ނުވާނަން ތަފާތެއް 1
އިރުއޮއްސެމުން ދިޔަ ވަގުތެވެ.ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖެއްސި ރަންކުލައިގެ ޕްރައިވެޓް ޖެޓް ފެނިފައި މާހައުލުގައި ތިބިހާ ބަޔެއްގެ ނަޒަރު އެޔަށް ހުއްޓުނެވެ. އޭގެއިން ފޭބި ކަޅު ކުލައިގެ ސޫޓެއް ލައިގެން ހުރި މެދުއުމުރުގެ ފިރިހެންމީހާ ފެނި ކައިރީގައި ތިބި ބަޔަކުގޮސް އަވަހަށް މެހެމާންދާރީ އަދާކުރުމުގައި އަވަދިނެތިއުޅުނެވެ.
“މާސްޓަރ ޒާން.ވަރަށް ބޮޑަށް ޝުކުރިއްޔާ މިހާ އަވަހަށް ވަޑައިގެންނެވީތީ”އެ ފިރިހެންމީހާ ކައިރިޔަށް އައިސް ހުއްޓުނު އިސްކޮޅުން ދިގު ޒުވާނާ ވާހަކަދެއްކި އަޑަށް އެ ފިރިހެންމީހާ އިސްއުފުލާލިއިރު އޭނާގެ ރުލެއްނެތް މޫނު ވަނީ މިލާ މޯޅިވެފައެވެ.”ކޮންތާކު ވީ މިހާރު؟”ޒާން ދެން ބުނެލި ތިން ލަފްޒުން އައިޒެކްގެ ނިތަށް ރޫ އަރައިގެން ދިޔަ ނަމަވެސް ޒާންގެ އެދުމަކާ ދެކޮޅުހަދާނެހާ ހިތްވަރެއް ނެތުމުން ޒާން އެ ތާކަށް ގެންގޮސްދިނުމަށް އަވަސް ވެގަތެވެ.
ކަޅުކުލައިގެ ސޫޓުގައި ތިބި ވިއްސައްކަ ބޮޑީގާޑުން ފަހަތު ލައިގެން ސިލްވަރ ޓެކް ހޮސްޕިޓަލްގެ މައި ދޮރުން ވަދެގެން ދިޔަ އައިޒެކް އާއި ޒާންއަށް ދިޔައީ ހަމަ އެއަރޕޯޓުގައި ވެސް ވީ ގޮތަށް އެތަށް ބަޔެއްގެ ނަޒަރު ހުއްޓެމުންނެވެ.ނަމަވެސް އެއިން އެއްވެސް ކަމަކަށް ފަރުވާލެއް ނެތި އައިޒެކް އަށް ބެލެމުން ދިޔައީ ހިތާމައިން ފުރިގެންވީ ޒާންގެ މޫނަށެވެ.ޒާން އަށް އަންނަމުން ދިޔަ ބަދަލުތަކާއި ދޭތެރޭ ވިސްނަން ހުއްޓާ އައިޒެކްއަށް ފަހަތުން ބަޔެއްގެ ތޫނު ނަޒަރު އޭނާޔަށް އަމާޒުވެފައިވާކަން ރޭކާލުމުން ފަހަތް ބަލާލިއިރު ފަހަތުގައި ތިބި ވިއްސައްކަ ބޮޑީގާޑުން އެކީ ލޯއަޅައިގެން ތިބީ އޭނާއަށެވެ.އެ މީހުން އެހެން ކަންތަށްކުރި ސަބަބެއް ނުވިސްނިގެން އުޅެނިކޮށް އެތަނުން އެކަކު އަތުކުރީ އޮތް ގަޑިޔަށް އިޝާރާތް ކޮއްލުމަށްފަހު އަވަސްކުރުމަށް އެންގިގޮތުން ގަތް ބިރުން އައިޒެކް އަށް ހިނގައިގަނެވުނީ ވައިސޫރިއެއްހާ ބާރަށެވެ.ހޮސްޕިޓަލް ބޮޑުކަމުންނާއި ލިފްޓް މަރާމާތު ކުރުމުގެ މަސަތްކަތްކުރިޔަށް ދާތީ، ދެވޭ ނުދެވޭ ދިމާ ވަކިކުރުމަށް ހަނދާން ބަހައްޓަމުން އައިޒެކް އެމީހުން ގޮވައިގެން ގޮސް ހުއްޓުނީ އެންމެ މަތީ ފްލޯރ ގެ ކޮރިޑޯގެ ތެރެއިން ވަދެގެން ގޮސް ހުދު ކުލައިގެ ރީތި ބޮޑު ދޮރެއްގެ ކުރިމަތީގައެވެ.
ޢެ ދޮރުގެ މެދުގައި ރަތް ކުލައިގެ ބޮޑު އަކުރުން ވީ.އައި.ޕީ ޖަހާފައި އޮތް އިރު އެތަނަށް ވަދެވޭނީ ވަކި ފެންވަރެއްގެ ވަކި ބަޔަކަށްކަން އެނގެން އޮތެވެ.އައިޒެކް އެއިންއެކަކުވެސް އަޑެއް ނުލެއްވުމަށް އެންގުމަށްފަހު ޒާންއަށް އެތެރެއަށް ވަނުމަށްޓަކައި ދޮރު ހުޅުވާލަ ދިނެެވެ.ޒާން އޭނާގެ ބޮޑީގާޑުންނަށް ބޭރުގައި މަޑުކުރުމަށް އެންގުމަށްފަހު އެތެރެއަށްވަނެވެ.
އެ ކޮޓަރި ތެެރޭގައި އެއްވެސް އަލިކަމެއް ނެތުމުން ފިޔަވަޅުތަކަށް ސަމާލުވެގެންގޮސް ޒާން ސްވިޗްބޯރޑުގެ ފިތަކަށް އޮއްބާލުމުން މުޅި ކޮޓަރިތެރެ އެއްކޮށް އަލިވެގެން ދިޔައެވެ.
އެވަގުތު އެތަނަވަސް ކޮޓަރީގެ މެދުގައި ހުރި ޝާހީ އެނދުގައި ނިދާފައި އޮތް ފަނަރަ އަހަރުގެ ފިރިހެންކުއްޖާ އޭނާގެ ދިގު އެސްފިޔަތަށް ތަޅުވާލަމުން އެ ރީތި ދެލޯ ހުޅުވާލިއެވެ.އެވަގުތު އެ ދެލޮލުގައި ވީ ރުޅިވެރިކަމުގެ ސަބަބުން އޭނާގެ ކަޅުކަން ގަދަ ދެ ބުމަގޮއްޖެހިގެން ދިޔައެވެ.”ކިހާ ދެރަކަމެއްތަ!މަ ބުނެފީމެއްނު ކަލެޔާ ވާހަކަ ދައްކާކަށް ނޫޅެމޭ.ގްރޭންޑްޑޭޑް ފޮނުވައިގެން އައިސް ހުރި ސައިކޮލެޖިސްޓެކޯ ކިޔާފަ ތިއުޅެނީ މަށަށް ކޮންމެވެސް ގެއްލުމެއް ދޭން.ނޫންތަ؟”އޭނާ ކޮޓަރީގެ އެކި ދިމަދިމާލަށް ލޯ ހިންގަމުން ރުޅިވެރި ރާގަކަށް ވާހަކަ ދެއްކިއެވެ.މިމަންޒަރު ބަލަން އެނދުގެ ފަހަތުގައި ހުރި ޒާންގެ ދެލޯ ފުރިގެން އައީ އިތުރަށް އެ މަންޒަރު ބަލަން އޭނާޔަށް ކެތްނުވުމުންނެވެ.
“ދަރިފުޅާ ރައްޔޫ،މީ ކާފަޔޭ”ޒާންގެ އަޑަށް އެނދުގައި އިން ރައްޔާން ފަހަތަށް އެނބުރުނެވެ.ފަހަތުގައި ހުރި ޒާން ފެނުމުން އެ ރީތި މޫނަށް އެތަށްދުވަހަކަށް ފަހު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.”ގްރޭންޑްޑޭޑް”ކުޑަ ކުއްޖެއްހެން އެނދުން ފުއްމާލައިގެންގޮސް ޒާންގެ ގައިގައި އޮޅުގައިގެތެވެ.”ގްރޭންޑްޑޭޑް.ރައްޔު ދޫކޮއްލާފަ ދެން ނުދާނަން ދޯ.ޑޭޑް ހެދި ގޮތަށް ނަހަދާނަން ދޯ”ރައްޔާން ދައްކަން ފެށި ވާހަކަޔަކުން ޒާންގެ މޫނު މަތިން ހިތާމައިގެ އަސަރު ފާޅުވިއެވެ.ނަމަވެސް އެކަން މޫނުމަތިން ނުދައްކާ ރައްޔާންގެ ބަހަށް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
“ކާފަ ނުދާނަމޭ ރައްޔު ދޫކޮއްފަ އެއްވެސް ތާކަށް”ޒާން ރައްޔާންގެ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ.
ނޯޓް:ވާހަކައިގެ ފުރަތަމަ ބަޔަށް ވެފައި މިބައި ކުރުވުމުގެ ސަބަބުން ހުރިހާ ކިޔުންތެރިންގެ ފަރާތުން މަޢާފަށް އެދެން.އިންޝާﷲ ދެންއޮތްބައި ދިގުކުރެވޭތޯ މަސަތްކަތް ކުރާނަން ☺
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.

Vrh rythi vanehn hyvany… Curiously waiting for the next part ingey … Lysm
Right.its going to be quite interesting as the story goes on.mainly its about Rayyan so bodah focus kohffa innaanee eynayah.the others are important side characters ?
And thanx for those words of encouragement after reading the first part itself.won’t let you down ??
Varau reethi ?❤️ waiting for the next part