Skip to content
އެސްފިޔަ

ލިޔުންތެރިޔާގެ ބަޔާން

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ

20ޖޫން2022

އަޅުގަނޑުގެ ކަންކަން ހުރިގޮތުން ކިޔުން ތެރިންނާއި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދުރުގަ ހުރުމަށް ފަހު ވާހަކަ އެއް ލިޔެލުމުގެ ޝައުގުވެރިކަމުގަ އަނެއްކާވެސް ރީތި ވާހަކައެއް ވަރަށް އަވަހަށް ގެނެސްދިނުމަށް ގަސްތުކުރަމެވެ. ކިޔުން ތެރިންގެ ފާޑުކިޔުމަކީ އަބަދުވެސް އަޅުގަނޑުގެ ކުރިއެރުމުގެ އަސްލެއް ކަމުގައިދެކެމެވެ. އަދި ކިޔުންތެރިންގެ ޙިޔާލުތަށް ބަލައިގަންނަނީ ވަރަށް އުފަލާއެކުގައިކަން ފާހަގަކުރަމެވެ. އެދުމަކީ ވާހަކަ އަށް ކޮންމެ ކިޔުން ތެރިއަކު ވެސް ކޮމަންޓެއްދިނުމެވެ. ރަނގަޅުކުރަންެހޭ ކަމެއްނަމަ އެކަން ފާހަގަކޮށްލަދެއްވުމުން އުފަލާއި އެކު ބަލައިގަނެ އެކަން ރނގަޅު ކުރުމަށް މަސަތްކަތް ކުރާނަމަވެ. ކިޔުން ތެރިންގެ ފަރާތުން މިހާތަނަށް ދެއްވި ތަރުހީބަށް ވަރަށް އިޙްލާސްތެރި ޝުކުރެއް ދަންނަވަމެވެ. އިރާދަ ކުރެއްވިއްޔާ އުއްމީދަކީ މިފަހަރުގެ ވާހަކަ މުޅިން ނިންމާލުން ހަަފްތާއަކު އެކެއް ނުވަތަ ދެ ދުވަހު އަޅުގަނޑުގެ ވަޒީފާ ތަންދޭ ގޮތަކުން ވަގުތު ހޯދައިގެން އާ ބައެއް ނެރެވޭތޯ މަސަތްކަތްކުރާނެވާހަކަ ދަންނަވަމެވެ.އިންޝާﷲ މިފަހަރުގެ ވާހަކަވެސް ކިޔުންތެރިންނަށް ކަމުދާނެކަމަށް އުއްމީދުކުރަމެވެ.

ވަރަށް އަވަހަށް އާވާހަކަގެ ޓްރައިލާރ ގެނެސްދެވޭނެ

އިޙްތިރާމް

ބޯގަންވިލާ