Skip to content
އެސްފިޔަ

އަލީގެ ރިހަތެލި

އެއްދުވަހެއްގެ މެންދުރުގެ ވަގުތެކެވެ. އަލީގެ މަންމަ އިނީ މެންދުރަށް ރިހަކައްކާށެވެ. އަލީއަކީ އާންމުކޮށް މަންމައަށް އަތްގާތްކޮށްދޭން ކައިރީގައި ހުންނަ ކުއްޖެއް ނޫނެވެ. އެހެންކަމުން އަލީއަށް މާބޮޑަށް  ކެއްކުމުގެ ކަންތައްތަކެއް ނޭނގެއެވެ. ނަމަވެސް އެދުވަހު މަންމަ ކައްކަން އިނީ އަލީއަށް އެންމެ މީރު ކުޅިރިހައެވެ. އެހެންކަމުން އަލީ މަންމަކައިރީގައި ބަދިގޭގައި އެހީތެރިވެދީ އުޅުނެވެ. ކުއްލިއަކަށް އަލީގެ މަންމަ ތަނަކަށް ދާންޖެހިއްޖެއެވެ. މަންމަ އަލީ ކައިރީގައި ބުންޏެވެ.

” ދަރިފުޅާ.. މަންމަ ބޭރަށް ގޮސްލާފަ އަންނަންދެން މި ރިހަތެލި ބަލާލަދީބަލަ.. ”

އަލީ ހުރީ މަންމައަށް އެހީވެދެވޭތީ ވަރަށް އުފަލުންނެވެ. އެހެންކަމުން އަލީ އަވަހަށް އެއްބަސް ވެއްޖެއެވެ. އަލީ ބޭނުންވީ މަންމައަންނަންވާއިރަށް ވަރަށް މީރުކޮށް ރިހަކައްކާލާފައި ބަހައްޓާށެވެ.

އޭގެ އިރުކޮޅެއްފަހެވެ. ރިހަތެލި ބަލަބަލާހުއްޓާ ކެކެންފަށައިފިއެވެ. ކެކެމުންދިޔަވަރަކަށް ރިހަތެލިން ގަރު އަރަންފަށައިފިއެވެ. އަލީއަށް ހަނދާންވީ މަންމަ ގަރުދިޔަ ކައްކާއިރު ގަރުއެރީމައި ހަދާގޮތެވެ. މަންމަ ބުނެއެވެ. ގަރުނެގީމައި ގަރުދިޔަ ސާފުވެފައި މީރުވާނެއެވެ.

ބަލާކަށް ނުހުރެ އަލީ ބަދިގޭގައި ހުރި ތަށި ހަރުގަނޑުން އުނދުޅިއެއް ނަގައިގެން އައިސް ރިހަތެލިން ގަރު ނަގަން ފަށައިފިއެވެ. އަލީ ހިތަށް އެރިއެވެ. މަންމަ އަންނަންވާއިރަށް ވަރަށް މީރުކޮށް ކުޅިރިހަ ކައްކާލާނަމެވެ.

އޭގެ އިރުކޮޅެއް ފަހެވެ. އަލީގެ މަންމަ އައިއިރު ކަމަކުދާކަށް ނެތެވެ. ރިހަތެލީގެ ފުލުގައި އޮތީ ތިކެކެވެ. މަންމަ ވަރަށް ހައިރާންވެފައި އަލީގާތުގައި އެހިއެވެ.

“ދަރިފުޅާ.. މިރިހަ ތެއްޔަށް މިހިރީ ކިހިނެއްވެފަ..؟”

އަލީ ޖަވާބުދިނެވެ. “މަންމާ ރިހަތެލިން ގަރުއަރާތީ އަޅުގަނޑު ގަރުނެގީ.. ކިތަންމެ ވަރަކަށް ނެގިޔަސް ގަރުހަމަ އަރާވަރަކަށް އަރާ.. އެންމެ ފަހުން ވަރުބަލިވެގެން މިހުއްޓާލީ..”

-ނިމުނީ-

Comments (31)

  1. marry

    Hehe….moya ali
    Guduge majaa vaahaka eh salhi ingey
    Waiting for new one 😉 😉 ☆

  2. mish

    v salhi majaa vaahakayeh….

  3. fathy

    gudu aftr a long time……. v majaa vaahaka…

  4. naff

    varah varh majaa mivaahaka… hope too see more

  5. me

    Mee vaahakaeh tha noony joakeh taha????

  6. meee

    Mee vaahakaeh tha noony joke eh tha???

  7. Thoo

    Mee joke ehnun

  8. reader

    majaa vahakaeh nukiyetha dhuvaskolhenveje

  9. Vaahaka Kee Meehaa

    mi vaahaka thankolheh kurin kiyn gudu ge blog in. Gudu ge dheevaana lobin vejjey vaahaka vx in rega upkoffa blog ah.. btw majaa vaahaka eh mi.. 😀 hope to see more of ur stories.

  10. Vaahaka-Kee-Meehaa

    kiyve aharenge comment thah nufennany.. :O dhethin faharu comment kurevijje adhi ves nufeney! Guduuuuuu.. :O

  11. Vaahaka-Kee-Meehaa

    btw guduge blog in mi vaahaka kiyn thakolheh kurin. gudu.esy.es in.. v.majaa.. gudu ge dheevaanaa lobin vejjey vx in upkoffa reyga gudu ge blog ah.. 😀 I love ur stories.. hope to see more of ur stories.. Gud Luck!

  12. shaany

    Mi bodah vahtharee joke akaa

  13. Naakko

    Nice joke. Keep it up

  14. friend

    what a nice joke….waiting for the next joke….

  15. zai

    V majaa joke eh..?

  16. jasmine

    good

    1. Reader
      jasmine

      Wow that was a great story

  17. Samko

    Oooops….! Vaahaka eh tha nuny Joke eh tha?

    1. amira
      Samko

      hama neygeny tha

  18. Samko

    Oooops….! Vaahaka eh tha nuny Joke eh tha?

  19. meela

    very funny

  20. ayya

    varah majaa vahakaeh.heeeheeee

  21. lam

    thi oh ali eh
    veryy funnny

  22. xee

    He he he nice

  23. nafu

    Nice and very funny

  24. sannu

    hahaha… majaa.. v majaa

  25. Katana

    Nice joke.

  26. Katana

    Nice joke.hahAha

  27. Kamana

    Hahaha..

  28. Mai

    Ali Haadha molhey riha kahkan

  29. reader

    hurihaa vaahaka egga vx ali haadha moya ey dhw…. hehe

Comments are closed.