އަހަރެން 1
އަހަރެންނަކީ ކުޑައިރުއްސުރެ ކެޑޭޓުގައި އުޅުނު ކުއްޖެކެވެ. ބައެއްފަހަރު ކޭންޕުތަކަށް ރަށުން ބޭރަށް ދާންޖެހެއެވެ. މަންމައާއި ބައްޕަ ދޫކޮއްފައެވެ. ކޭންޕު ގޮސް ޕެރޭޑު ވެސް ޖެހީމެވެ. މިހާރު އަހަރެންނަކީ 19 އަހަރުގެ ޒުވާނެކެވެ. އަހަރެންނަކީ ސަކަ މިޒާޖެއްގެ ވެރިއެކެވެ.
ގަދަ މުށިކުލައިގެ ފަން އިސްތަށިގަނޑަކާއި ފަތްމިނި ހަށިގަނޑެއްގެ ވެރިޔަކީމުއެވެ. މަޑުމުށި ކުލައިގެ ކަޅިން އަހަރެންްގެ ދެލޯ ޒީނަތްތެރިކުރުވިއެވެ. އަހަރެން ވަޒީފާ އަދާކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބަރުގައެވެ. ކެޑޭޓު ސެކްޝަނުގައެވެ. އެންމެ ގިނައިން މަސައްކަތްކުރަނީ ސަރޖެންޓް އަމާން މުހައްމަދު އާއި އެކުއެވެ. އޭނަ އަހަރެންނަށް ވުރެ 1 އަހަރު ބޮޑޭވެ. އަމާން އަކީ ފިރިހެން ވަންތަ ހަށިގަނޑެއްގެ ވެރިއެކެވެ. އިސްކޮޅުން ދިގެވެ. ލިބިފައިވަނީ ހަމަ ސަކަ މިޒާޖެކެވެ. މުށި ކުލައިގެ އެދެލޮލަށް ބަލާލާއިރު ހިތް ވިރިގެން ދާފަދައެވެ. ކުޑައިރުއްސުރެ އަހަރުމެން ދެމީހުން އެކުވެރިކަމުގައި އުޅުނީމެވެ. އަދިވެސް ވަރަށް ގާތްވާނެއެވެ.
ފުރާވަރަށް އެޅުނުފަހުން އަހަރެންނަށް ބޭއިހުތިޔާރުގައި އަމާން ދެކެ ލޯބިވެވުނީއެވެ. އޭނަ ގާތުގައި އެވާހަކަ އަދިވެސް ނުބުނަމެވެ. ބުނަން ނުކެރުމުންނެވެ. ބުނަން އުޅެފަވެސް ހުއްޓާލަނީއެވެ. ލަދުގަންނަވަރުން ނުހުރެވިގެން ދުއްވައިގަންނަ ފަހަރުވެސް އާދެއެވެ. އަދިވެސް އަހަރެން އަމާން މަތިން ފޫއްސެއްނުވެއެވެ. “ސޮރީ ޝައީ..” އަމާން ބުނެލިއެވެ. އަހަރެން ވެސް އާނއެކޭ ބުނެލީމެވެ.
އެއްދުވަހު ވަރަށް ފަތިހެވެ. އަހަރެމެން ދެމީހުންނަށް ކެޑޭޓު ކިލާސް ހަމަޖެހިފައިވާ ރަށަށް ދާން އަހަރެމެން ތިބީ ލޯންޗަށް އަރައެވެ. އެލޯންޗު ދުއްްވަނީ ސަރޖެންްޓް އަހުމަދު ސަމަންއެވެ. ސަމަންއަކީ އަމާންގެ ދޮންބެއެވެ. އޭނަ އަމާންއަށް ވުރެ 2 އަހަރު ދޮށްޓެވެ. އަމާންއާއި ސަމަންގެ އެހާ ބޮޑު ތަފާތެއް ނުހުރެއެވެ. ހަމަ އެކަނި ސަމަންގެ މަޑުމައިތިރިކަމާއި އަމާންއަށް ވުރެ އަނދިރި ހަމުގެ ކުލަ ހުންނަ ކަމެވެ.
5 ވަރަކަށް މިނެޓު ފަހުން ލޯންޗު ފުރިއެވެ. އަހަރެމެން ދިޔައީ ހަނިމާދޫއަށެވެ. މަންޒިލަށް ލެފުމުން އަހަރެމެން ދެމީހުން ފޭބީމެވެ.
ދުވަހަކީ އުޑުމަތި ސާފު އަވިބާރު ދުވަހެއް ކަމުން އަހަރެން ހުރީ ވަރަށް ފެން ބޮވައިގަނެފައެވެ. ސިއްރުސިއްރުން އަހަރެން އަމާންގެ ދަބަހުގައި އިން ފެންފުޅި ނަގަން އަތް ދިއްކޮށްލީމެވެ. ވަގުތުން އަމާން އަހަރެންގެ އަތުގައި ހިފިއެވެ. އަހަރެންގެ ގައިން ހީބިހި ނަގައިގަތެވެ. އަދި އަމާންއާއި ހަތަރުކަޅި ހަމަކޮއްގެން އެތަކެއް އިރެއް ވަންދެން ހުރެވުނެވެ. އަމާން ވެސް ހުރީ ހުއްޓުން އަރާފައެވެ. މަގުމަތިން ދިޔަ ސައިކަލެއްގެ އަހަރެމެން ދެމީހުން ސިއްސައިގެން ގޮސްގެން ދުރަށް ޖެހިލީމެވެ.
ދެމީހުންގެ މިސްރާބު ހުރީ ހަނިމާދޫ ސްކޫލާއި ވީދިމާލަށެވެ. ބާރު ހިނގުމެއްގައި ދެމީހުންް ހިނގީމެވެ. ދިޔަމަގުމަތީގައި އަހަރެމެން ދެމީހުން ދިޔައީ މަގުގެ ދެފަރާތުން ހިނގާފައެވެ. އަހަރެންނަށް އަމާންއާއި ދިމާލަށް ބަލާލަން ވެސް ނުކެރުނެވެ. ވިސްނެނީ ހަމަ އެވީގޮތަކާއި މެދެވެ. ބާރުބާރަށް ހިތް ތެޅެނީއެވެ. ދެއަތާއި ފައި ވަނީ ފިނިވެފައެވެ.
މަދަރުސާއާއި ހިސާބަށް ދެވިއްޖެއެވެ. ބަހެއް ވެސް ނުބުނެ ދެމީހުން ސްކޫލުގެ ހޯލަށް ވަނީމެވެ. އަހަރެން ކުޑަކޮށް ތަޢާރަފުވެލީމެވެ. “އަޅުގަނޑަކީ އާއިޝަތު ޝައިމާ އަހުމަދު… ތިކުދިން ކިޔާނީ މޭމް.” ހަމަ އެގޮތަށް އަމާން ވެސްް ތަޢާރަފުވެލިއެވެ. “އަޅުގަނޑަކީ އަމާން މުހައްމަދު… ތިކުދިން ކިޔާނީ ސަރ..” “ސާފު؟!” “ސަރ، ޔެސް ސަރ!” ހުރިހާ ބައިވެރިންް ވެސް ޖަވާބުދިނެވެ.
މިކިލާސް ކުރިއަށް ގެންދަން ވަރަށް ފަސޭހަވިއެވެ. “ދެން މިއަދު ކިލާސް އޮންނާނީ މެންދުރުފަހު 1:30ގައި، ހުރިހާ ކުދިން ވެސް ގަޑިއަށް އަންނާތި އެހެންނޫނީ ގާނާލާނަން އިނގޭ؟ ސާފު!؟” އަހަރެން ކިލާސް ނިންމާލަމުން ބުނީމެވެ. “މޭމް ޔެސް މޭމް!” ހުރިހާ ކުދިން ވެސް އެއްއަޑަކުން ޖަވާބުދިނެވެ.
އަހަރެންނާއި އަމާން ވެސް ކިލާސް ނިންމާލުމަށް ފަހު ބްރޭކަށް ދިޔައީމެވެ. “އޭ އެކުދިން ވަރަށް ފަސޭހަ ދޯ ހޭންޑްލް ކޮއްލަން؟” އަމާން އެންމެ ފަހު އަހަރެންނާއި ވާހަކަ ދެއްކިއެވެ. އަހަރެން އާނ ބަސް ބުނީމެވެ. “އޭ އަދިވެސް ލަދު ގަންްނަނީތަ؟؟” އަމާން އަހަރެން ގާތު ވަރަށް އޯގާތެރިކަމާއެކު އަހާލިއެވެ. “ހޫން.. ދެން އެވާހަކަ އެހައް ބާއްވާ..” އަހަރެން ރައްދުގައި ބުނީމެވެ. “އޭ.. ނުބުނައްޗޭ އެވާހަކަ.. އަސްލު މީ ވެސް ވަރަށް ކަޑަވި.. އޮޅިގެން ވިޔަސް އެހެންވީމަ..” އަމާން އިސްދަށަށް ޖަހާލަމުން ބުންޏެވެ. “އޯކޭ! އެކަމު މިރޭ މާލެ ގޮސް ޑިއުޓީ ނެތިއްޔާ ޖިޕުގަ ބުރެއްޖަހާލަން އައި އާ އެއްކޮށް ދިޔައިއްޔާ.. އެހެންނޫނީ ބުނާނީ ޔޫގެ ބްްރޯ ކާރި.. ދާނަންތަ؟؟” އަހަރެން ބުނީމެވެ. “އެއްވެސް މައްސަލައެއް ނެތް! ދާނަން މިރޭ” އަމާން ހީނލަމުން ބުނެޏެވެ.
އެރޭ 10:00 ގައި…
އަމާން އަހަރެންނަށް މިދަނީއޭ ބުނެ މެސެެޖެއްކޮއްލިއެވެ. އަހަރެން ޖަވާބަކަށް ދިނީ އާނއެކެވެ. އަމާން އޭނަގެ އެޕަރޓްމެންޓުން ނިކުމެލިއެވެ. އަދި އަހަރެން ބަލާދިޔައެވެ.
އަހަރެމެން ދެމީހުން މުޅި މާލޭގަ ދުއްވީމެވެ. ހުޅުމާލެއަށް ވެސް ދިޔައީމެވެ. މުޅި ފޭސްޓޫގައި ވެސް ބުރުޖެހީމެވެ. އިމާރައިތްތަށް ދިއްލާފައި ހުންނައިރު ބަލާލަން ވަރަށް ހިތްގައިމެވެ. އަހަރެމެން ދެމީހުން ވީ އޮލަ ވާހަކައިގެ ތެރެއަށް ގެނބިފައެވެ. ބާރުބާރަށް ސިނަމާލެ ބުރިޖުމަތިން ދުއްވީމެވެ. އަހަރެން އޭރުވެސް އިނީ އަމާންގެ ރީތިކަމަށް ގޮސް ގެއްލިހުސްވެފައެވެ. އަމާން އެހެން އިނދެފައި އަހަރެންގެ އަތްމަތީ އޭނަގެ އަތް ބޭއްވިއެވެ. އަހަރެން ބަނޑުގައި ހީވީ ކޮކާތަކެއް ވިއްސަވިއްސައިގެން ދިޔަހެންނެވެ. ނޭވާ ވެސް ކުރު ވަނީއެވެ. އެހެން އިންދާ ވީނުވީއެއް ވެސް ނޭނގުނެވެ. އިނގެނީ މޫނުމައްޗަށް އަނދިރިވިކަން އެކަންޏެވެ.
އަހަރެން ހޭއެރިއިރު އޮތީ ހަސްފަތާލުގައެވެ. އަހަރެންނަށް ހޭވެރިކަން އެރިއިރަށް އަމާން އަހަރެން ގައިގައި އޮޅުލައިގަތެވެ. “ޕެނިކް އެޓޭކެއް ޖެހުނިއްޔޯ ޑޮކް ބުނީ.. ޔޫ ނީޑް ފްރެޝް އެއަރ..” އަދި އެހެން ބުނެ އަމާން އަހަރެންނަށް އަތްދިއްކޮއްލިއެވެ. އަހަރެން އަމާންގެ އަތުގައި ހިފައިގެން ތެދުވީމެވެ. އަދި ބައިގަޑިއިރެއް ހާއިރުފަހުން އަމާން އަހަރެން އަހަރެންގެ އެޕަރޓޮމެންޓަށް ގެންގޮސްދިނެވެ.
~އަދި ނުނިމޭ~

