އައުޅެން
ލޯބީގެ އަގު
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
މި ހިތުގައިޖަހާ ކޮންމެ ވިންދަކީ ތިބާގެ ޙައްޤެކެވެ.
ލޯތްބާއި އޭގެ އަސަރު ދަސްކޮށްދިނީ ތިބާއެވެ.
އެންމެފުރަތަމަ ލޯބީގެ ބާރުގަދަވާނެއޭ ބުންޏެވެ.
ލޯބިވެވޭނީ އެންމެ ފަހަރަކުއޭ ބުނީ ތިބާއެވެ.
ތިބާއަށްޓަކައި އެންމެ ބޭނުން ވަޒީފާ ދޫކޮށްލީމެވެ.
އެންމެ ލޯބިވާ މައިންބަފައިންނާ ދުރުގައި ހުރީމެވެ.
އެންމެގާތް އެކުވެރީން ހަނދާން ނައްތާލީމެވެ.
ހޭލާ އިނދެގެންވެސް އިންތިޒާރު ކުރީމެވެ.
ތިބާއަށް އެންމެ މީރުކާނާ ތައްޔާރުކުރީމެވެ.
ތިބާގެއަންނައުނު ދޮވެދިނީ ގަޔާވެ އިނދެއެވެ.
ތިބާގެ ކޮންމެ އެދުމަކަށް މަރުޙަބާ ކީމެވެ.
އެއްކަމަކަށްފަހު އަނެއް ކަމެއް ކޮށްދިނީމެވެ.
ހެޔޮކަމަކަށް އޮންނަނީ ތެޔޮހަމެއްބާވައެވެ.
އިންތިޒާރުގައި އިނުން ކުށްވެރި ކުރިއެވެ.
ކާނާގެ ރަހަ ނުބައިވާން ފެށިއެވެ.
ގަމީހުގައި ރޫ ހުންނަ ކަމަށް ހެދިއެވެ.
ލާހެދުމާއި،ހަށިގަޑަށް ފާޑުކިޔަން ފެށިއެވެ.
ކުރެވޭ ރަގަޅު އެއްވެސް ކަމެއް ނެތެވެ.
ކަމަކާއި ނުލައި ނަފްރަތުގެ ހުޅުކޮޅު ރޯކުރިއެވެ.
އެކިކަންކަމަށް މަތިކޮށް ހުޅުގަޑު ބޮޑުކުރެއެވެ.
ހަޔާތް އަންދާލީ އެއްވެސް ރަހުމެއް ނެތިއެވެ.
One Comment
Comments are closed.

Lhemeh tha??