މަސައްކަތް ނިންމާ ލުމަށްފަހު ބޭރަށް ނިކުތް އިރު ކިޔާން އިނީ އަހަރެންގެ އިންތިޒާރުގައެވެ. އަހަންނަށް ދުވެފައި ގޮސް އޭނާ ގައިގައި ބައްދައިގަނެވުނެވެ. ” މިސްޑް މީ؟” އަހަރެންގެ ނިތައް ދޮނެއް ދެމުން ކިޔާން އަހާލިއެވެ. “ވަރަށް ބޮޑަށް.. އެކަމް.. އިނގޭތަ. މިއަދު ވެސް އެ ކައިލާން ކިޔާ އައް އުނދަގޫކުރި…” ކިޔާރާ ކިޔާން އައް ރެސްޓޯރެންޓު ތެރޭގައި ދިމާވި ކަންތައްތައް ކިޔައިދިނެވެ. ކިޔާން ހުރީ ވަރަށް ރުޅުއައިއްސައެވެ. ” ކީއްވެ ލައުރާޔާ އެއްކޮށް ނުދިޔައީ ؟” “ލައު އެވަގުތު ފްރީ އެއް ނޫން.. އެހެންވެ… ސޮރީ. ” އިސްދަށަށް ޖަހައިގެން ހުރެ ކިޔާރާ ބުނެލިއެވެ.” ދެން އެކަމާ ނުވިސްނާ. ހިނގާ ގެއަށް ދާން. އެބޮއް ސަރޕްރައިޒެއްވެސް. ސައިކަލައް އަރާލަމުމް ކިޔާން ބުނެލިއެވެ. ކިޔާރާ އިނީ ކެތްމަދުވެފައެވެ.
ސައިކަލް ގޮސް ގޭ ދޮރުމައްޗަށް ޕާރކް ކޮށްލުމަށް ފަހު ކިޔާން ކިޔާރާގެ އަތުގައި ވަރަށް ބާރަށް ހިފާލިއެވެ. ކިޔާރާ ހުރީ ފިނިވެފައެވެ. ވިއްސާރަ ގޮތަކަށް އޮތުމާއެކު އެހާމެ ވައިވެސް ގަދައެވެ. މަޑު ފިޔަވަޅު ތަކެއްގައި ގޮސް ކިޔާން ދޮރު ކުރިމައްޗަށް ހުއްޓުނެވެ. ކިޔާރާއައް އެއްފަހަރު ބަލާލުމައްފަހު ފުންނޭވާއެއް ދޫކޮއްލަމުން ދޮރު ހުޅުވާލިއެވެ. މުޅި ގޭތެރެ އޮތީ އަންދިރިކޮށެވެ. ކިޔާރާގެ އަތުގައި ހިފައިގެން ހުރި ކިޔާން އޭނާގެ އަތުން ދޫކޮށްލަމުން ދޮރު ޖަހާލިއެވެ. އެއްވެސް އައްޔެއް ގޭތެރެއިން ފެންނަން ނެތުމުން ކިޔާރާ އިނީ ދާނެ ގޮތެއްވެސް ނޭނގިފައެވެ. ކުއްލިޔަކަށް ގޭތެރެ އެއްކޮށް އަލިވެގެން ދިޔައެވެ. ކިޔާރާއައް ލިބުނީ ކުއްލި ޝޮކެކެވެ. މުޅި ގޭތެރެ ވަނީ ރަތް ކުލައިގެ ފުއްޕާހަމުންނާއި، މަލުން ޖަރީކޮއްފައެވެ. ކިޔާރާގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. ފާރުގައި ބޮޑުއަކުރުމް ލިޔެފައި އިނީ “ކިޔާ.. ވިލް ޔޫ ބީ މައިން” އެވެ. ފަހަތަށް އެނބުރި ބަލާލިއިރު ކިޔާން އިނީ އެއްފައި މައްޗަށް ތިރިވެގެންނެވެ. ކިޔާންގެ އަތުގައި އަނގޮއްޓިއެއް ވެސް އޮތެވެ. ކިޔާރާއައް އަނގަމަތީގައި އައް އަޅާލެވުނެވެ. “މައި ޖާން … ވިލް ޔޫ މެރީ މީ..” ލުއި ހިނިތުންވުމެއް ކިޔާރާއައް ރައްދުކޮއްލަމުން ކިޔާން ބުނެލިއެވެ. އާ އެކޭ ބުނުމުގެ ގޮތުން ކިޔާރާ ބޯ ޖަހާލިއެވެ. ކިޔާން ތެދުވެ ކިޔާރާގެ ގައިގައި ބައްދާލިއެވެ. އޭނާގެ ބޮލުގައި ނިކަން ލޯބިން ފިރުމާ ވެސް ލިއެވެ. ކިޔާރާގެ އަތުގައި އަނގޮއްޓި އަޅުވާލުމައްފަހު ކިޔާން ކިޔަރައާ ކައިރިވެލިއެވެ. ކިޔާރާގެ ކަރުނަތައް ވެސް ފޮހެދިނެވެ. “އާއި ލަވް ޔޫ ކިޔާން..” “އައަ ލަވް ޔޫ މޯ” ރައްދު ގައި ކިޔާން ބުނެލިއެވެ
☼☽⋆。°✧ ✧⋆°。☾☼
“ވަޓް.. ކިޔާރާ މެރީ ކުރަނީއްޔޭ ؟. ” ރުޅިވެރިކަމުގެ ރާގަކަށް ކައިލާން ބުނެލިއެވެ.” “އާން. މި ކިޔާން އޭނާއަށް މެރީ ކުރަން ވެސް އަހައިފި. އެންޑް އަފްކޯސް ޝީ ސެއިޑް ޔެސް. މަށަށް ފެންނަނީ މި ފަނިކޮއްލަން. ޕްލޭން ކުރަން ވީނު ކަމެއް ؟. އޭރުން ކަލެއަށް ކިޔާރާ. މަށަށް ކިޔާން ލިބުނީނު.. ” ލާނެއް ހިނިތުންވުމަކާއެކު ނައުރީން ބުނެލިއެވެ.
……
“ގުޑް މޯރނިން ލަވް.” ކިޔާރާގެ ކަންފަތް ދޮށުގައި ކިޔާން ބުނެލިއެވެ. “ގުޑް މޯރނިން ޖާން.” ހެނދުނުގެ ތަހުނިޔާ ކިޔުމަށްފަހު ކިޔާރާ ގޮސް ވުޞޫ ކޮއްގެން އައިސް ނަމާދުކޮއްލިއެވެ. ތައްޔާރު ވެލައިގެން ބޭރަށް ނިކުތް އިރު ކިޔާން ހުރީ ސައި ވެސް ތައްޔާރުކޮށްފައެވެ. މިއަދު ލައުރާޔާ އެއްކޮށް ހޮސްޕިޓަލައް ދާތީވެ ކިޔާރާ އަވަސްކޮއް ސައި ބޮއެގެން ބޭރަށް ނިކުތެވެ. އޭރު ލައުރާ ހުރީ ކިޔާރާގެ އިންތިޒާރުގައެވެ. ކިޔާރާ ފެނުމާއި ކުރިން ލައުރާ އައިސް ކިޔާރާގެ ގައިގައި ބައްދާލިއެވެ. “ކޮންގްރެޓްސް ކިޔާ.. ވަރަށް އުފަވޭ ކިޔާ ލައިފް އެއް ފަށަން އުޅޭތީވެ.” ލައުރާ ހުރީ އުފަލުން ފޮޅިފައެވެ. “ތެންކިޔު.. ކިޔާ ވެސް ވަރަށް ހެޕީ.” ލޮލުގައި ހުރި ކަރުނަތައް އެއްފަރާތް ކޮއްލަމުން ކިޔާރާ ބުނެލިއެވެ. “ކިޔާ. އަދި އެބޮއް އެއް ވާހަކަ.. ކިޔާ އިތުރަށް ހެޕީ ވާ ކަހަލަގެ ވާހަކައެއް.” ލައުރާ ބުނެލިއެވެ. “ކޮން ވާހަކައެއް” “މީ… އައި އޭމް ޕްރެޖްނެންޓް” ލައުރާގެ ބަހުން ކިޔާރާ އައް ހަޅޭއްލަވައިނުގަނެވުނީވެސް ކިރިޔާއެވެ. “އަސްލުތަ ؟. ކޮންގްރެސް.” ދެ އެކުވެރިން އުފާފާޅުކުރުމުން ހޮސްޕިޓަލާއި ދިމާއަށް މިސްރާބު ޖެހިއެވެ. އެދެމެދުގައި ވަނީ އުފާވެރިކަމެވެ. ކިޔާރާގެ ވެޑިންގް ގެ ކަންތައްތައް ވެސް ވަރަށް އަވަހަށް އޮންނާތީވެ އެންމެން ވެސް އުޅެނީ ވަރަށް ބިޒީ ކޮށެވެ.
އާދައިގެ މަތީން ވެސް މިއަދު ކިޔާން ކިޔާރާ ބަލައި ހޮސްޕިޓަލައް ދާން ނިކުތެވެ. ކިޔާން ސިއްސައިގެން ދިޔައީ ކުރިމައްޗަށް އެރި ނައުރީން ފެނިފައެވެ. “ކަލޭ މިތާ ކީއްކުރަނީ ؟” ރުޅިވެރި ކަމުގެ ރާގަކަށް ކިޔާން ބުނެލިއެވެ. “ކިޔާން ޕްލީސް.. އަހަންނަށް މަޢާފް ކުރޭ.. އެ ކިޔަރާއަކާ ހެދި ބަލަ މިހާރު އަހަރެމެން ދެމީހުން.. ކިހާ ދުރު.. ޕްލީސް ކިޔާން.. އައި ލަވް -” ހުއްޓާލާ ނައުރީން.. ” ނައުރީންގެ ބަސް ފުރިހަމަ ނުވަނީސް ކިޔާން އޭނާ ހުއްޓުވިއެވެ.” ނައުރީން. މީ ދެން ކޮން ކަމެއް ތަ ؟. ކިޔާ މިދޭތެރޭގައި ވައްދަން ހީ ވެސް ނުކުރާތި. ނައުރީން ގެ ނުލަފާކަމުން މިހުރިހާ ކަމެއް ވެސް މިވީ. ދެން ރަނގަޅު ވާނީ މޫވް އޮން ކޮށްފިއްޔާ. އަދި ނުކުރިޔަސް މަށައް ކީއް ؟. ބިސައިޑްސް . ކިޔާން މިއުޅެނީ ކިޔާ އާ މެރީ ކުރަން ނެކްސްޓް ވީކް ގަ..” މިހެން ބުނެފައި ކިޔާން ހިނގައި ގަތީ ކިޔާރާ ބަލައި ދިއުމަށެވެ.
ހޮސްޕިޓަލުގެ ދޮރު ކުރިމަތީގައި ކިޔާރާ ހުރީ އިސްދަށަށް ޖަހައިގެންނެވެ. ކިޔާރާގެ ކައިރީގައި ލައުރާ ވެސް ހުއްޓެވެ. ނަމަވެސް ކިޔާރާ އިނީ އިސްދަށަށް ޖަހައިގެންނެވެ. ކިޔާން އައުމުން ވެސް ކިޔާރާ އަކަށް ބަދަލެއް ނައެވެ. ލައުރާ ކައިރީގައި އެދުމުން ވީގޮތެއް ނޭނގޭކަމައް ބުންޏެވެ. ކިޔާން އިނީ މިކަމަށް ކުޑަކޮށް ނުތަނަވަސްކވެފައެވެ. ގެއަށް ގޮސް ކިޔާރާއައް ވާހަކަ ދައްކަނީ ކަމަށް ނިންމައިގެން ދެމީހުން ވެސް ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. ނަމަވެސް ކިޔާން އައް ވުރެން މާ ކުރިން ކިޔާރާ ގޮސް ކޮޓަރިއައް ވަދެ ދޮރު ޖަހާ ތަޅުލިއެވެ. ކިޔާން ދޮރުގައި ތަޅާ ތަޅާ ވެސް ކިޔާރާ ދޮރެއް ނުހުޅުވިއެވެ.
އެތައް އިރެއް ވަންދެން ކިޔާރާގެ އިންތިޒާރުގައި ދޮރުމަތީގައި އިން ކިޔާން ސިހުނީ ކިޔާރާ ދޮރު ހުޅުވާލާފައި އަޑަށްވެސް. ކިޔާން ދުވެފައި ގޮސް ކިޔާރާ ކައިރިއަށް ހުއްޓުނެވެ. ކިޔާރާގެ ދެލޯ ވަނީ ކަރުނައިން ފުރިފައެވެ. ކިޔާން ގެ ގައިގައި ވަރަށް ބާރަށް ބައްދާލަމުން ކިޔާރާ އިތުރަށް ރޯންފެށިއެވެ. “ލަވް.. ކިހިނެއްވެފަ ތިހުރީ.. ؟ ޕްލީސް ބުނެބަ” ކިޔާން ބެލީ ކިޔާރާގެ ކައިރިން ވެގެން އުޅޭ ގޮތް އޮޅުން ފިލުވުމަށެވެ. “ކިޔާން. ކައިލާން..” “ކައިލާން ކީއްކުރީ “ކިޔާރާގެ ކޮނޑުގައި ހިފާ ތަޅުވާލަމުން ކިޔާން އަނެއްކާވެސް އަހާލިއެވެ.” ކައިލާން.. “…
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

