Skip to content
އެސްފިޔަ

ލޯތްބައް ޓަކާ ވެވޭ ގުރުބާނީ

ފަރުބަދަތައް އުސް ހިސާބެއް ގާ ހުރި މާފެހި ގޭ ވަނީ އުފާވެރިކަމެވެ. ހުރިހާ ދިމާލަކުން ވެސް ފެންނަނީ ހިނިތުންވެރިކަމެވެ. ހުރިހާ މީހުން ވެސް ތިބީ ގޯތީތެރޭގާ އަވަދިނެތި މަސަތްކަތް ކުރުމުގައެވެ.

ކަޅު ހިޔަން އެއް ގޯތީތެރޭގާ އެނބުރޭ ތަން ފެނެއެވެ.

ކުއްލިއަކައް  ފިޔަވަޅުތަކެއަގެ އަޑު އިވެން ފަށައިފިއެވެ. ރޫޔާ އެތާ ކާރީގާ ހުރި ދޮރަކުންވަދެ ފިލާފިއެވެ. ފަހަތަށް އެބުރުނު އިރު ބާރު އަޑުފަށް ގަނޑެއް އިވުނެވެ. ބޮލުގެ ފަހަތަށް އެރި ތަދާ އެކުމޫނުމަށްޗަށް އެނބުރުނ އަރައިގެން ރޫޔާ ވެއްޓުނެވެ.

އެވަގުތު ކޮޓަރީ ދޮރުކާރީގާހުރި މެދު އުމުރެއްގެ މީހަކު އެތާ ތިބި މީހުން ކާރީގާ ބުންޔެވ.ެ އަވަސް ކުރާށެވެ. މާފިންގެ ކައިވެނީގެ ކާރު އިބަ އާދެއެވެ.

ވަރަށް ތަދުވެއެވެ. ކާކުތަ އޭނާ ކޮއްޕަނީ.

ރޫޔާ އަށް ހޭލެވުނު ނަމަވެސް ބޮލުގަ އަޅާ ވޭނުގެ ސަބަބުން އޮތީ ނުތެދުވެވިފައެވެ.

މާތް ކަލާކޯ، ސަނާ އަދިވެސް ނިދަނީތަ! މިހާރު ކޮން އިރެއް ކާރު އައިތާ. ރޫޔާ ހިތަށް އެރި އެވެ. ކާކުތަ އެ ވާހަކަ ދަށްކަނީ. ރޫޔާ އޮތީ އަދިވެސް ނިދާފައެވެ. އެހެން ނަމަވެސް ކޮންމެސް މީހަކު ރޫޔާ ތަޅުވާ ކަހަލަ އިހުސާސް ތަކެއް އިބަ ކުރެވެއެވެ.

ވަރަށް އުނދަގުލުން ލޯހުޅުވާލެވުނެވެ. ބަލާލީއިރު ފެނުނީ ބަޔަކު ރޫޔާ އައްސާފަ ގެންދާތަނެވެ. މޫނުމަތީ ފޮތިގަނޑެށް އޮތުމުން އެހާރީޗަކަށް ނުފެނެއެވެ.

ރޫޔާގެ ބޮލަށް އަދިވެސް ވަރަށް ތަދުވެއެވެ. ކޮންތާކަށްތަ ތި ގެންދަނީ. އެމީ ހުން ބުނޔެވެ. ކާވެނީގެ ކާރު އައްސިއެވެ.

ރޫޔާ އަށް ހޭވެރިކަންވީ ދެނެވެ. އަހަން ނެށް ބޭނުމެއް ނޫން ކައިވެނި ކުރާކަށް. އެމީހުނ ރޫޔާގެ ވާހަކަ އަށް ބެލުމެއް ނެތި ރޫޔާ ކާރަށް ލައި ފޮނުވާލައިފިއެވެ.