Skip to content
އެސްފިޔަ

ބާއްޖަވެރި ޙަޔާތް

އައުޅެން

ބާއްޖަވެރި ޙަޔާތް

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

މިނިވަންކަމާއިއެކު އުދުހިލާން ހިތްއެދެއެވެ.

ކޮކާތައް ފޮނިބޮއި ހަދަނީ އުފަލާއެކުގައެވެ.

ރަތްރީދޫ ހުދުފިޔާތޮށި މަލުންނެވެ.

މިއީ ލޮލަށް ފެންނަ މަންޒަރުތަކެވެ.

ކޮކާ އޭތީގެ ޙަޔާތަށްޓަކައި ޤުރްބާންތަކެއް ވާނެއެވެ.

މާމަލަށް ތިރިކުރާއިރު ނުރައްކާތަކަށް ފާރަވެރިވެއެވެ.

ތިބާގެ ޙަޔާތްވެސް ހަމަ މިފަދައެވެ.

ދިރިއުޅުމުގައި އިންތަކެއް ހުރިކަން ދަންނާށެވެ.

ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް ވެއެވެ.

އިންތައް ފަހަނަ އަޅައި ދިއުމުގެ ނަތީޖާ ހިތިވާނެއެވެ.

ތިބާގެ މިނިވަންކަމުގެ ފަހަތުގައި ޙައްޤުތަކެއް ވެއެވެ.

ފެންނަހާ ސޫރަކަށް ހިތްކިޔުން ހެޔޮނުވާނެއެވެ.

އެ ރީތިކަމުގައި ފޮރުވިފައިވާ ހިތިކަމެއް ނޭގޭނެއެވެ.

ހަލާލު ކައިވިންޏަކުން ލިބޭ އުފާ މާ ބޮޑުވާނެއެވެ.

އިންތައް ކަނޑައަޅުއްވާފައިވަނީ ޙިކުމަތަކަށްޓަކައެވެ.

ތިބާގެ ސަލާމަތާއި،ރައްކާތެރި ކަމަށްޓަކައެވެ.

ބާއްޖަވެރި ކަމަށްޓަކައި ޢަމަލުތައް ސީދާ ކުރާށެވެ.

ޙަޔާތުގެ ފޮނިކަންވަނީ ޤުރްބާންތަކަކާއި އެކުގައެވެ.