Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީ

‎‎‎‎މަންމަ ދުނިޔޭގައި އެބަހުރިތަ‎‎

Ibrahim Ihsaan Mohamed
Ibrahim Ihsaan Mohamed Level 210 Stories
September 17, 2022 One Min Read
0 Comments

އިމާމް ބުޚާރީ އެކަލޭގެފާނުގެ ފޮތް އަލް އަދަބުލް މުފްރަދުގައި ޞައްޙަ ސަނަދަކުން ބަޔާންކުރައްވާފައިވެއެވެ.

އެއްދުވަހަކު މީހަކު ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހަށް އައިސް ބުންޏެވެ. އޭ ﷲ ގެ ރަސޫލާގެ ބޮޑުބޭބެގެ ދަރިޔާއެވެ. އަހަރެން އަންހެނަކަށް ކައިވެންޏަށް ހުށައެޅީމެވެ. ނަމަވެސް އޭނާ އަހަންނާ ކައިވެނި ކުރުމަށް ދެކޮޅުހެދިއެވެ. ނަމަވެސް އެ އަންހެނާއާ އެހެން ފިރިހެނަކު ކަވެނި ކުރުމަށް ހުށައެޅުމުން އޭނާ އެއްބަސްވިއެވެ. އަހަރެން އެކަމާ ހަސަދަވެރިވެ އެ އަންހެނާ މަރާލީމެވެ. އަހަންނަށް ތައުބާ ވޭހެއްޔެވެ؟
ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. ތިބާގެ މަންމަ ދުނިޔޭގައި އެބަހުރި ހެއްޔެވެ؟
އޭނާ ބުންޏެވެ. ނޫނެކެވެ.
ޖަވާބުގައި އެފަދައިން އޭނާ ބުނުމުން ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. ﷲ އަށް ތައުބާވާށެވެ. އިސްތިޣްފާރު ކުރުން ގިނަކުރާށެވެ. ކުރުމަށް ކުޅަދާނަވީ ކޮންމެ ހެޔޮ ޢަމަލަކުން ﷲ އަށް ކުއްތަންވުމަށް މަސައްކަތް ކުރާށެވެ.
އެއަށްފަހު ސުވާލު ކުރި މީހާ ހިނގައްޖެއެވެ.
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ އެތަނުން ވަޑައިގަތުމުން އެކަލޭގެފާނުގެ ފަހަތްޕުޅުން އެކަލޭގެފާނުގެ ދަރިވަރެއް ކަމުގައިވާ ޢަޠާ އިބްނު ޔަސާރު ރަޙިމަހުﷲ ވަޑައިގެން ސުވާލު ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާގެ ބޮޑުބޭބެގެ ދަރިޔާއެވެ. އޭނާގެ މަންމަ ދުނިޔޭގައި ހުރިތޯ އެއްސެވީ ކީއްވެގެންތޯއެވެ؟
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. ﷲ ގަންދީ ބުނަމެވެ. މައިމީހާއަށް ހެޔޮކޮށް ހިތުމަށްވުރެ ﷲގެ އަޅާ އެ އިލާހާ ކުއްތަން ކުރުވާ ޢަމަލެއް ތިމަންކަލޭފާނު ނުދަންނަމެވެ.
އަޅުގަނޑުމެންގެ ފާފަތައް ވަރަށް ގިނައެވެ. ރެއާއި ދުވާލު އަޅުގަނޑުމެންނަށް ފާފަ ކުރެވެއެވެ. ނަމަވެސް ﷲ ތަޢާލާ ވަނީ އެފާފަތައް ފުއްސަވާދެއްވާނެ މަގުތައް ތަނަވަސް ކުރައްވާފައެވެ.
އަޅަމެންގެ މައިންނަށް ހެޔޮކޮށް ހިތުމުގެ ހެޔޮ ތައުފީޤް މިންވަރު ކޮށްދެއްވާނދޭވެ! އާމީން!

Reference:
https://www.facebook.com/597978060563182/posts/1686277978399846/

Share Article

Ibrahim Ihsaan Mohamed
Follow Me Written By

Ibrahim Ihsaan Mohamed

Level 210 Stories

އަޅުގަނޑުގެ ކުއްލި މަރުގެ ހަބަރު ތިބާއަށް އިވިއްޖެ ނަމަ,އަޅުގަނޑައް މާފު ކުރާށެވެ.އަދި އަޅުގަނޑަށް ހެޔޮ ދުޢާ ކޮށްދެއްވާށެވެ

Other Articles

Previous

ތިޔަ ލޯބީގައި…13

Next

‎‎‎!އެންމެ ވަރުގަދަ ޝަޚްޞިއްޔަތު‎‎‎

Next
September 17, 2022

‎‎‎!އެންމެ ވަރުގަދަ ޝަޚްޞިއްޔަތު‎‎‎

Previews
September 16, 2022

ތިޔަ ލޯބީގައި…13



All Right Reserved!