Skip to content
އެސްފިޔަ

އަލީގެ މުސައްލަ

އަލީއަކީ ނަމާދަށަށް ފަރުވާކުޑަ ކުއްޖެކެވެ. ގިނަ ދުވަސް ދުވަހު ހުކުރަށްވެސް ދާނީ ސަފަށް ގޮވާ ފަހުންނެވެ. އަލީގެ މަންމަ ކިތަންމެ ވަރަކަށް ނަސޭހަތް ދިން ނަމަވެސް އަލީގެ މި އާދަ ރަނގަޅު ކުރާކަށް އަލީއެއް ނުވިސްނައެވެ. އެއީވެސް އެކަހަލަ ދުވަހެކެވެ.

އަލީ ކޮމްޕިއުޓަރ ދޮށުގައި ގޭމް ކުޅެން އިންދައި ހުކުރު ވަގުތު ބަންގި ގޮވައިފިއެވެ. އަލީގެ މަންމަ އަލީ ފެންވަރަން ވައްދާފައި ބަދިގެދޮށަށް ކައްކަން ދިޔަތާވެސް މިހާރު ބައި ގަޑިއިރު ވަނީއެވެ. ބަންގި ގޮވީމައިވެސް އަލީ ބޭނުންވީ އަދި އިރުކޮޅަކު ކުޅެލާފައި ފެންވަރަން ވަންނާށެވެ.

އިރުކޮޅަކުން އަލީގެ މަންމަ އަލީ ހުކުރަށް ދާން ތައްޔާރުވީތޯ ބަލަން ކޮޓަރީގެ ދޮރު ހުޅުވާލައި ބަލައިލިއެވެ. އޭރުވެސް އަލީ އިނީ ގޭމް ކުޅެލަ ކުޅެލައެވެ. އަލީގެ މަންމަ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އިލޮށިފަތި ހިފައިގެން ހަޅޭލަވަމުން އައެވެ rxcare.net/. އަލީ ގަންނާ ކުރެއްވި ބިރުން މަންމަގެ އަތު ނުޖެހި ދުވެފައި ގޮސް ފާހާނައަށް ވަނެވެ.

އަލީ ފާހާނައިގައި ތަތްކަމުން ނުކުތް އިރު ޚުތުބާ ކިޔާ ނިމެނީއެވެ. އަވަސް އަވަހަށް އިސްތިރި ކޮށްފައި އޮތް ފަޓުލޫނު ލައި ޓީޝާޓު ބޮލަށް މަހާލަމުން ދުވެފައި ކަހަލަ ގޮތަކަށް މުސައްލަތައް ބަހައްޓާ ތަނުން އޮޅާލާފައި އޮތް މުސައްލައެއް ހިފައިގެން ނިކުތެވެ. އޭރުވެސް އަލީގެ މަންމަ އަލީދެކެ ހިތްހަމް ނުޖެހިފައި ހުރެ އަޑުލަމުން ގެންދިޔައެވެ.

އަލީ ދުވެފައި ނުކުމެގެން މިސްކިތް ދޮށަށް ދިޔައިރު ހުކުރު ނަމާދަށް މީހުން ހަށަން ބަންނަނީއެވެ. އޭރު މިސްކިތް ފުރި މަގުމަތީގައި ސަފު ހަދާފައި އޮތެވެ. އަލީވެސް އެންމެ ފަހުބަރީގައި މަޑުކޮށްލާ އަވަހަށް މުސައްލަ ރޫޅާލުމަށް އެއްކޮޅުގައި ހިފަހައްޓައިގެން ހުރެ ކުރިއަށް ވާގޮތައް ހޫރާލިއެވެ. އެއާއިއެކު މުސައްލަ ތެރެއިން އެއްޗެހިތަކެއް އެތަން މިތަނަށް ބުރައިގެން ދިޔައެވެ. އަލީ ރަނގަޅަށް ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. އަލީއަށް އަވަސް އަރުވާލައިފައި ހިފައިގެން އިއިސް ހުރެވުނީ މަންމަގެ ދޮޅިބޮނޑިއެވެ. މަންމަގެ ދޮޅި އޮތީ ކުރީސަފުގައި ހުރި މީހާގެ ބޮލުގައި އެޅިފައެވެ. އިސްޓާކީނުތައް އެތަންމިތަށް ބުރައިގެން ގޮސްފިއެވެ. މިމަންޒަރު ފެނި އަލީ ގަތްލަދުން ބިންފަޅާފައި އަޑިއަށް ވަންނަންވީއޭ ހިތަށް އެރިއެވެ. އޭރު މިމަންޒަރު ބަލަން ނަމާދަށް ހަށަން ބަނދެގެން ތިބި މީހުންނަށް ވެސް ހިނިއަންނަ ގޮތް ވިއެވެ . އަވަސް އަވަހަށް އެމީހުންނަށް އަލީގެ މޫނު ފެނިދާނެތީ ދޮޅި އާއި އިސްޓާކީނުތައް މުސައްލަ އަށް ލައިގެން ދުވެފައި ގެއަށް ދިޔައެވެ.

އަލީގެ މަންމަ އެދުވަހުގެ މެންދުރު އަލީއަށް ކާކަށް ނުދެއެވެ. ވީގޮތުން ލަދުން އަލީއަށް ގެއިން ބޭރަށް ދާން ނުކެރުނެވެ. އޭގެފަހުން އަލީ އަކީ ނަމާދަށް ފަރުވާތެރިވާ ބަސްއަހާ ކުއްޖަކަށް ވިއެވެ.

-ނިމުނީ-

Comments (21)

  1. LOL

    Hehehe. V majaa ?

  2. marry

    Moya ali

  3. vaahaka ky meeha

    Lol!
    ???

  4. Crazi

    Hehehe v majaa..thankolhe dhogu vahaka eh genes dhy bah

  5. GuDuMeena

    Thanks all.. Glade that u liked it.. 🙂
    btw Crazi, miulheny mihaaru vx dhigu vaahaka eh liyan fashaigen ninmaa nulevi.. ehen ve ehen vaahakaeh kihineh fashaanee.. 😉
    adhi iraadha kureviyyaa fahun thankolheh dhigu majaa vaahaka eh liyaanana.. ?

  6. isha

    gudu thee girl ehtha..boy ehthr????

    1. GuDuMeena
      isha

      I think u knw already.. 🙂

  7. friend

    gudu is a boy….meena is his lovely wife…..dhe meehun ehkkoffa gudumeenaa kiyanee….DHW GUDU????

    1. GuDuMeena
      friend

      You are absolutely right friend.. 🙂 I appreciate ur help.. ?

  8. Ayya ayya

    Ali abadhu vess moya kanthah kurany kommevess ehen nameh jehyma salhi vaany 🙁

    1. GuDuMeena
      Ayya ayya

      Sorry Ayya.. yageenun vx mi thi ayyage vaahaka eh noon ingey.. mi thankolheh naughty vegen ulhey Ali eh.. anehhen v.bas ves ahayey baeh faharu mi Ali.. 🙂

  9. lovely girl

    Ayya ah kiyany ali tha ?
    Btw the story is nice

  10. sumone

    Nooone ayya ah kiany andhiri

  11. shifa

    gudu meenaa akeee konrashehge kuhjehtha

  12. zai

    Salhi..gudu ur the best..?

  13. nuzoo

    Alhey konirakuntha dheevaanaa loabin vehjey up kuranyy… plz up kohdheebala

  14. meena

    Gudu… real story eh liye ba. U life .

  15. ayya

    very funny story eh.heeeeeheeeeeee

  16. shinyyy

    OMG… heehee halaaku.. moya ali……. adhivx guduge mokahala storyeh kiyan keh madhu vaneeee.. i realy like funny stories:);)
    Hope adhivx guduge mikahala funny story eh kiyan libeyne kamah.. all the best:)
    Waiting 4 nxt sory….

  17. reader

    heehee halaaku vaa vareh nuvey…….

  18. myler

    Cool ❄

Comments are closed.