން އޮތީ…ވިންޓަރ އަންނަން އުޅެނީ..އެވަރު ނީލް އަަށް ނޭނގޭނެ ކަމަށް ތަ ދޮންބެ ހީކުރީ..” ނޭވާއެއް ދޫކޮށްލަމުން ނީލް ބުނެލީ ނަކީލް އަށް ދޫދޭން ބޭނުންނުވާތީއެވެ.
“ހެހެހެހެ… ކޮއްކޮ ބޮޑުވެއްޖެދޯ…ބޭބެއަކަށް ނުވެސް އެނގުނު..” ނަކީލް ހެމުން މާހައުލުގައި އޮތް ސީރިއަސް ކަން ކަޑުވަން މަސައްކަތްކުރިއެވެ.
“ދޮންބޭ… ނީލް އަށް ހުރިހާ އެއްޗެއްވެސް އެނގޭ.. ބޭބެ ތިހާ ޗޭންޖް ވީ ކީއްވެކަންވެސް އެނގޭ.. ހީހީފަ ފޮރުވަން އުޅޭ ހުރިހާ ސިއްރެއްވެސް އެނގޭ.. އަމިއްލަ ނަފްސަށް ތިގޮތަށް އަނިޔާ ދޭކަށް ނުވާނެ ދޮންބޭ..ބޭވަފާތެރިވި މީހާކަށް ޓަކައި ކީއްކުރަން ދޮންބޭ..” ނީލް ހިތުގައި ފޮރުވައިގެން ހުރި ވާހަކަތަށް ނަކީލްއާއި ހިއްސާކޮށްލީ މިފަދަ ކަންތަކަކާއި ހުރެ އުދަނގޫވާތީއެވެ. ލޯބިވާ ބޭބޭ މިހާލުގައި އުޅޭތަން ބަލަން ބޭނުން ނުވާތީއެވެ. ނަކީލް ހިނގާފައިގޮސް ކުޑަދޮރުން ބޭރުބަލަން މަޑުކޮށްލީ ނީލްއާއި ކުރިމަތިލާން ބޭނުން ނުވާތީއެވެ.
” ދޮންބެ ހަމަ ކުއްލިއަކަށް ހުރެލާފަ ކޮރެއާއަށް ބަދަލްވާން ނިންމީވެސް އެހަދާންތަކާ ދުރުވާކަށް ނޫންތަ..” ނީލް އިތުރު ސުވާލްތަށް ކުރިމަތިކުރުވަމުންދިޔައެވެ.
ނީލް އާއި ނަކީލް އަކީ ކޮރެއާގެ ވަރަށް މުއްސަދި ފިރިހެނަކާއި ޗައިނާގެ މުއްސަދި އަންހެނަކަށް ލިބިފައިވާ ދެކުދީންނެވެ. ކުރިން ދިރިއުޅެމުން ގެންދިޔައީ ޗައިނާގެ ވަރަށް ހިތްގައިމު ސަރަހައްދެއްގައެވެ. ނީލް އަށް ބޮޑަށް މަންމަ ފަަރާތުގެ ސިފަތަށް ވާރުތަވެފައި ވާއިރު ނާކީލްއާށް ވާރުތަ ވެފައިވަނީ ބައްޕަގެ ސިފަތަކެވެ. އެހެންކަމުން ގިނަބައެއްގެ ސަމާލުކަމަށް ނަކީލް ވެގެންދއެވެ. ރީތިކަމުން އެތަށް އަންހެން ކުދިންނެއް އެދިއެދިތިބެއެވެ.
“ދޮންބޭ.. މޫވް އޮން ކުރަން ވީނު..” ނީލް ވެސް ކުޑަދޮރުކައިރީ ހުއްޓެމުން ނަކީލްއާއި ދިމާލަށް ބަލައިލިއެވެ.” ދޮންބެ އަދިވެސް ލޯބިވޭ ދޯ ފަހަރި ދެކެ..” ނީލް ގެ މި ސުވާލުން ނަކީލް ކޮޮންމެވެސް ވަރަކަށް ސިހުނެވެ. ނަކީލްއަށް ނީލްއާއި ދިމާލަށް ބަލާއިލެވުނީ ބޭއިހްތިޔާރުގައެވެ.
” ނޭނގެ އެއްނު އޭނަ މިހާރު މީހާކާ ނީންނަ ކަމެއްވެސް… އޭރުވެސް..” ނީލްގެ ވާޙަކަތަށް ހުއްޓާލީ ނާކިލްގެ އަނޑަށެވެ.
“ހުއްޓާލާ ނީލް.. އައިވޯންޓް ޓު ބީ އެލޯން..ޕްލީޒް..” ނަކީލް ގެ އެދުމުގެ މަތިން ނީލް ކޮޓަރިން ނިކުމެގެން ދިޔައެވެ.
އަދިވެސް ނަކީލް ގެ ހިތް އެދިގޮވަމުން ދިޔައީ އެ ހިތުގެ ވެރިޔާއަށެވެ. ކިތަންމެ ވަރަކށް ހިތްދަތިކަން ދީފައި ދިޔަނަމަވެސް މެއެވެ. ޝަކުވާ ކުރެވި ނަޕްރަތުކުރެވެނީ ނަކީލް ވި ލޯބީގައި ކޮޅުފައި ޖެހީތީއެވެ. ދުވަހަކުވެސް މާފެއް ނުކުރާނަމެވެ.
ނޯޓް: މިވާހަކަ އަޕްލޯޓް ކުރަން ރައިޓަރ ވިސްނަފައި އޮތީ ކޮންމެ ހަފްތާއަކު އެއްފަހަރު… ހުރިހާ ކިޔުންތެރިންވެސް މިވާޙަކަ ކިޔުމަށް ފަހު ހިޔާލު ހުށަހެޅުމަށް އެދެން.. ޝުކުރިއްޔާ.. އުއްމީދު ކުރަށް ވާހަކަ އަށް އިންތިޒާރުކުރާނެ ކަމަށް… ޝުކުރިއްޔާ… 🙂
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
47 Comments!
Comments are closed.



Vaahaka varah rythi. Keep it up. Waiting for next part. Every friday ga dhoa up vaany? Inthizaaruga mihury
friday noony saturday.. thank you… keep reading 😀
Nice story . Keep it up. Waiting for the next part of this story
thank you …. keep reading 😀
Mihaa rythi vaahaka aka nubunas inthizaaru kurvayne thaa dhow.story up kuraa dhuvahe angaala dhyfiyaa vara ragalhu writer.keep it up
dhn ves aneh afthaa eh ge friday noony saturday ga… thankyou.. keep reading 😀
Mi story ge feshun vv salhi..hope kuran mi story v reethi varne kamah…keep it up..
Mi story ge feshun vv salhi..hope kuran mi story v reethi varne kamah…keep it up..
reethi vaane kamah mibalany. waiting for the next part…
Feshun reethi unmydhu kuran fahun ves reethivaane kamah mi story
subbunaa.. ? uduga idheytha hus nooneh? ?
thafaathu jins thakuge meehunney buneema eba heevey v baivaru jins thakuga meehun hen.. dhe jinsey buni nama thankolheh thaahiru vaane kanneyge.. ?
miu haveeru zikee iny.. ragalhu kohlan feney.. ?
dhen abadhu maayaa.. e nan mihaaru muskulhi vejje. ? thafaathu nameh dheyn veenu.. satheyka bahthirees vaahakiga e nan eba beynun kurey.. meehun foohi ves nuvaneetha abadhu eh namehge vaahaka kiyaa kiyaa.. ??
aduga ves idheytha hus nooneh?
?
natheeg varah reethi nameh.. ?
neel ey anheneh kameh firiheneh kameh neygunu. ??
vaahaka ey arabi baheh nooney komme faharaku vaahakaige haa arabi kohfa thi jahany ??
neel ah mee kuh gotheh.. neelah mihen innaanee.. ?
thank you for the comment… dhn next time improve kuraaany dhw… neel aky boys name eh .. means boys ah ves girls ah ves kiyene e name.. vaahakayah nan thah hovaa iru kiyan faseyha reethi nan dheveydho masakai kurany so that liyaa meeha ves kiyaa meehaa ves confuse nuwaane eh nu… anyways thank you … kuhbas thah ragalhu kohdhinythy.. this is my second story and need experience to improve and comments too… keep commenting .. 😀
Varah kuru
V salhi.dhen onna part thankolheh dhigukoh genes dhehvvun edhen.
i ll try my best
Vaahakaa ge feshun v reethi.. Kuriyah huri part thakah inthizaaru kuran..
Warah reethi
Oh.. once in a week.. ???
Means too much of waiting dhw..
Anyways.. stry is awsum..
Nice story ….
Waiting 4 the next part…
V mistake thah gina.. next part rangalhah chech kohlaafa upload kohlaa ingey.. v salhi… keep uploading…
i ll try my best … thank you… keep commenting… vaahaka upload kuri fahun hadhaan v aslu check kuran … and kuhbaas thah beynun kurevifai eba huri dhw… thank you…
Vv.salhi feshun but kuhhurikanves faahagakohlan.2nd partga ragalhu kuraanekamah heekuran. inthizaar kuran up kuraane duvahakah
i ll try.. thank you
Reethi kyp it up
It’s interesting
Waiting for the next part ^-^
reeth kyp it up
Keevve abadhu maayaa ge nan Hunnanee vaahaka thakuga.maa reethee tha e nan
maaya name haditha? vaki ehen balaafa eh noon maaya ge name girl kujja ah dhiny e name simple v ma 😀
Vaahaka vvvvv reethi
Feshun is awsome. N writer thy girl ehtha boy ehthA
writer aky girl eh .. thank you
Story v nice vaanehen heevany.. haadha kiyan undhagoo nan thakekey beynunkohfa hury hhehehe..
Dhen vaane gotheh hithah araafa mi ineee….. Typing mistakes ves varah ginain feney…. Rangalhu kollaathi
v v v salhi. Waiting next part..
Maya nulaa hiku teethi name eh..story ves varh reethi..gudluck for next part
nice story.. like it. but kudakoh mistakes hurikan faahaga kohlevey ekanthah improve kohlyma ok vaane…. just cant wait.. varah rythi ;).. waiting fr the nxt part.. 🙂 🙂 🙂
varah short
God damn! Why do everyone use “MAYAA” name? Seriously it’s so irritating.. U could have used some simple name like “SHIMA” or “MALAA”… It’s too confusing when every story has a same name.. Plxx change the name writer…. BTW Story is nice..
dhen story feshifa ovva kihinei name change kuraany ???? thank you Nau
vara reethi writing for the next part
Koniraku next kiyaalavey varu vaaney????
friday or saturday… aslu free vaany saturday and mondayga… but emme las vegen friday noony saturday upload kureveytho masakai kuraanan.. mee week aku ehfaharu genesdheyn hama jehifai vaa vaahaka eh ..thank you
Feshun varah salhi……..vaahaka varah reethivaanehen heevany……
Waiting for next upload……. 🙂
Koniraku next kiyaaleveynee i cant wait………
Koniraku next kiyaaleveynee i cant wait………
wow. . . . . . nice story.. waiting 4 next part. . . . .