Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ވައުދޭ ވެވޭ މީ…25

lau.laala786@gmail.com
[email protected] Level 310 Stories100 Comments100 Login
August 21, 2022 5 Mins Read
5 Comments

އަސަރާއި އެކު ވިޝާމް ލަވަ ކިޔާ ނިންމާލީ އޭނާ ފެށި އިރު ވެސް ހުރި ގޮތަށް ޒިވާ އާއި ދިމާލާށް ބަލަން ހުރެ އެވެ. އެތަކެއް މާނަ ތަކެއް އެ ލަވައިން ބުނެދެމުން ދިޔައިރު ޒިވާ އެ އަޑު އަހާލަން އިނީ ވިޝާމް އެ ލަވަ އެކީ ސަބަބު ނޭނގޭ ތީ އެވެ. ހީކުރި ގޮތާއި ހިލާފަށް ވިޝާމް މާ ހިތާމަވެރި ލަވައެއް ކިޔުމުން ދެ ފަހަރަކު ހެން އޭނާ އަށް ވިޝާމް އާއި ދިމާލަށް ބަލައި ލެވެ އެވެ. ވާނީ ވެސް އެހެން ތާއެވެ. އެ ލަވައިގެ ބައެއް ބައިތަށް ކީ އިރު ހީވަނީ ހަމަ އޭނާ އަށް އަމާޒުކޮށް ބުނެލާ އެއްޗިސް ހެންނެވެ.

ވިޝާމް އާއި ޖެހިގެން އިން މިޝްކާ އަށް ވެސް ވީ އެވަރެވެ. ވިޝާމް ލަވަ ކިޔަމުން ގޮސް ފުރަތަމަ ކަޑި ފެއްޓުމާއި އެކު ހެން މުޅި މީހާގެ ގައިން ހީބިހި ނަގައިގެން ދިޔައީ އެއީ އޭނާ އަށް އަމާޒުކޮށް ބުނެލި އެއްޗެއް ކަމަށް ހީކޮށެވެ. އެހެން ނަމަވެސް ވިޝާމްގެ ހިތުގައި ލަވައިގެ އެ ތަންކޮޅު ވަނީ އެހެން މީހަކަށެވެ.

މިޝްކާ އަށް އިސް އުފުލާ ވިޝާމް އާއި ދިމާލަށް ބަލައި ލެވުނު ހިނދު އޭނާ އަށް ފާހަގަ ވީ ވިޝާމްގެ ނަޒަރު ޒިވާ އާއި ވަކި ނުވާ ކަމެވެ. ބާރު ބާރަށް ތެޅި ތެޅި އޮތް ހިތް ވެސް ޖެނެރޭޓަރު ނިއްވާލުމުން ވާ ފަދައިން މަޑުވެލި އެވެ. އެހެން ނަމަވެސް އޭގެ ކުރިއަށް ރުޅި އިސް ވިއެވެ. އެތާނގައި އެއްޗެކޭ ބުނަން ބޭނުން ނުވުމުން ވިޝާމްގެ ލަވަ ނިމުމާއި އެކު މިޝްކާ ތެދުވެ، ދަނީ ނިދަން ކަމުގައި ބުނެފައި ކޮޓަރި އަށް ދިޔައެވެ. ފަހަތުން ނައިރާ ދިޔައީ މިޝްކާ އެބުނީ ދޮގެއްކަން އެނގުމުންނެވެ.

 

⋆ ފަންސަވީސް ވަނަ ބައި ⋆

 

” މިޝް ކިހިނެއްތަ ވީ… އަހަންނަށް އިނގޭ މިޝް ތި އައީ ވަކި ނިދާކަށް ނޫން ކަން… ކޮންމެވެސް އެހެން ކަމެއް ވެއްޖެ…” މިޝްކާގެ ފަހަތުން ކޮޓަރި ތެރެއަށް ވަތް ނައިރާގެ އަޑުގައި ހާސްކަމެއް ވިއެވެ. އަދި ހަމަ އެއާއި އެކު އެ އަޑު އޭނާ ދިޔައީ ބޭރުގައި ތިބި މީހުންނަށް ނީއްވާ ވޭތޯ ބަލަމުންނެވެ.
” ނައީ އަހަންނަކަށް ނޭނގެ ހަދަން ވީ ގޮތެއް.. ދެންމެ- ދެންމެ ވިޝް އެކީ ލަވަ… އެ ލަވަ ނައި އަޑު އެހިންތަ؟ އަހަންނަށް ހީވީ އެ ލަވައިގެ ތަންކޮޅެއް އެކީ އަހަންނަށް ނިސްބަތް ކޮށްފަހެން… މިއަދު އަނެއްކާ އެ ޒިވާ ހުއްޓާ އޭނަ އަހަރެން ގޮވައިގެން ދިޔައީ ކީއްވެޔޯ..؟ އޭނަ އެކަން ކުރަން ވަކި ސަބަބެއް އޮންނާނެ ދޯ؟… އޭނަ އެހެން ހަދަން ވީ ފަހެ ކީތްވެހޭ…؟ ހާސް ކަމާއި އަވަސް ނޭވާ ތަކަކައި އެކު ވާހަކަ ދައްކަން ފެށި މިޝްކާގެ އަޑު ފަހަރަކަށް ވުރެ ފަހަރެއް ބާރުވާން ފެށުމުން ނައިރާ އަވަހަށް ގޮސް މިޝްކާގެ އަނގަމަތީ އަތް އަޅަން ހަދާލިއެވެ. އެއާއި އެކު މިޝްކާ ދައްކަމުން ދިޔަ ވާހަކަ ހުއްޓުނެވެ. ނައިރާ އޭނާގެ ބޮޑުވެފައި ވީ ދެލޮލާއި އެކު އަޑުމަޑުކުރަން މިޝްކާ ކައިރި ބުންޏެވެ. މިޝްކާ އަށް ވެސް އޭނާ އަށް ވާހަކަ ދެއްކުނީ ބާރަށް ކަން ވިސްނުމުން ސޮރީ އޭ ބުނެލިއެވެ.

 

މިޝްކާ ތެދުވެގެން ދިޔުމުން ވިޝާމް ވެސް ތިމަންނާ ވެސް ދަނީ އޭ ބުނެފައި އިންތަނުން ތެދުވެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އެންމެންވެސް އެރެއަށް މަޖާ ގަނޑު ނިންމާލުމަށް ފަހު އެމީހެއްގެ ކޮޓަރިއަށް ދިޔައެވެ.

__

” މިޝް ދެން އެކަމަ ނުވިސްނާ ތިހެން ވިސްނަން ހަދައިފިއްޔާ އެއްވެސް ކަމެއް ނުދާނެ ރަނގަޅަކަށް… ދެން އުޅޭނި ނިދަން… މާދަން ވާނެ ސަންރައިޒް އަށް ދާން…” ނައިރާ އެންމެ ފަހު ބަސްކޮޅު ބުނެލި ވަގުތަށް ވީ މާހީ އަދި ޒައިހާ ކޮޓަރިއަށް ވަން ވަގުތަށެވެ. ހަތަރު މިހުންވެސް އެކަކު އަނެކަކާ ބަހެއް ބުނެލުމެއް ނެތި ނިދަން ރެޑީ ވިއެވެ.

 

ދަންވަރު ތިނެއް ޖަހާ ގޮއްސި އެވެ. ކޮތަރިތެރެއަށް ވަނީ މަރުގެ ހިމޭންކަން ވެރިވެފައެވެ. އެނދުމަތީ ފުރޮޅި ފުރޮޅި އޮވެ ނުނިދުމުން ޒިވާ ބޭރަށް ނުކުތެވެ. ދެން ތިބި އެންމެން ނިދާފައި ތިބުނުނ ވަރަށް މަޑުން އޭނާ ދޮރު ލައްޕާލިއެވެ. ވިޝާމް އޮތް ކޮޓާރި ދޮރާއި ދިމާލަށް ބަލާލުމަށް ފަހު އޭނާ ބަދިގެއަށް ދިޔައެވެ. އަދި ކޮފިއެއް ތައްޔާރުކޮށްލައިގެން އޭނާ ކުޑަ ދޮރު ކައިރިއަށް ޖެހިލާ އެތާނގައި ހުރި ކުޑަ މޭޒުމަތީ ޖޯޑު ބަހައްޓާލާފައި އޭނާ ކުޑަދޮރު ހުޅުވާ ބޭރު ބަލާލިއެވެ. ހަމަހިމޭޏް ކޮށް އޮތުމުން އޭނާ ހިތުގެ އެދުމަށާއި ސިކުނޑީ ހަމަޖައްސާލަން ކޮފީ ތަށި ހިފައިގެން ގެއިން ބޭރަށް ނުކުމެ ފާލަމުގެ އެންމެ ކޮޅުގައި އިށީންދެލިއެވެ. ދުރުދުރަށް ނަޒަރު ހުއްޓާލައިގެން އޭނާ އިނީ ފުން ހިޔާލެއްގަ އެވެ.

ވިޝާމް އާއި އޭނާ އާ ދެމެދު އޮތް ގުޅުން ހީނަރު ވަމުން ދިޔަ ގޮތާއި އެ ގުޅުން މިހާރު އޮތް ހާލަތާއި އެކަން މެދުވެރި ވާން ވީ ކޮން ސަބަބަކަށް ކަން ނޭނގިފައި ޒިވާ އަށް މޫދަށް އެޅިފައި އޮތް ހަނދުގެ ރިހި އަލި ވިދުވަރު ތަކަށް ބަލަން އިނދެވުނެވެ. މި ހުރިހާ ކަމަކަށް ވިސްނަން ހެދުމުން ޒިވާގެ ލޮލުން ކަރުނަ އޮހޮރުވާލިއެވެ. މޭގައި އަތްއަޅައިގެން އެތަށް އިރަކު އޭނާ އަށް އެކި ކަންކަމާއި ވިސްނާ ކަރުނަ އަޅަން އިނދެވުނެވެ. ވިޝާމް އޭނާއަށް ގެއްލިގެން ހިނގައި ދާނެ ކަމުގެ ބިރު އޭނާގެ ވަށައިގެން އެބުރިގަތް ފަދައެވެ.

އެންމެ ފަހުން ރޮއެ ރޮއެ މީހާ ވަރުބަލިވެގެން ލޮލުން ކަރުނަ ހިކުމުން ޒިވާ ފާލަން މަތީގައި އޮށޯވެލިއެވެ. ބޮލުގައި ރިއްސަމުން ދާތީ އޭނާ ދެލޯ މަރާލިއެވެ.

 

…….

ނިދިން ހޭލެވުނު ނާއިފް އަށް ގަޑި ބަލާލެވުނީ އޭނާ އަށް ހޭލެވުނީ ކިހާ އިރަކު ތޯ ބަލާށެވެ. ހަތަރެއް ޖަހން މާކަށް ގިނަ އިރުނެތުމުން އޭނާ އިތުރަށް ނިދަން ބޭނުން ނުވީ ބަންގި ގޮވާ ގަޑި ކައިރިވަމުން ދާ ކަން އިނގޭތީއެވެ. ތެދުވެ ބޭރަށް ނުކުތީ ފާހާނައަށް ދާށެވެ. ފާހާނައަށް ދާން ދަނިކޮށް އޭނާ އަށް ހުޅުވާފައި ހުރި ކުޑަދޮރެއް ފެނުމުން އެ ލައްޕަން ދިޔައެވެ. އެހެން ނަމަވެސް ފާލަން ކޮޅުގައި އިށީންދެގެން އިން އަންހެން ކުއްޖާ ފެނުމުން ނާއިފް އަށް ބަލަން ހުރެވުނެވެ. ފަހަތުން ފެނުނަސް އެ އަނދިރީގެ ތެރެއިން ނާއިފް އަށް އެއީ ޒިވާ ކަން ނަގައިގަނެވުނެވެ. އިރުކޮޅަކު އެހެން ހުރެލުމަށް ފަހު ނާއިފް ފާހާނާ އަށް ދާން ހިނގައިގަތެވެ.

ފާހާނައިން ނުކުމެގެން އައި އިރުވެސް ޒިވާ އެތާނގައި އިނުމުން ޒިވާ ކައިރިއަށް ދާން ނާއިފްގެ ހިތް ގޮވަން ފެށިއެވެ. އެކަމަށް އިޖާބަދެމުން ކުޑަދޮރު ލައްޕާލާފައި ނާއިފް ގެއިން ނުކުމެ ޒިވާ އިން ހިސާބަށް ދާން މިސްރާބު ޖެއްސެވެ.

 

ޒިވާ ކައިރިއަށް ދެވުނު އިރު ފާލަން މަތީ އޮށޯވެލައިގެން ދެލޯ މަރާލައިގެން އޮތް ޒިވާ ފެނުމުން ނާއިފް ޒިވާ ކައިރި އިށީންނި އެވެ. ޒިވާގެ މައުސޫމު މޫނަށް ބަލަން އިނުމަށް ފަހު ޒިވާ ދެލޯ ހުޅުވަން އުޅޭހެން ހީވުމުން އަވަސް އަވަހަށް ނާއިފް، ޒިވާ އިން ނަޒަރު ވަކިކޮށްލާ މޫދަށް ބަލަން ފެށިއެވެ.

 

 

ކައިރީގައި މީހަކު އިށީންނިހެން ހީވުމުން ޒިވާ ދެލޯ ހުޅުވާލާ އޮތްތަނުން ތެދުވެލިއެވެ. މޫދަށް ނަޒަރުހުއްޓާލައިގެން އިން ނާއިފް ފެނުމުން ޒިވާ ތެދުވެލިއެވެ. އަދި ހައި އޭ ބުނެލިއެވެ. ނާއިފް ވެސް ޒިވާ އާއި ދިމާލަށް ބަލައިލަމުން ހެއި އޭ ބުނެލި ނަމަވެސް އެދެލޯ ޒިވާގެ މޫނުން ވަކި ނުކުރެވުނީ ރޮއެ ރޮއެ ރަތްވެފައި ވީ ޒިވާގެ ދެލޯ ފެނުމުންނެވެ. ހިތަށް ކުރި އަސަރަކުން ބޭއިޚްތިޔާރުގައި ނާއިފް އަށް ޒިވާ ކުރެން އަހާލެވުނެވެ.

” ކިހިނެއްވެ ދެލޯ ރަތްވެފަ.. ރޮއެފަތަ؟…” ނާއިފް ކޮށްލި ސުވާލުން ޒިވާ އަށް ތެޅިގަނެވުނު ނަމަވެސް އަމިލަ ނަފްސު ހަމައަކަށް އަލުވަމުން ޒިވާ ނާއިފް އަށް ބަލާލިއެވެ.

” ނުނިދުނީމަ ކަމަށް ވާނީ… ތަން ބަދަލުވީމަ މިއޮށް ހުރިހާ އިރު އުޅުނީ ނުނިދާ، އެހެންވީމަ ރަތްވެފަ ކަމަށް ބަލާ….” އިސް ޖަހާލާފައި ކުރިމަތީ ހާމައަށް އޮތް މޫދަށް ބަލައިލަމުން ޒިވާ ޖަވާބުދިނެވެ. އެހެންނަމަވެސް ދެން ކޮށްލި ކަމަކުން ޒިވާ ހައިރާން ވިއެވެ.

” ދެން މި ކޮއްޗެއް؟… ޝަބްނަމްގެ ތިކިތަ؟..” ޒިވާގެ ކޯތާފަތުގައި އޭނާގެ ޝަހާދަތް އިނގިލި ޖައްސާލާފައި ކޮލުގައި އިން ކަރުނަ ތިކި ފުހެލަމުން ޒިވާ ކުރެން އަހާލިއެވެ. ޒިވާ އަށް ނާއިފް އެހެން ބުނެލުމުން ނާއިފް އާއި ދިމާލަށް ބަލައިލެވުނު ހިނދު އެ ލޮލުގައި ވިދަމުން ދިޔަ ކަރުނަތަށް ނާއިފް އަކަށް ސިއްރެއް ނުވިއެވެ.

ނާއިފް ބަލަމުން ދިޔަ ގޮތުން ޒިވާގެ ހިތަށް އުނދަގުލެއް ނުވިއެވެ. އެހެންނަމަވެސް ސިކުނޑި ގޮވަމުން ދިޔައީ ނާއިފް އަށް ނުބެލުމަށެވެ. ޒިވާ އިސްޖަހާލުމާއި އެކު އޭނާގެ ލޮލުގައި ބޮނޑިވެފައި ވި ކަރުނަތަށް އެ ދެލޯ ފޫއަޅުވާލާފައި ފައިބައި ގަތެވެ. ނާއިފް އަށް ޒިވާގެ ކޮނޑުގައި އަތްޖައްސާލެވުނީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. އެ ހިތުގައި ވޭން އަޅަމުން ދިޔައެވެ. ޒިވާ އެހާލުގައި، އެހާ ހިތްދަތިކޮށް ރޮމުން ދިޔަތަން ފެނުމުންނެވެ.

” އަހަރެން ކިހިނެއް ހަދަންވީ؟… ޝާމް.. ވިޝާމް.. އަހަންނަށް ގެއްލެނީތަ..؟ އަހަރެންގެ ސަބަބުންތަ ވިޝާމް އަހަންނާ ދުރުވަނީ އެ؟… މިޝްކާ އާ ޝާމް އާ ދެމެދު އޮންނަނީ ކޮން ގުޅުމެއް…؟ އަހަރެން ގޮތް ހުސްވެއްޖެ… އަހަރެން ނޭދެން ވިޝާމް އަހަރެން ދޫކޮށް ދާކަށް… އެއީ އަހަންނަށް އެއްވެސް ގޮތަކުން ރުހެވޭނެ ކަމެއް ނޫން… އަހަރެން ވިޝާމް ދެކެ އެއަށް ވުރެން ބޮޑަށް ލޯބިވޭ… ވިޝާމް އަހަރެން ދޫކޮށް ގޮއްސިނަމަ އަހަރެން މަރުވެދާނެ…” ގިސްލެވޭ ހާލު ޒިވާ އޭނާގެ ހިތުގެ އުދާސްތަށް ނާއިފްގެ ކުރިމައްޗަށް ބަންޑުންކޮށްލިއެވެ. އެ ހިތުގައި އުފެދިފައިވި އެތަކެއް ސުވާލުތަކެއް ޒިވާ ނާއިފް އާއި ކުރި އިރުވެސް އެ ސުވާކުތަކަށް ނާއިފް އަށް ޖާވާބު ނުދެވޭނެކަން ޒިވާ އަށް އިނގެއެވެ. ޒިވާ އެންމެ ފަހު ޖުމުލަ ބުނެލުމުން ނާއިފް އަށް ޒިވާ އޭނގެ ގަޔާއި ކައިރިކޮށް ބައްދައިގަނެވުނެވެ. އެހިތަށް އަސަރުކޮށްފިއެވެ.

ޒިވާ އަށް ނާއިފް އޭނާގެ ގައިގައި ބައްދާލުމުން ދުރުވާކަށް ބޭނުން ނުވިއެވެ. އޭގެ ބަދަލުގައި އޭނާ ވަނި އެގޮތަށް މީހެއްގެ ހިމާޔަތަށް ބޭނުންވެފައެވެ. ނާއިފްގެ ހަށިގަނޑުގައި ދެ އަތް ވަށާލުމަށް ފަހު ޒިވާ ނާއިފްގެ ގައިގައި ބައްދާލިއެވެ. ނާއިފް ޒިވާ ކައިރި ރޯން ބޭނުން ވަރަކަށް ރޯށޭ ބުނުމުން ޒިވާ އޭނާ ހިތްފުރޭވަރަށް ނާއިފްގެ ހަށިގަނޑުގައި ބައްދާލައިގެން އިނދެ ރުއެވެ.

ޒިވާގެ ލޮލުން ފައިބައިގެން އޭނގެ ޓީޝާޓު ތެރެއަށް ފުރޭނިގެން ދާ ކޮންމެ ކަރުނަ ތިއްކަކުން ނާއިފްގެ ހިތަށް އަސަރުކުރެއެވެ. އަދި އެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. ހިތް އެދޭ ބައިވެރިޔާ އެހާލުގައި ވާތަން ދެކެން ކެތްވާނީ ފަހެ ކާކަށް ހެއްޔެވެ. މުޅި ދުނިޔެއަށް ސިއްރުން އޭނާ އެކުރާ ހިތާމަތަކަށް ނިމުމެއް ދެއްވާތޯ އޭނާ އަށް ދުއާ ކުރެވުނެވެ.

 

………

ފޯނުން ބަންގީގެ އަޑު އިވުމާއި އެކު ވިޝާމް އަށް ހޭލެވުނެވެ. ދަބަހުން ބުރުހާއި ތުވާލި ނަގައިގެން ޓީޝާޓު ލައިގެން އޭނާ ކޮޓަރީގައި ނިދާފައި ދެންތިބި ތިން މީހުންނަށް ގޮވާ ނެގިއެވެ. އަދި ފިރިހެން ގުރޫޕުގެ ދެން ތިބި މީހުން ތިބި ކޮޓަރިއަށް ވަދެ އެމީހުންނަށްވެސް ގޮވާ ނެގިއެވެ. އެއެންމެނގެ ތެރެއިން އޭނާ އަކަށް ނާއިފް އެއް ނުފެނުނެވެ. އެހެން ކަމުން ފާހާނަ އަށް ނުނީ ބަދިގޭގައި ކަމަށް ބަލާ އޭނާ އެ ކޮޓަރިން ނުކުމެ ބަދިގެ ބަޔަށް ދިޔައެވެ. އެހެންނަމަވެސް އެތާނގައި ނެތުމުން ފާހާނަ ބެލިއެވެ. ފާހާނައިގައި ނެތުމުން އޭނާ އަލުން ކޮޓަރިއަށް ދިޔައެވެ. އޭރު އިޔާޝް ފާހާނައަށް ވަންނަން އަންނަނީއެވެ.

ވިޝާމް ފާހާނައަށް ވަންނަނީތޯ އެހުމުން ނޫނެކޭ ބުނެ އޭނާ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު ޒިވާ މެން ކޮޓަރިން އީވާ ނުކުމެ ޒިވާ އެއް ނެތޭ ބުނެލިއެވެ. ކޮޓަރިތަކުން ބޭރުގައި ތިބި އެންމެންހެން އަނެއްކާވެސް ހާސްކަމަށް ވެއްޓުނެވެ. މި ދަތުރު އައި ފަހުން ޒިވާ ގެއްލުނު މީ ދެވަނަ ފަހަރެވެ. ވިޝާމް އަށް އުނދަގޫ ވިއެވެ. ނާއިފް އެއްވެސް ނެތެވެ. އަނެއްކާ ޒިވާ ނެތް ކަން އެނގުމުން އޭނާގެ ހިތަށް އުނދަގޫ ވީއެވެ.

” އޭ ވިޝާމް!!.. ބަލާބަ ބޭރުގަ އޭނަ އިންތޯ…” އިޔާޝް ގޮވާފައި ބުނުމުން ވިޝާމް ކުޑަދޮރާއި ދިމާލަށް ހިނގައިގަތީ ޒިވާ ބޭރުގައި އިންތޮ ބަލައިލާށެވެ. އެހެންނަމަވެސް ކުޑަދޮރު ހުޅުވާލުމާއި އެކު ފެނުނު މަންޒަރުން ވިޝާމްގެ އަތް މުއްކެވުނެވެ. އޭނާގެ މޫނުމަތިން ރުޅިވެރިކަން ފާޅުވިއެވެ. ބަހެއް ބުނުމެއް ނެތި އަތުގައި އޮތް ބުރުހާއި ތުވާލި މޭޒުމަތީގައި ބާއްވާލާފައިއޭނާ ބޭރަށް ނުކުންނަން ހިނގައިގަތެވެ.

 

 

~ނުނިމޭ~

 

މިބަިއވެސް ހުރިހާ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަން….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

lau.laala786@gmail.com
Follow Me Written By

[email protected]

Level 310 Stories100 Comments100 Login

Other Articles

Previous

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 15

Next

#riyaish “Anniversary Special”

Next
August 21, 2022

#riyaish “Anniversary Special”

Previews
August 17, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 15

5 Comments!

  1. Nayaa Nayaa says:
    August 21, 2022 at 3:40 pm

    Klw ey.. Salhi ey mi prt vs ingey.. Ey dhn… Neynge bunaane ehchehVrh bas madhu vefa mi hury miadhu.. Reesh ge vhk ah vs kohly thankolheh kula madu cmnt eh miadhu.. Bruh idk what’s wrong with meh.. Anyways vhk vrh reethi ingey.. Waiting for da nxt prt.. I’m off to studyyy.. Lysssssmmm lwbigandaaa❤️❤️❤️

  2. lau.laala786@gmail.com His Beastess says:
    August 21, 2022 at 5:10 pm

    in reply for @nayaa
    thank you nayoo loabigandaa…. bas madhu viyya dhabas kolheh ganeyy… kula madeyy… manje thihiree colour blind vefa tha? i also dont know whats wrong with you… anyways vaahaka reethi veema hama varah happyy… yeas keep waiting.. hithugaivey thiya nan submit kohhfa dhen oii bai jahhsaanne edit kuran… yeeeee go and studyy make everyone proud darl… lymmmmm dhooniiiiiiii

  3. Nayaa Nayaa says:
    August 23, 2022 at 9:43 am

    Eyyyy brwwww
    Ingeythr magey claahuga eba ulhey Manje ge baivaru fans.. Vishaam and zivaa rulhi vedhaanethy emeehun thibeny rovey varu vefa.. Hehe.. They rly love u kokkyyyyy.. Egady assu vrh proud vi.. Vrh proud velaafa bunin mi vhk liyany magey kokko ekey.. They’re waiting for this story.. Hehe.. So proud of you darling.. U have many readers here with me.. Baivaru meehun kokko dheke lwbi vey.. Ekan handhaan kohgen abadhuves kuriyah dhaathi ingey.. Vrh lwbivey 😘😘❤️❤️❤️❤️
    Btw kithanme burakoh ulhunas rangalhah kahche ingey.. Don’t make me worried.. Eat and rest well

  4. @Neem@ says:
    July 30, 2024 at 2:41 pm

    Vrh Salhi Mi vhk thah i Love this story I can’t forget this story

    1. lau.laala786@gmail.com His Beastess says:
      August 3, 2024 at 10:17 pm

      waitttttt!!!!! are you neem dhahtha???!!!!
      aaaahhh thak youuuuuu
      yeah i took a big break.. kudakoh foni ves vevihje forget nuvaane vhk bunyma 🫣

Comments are closed.

Next Episodeވައުދޭ ވެވޭ މީ…26←


All Right Reserved!