Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަ

އެވެސް މަންމައެކެވެެ.

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
November 19, 2022 3 Mins Read
26 Comments

ހާއްސަ ހައިސިއްޔަތަކުން އަހަރުމެން ހަތަރު މީހުން، ހަވީރުގެ ވަގުތެއްގައި އެގެއަށް ޒިޔާރަތް ކުރީމެވެ. އެ މަންމަ ގާތަށެވެ. އެކަމަކު މަގާމުގެ ގޮތުން އެއީ އަހަރެންނަށް މާމައެކެވެ. ހަގީގަތުގައި އަހަންނާ މާ ބޮޑު ގުޅުމެއް ނެތެވެ. މުސްކުޅިވެ ގައިބާރު ދެރައެވެ. ހިނގާލެވެނީވެސް އަސާއެއްގެ އެހީގައެވެ. ވަގުތުގެ ގޮތުން އެ ގޭގައި އަހަރުމެން ފިޔަވާ އިތުރު މީހަކު ނެތެވެ. އަހަރެމެން ވަރަށް އުންމީދާއެކު އެ މާމައަށް ހަދިޔާއެއްދިނީމެވެ. ޗާލު ރީތި ފޮތި ގަނޑެކެވެ. އަހަރެން އަހާލީމެވެ.

މާމަ ސައިބޮއެފިންތަ؟ ހަވީރު ވަގުތުކަމުން އަހަރެން އަހާލީމެވެ.

(މ) “ސައި އެއީ އަހަންނަށް މިހާރު ލިބޭ އެއްޗެއް ނޫން. ސައިކޮޅެއް ނުލިބޭތާ ވީ ދުވަހެއް ބުނާކަން ނޭނގޭ…… މާމަގެ ކޮންމެ އިރެއްގެ ކެއުމަކީ މީ….”

މާޔޫސްވެފައިވާ މާމަ އިޝާރާތުން ދައްކާލީ އެނދުގެ އެއްފަރާތެވެ. ތެދެކެވެ. އެއީވެސް ކާއެއްޗިއްސެވެ. އެކަމަކު އެއީ އެހާބަަލި މަންމައަކަށް ދޭން އެންމެ ރަނގަޅު އެއްޗެތިބާއެވެ ؟؟. ޕިކްފައިން، ސުޕަރިންގް، ޗީޒްބޯލް ޕެކެޓެވެ. އަހަރެން ވަރަށް ހައިރާންވިއެވެ. މާމަގެ އެ ހާލަތުފެނި އަހަރެންގެ ހިތް ސިއްރުން ރޯންފެށިއެވެ. ވަރަށް ބާރަށެވެ. އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. އެކަމަކު ސިއްރެއް ނުކުރެވުނެވެ. އަހަރެންގެ އެކުވެރިންވެސް ތިބީ ބުނާނެ އެއްޗެއް ނޭނގޭހާލު ހަމަހިމޭން ވެފައެވެ.

އަނެއްކާވެސް މާމަ ބުނެލިއެވެ.

(މ) “މި ފޮތިގަނޑުން އަހަރެން ހެދުން ފަހައިން ލާނީ ކިހިނެއްހެއްޔެވެ؟ އަހަންނަށް ފަހާނެ ގޮތެއް ނޯންނާނެތީ ރައްޓެހިން ގެނެސްދެނީ ފަހައިންނެވެ. އެކަމަކު ރައްޓެހިން ފަހައިން ގެންނަ އެއްޗިއްސަށް ވާވަރު ދަރުފުޅުމެންނަށް އެނގޭހެއްޔެވެ؟….. އިރުއަރާއިރު އެއެއްޗެތި މިކޮޓަރީގައި ނުހުރެއެވެ. އެންމެ ފަހުން ލިބުނު ދެ ހަރުވާޅުވެސް ގެއްލިއްޖެއެވެ. މިގޭގައި އުޅެނީ މާމަގެ އިތުރުން މާމަގެ އަންހެންދަރި އެކަންޏެވެ. އެއެއްޗެތި ވަގަށް ގެންދަނީ އޭނައެވެ. ކިތަންމެ ފަހަރަކު އަހަރެން ދެކެމެވެ. އެކަން ހުއްޓުވާނީ ކިހިނެއްހެއްޔެވެ؟ އޭނާ އެއްޗެތި ގެންގޮސް ވިއްކާލަނީހެން މާމައަށް ހީވެއެވެ. އެކަމާ އެއްޗެއް ބުންޏަސް، މާމައަށް ވުރެ އޭނަގެ ޖަވާބު ހަރުކަށިވާނެއެވެ. މިއަދު އަހަންނަކީ ހަމައަށް ނުހިނގޭ މީހެކެވެ. އެތަކެތި ހޯދަން އަހަންނަށް ދެވޭނީ ކޮންތާކަށްހެއްޔެވެ؟”

އިވުނު އަޑުން، އަނެއްކާވެސް އަހަރެން ހިތުގައި ޖެހުނެވެ. އިތުރަށް ސުވާލު ކުރާކަށް ދެން އަހަންނަކަށް ނުކެރުނެވެ. އެކަމަކުވެސް އަހަރެން އެ މާމަގެ ހިތާމައިގައި ބައިވެރިވީމެވެ. މާމަގެ ވާހަކަތައް މާމަ ހިއްސާކޮށްލާން ބޭނުންވީތީއެވެ. އަހަރެން އަޑު އަހާލަން ޝައުގުވެރިވިޔަސް އެއީ ހާދަހާ އަސާރުގަދަ ވާހަކަތަކެކެވެ.

އަނެއްކާވެސް މާމަ ބުނެލިއެވެ.

(މ) “ދުފާލަންވެސް އަހަރެން ވަރަށް ބޭނުންވެއެވެ. ރައްޓެއްސަކު އަހަންނަށް ކިއްލި ގެނެސްދެއެވެ. އެކަމަކު އެ ކިއްލިފުޅިން އެތިކޮޅެއްވެސް ނުކެވެނީސް އެފުޅި ގެއްލެއެވެ. މާމަ އެވާހަކަ ކިޔައިދިނުމުން އެ ރައްޓެހިމީހާ ފަހުން ގެނެސްދެނީ ކިއްލީގެ ކުދި ޕެކެޓެވެ. މާމައަށް ކިއްލި ކޮޅެއް ލިބެނީ ބާލިސް ދޮށަށް އެ ދެތިން ޕެކެޓްލާ ފޮރުވައިން އުޅޭތީއެވެ……”

“މާމައަށްވެސް ކާޑުންނެގޭ ފައިސާ ހައްގުވެއެވެ. އެކަމަކު އެކާޑު ގެންގުޅެނީ އަންހެން ދަރިއެވެ. އެއިން ލޯލާރިއެއް މާމަ ނުދެކެމެވެ. އެ ފައިސާއިން މާމަ ކައި ބޮއެ އުޅެނީ އެކިކަހަލަ ޕެކެޓެވެ. މިއީ މާމަގެ ހާލަތެވެ. މާމައަށް މިވާހަކަތައް މި ދެއްކެނީ ދެރަވެފައި އިންވަރުންނެވެ. މާދަންވެސް މިމާމަ ދުނިޔެ ދޫކޮށް ދާންޖެހިދާނެއެވެ. މާމައަށް ރަހުމަތް ލެއްވުން އެދި ދުޢާ ކޮށްދެއްޗެއެވެ. އޯގާތެރި ހެޔޮ ދަރިއަކު އަހަރެންގެ ނެތީއެވެ. ދުނިޔޭގެ އެންމެ ގަދަ ވޭނުގައި އެގާރަ ދަރިން އަހަރެން ވިހާފައި ވާނެއެވެ. މި ބިމުގެ އެކި ހިސާބުތަކުގައި އެދަރިން އުފަލުގައި އުދުހެނީއެވެ. މާމަ އިނީ ކޮއްޓަށްލާފައެވެ.”

އަހަރެން ހިތަށްއެރިއެވެ. ކުދިކުދި ވެފައިވާ ހިތަކާއެކު އެމާމަ އެއުޅެނީ ކިހިނެއްހެއްޔެވެ؟ ކަރުނަ ނުހިކޭ ދެ ލޮލާއެކުވެސް އެމާމަ ހާދަ ހިއްވަރު ގަދައެވެ. އެކަމަކު އަހަރެންގެ ހިތަށްކުރި އަސަރު ބުނެދޭކަށް ދުލަށް، ގަލަމަކަށްވެސް ނޭނގެއެވެ. އަހަރެންގެ އެކުވެރިންނާއެކު އެތަނުން ނުކުންނަން ތެދުވަމުން މާމައާ ސަލާމް ކޮށްލީމެވެ. އެމާމަގެ އަތް އަހަންނާ ވާހަކަ ދެއްކިިކަހަލައެވެ. އެއަތުން ދޫނުކޮށްލާށޭ ބުނިހެން އަހަންނަށް ހީވިއެވެ. ނޫނީ އަހަރެން ގެންދާށޭ ކިޔާ އާދޭސް ކުރިހެންވެސް އަހަންނަށް ހީވިއެވެ. އެކަމަކު އަހަރެން ކުރާނީ ކީއްހެއްޔެވެ؟ އެމާމަ ބެލުން ވާޖިބުވާނީ މާމަގެ ދަރިންގެ މައްޗަށެވެ. އެބުނާ ކާޑުން ފައިސާ ނަގައިން އެކުދިން އެއިން ފޮނި ބޯހާހިނދު، އެމާމަ އެހެންމީހެއްގެ އަތްމައްޗަށް ދޫކޮށްލާނެހެއްޔެވެ؟

އަހަރެން ހިތަށްއެރިއެވެ. އަގުހުރި މަންމައަށް ނުދެވޭ ލޯތްބެއް ރުފިޔާ ނެގޭ އާދައިގެ ކާޑަކަށް މިދެނީ ކީއްވެހެއްޔެވެ؟ ހަގީގަތުގަވެސް އިންސާނާއަކީ އަމިއްލައެދުން ބޮޑު މީހެކެވެ. މުދާ އެއްކުރުމަށް ލޯބިކުރާ މީހެކެވެ. އެކަމަކު އަބަދު އެހެން ވާނެހެއްޔެވެ؟ މާދަމާ އަމިއްލަ ނަފްސައްވެސް އެހާލު ޖެހުން ދާދި ގާތެވެ. އެދުހުން ކުރާނީ ކީއްހެއްޔެވެ؟

ސިއްރު ސިއްރުން އަހަރެންގެ ދެލޮލުން ކަރުނަ ފޮހެލީމެވެ. މާމަގެ އަތުން ދޫކޮށްލަމުން އެތަނުން ނުކުންނަން ހިނގައިގަތީމެވެ. އެކަމަކު ކުރިޔަކަށް ނުދެވުނެވެ. ފަސްއެނބުރި އެ މާމައަށް އަނެއްކާވެސް އަހަރެން ބަލާލީމެވެ. އެއަށްފަހު އަނެއްކާވެސް ހިއްވަރު ކޮށްލާފައި ކުރިޔަށް ހިނގައިގަތީމެވެ. އެގެއިން ނުކުންނަން މައި ދޮރު ހުޅުވާލި ވަގުތު އެތެރެއަށް ވަދެގެން ދިޔައީ އަންހެނެކެވެ. އެއީ އެމާމަގެ އަންހެން ދަރިކަން އަހަންނަށް އިނގުނީ ކައިރީގައިހުރި އެކުވެރިއެއްގެ ފުށުންނެވެ.

އެދުވަހަށްފަހު އަހަންނަށް އިވުނީ އެމާމަ ދުނިޔެ ދޫކުރި ހިތާމަވެރި ޚަބަރެވެ. މާމައަކީ މާލެ މީހަކަށް ވެފައި އަހަރެންނަކީ ރާއްޖެތެރޭ ރަށެއްގެ މީހެކެވެ. އެހެންވެ އެންމެ ފަހުވަގުތު އެ މައުސޫމު މޫނުދެކިލުމުގެ ފުރުސަތު އަހަންނަށް މިލިބުނީއެވެ. ނަމަވެސް، މާމަ ބުނިފަދައިން އެ މާމައަށް ރަހްމަތައް އެދި އަހަރެން އަބަދުވެސް ދުޢާ ކުރަމެވެ. ދުނިޔޭގެ އުފަލުން މަހްރޫމްވިޔަސް، ޖަންނަތުލް ފިރްދައުސްގެ އުފާ އެންމެ ފުރިހަމައަށް ދެއްވާށިއެވެ.

– އާމީން –

ނޯޓް: މިއީ އަޅުގަނޑަށް ދިމާވި ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ޙާލަތު (ސަތާރަވަނަ ބައި)

Next

ކަލާގެ ހިނިތުންވުން 2

Next
November 19, 2022

ކަލާގެ ހިނިތުންވުން 2

Previews
November 17, 2022

ޙާލަތު (ސަތާރަވަނަ ބައި)

26 Comments!

  1. Nayaa Nayaa says:
    November 19, 2022 at 8:12 am

    shaleen sisssssssss… missed u sooooo much ingeyyyyy
    hows everythinggg????
    hope ur doing fine
    nd this story is beautiful.. vrh emotional.. u r so talented masha allah
    love ya sisyyyyy
    wish u luck
    be safe nd happy always <333

    1. Shaleen says:
      November 20, 2022 at 1:03 pm

      Hi nayaa… V dhuvas vejje dho dhimaa nuvaathaa.. aslu vaahaka liyumaa thankolhei dhuruga miulhevunee.
      Ummeedhu kuran nayaage hurihaa kamei rangalhu kamah.
      V v ufaavejje story ah thikahala comment eh kolleema.
      Good luck to you too nayaa
      Missed you more

  2. mariyam inma Imran says:
    November 19, 2022 at 8:17 am

    So nice 😍 story ☺️I love it ❤️

  3. mariyam inma Imran Ibrahim says:
    November 19, 2022 at 8:18 am

    So nice 😍 story ☺️I love it ❤️

  4. Anonymous says:
    November 19, 2022 at 8:52 am

    Thanks Mariam Inna Imran Ibrahim
    V ufaavejje comment kolleema ❤️❤️❤️

  5. Shaleen says:
    November 19, 2022 at 8:54 am

    Thanks Mariyam Inna Imran Ibrahim.
    V ufaavejje comment kolleema.

  6. mariyam inma Imran Ibrahim says:
    November 19, 2022 at 12:03 pm

    You welcome. anyway are you boy or girl

    1. Shaleen says:
      November 19, 2022 at 3:08 pm

      😊. I am a girl . Kurinves hunnane vaahaka upload kollaafa .

  7. mariyam inma Imran Ibrahim says:
    November 19, 2022 at 5:31 pm

    Oh so happy to meet Shaleen ♥️😍

    1. Shaleen says:
      November 19, 2022 at 6:04 pm

      Happy to meet you too dear

  8. Halyl says:
    November 19, 2022 at 7:02 pm

    Ma sha Allaah… Vvv reethi adhi ehaame asarugadha..iburathun furigenva vaahakaeh..

    1. Shaleen says:
      November 20, 2022 at 1:00 pm

      Thanks halyl for the support

  9. Anonymous says:
    November 19, 2022 at 7:42 pm

    Can you be a best friend ☺️

  10. mariyam inma Imran Ibrahim says:
    November 19, 2022 at 7:43 pm

    Can you be a best friend

    1. Shaleen says:
      November 19, 2022 at 7:52 pm

      Yes … We are friends Hama. 👐

  11. Zeek says:
    November 19, 2022 at 8:23 pm

    Story is very nice 😍😍😍 keep it up 😊

    1. Shaleen says:
      November 19, 2022 at 9:05 pm

      Thank you zeek. V ufaavejje story kiyaalaafa comment kolleema. Thanks for supporting me. ❤️❤️❤️

  12. mariyam inma Imran Ibrahim says:
    November 19, 2022 at 8:57 pm

    I love you so much you are the my best friend 💓 did you have any boy friend
    I don’t have any boy friend so can you help me what Is your country 😊

    1. Shaleen says:
      November 19, 2022 at 9:09 pm

      Country dho ” Nala Nala rajje “

  13. mariyam inma Imran Ibrahim says:
    November 19, 2022 at 9:40 pm

    What

    1. Shaleen says:
      November 20, 2022 at 1:08 pm

      U ehee kon country ehheynu.
      Ehenve bunee rajje ey. I think aslu ahaalan ulhunee kon rasheihhey dho ?

  14. Shaa Xee says:
    November 19, 2022 at 10:08 pm

    V v reethi vaahaka… v asaru kohfi… adhi vx reethi vaahaka eh kiyaalan libeyne kamah unmeedhu kuran… 😊

    1. Shaleen says:
      November 19, 2022 at 10:20 pm

      Thanks Shaa Xee..
      V ufaavejje comment libuneema.
      Adhives ithuru vaahakathah liyeveyne kamah mibalanee.
      In sha allah

  15. Aayaa Aayaa says:
    November 21, 2022 at 4:07 pm

    Salaam Siss.. How’re you? Varah dhuvas kohlafa dhw vaahaka eh liyelyy..
    Masha Allah vr rythi mi story! Vaahaka kiyalafa rovijje..!!
    Unmeedhu kuran siss ge ehen vaahaka eh varah avahah kiyalan libeyne kamah..

    1. Shaleen says:
      November 22, 2022 at 1:18 pm

      Wsl dear…
      I am pretty well. Alhamdhu lillah
      Hope you are fine.
      Yeah v dhuvas fahun Hama liyelaa hihvee.
      Thanks v bodah , me story reehchey buneleem ingey.
      Yeah emotional vaahakaeh dho.
      Vaguthuvaa varakun balaanan new stories publish kureveytho… ❤️❤️❤️

    2. Shaleen says:
      November 22, 2022 at 1:27 pm

      Hi dear ,
      I am pretty well alhamdhu lillah
      Hope u too.
      Yeah . V dhuvas kollaafa vhk mi liyelee dhen Hama liyaahihvegen.
      Thanks v ufaavejje mi emotional vaahaka kamudhiyaima.
      Ummeedhu kuranee Hama adhi publish kureveyne kamah v avahah
      In sha allah

Comments are closed.



All Right Reserved!