ވައުދޭ ވެވޭ މީ…26
ފޯނުން ބަންގީގެ އަޑު އިވުމާއި އެކު ވިޝާމް އަށް ހޭލެވުނެވެ. ދަބަހުން ބުރުހާއި ތުވާލި ނަގައިގެން ޓީޝާޓު ލައިގެން އޭނާ ކޮޓަރީގައި ނިދާފައި ދެންތިބި ތިން މީހުންނަށް ގޮވާ ނެގިއެވެ. އަދި ފިރިހެން ގުރޫޕުގެ ދެން ތިބި މީހުން ތިބި ކޮޓަރިއަށް ވަދެ އެމީހުންނަށްވެސް ގޮވާ ނެގިއެވެ. އެއެންމެނގެ ތެރެއިން އޭނާ އަކަށް ނާއިފް އެއް ނުފެނުނެވެ. އެހެން ކަމުން ފާހާނަ އަށް ނުނީ ބަދިގޭގައި ކަމަށް ބަލާ އޭނާ އެ ކޮޓަރިން ނުކުމެ ބަދިގެ ބަޔަށް ދިޔައެވެ. އެހެންނަމަވެސް އެތާނގައި ނެތުމުން ފާހާނަ ބެލިއެވެ. ފާހާނައިގައި ނެތުމުން އޭނާ އަލުން ކޮޓަރިއަށް ދިޔައެވެ. އޭރު އަޔާޝް ފާހާނައަށް ވަންނަން އަންނަނީއެވެ.
ވިޝާމް ފާހާނައަށް ވަންނަނީތޯ އެހުމުން ނޫނެކޭ ބުނެ އޭނާ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު ޒިވާ މެން ކޮޓަރިން އީވާ ނުކުމެ ޒިވާ އެއް ނެތޭ ބުނެލިއެވެ. ކޮޓަރިތަކުން ބޭރުގައި ތިބި އެންމެންހެން އަނެއްކާވެސް ހާސްކަމަށް ވެއްޓުނެވެ. މި ދަތުރު އައި ފަހުން ޒިވާ ގެއްލުނު މީ ދެވަނަ ފަހަރެވެ. ވިޝާމް އަށް އުނދަގޫ ވިއެވެ. ނާއިފް އެއްވެސް ނެތެވެ. އަނެއްކާ ޒިވާ ނެތް ކަން އެނގުމުން އޭނާގެ ހިތަށް އުނދަގޫ ވީއެވެ.
” އޭ ވިޝާމް!!.. ބަލާބަ ބޭރުގަ އޭނަ އިންތޯ…” އިޔާޝް ގޮވާފައި ބުނުމުން ވިޝާމް ކުޑަދޮރާއި ދިމާލަށް ހިނގައިގަތީ ޒިވާ ބޭރުގައި އިންތޮ ބަލައިލާށެވެ. އެހެންނަމަވެސް ކުޑަދޮރު ހުޅުވާލުމާއި އެކު ފެނުނު މަންޒަރުން ވިޝާމްގެ އަތް މުއްކެވުނެވެ. އޭނާގެ މޫނުމަތިން ރުޅިވެރިކަން ފާޅުވިއެވެ. ބަހެއް ބުނުމެއް ނެތި އަތުގައި އޮތް ބުރުހާއި ތުވާލި މޭޒުމަތީގައި ބާއްވާލާފައި އޭނާ ބޭރަށް ނުކުންނަން ހިނގައިގަތެވެ.
﹤⇐ ސައްބިސް ވަނަ ބައި ⇒﹥
އިރުކޮޅަކު ނާއިފް ގެ ގައިގައި ބައްދައިގެން އިނުމަށް ފަހު ޒިވާ ނާއިފް އާއި ދުރުވެލީ ކުރެވުނު ކަންތަށް ރެއަކާ ލުމުންނެވެ. ނާއިފް އާއި ދުރުވެލާފައި ލޮލުން ފައިބާފައި ހުރި ކަރުނަތަށް ފޮހެލިއެވެ. ނާއިފް އާއި ދިމާލަށް ބަލަން ކުޅަދާނަ ނުވުމުން އޭނާ ދުރު ބަލާލިއެވެ. އޭނާގެ ނަޒަރު އެކީހެން ދުރުދުރަށް ދާންދެން ފެންނަން އޮތް ކަނޑަށް ހުއްޓާލިއެވެ.
ކުޑަ ހިނދުކޮޅަކަށް ނަމަވެސް ޒިވާ ނާއިފް އާއި ދިމާލަށް ބަލާލައިފި ނަމަ އޭނާ އަށް ނާއިފްގެ މޫނުމަތިން ފެންނަން ހުރި ކުލަވަރުތަކުން އެ ހިތުގައި އޮތް އެއްޗެއް ނަގައި ގަނެވޭނެ އެވެ. ޒިވާގެ ހާލު ފެނި ނާއިފްގެ ހިތް ހަމްދަރުދީ އިން ފުރިފައި ވި އިރު އެ ހިތް އެދި ގޮވަމުން ދިޔައީ ޒިވާ އަދިވެސް އެއްފަހަރު އެ އަތުގެ ހިމާޔަތުގެ ދަށަށް ގެންނާށެވެ. މުޅި ދުނިޔެއަށް ވެސް އެ މައުސޫމާ ފޮރުވާލާށެވެ. އެހެންނަމަވެސް ހިތުގެ އެދުން ފަސްއަޅާ ފޮރުވާލާފައި އޭނާ ލޮލުގައި ބޮޑި ވެފައި ހުރި ކަރުނަތަށް އެސްފިޔަ ޖަހާލާފައި ލޮލުން ބޭރުކޮށް މޫނު ފޮހެލިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހުރިހާ މަންޒަރެއް ބަލަން ހުރި މީހެއް ނަމަ އެއީ ހިނދުކޮޅެއް ކުރިން އެތާނގައި އިން ނާއިފް އޭ ނުބުނާނެ އެވެ.
” އޭ ވިޝާމް ކައެ ފާހަނައަށް ވަންނަންތަ ތި އައީ…” ފާހާނައިން ނުކުތް އަޔާޝް އަށް މޭޒުމަތީގައި ބުރުހާއި ތުވާލި ބާއްވާފައި ހިނގައިގަތް ވިޝާމް ފެނުމުން ގޮވާލިއެވެ. އެ ވަގުތު ވީ އެތަނަށް އީވާ އައި ވަގުތަށެވެ. ކުޑަދޮރުން، ބޭރުގައި ޒިވާ އާއި ނާއިފް ތިބި ތަން ފެނުމުން އީވާ ބޭރަށް ނުކުންނަން ހިނގައިގަތެވެ.
މި މަންޒަރު ފެނުމުން އަލުން އޭނާ މޭޒުމަތީގައި ބެހެއްޓި އެއްޗިހި ހިފައިގެން ވިޝާމް ފާހާނާ އަށް ވަނެވެ. ސިކުނޑީ ތެރޭގައި ވި ހައިޖާނުގަނޑުގެ ބޮޑު ކަމުން އިތުރަށް ކަމަކާ ކުރިމަތި ލާން ބޭނުން ނުވީއެވެ. ނުކުންނަތަނުން ފެންނާނީ ކޮންފަދަ މަންޒަރެއް ކަން ނޭނގޭތީ އާއި އޭނާގެ ހިތް ނޭދޭ މަންޒަރެއް ފެނިދާނެ ކަމުގެ ބިރަށް ވިޝާމް ޖެހިލުންވީއެވެ. އެއީ ހަމަގައިމުންވެސް އޭނާ އަށް ބަރުދާސްތު ކުރަން އުނދަގޫ ވާނެ ކަމަކަށް ވީތީއެވެ.
” ޒިވް؟.. ދެމީހުން މިތާނގަ ކީތް ތިކުރަނީ މިގަޑީގަ؟… އަހަރުން ޒިވް ގެއްލިގެން މިއުޅުނީ އިއްޔެ ވީ ހެން ޒިވް ގެއްލުނީ ކަމަށް ހީކޮށްފަ… ބުނެލާފަ ނުކުނައްޗޭ… ބިރުން ހަލާކު ނުވީ ކިރިޔާއޭ…” ޒިވާ އާއި ނާއިފް ދެމެދު ހިނގައި ހާދިސާ ނޭގޭ ހާލު އީވާ އެދެމީހުންނަށް ކުޑަ ލެކްޗަރެއް އަޅާލާފައި އެތެރެއަށް ވަންނަން އަންނާށޭ ކިޔާފައި ގެއާއި ދިމާލަށް ހިނގައިގަތެވެ. ޒިވާ ނާއިފް އަށް ބަލާލުމެއްނެތި އޭނާ ގެނައި ކޮފީ ޖޯޑު ހިފައިގެން ގެއަށް ވަންނަން ހިނގައިގަތެވެ. ނާއިފް ވެސް ޒިވާމެން އެތެރެއަށް ވަންނާނެހާ އިރު ކޮށްފައި ގެއަށް ވަންނަން ތެދުވިއެވެ.
އެއްބަޔަކު ނަމާދުކޮށްގެން އަނެއްކާވެސް ނިދަން ޖެއްސި އިރު އަނެއްބައި މީހުން މަޖާނެގުމުގައި އަވަދިނެތިއެވެ. ޒިވާ އަދި މަލަކާ ހެނދުނުގެ ސައި ތައްޔާރު ކުރަން ބަދިގޭގައި އަވަދިނެތި އުޅުނެވެ. ޒިވާގެ ފޯނުން ޖަހާފައި ވީ ސިމްބޮލިކް ރިކޯރޑްސް 318 އަލްބަމްގެ ހީނުކުރއްޗޭ ލަވައިން ތަނުގެ ހަމަހިމޭންކަން ނައްތާލާފައި ވީ އިރު މަލަކާ އަދި ޒިވާ އާއި ދެމެދު އެއްވެސް ވާހަކަ އެއް ނުދެކެވެއެވެ.
ޒިވާ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އޭނާ އަށް ހުރެވެނީ ފިކުރެއްގައެވެ. ކޮންމެވެސް ވިސްނުމެއްގައި ހުރެ ސައި ހަދަން އުޅުމުގެ ތެރޭގައި އަތަށް ހޫނުފެން އެޅުނެވެ. ނުބަލައި ސިކުނޑި އެހެން ތަނަކަށް ލައިގެން އުޅެން ހަދައިގެން ޖަގަށް އަޅަން އުޅުމުގެ ތެރޭގައި އޭނާ އަށް ފެން އެތި ބަންޑުންކޮށްލެވުނީ އަތަށެވެ. ސިހިފައި މަޑު އާހަކާއި އެކު އަތް ދުރަށް ޖައްސާލެވުނު ޒިވާ ކައިރިއަށް ބަދިގެއަށް ވަން ނާއިފް އަށް މަލަކާ އަށް ވުރެން ކުރިން ދެވުނީ ކިހިނެއް ކަމެއް ވެސް ނޭނގެއެވެ. އަވަހަށް ސިންކު ކައިރިއަށް ޒިވާ ގެންގޮސް އަތަށް ފެން އަޅާލުމަށް ފަހު އެމީހުން ގެނެއްސަ ހުރި އައިސް ބޮކްސް ގައި އޮތް ފެން ފުޅިއަކުން ފެން ފޮދެއް ޒިވާގެ އަތަށް އަޅާލިއެވެ. ނާއިފް ޒިވާ ކައިރީގައި ހުރުމުން މަލަކާ އޭނާ ކުރަން ހުރި މަސައްކަތަށް ރުޖޫއަ ވިއެވެ.
” ބަލައިލައިގެން އުޅެއްޗޭ ދެންވެސް… ނަސީބެއް މާ ބޮޑުވަރު ނުވާކަން..” ނާއިފް ފަސްޓް އެއިޑް ކިޓް ހިފައިގްނ އައިސް ޒިވާ ގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
ހޫނުކޮށް ހުރި ފެން އެއްޗަކަށް ވެފައި އޭތި އެޅުނީ ސީދާ އަތަށް ކަމުން ޒިވާގެ އަތް ފިހި ހަންގަނޑު ތުނި ވިއެވެ. ރަތްވެ ފުފިފައި އޮތް އަތުގައި ބޭސްކޮޅެއް ހާކައިގެން ޒިވާ މޭޒު ކައިރީގައި އިން އިރުވެސް އޭނާ އަށް ވިސްނެމުން ދިޔައީ އޭޏާ އަށް މީހެއްގެ އެހީތެރިކަމަށް ބޭނުންވާ ކޮންމެ ފަހަރަކުވެސް ވިޝާމް އަށް ވުރެން ކުރިން އޭނާ އަށް ނާއިފް އެހީގެ އަތެއް ދިއްކޮށްލާ ކަމެވެ. އަދި އޭނާ އަށް އެކަމެއް ކޮށްދޭ އިރު ފުރިހަމައަށް ކޮށްދޭ ކަމެވެ. ހިނދުކޮޅަކަށް ނަމަވެސް ޒިވާ އަށް ވިޝާމް އާއި ނާއިފް އަޅާކިޔާލެވުނެވެ. އެހެންނަމަވެސް ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން އެނގުމުން ޒިވާ ބޯ ހޫރުވާލާފައި އިންތަނުން ތެދުވެ ބޭރަށް ނުކުމެލިއެވެ.
ެދުވަހުގެ ބާކީ އޮތް ބައި އެންމެންވެސް މޫދަށް އެރުމުގައްޔާއި އެކި އެކި އެހެނިހެން ކުޅިވަރުތަކުގައި ހޭދަ ކުރި އިރު ޒިވާ އަށް ކިތަންމެ ބައިވެރިވާ ހިތް ވިޔަސް ދުރުގައި ބަލަން ހުރެވެނީ އޭނާގެ އަތަށް ވެފައި އޮތް ގޮތުގެ ސަބަބުންނެވެ. ބައެއްފަހަރު ނާއިފް އައިސް ޒިވާ އަށް ޖެއްސުމެއްކޮށްލާފައި ދިޔަޔަސް އެގޮތަށް އައިސް އޭނާ އާއި ވާހަކަ ދައްކާލަން ވިޝާމް ނާންނާތީ ޒިވާގެ ހިތުގައި ރިހުމެއް އުފެދުނެވެ. ފާއިތުވީ ދެދުވަސް ތެރޭގައި ވިޝާމް އާއި ދެމެދު އޮތް ގުޅުން ހީނަރުވެފައިވި މިންވަރު އޭނާ އަށް ދޭހަ ވިއެވެ. އަޔާނީ އާއި ޒައްޔާން، އީވާ އަދި އަޔާޝް އުޅޭލެއް ލޯބި ކަމުން އޭނާވެސް އެފަދަ ގުޅުމެއް ވިޝާމް އާއި ދެމެދު ބާއްވަން ބޭނުން ވެއެވެ. ނަމަވެސް އެކަން ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟
ހަވީރު އެންމެވެސް ގެއަށް އަންނަން ވީ އިރަށް ޒިވާ ފެންވަރާލިއެވެ. އަދި ފޫހި ނުވާން އެމީހުން ގެނައި ވައިފައި މޮޑެމް ޖަހައިގެން އިއަންގެ ލެޕުން އޭނާ ނެޓްފްލިކްސް އަޅުވައިގެން އޮތެވެ. ހައެއް ޖަހަން ވިރު އެންމެން ގެއަށް އައި އިރު ފޫހިވެގެން ޒިވާ ހުރީ ކުރާނެ ކަމެއް ނޭނގިފައެވެ. އެންމެން އައުމުން ކޮޓަރި މާ އަޑުގަދަ ވީހެން ހީ ވުމުން ޒިވާ ބެލްކަޏަށް ނުކުތެވެ. އެހެން ނަމަވެސް ދެވަނަ ސުކުންތުގައި އެއީ ކުރެވުނު ބޮޑު ކުށެއްކަން އެނގުމުން ދެލޯ މަތީ އަތް އަޅައިގެން ޒިވާ ބެލްކަނިން ނުކުތީ ހެމުންނެވެ.
އޭރު ބެލްކަނީގައި ތިބި ޒީހާން އާއި މާހީ ލަދުން ވިރެނީ އެވެ. ދެމީހުން އެކުގައި ހޭދަ ކުރަމުން ދިޔަ ވަގުތުކޮޅު ކުއްލިއަކަށް މެދު ކެނޑުނީ ޒިވާ އެތަނަށް އައުމުންނެވެ. މާހީ އަށް ޒީހާންގެ މޭތެރޭގައި އޭނާގެ މޫނު ފޮރުވާލެވުނީ ޒިވާ އަށް އެފަދަ މަންޒަރެއް ފެނުމުން ލަދުގަތްލެއް ބޮޑު ކަމުންނެވެ. ޒީވާންގެ މޭތެރެއަށް ބޮޑިވެގަތް އިރު އެ ދޮން ކޯތާފަތް ވަނީ މުޅީހެން ރަތް ވެފަ އެވެ.
އެފަދަ ލޯބިވެތި ހިނދުކޮޅެއް ޒީވާގެ ސަބަބުން ޚަރާބު ވުމުން ޒީހާން ޒިވާ އާއި ދިމާލަށް ކުދި ކިޔައިގަތެވެ. ނަމަވެސް މާހީ އޭޏާގެ މޭތެރެއަށް ބޮޑިވެގަތް ގޮތުން އޭނާގެ ހިތުގެ ހިނގުން އަވަސްވިއެވެ. މާހީ ލަދު ގަތީ ކަން އެނގުމުން ޒީހާން އަށް ލުއިކޮށް ހީލެވުނެވެ. މާހީގެ ގައިގައި ދެ އަތް ވަށާލާފައި އެ ތުނި ހަށިގަނޑު އޭނާގެ އަތުތެރެއަށް ލިއެވެ. އޭނާ އެ މައުސޫމާ މުޅިންހެން މިލްކު ކޮށްލި ފަދައެވެ.
އެރޭ ވެސް އެންމެން އެކި ސަކާރަތް ޖަހަން ނިންމިއެވެ. ކުޅޭނެ ގޭމްސްތަށް ރޭވީ މާހީ ޒައިހާ އަދި ޒީހާން އެވެ. ބައެއްފަހަރު ދެމީހުން ގޮސް ދެން ތިބި މީހުން ކައިރި އިރު އިރުކޮޅާ އަހާލައެވެ. އެ ތިންމީހުންނަށް ބުނެވޭ އެއްޗަކުންވެސް ލިބޭ އައިޑިއާ ތަކުން އެކި ގޮތްގޮތަށް ގޭމް ތަށް ރާވާ ނިންމާލާފައި އެ ތިންމީހުން ކާން ދިޔައެވެ. އޭރު ހުރިހާ ފިރިހެން ވެރިންނާއި އެކު ނައިރާ އާއި މިޝްކާ ކާން ތިއްބެވެ. ބާކީ ތިބި ހަތަރު އަންހެން ކުދިންނާއި އެކު ކާން ޒީހާން މަޑުކޮށްލާފައި މާހީ ގޮވައިގެން އެތަނުން ބޭރަށް ވަރަށް ސިއްރުން ނުކުތެވެ. އެހެންނަމަވެސް އެ ހަރަކާތްތަށް އެހެން ބައެއްގެ ލޮލުގައި އަޅައި ނުގަނެ ނުދިޔައެވެ. އެ ތިން މީހުންގެ މޫނުމަތިންވެސް ފެންނަނީ ލާނެތް ކަމެވެ.
ކައި ނިމިގެން އެރޭ އެންމެ ފުރަތަމަ ކަމަކަށް އެމީހުން ކުޅުނީ ކުޑައިރު އެމީހުން ކުޅުނު ޓްރުތް އޯރ ޑެއާރ، އެޑުލްޓް ވާޝަން އެވެ. މާހީ ޒައިހާ ޒީހާން މި ގޭމް އިތުރަށް މޮޑިފައި ކޮށްފައި ވަނީ ސުވާލަކަށް ޖަވާބު ދޭން ބޭނުން ނުވަނީ ނަމަ ގިތެޔޮ މިރުސް ކާށެވެ. އެހެންނޫނީ 500 އެމް.އެލް ފުޅިއެއްގެ ފެން ބުއިމެވެ. އެހެންނޫނީ އިސްޓާޚީނަކަށް އައިސްކިޔުބް އަޅާފައި އެޔަށް އަރައިގެން އިނުން ފަދަ ކަންކަން ކުރުމެވެ.
ހަމަ އެފަދައިން ޑެއާ އަކަށް ޖައްސާ ކަމެއް ފުރިހަމަ ނުކުރެވިއްޖެ ނަމަވިޔަސް ހަމަ އެފަދަ ކަންތަށް ކުރުމަށް ޖެއްސި އެވެ.
އެންމެ ފުރަތަމައިނުންވެސް ފުޅި އަނބުރައިގެން ޖެހުނި އީވާ އަށެވެ. ޓްރުތް ނެގުމަށް ފަހު ތަށިން ގަނޑުކޮޅެއް ނެގިއެވެ. ހީގަނެގެން ހުރި އަޔާޝް އާއި ދިމާލަށް ބަލާލާފައި އީވާ ހިނިތުން ވެލަމުން ގަނޑުކޮޅު ނިއުޅައިލިއެވެ. އޭގައި އޮތް އެތި ފެނުމުން ހިނިތުންވުން ފަނޑުވެގެން ގޮސް ދެބުމަ ގޮށްޖެހުނެވެ.
< ނޭމް ސަމްވަން ހޫ ސްޓިލް ތްރެޓެންސް ޔޫ. >
~ނުނިމޭ~
މިހާހިސާބަށް މި ވާހަކަ އައި އިރު އަޅުގަނޑު ވާހަކައިގެ ލިޔުންތެރިޔާގެ ގޮތުން ކިޔުންތެރިންނަށް ސުވާލެއް ކޮށްލަން ބޭނުން…
މި ވާހަކައިން 26 ވަނަ އެޕިސޯޑް އާއި ހަމައަށް އައި އިރު އެންމެ ކިޔާ ހިތް ވަނީ ކޮން ޝަހުސިއްޔަތެއްގެ ބައެއް..؟
ސުވާލުގެ ޖަވާބު ކޮމެންޓް އަކުުން ފޮނުވާލައްވާ….!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.




Masha Allah Masha Allah.. Haadha molhu kujjekey Mee.. Aslahvs vrh lwbi mi prt vs ingey 🖤🖤🖤
Btw my fvrt couple hama enmennaky vs.. But most most fvrt couple aky ayaash and eevaa.. Enme salhi scene aky zivaa emeehunnaa dhimaa kureema ayaash eevaa ge ungah erifa darling kiyaa thankolhu.. Hehe.. Ethankolhu vrh lwbi plus funny.. Abadhu edhemeehun ge scene akah wait kurevuny.. Hehe.. I think meege enme main meehunnaky zivaa and vishaam kanneynge.. But for me, hama ayaash and eevaa vareh neiy.. Hehe.. Ok bye now
. Mi dhany prefect meeting ah dhaan.. Tc lwbs.. Bas ahaigen molhah kiyavahchey dhonaa ge dhoonyyaa🖤🖤🖤
Eyyyyy manjeyyyy hingaabala friday ga call eh hadhaalannn… Ready vebalaaaa
in reply to @Nayaa
dhen dhonaa ah inge ehnun dhonaage loabi varah molhu vaane kan mihaaru varah gina ehchis in test nagaifi and marks hama high koh dhanee… 🤗🤗🤗
and yes dhooni gandaa rangandaa mashah inguney manje bunaanekan eeva and ayaash ey loabi ieee…..😁😁😁😁
uhoon mi vhkge hurihaa characters ves eii hama main ekm enme bodukoh annaanee eeva and ayaash dhen zivaa vishaam and naaif…. anehhka spoil kureveneetha mi??????????😫😫😫
hehe aan tctc ehen bunaa iru ma miothy hun aissa😁🥱😴 dhanee ey loabiiii love you mi dhuniye varah
reply to @ReeshA CoronA
yesss mannjeyyyyyyy ma ready eyyy shai ah angaalaa
and yes m akurun feshey kuhhjjaa aa dhemeehn anehhka kameh tha?????
Manjey shai buny faadakasho ready ee
Eyyy klww sabaheyyyy yaash dhonbe huhttaa keekuraa meedhaleh? Ehn noonas manje bungno kameh nuhingahchey.. Ehnveema hama manje vidhaalhuvi gothah
aaaaaaaaaaaaaahhhh nice nice nice… ekahala meedhalakaa ulheyne kameh neii…. yaash dhonbe maa rangalhu vaane… 😫😁😁😁♥heeee
and yesh… balaanee dhw hukuru fahun ok konme gadi eh ves angaalaa eyrun hama heyvalla thayyaru baiythahtah hushiyaaru kiyaafa dhaanan😎🤫
Manjey kurin buni ethi cancel… Shai miadhu bxy oa.. Ehnma anna hukurah delay vee… Hahaha eii ham la thaaku huri hameedhaa eh dhw
.
in reply for @ReeshA CoronA ‘s third comment
hmm eii hama hameedha eh 😂😂😂😂😂😂😭😭😭😭😭😭
eyyy reeeeshoooo dhooonigandaaaa………… ma buny shai ekanyeh nooney buxy vee maves ey dhenme aku hen mi aiee moodhun lol iru ossunu iru ves moodhuga
heskiyaafa majaa annanvee nun mikolhah mi bandhuga🤗🤗🤗🤗🤫🤫🤫oki byeeeeeeee dhanee namaadhu koh hadhannn
umwah ttyl
Ok manjey ehnma anna hukurah