ކެޔޮޅު-1
ހާމިދަކީ ވަރަށް ސަކަމިޒާޖެއްގެ 14 އަހަރުގެ ކުއްޖެކެވެ. މިއަދު އޭނާ އުޅެނީ އޭނާގެ އެކުވެރި ހަސަނާއި ޖާވިދު އަދި ސައްތާރު ގޮވައިގެން މަހަށްދާށެވެ. “އޭ ކަލޯ ހާމިދާ މިައދު ފަނި ނުހަދައްޗޭ!!” ޖާވިދު ބުޅިފުޅިތެރެއަށް އަތްކޮއްޕައިގެން އިނދެ ހަޅެއްލަވައިގަތެވެ. ހާމިދު ދުރުނޫން ހިސާބެއްގައި ކަންވާރު ކަނޑަން ހުރެފައި ބުންޏެވެ. “މިއަދު ފަނިނުހަދާކަން ދައްކާލާނަން ހުރެބަަލަ!!” ޖާވިދު ވައްކަޅިއަޅައިގެން ހާމިދާއި ދިމާލަށް ބަަލަން އިނދެފައި އަންހެނެއްހެން ތުންއަނބުރާލާފައި އޭނާގެ މަސައްކަތާއިގެން އަނެއްކާވެސް ކުރިއަށްދިޔައެވެ. އޭނާ ކާރީގައި ބޯވާކޮށަން އިން ހަސަން “އަނެހެނާ” އޭ ކިޔާފައި ޖާވިދުއަށް މަލާމަތްްކުރަން ފެށުމުން މާދުރުނޫން ހިސާބެއްގައި ނަނުގައި ބަރު އައްސަން އިން ސައްތާރު ވެސް މަލާމާތުގައި ބައިވެރިވިއެވެ.
މާވަރަކަށް ހަޅެއްފަޅެއްޖަހާ އަޑުއިވިގެން ހާމިދުގެ މަންމަ ފާތުމަ ނިކުތެވެ. ނިކުމެވުން އިރު ކަމަކުދާކަށްނެތެވެ. އެކަކު އަނެކަކާއި ތަޅާފޮޅަނީއެވެ. ފާތުމަ ގޮސް އެންމެ ތުއްތުކުދިންނަށް ހަދާގޮތަށް ކޮންމެ މީހެއްގެ އަނގައަށް ބޯމެޓައެއް ޖަހާ އަޑުމަޑުކުރުވިއެވެ. ފާތުމަ ގޭތެރެއަށްވަދެ ބޮމެއްހެން ކޮޓަރިދޮރު ޖެހިއެވެ. ބޭރުގައި ތިބި ހަތަރު މީހުން ވެސް ސިއްސައިގެންދާވަރަށެވެ. ފާތުމަގެ ފިރިސޮރު ދޮންކަލޯ އިނީ ފެންޑާގައި އެލުވާފައިހުރި އުނދޯޔެއްގައި ހިނިގަނޑު ބަނޑަށް ހިންދައިގެންނެވެ. ފާތުމަ ދޮރުޖެހިހެން ހީނުވޭ ދޮންކަލޯ ހިނިގަނޑު ފަޅާލިއެވެ.
މެންދުރުން އަނބުރާ 12 ޖެހީއެވެ. އޭރު ފާތުމަ މެންދުރުގެ ކެއުންހަދާ ނިންމުމަށްފަހު އިނީ ހަމަޖެހިލައިގެން އުނދޯލި ހެއްލާލާށެވެ. 12:20 ހާއިރު މިސްކިތުން ފައިބައިގެން ދޮންކަލޯ އާއި ހާމިދު އާދެއެވެ. ހަލުވި ހިނގުމެއްގައެވެ. ދެމީހުން ވަނީ އެއޮށް އަރަ ހޫނު ގަނޑުގައި ބަނޑުހައިގަނެގެން ހާންތިވާވަރުވެފައެވެ. އެގޯތީގެ ދޮރާށި ފަޅާލާފައިވަނީ މިދެމީހުންނެވެ. ފާތުމަ ދިޔައީ ސިއްސައިގެންނެވެ. “މަންމާ” އޭކިޔާފައި ހަޅެއްލަވައި ގަނެވުނެވެ. ފާތުމަ އެންމެ ފުރަތަމަ ވެސް އައީ ރުޅިއެވެ. ޖަހާ ތުން އަނބުރާލާފައި ފަރި ހިނގުމެއްގައި ފާތުމަ މިސްރާބުޖެހީ ކާގެޔާ ދިމާލަށެވެ.
ކާގެޔަށް ގޮސް 2 ބަތްކާތަށި އަތަށް ލަިގެން ދިޔައީ ބަތްތެލި ކާރިއަށް ބަތްއަޅާށެވެ. ދެތައްޓަށް ބަތް ފޫންޏެއް އަޅައިގެން ރިހަތެލިން ރިހަ އަޅަިގެން ގެންދިޔައީ ކާމޭޒު މައްޗަށެވެ. ދޮންކަލޯ އާއި ހާމިދު އިނީ ކާން ހޭވައްލާ ތައްޔާރުގައެވެ. ބަތްތައް ދިރުވަމުން ދެމީހުން އަވަސްވެގަތީ ކައި ނިންމުމަށެވެ.
ކައި ނިމުނު އިރަށް ހަސަނާއި ޖާވިދާއި ސައްތާރު މަހަށްދާންއައެވެ. އެންމެން މުދިންބެ ގޯތި ބޮއްކުރާގަނޑަށް އަރާހަމަޖެހެވުމުން ހާމިދާއި ސައްތާރު ފަލިޖަހަމުންޖަހަމުން ފަޅުތެރެއިން ނިކުތެވެ. ކަނޑުއޮޅިއާއި އަރަހަމަވިއިރު ހާމިދު ބިރުން ފަލި ދޫކޮއްލީ ހަސަނަށެވެ. ހަސަން ޕިސް ޕިސް ލައްވަމުން ފަލިޖަހަމުން ގެނދިޔައެވެ.
2 ވަނަ ބަޔަކައް އިންތިޒާރުކުރައްވާ!! (:

