Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލަމްހާ

Khadheeja Sausan Level 1
May 23, 2022 One Min Read
0 Comments

ލަމްހާ ހުރީ ކަލްވިންގެ  މޫނަށް ނަޒަރުހިންގާ ލައިގެން ފުން ހިޔާލަކަށް ގެއްލިފައެވެ. މޭޒުމަތީގަ ހުރި ފެންފުޅި ވެއްޓުނު އަޑަށް ލަމްހާ ދިޔައީ ސިއްސާގެން ނެވެ. އޭރު ކަލްވިން އޮތީ ރީޗަށް ލޯ ހުޅުވާލައިގެން ލަމްހާ ޔާ ދިމާ އަށް ބަލާށެވެ.

ލަމްހާގެ ލޮލުން އުފާވެރިކަމުގެ ކަރުނަތަށް ފައިބާން ފަށައިފިއެވެ. ވަގުތު ބޭކާރު ނުކޮއް ފުރަތަމަވެސް ކަލްވިންގެ މޭމަތީގައި ބޯ އަޅާ ލެވުނީއެވެ. ތެދުވެ މީހަކަށް ހަބަރު ދޭން ހިތަށް އެރިއެވެ. ލަމްހާ އަތުން އައިވީ ނައްޓަން ތައްޔާރުވި ވަގުތަކީ ޔޫހާ އާއި އަފުރާހު އެތެރެ އަށް ވަތް ވަގުތެވެ.

މަމްމާ ބޭބެ އިސް އެވޭކް….. ލަމްހާ އަށް ހަޅޭލަވައިގަނެވުނެވެ. ޔޫހާ ވަގުތުން ޑޮކްޓަރަށް ގޮވިއެވެ. ޑޮކްޓަރު ކަލްވިން ގެންދިޔަ އިރު ވެސް ކަލްވިން އަނގައިން ބުނެ ނުލައެވެ. ގެންގޮސް ޗެކަޕް ހަދާ އެހެނިހެން ކަންތައް ކޮއް ނިންމާގެން ރޫމަށް ގެނެސް ފިއެވެ.

ކަލްވިން، ކަލްވިން  ކޮޓަރިއަށް ވެއްދިތަނާ ފުރަތަމަވެސް ލަމްހާ އަށް ގޮވާލެވުނެވެ. ލަމްހާ ގޮސް ބާރަކަށް ކަލްވިން ގާގަ ބައްދާގަނެފިއެވެ. ރޮއެގަނެވުނެވެ.

ތީ ކާކުތަ ލަމްހާ ގަޔާ ދުރުކޮއްލުމުން ކަލްވިން އެހިއެވެ. ލޯ ބޮޑުކޮއްލާފަ ޔޫހާ އަށް ބަލާލެވުނީ ޑޮކްޓަރާ ދިމާލަށެވެ.

އަޅުގަނޑު ދޭން އައި ހަބަރަކީ މިއީ…އެ ނުރައްކާތެރި އެކްސިޑެންޓްގައި ކަލްވިންގެ ބޮލަށް ލިބިފައިވާ އަނިޔާތަށް ވަރަށް ބޮޑު… އެކަމާއި ގުޅިގެނއ ކަލްވިންް ގެަހަނދާންތައް ގެއްލިގެން ގޮސް ފައި ވާކަމަށް ބެލެވެނީ…. ޑޮކްޓަރ އެހެން ބުނުމުން ޔޫހާގެ ހިތުގައި ޖެހުނެވެ.

 

 

 

Share Article

Follow Me Written By

Khadheeja Sausan

Level 1

Other Articles

Previous

މަދަދުވެރިޔާ (3)

Next

ހިތުގެ ޝަކުވާ… 35

Next
May 23, 2022

ހިތުގެ ޝަކުވާ… 35

Previews
May 23, 2022

މަދަދުވެރިޔާ (3)



All Right Reserved!