Skip to content
އެސްފިޔަ

ދީވާނާ ލޯބިން ވެއްޖޭ .. [21]

ވަދެގެން އައި މީހުންގެ ތެރެއިން މެދަށް، ހައި ހީލް އަށް އަރާފައި މެރޫން ކުލައެއްގެ ކަކުލާ ހަމައަށް ދާ ޖަމްޕް ސޫޓް އަކާއި ލެގިން އެއްގައި ހުރި އަންހެން ކުއްޖާ ފެނުމާއިއެކު އަހަރެންގެ ޙަރަކާތްތައް ހުއްޓުނެވެ. އަހަރެންނަށް ހީވީ މެއަށް ހޫނު ފެން އެއްޗެއް ޖަހައިލިހެން ނެވެ. ޖުވެލްސް އަކީ އެފެމެލީގެ ކުންފުނި ހެއްޔެވެ؟ އަހަރެންގެ ކައިވެނި ހަމަޖެހިފައި ވަނީ މިކުއްޖާ އާއި ހެއްޔެވެ؟

އަހަރެން ފެނުމާއިއެކު އެކުއްޖާއަށް ވެސް ވީ ހަމަ އެކަހަލަ ގޮތެކެވެ. ހުއްޓުން އަރާގޮތްވިއެވެ. ދެލޯ ބޮޑުވީ ހީވެސް ނުކުރާ މީހަކު ކުރިމަތީ ހުއްޓައި ފެނުނީމައި ކަހަލައެވެ. އެންމެންނަށްވެސް އަހަރުމެން ދެމީހުންނަށް އައި ބަދަލު ފާހަގަ ވެ ހުއްޓުން އެރިއެވެ. އަހަރެންނަށް މަޑުމަޑުން ބުނެލެވުނެވެ. “ނަޝީ..؟؟

“ޔޫ ނޯ ހަރ..؟” ބައްޕަ އަހައިލިއެވެ. އެއާއިއެކު އަހަރެންނަށް ސިހިފައި ބަލައިލެވުނުއިރު ހުރިހާ ލޯތަކެއް ހުރީ އަހަރެންނާއި އަމާޒުވެފައެވެ.

“ޔާ.. އަހަރުމެން ކިޔެވީ އެއް ޔުނިވަރސިޓީ އަކުން..” އެހެން ބުނެފައި އަހަރެން އިށީނީމެވެ. އިތުރު ތަފްޞީލް ތަކަކަށް ދާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެހެން ކަމުން ވީހާވެސް ހަމަޖެހޭގޮތް ދެއްކޭތޯ އަހަރެން މަސައްކަތް ކުރީމެވެ. ނަމަވެސް ނަޝީއަށް ބަދަލުތަކެއް އައިސްފައިވާކަން އަހަރެންނަށް ފާހަގަވިއެވެ. ބަސްމަދުވުމާއި، ކުރިން ހުންނަ ދެއްކުންތެރިކަމުގެ ގޮތެއްވެސް ނެތެވެ. ނަމަވެސް ނަޝީ ފެނުމުން އަހަރެންނަށް ހީކުރެވުނުގޮތާއި ޚިލާފަށް ގަޔާވެވޭގޮތެއް ނުވިއެވެ. އަހަރެން ހީކުރީ އަހަރެންގެ ލިބެން އުޅޭ ދަރިފުޅުގެ މަންމަ ފެނުމުން އާދަޔާ ޚިލާފު ހިންހަމަޖެހުމެއް ނުވަތަ ގާތްކަމެއް އިޙްސާސް ކުރެވޭނެ ކަމަށެވެ.

“އެހެންވީރު އަދި މާ ރަނގަޅަކަށެއްނު މިދިމާވީ ދޯ ޝާހިދު..” ނަޝީގެ ބައްޕަ ޖައުފަރު އަހަރެންގެ ބައްޕައަށް ދޯ ދިނެވެ.

އެކިވާހަކަ ތަކުގައި ދެ ޢާއިލާއިން ގުޅުން ބަދަހި ކުރުމުގެ ވަގުތުތަކެއް ކުރިއަށް ދިޔައެވެ. ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުން ދިޔައިރު އަހަރެންނަށް ހުރެވުނީ ވަގުތު ހިނގާލެއް ލަސްވެފައެވެ. އަހަރެން ނަޝީއާއި ދައްކަން ބޭނުންވާ ބައިވަރު ވާހަކަ އެބަހުއްޓެވެ. އަހަރެން އިންތިޒާރު ކުރަމުން ދިޔައީ އެކަނި ނަޝީއާއި ވާހަކަ ދައްކާލާނެ ފުރުޞަތެއް ލިބޭނެ އިރަކަށެވެ.

“ތި ދެކުދިންވެސް އެކަކު އަނެކަކު ރަނގަޅަށް ދަންނަންޖެހޭނެ މިކަހަލަ ގުޅުމަކަށް ދާންވާއިރަށް.. ސޯ ވައި ޑޯންޓް ޔޫ ޓޫ ގޯ ފޯރ އަ ވޯކް..” ކައި ނިމުމުން މަންމަ ބުނެލިއެވެ. ހުރިހާ އެންމެންނަށްވެސް އެކަމަށް ތާޢީދުކުރެވުނެވެ. އެހެން ކަމުން ފުރުޞަތުގެ ބޭނުންހިފާލައި އަހަރެން ނަޝީއާއި އެކީގައި ޑައިނިން ރޫމް އިން ނިކުތީމެވެ. އަހަރުމެން މިސްރާބު ޖެހީ އެ ހޮޓަލުގެ ގާރޑަން އޭރިޔާއަށެވެ. ލިފްޓުން ފައިބައިގެން މަޑުހިނގުމެއްގައި ބަގީޗާއަށް އާދެވުނުއިރުވެސް އަހަރުމެން ދެމީހުންގެ ދެމެދުގައި ވަނީ ހަމަހިމޭން ކަމެވެ. އަހަރެންނަށްވެސް ހުރެވުނީ މިވާހަކަތައް ފަށާނެ ގޮތެއް ނޭނގިފައެވެ. ކުޑަ ހިތްހަމަ ޖެހުމެއް ވެސް އަހަރެންގެ ހިތަށް ލިބިފައިވެއެވެ. އެއީ ގޮތް ނޭނގޭ މީހަކާ އިންނަން ނުޖެހުނު ކަމުގެ ހިތްހަމަޖެހުމެވެ. އެންމެފަހުން އަހަރެންނަށް އިންނަން ހަމަޖެހިފައި އޮތީވެސް ނަޝީ އާއިއެވެ. އަހަރެންގެ ދަރިފުޅުގެ މަންމައާއިއެވެ. އަހަރެންނަށް ހެދުނު ގޯސް ރަނގަޅުކުރުމުގެ ފުރުޞަތު މިއޮތީ ލިބިފައެވެ.

“އައި ޑިޑް ނޮޓް ނޯ ދެޓް އިޓް ވޮޒް ޔޫ..” އަހަރެން އެ ހަމަހިމޭންކަން ފޫދުއްވާލީމެވެ.

“މީ ޓޫ..” ނަޝީ ވާހަކަ ދައްކަމުން ދިޔައިރު ދެއަތް ދެއަތުން މޮޑެމުން ދިޔައެވެ. ހީވަނީ ނަޝީއަށް އަހަރެންނާއި އެހެން ވާހަކަ ދެއްކުމަކީ ފަސޭހަ ކަމެއް ނޫންހެނެވެ. “ޝޯން އަހަރެންނާ އިންނަން ތި އުޅެނީ ބޭނުން ވެގެންތަ..” ނަޝީގެ ޖުމްލައިން އަހަރެންނަށް ކުޑަކޮށް ހުއްޓުން އެރިއެވެ. މިއީ އަހަރެން ބޭނުން ގޮތް ހެއްޔެވެ؟ ނޫނެކެވެ. އަހަރެން ޝާޔާ ދޫކޮށްލާކަށް ދުވަހަކުވެސް ބޭނުމެއް ނުވެއެވެ. ނަމަވެސް މިއީ ޙާލަތު ނިޔާކުރާ ގޮތެވެ.

“ކިހިނެއްވީ..؟ އަނެއްކާ ނަޝީ އަހަރެންނާ އިންނަން ބޭނުން ނުވަނީތަ؟..” އަހަރެން ވެސް ކުރީ ސުވާލެކެވެ. އެއާއި އެކު ނަޝީއަށްވެސް ވީ އެކަހަލަ ގޮތެކެވެ.

“އުނހު..” ނަޝީގެ ކުރު ޖަވާބަށްފަހު ދިޔައީ ހަމަހިމޭން ކަމުގެ ވަގުތު ކޮޅެކެވެ. “ސޯމަޗް ހެޒް ޗޭންޖްޑް..” އަނެއްކާވެސް ނަޝީ ވާހަކަ ދެއްކިއެވެ. އަހަރެންނަށް ނަޝީގެ އެ ޖުމްލައާއިމެދު ވިސްނާލެވުނެވެ. ތެދެކެވެ. މުޅި ދިރުއުޅުމަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ނަމަވެސް ނަޝީގެ ޙަޔާތަށް އައީ ކޮންކަހަލަ ބަދަލުތަކެއް ހެއްޔެވެ؟

“މިސާލަކަށް…؟” އަހަރެން އިތުރަށް އޮޅުންފިލުވާލަން ބޭނުންވިއެވެ.

“ފައިނަލީ އަހަރެން އެންމެ ލޯބިވި މީހާ އަހަރެންނާ އިންނަން އެއްބަސް ވެއްޖެ..”

“ޔޫ މީން މީ؟؟” އަހަރެންނަށް ލިބުނު ހައިރާންކަމާއިއެކު އަހާލެވުނެވެ.

“ޑޭނީ…” ނަޝީގެ ޖަވާބާއިއެކު އަހަރެންނަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ. ނަޝީ އެންމެ ލޯބިވަނީ ޑޭނީ ދެކެ ހެއްޔެވެ؟ އެހެންވީރު އަހަރެންގެ ކައިރީގައި ނަޝީ ދެއްކީ ކޮން ވާހަކަތަކެއް ހެއްޔެވެ؟ އަހަރެންނާއި ނަޝީއާއި ދެމެދު ހިނގި ހުރިހާ ކަމަކަށް ފަހުވެސް ހެއްޔެވެ؟ ޑޭނީ އާއި ދިމާވީ އިހަކަށްދުވަހަކު ނޫންހެއްޔެވެ؟

“އެހެންވީރު ނަޝީ އަހަރެންގެ ކައިރީގައި ދެއްކީ ކޮންވާހަކަ ތަކެއް؟ ނަޝީގެ ބަނޑުގަ އަހަރެންގެ ދަރިއެއްވެސް އޮއްވަ ނަޝީ ބޭނުންވަނީ ޑޭނީއާއި ކައިވެނި ކުރަންށޭތަ ތިބުނީ..؟” އަހަރެންނަށް ނުހުރެވިގެން ހިތުގައި ފޮރުވައިގެން ހުރި އިޙްސާސްތައް ހާމަކޮށްލެވުނެވެ. އެއާއިއެކު ނަޝީ އިސްޖަހައިލިއެވެ. ނަޝީގެ އަނގައިން ބަހެއް ވެސް ބޭރެއް ނުވެ ހަމަހިމޭން ކަމުގެ ވަގުތުކޮޅަކަށްފަހު އަހަރެން ނަޝީއަށް ބަލައިލީމެވެ. އިސްދަށަށް ޖަހައިގެން އިން ނަޝީގެ ގައިގާ މަޑު ތުރުތުރެއް ހުއްޓެވެ. އަހަރެން ނަޝީއާއި ކައިރިވެލާ ނަޝީގެ ގައިގާ ހިފަހައްޓާލީމެވެ. އޭރު ނަޝީގެ ލޮލުން ފޫދުއްވާލާފައި ކޯތާފަތް މައްޗަށް އޮހޮރެމުން ދިޔަ ހޫނު ކަރުނައިގެ ކޯރު އަހަރެންނަށް ފެނުނެވެ. އަހަރެންގެ ހިތަށް ވެސް އަސަރު ކުރިއެވެ. ކުއްލިއަކަށް ނަޝީއަށް އައި ބަދަލާއި ގުޅިގެނެވެ.

“ވަޓްސް ރޯންގް.. ނަޝީ…. ކިހިނެއް ވީ؟” އަހަރެން ނަޝީގެ އިސް އުފުލާލަމުން ވާހަކަދެއްކީމެވެ.

“އައިމް ސޮރީ ޝޯން..” ނަޝީ އަހަރެންގެ ގައިގާ ބައްދާލިގޮތަށް ގިސްލަ ގިސްލާފައި ރޯން ފެށިއެވެ. އަހަރެންނަށްވެސް ނަޝީގެ ގައިގާ ހިފަހައްޓާލެވުނެވެ.

“ކޮންކަމަކާ..؟” އަހަރެންނަކަށް އަދިވެސް ވާނުވާއެއް ނޭނގެއެވެ. ނަޝީ އިސް އުފުލާލައި ކަރުނަތައް ފޮހެލިއެވެ. އެއަށްފަހު ކަންތައް ވީގޮތް ކަޔައިދޭން ފެށިއެވެ.

“އަހަރެންނަކީ ވަރަށް ގޯސް މީހެއް.. އަހަރެންގެ އަމިއްލަ އެދުމުގެ ސަބަބުން އަހަރެންނަށް ޝޯން ގެ ލައިފް ހަލާކުކޮށްލަން މަސައްކަތް ކުރެވުނީ.. އަހަރެންނާއި ޑޭނީއާއި ބައްދަލުވީ މީގެ ހައެކަ މަސް ކުރިން.. އަހަރެންނަށް ޑޭނީ ވަރަށް ކަމުދިޔަ.. ޑޭނީ އަހަރެންނާއި ރައްޓެހިވީ އަހަރެންގެ ބުނުމަކަށް.. ނަމަވެސް އަހަރެން ޑޭނީ ދެކެ ވަރަށް ލޯބިވޭ.. އެހެންވެ ޑޭނީއާއި އެކު އަހަރެންނަށް އުޅެވުނީ ވަރަށް ގޯސް ކޮށް.. އަހަރެންނަށް ފުރަތަމަ ޝޯން ފެނުނީ ޑޭނީ އާއި މީޓް ކުރަން ތި ކޮޓަރިއަށް ދިޔަރެއަކު.. އަހަރެންނަށް ވެސް އެނގޭ ޑޭނީ އެހެން އަންހެންކުދިންނާއި އެއްކޮށްވެސް ގުޅުން ހިންގަމުން ގެންދާކަން.. އެކަމަކުވެސް އަހަރެން ޑޭނީ ދެކެ ލޯބިވާތީ އެކަމާ އަޅާނުލީ ޑޭނީ ގެއްލިދާނެތީ.. އަހަރެން ޑޭނީ އާއި އެއްކޮށް ހިންގުނު ޢަމަލު ތަކުގެ ނަތީޖާއެއްގެ ގޮތުން އަހަރެން ބަނޑުބޮޑުވީ.. އެކަން އެނގުމާއިއެކު އަހަރެން ބެލީ ޑޭނީ އާއި މެރީ ކުރަން އެކަމަކު ޑޭނީ އެއްބަހެއްނުވި.. އަދި އަހަރެންނާއި އޮތް ގުޅުން ކަނޑާލީ.. އަނެއް ކޮޅުން އަހަރެންގެ ޢާއިލާ ބޭނުންވަނީ ދިވެއްސަކާ އިންނަން.. އެހެންވެ ޑޭނީ އާއި ދޭތެރޭ އެމީހުންނެއް ހިތްހަމައެއް ނުޖެހޭ.. އެންމެ ފަހުން އަހަރެންނަށް މަޖުބޫރުވީ ދިވެއްސަކާ އިންނަން.. އަހަރެން ބަނޑު ބޮޑުކަން އެހެން މީހުންނަށް އެނގުމުގެ ކުރިން.. އަހަރެންނަށް ޝޯން އެރޭ ރެސްޓޯރެންޓުން ފެނުމާއިއެކު އަހަރެންނަށް އެނގުނު.. އެހެންވެ އަހަރެން އުޅުނީ ޝޯން ހައްދާލައިގެން އަހަރެންނަށް ކުރެވުނު ފާފަ ފޮރުވަން.. އެހެންވެ އަހަރެންނާއި ބައްދަލުކުރަން ޝޯން އައިރޭ ވޮޝްރޫމް އަށް ދިޔަވަގުތު ޑްރިންކް ޑްރަގް ކުރީ.. އަހަރެން ޑްރަގް ކުރިވަރަކުން އެއްކޮށް ހެޔަށް ގޮތެއް ވާނެކަމަކަށް އަހަރެން ހިއެއްނުކުރަން.. އެކަމަކު ޝޯން ތިއީ މީގެ ކުރިން ދުވަހަކުވެސް އަލްކަހޯލިކް އެއްޗެއްވެސް ޔޫސް ނުކުރާ މީހެއްވީމަ އެހާބޮޑަށް އަސަރުކުރީ.. އެރޭ އަހަރެން ބޭނުންވީ ޝޯންއާއިއެކު ގުޅުން ހިންގައިގެންވެސް އަހަރެންގެ ބަނޑުގައޮތީ ޝޯންގެ ދަރިއެއްކަމަށް ބުނެ ޝޯން އަހަރެންނާ މެރީކުރަން މަޖުބޫރު ކުރަން.. ނަމަވެސް އެރޭ އަހަރުމެން ދެމީހުންގެ ދޭތެރޭގައި އެކަހަލަ އެއްވެސް ގޯސް ގުޅުމެއް ނުހިނގާ.. އަހަރެންގެ ބަނޑުގަ އޮތީ ޝޯންގެ ދަރިއެއް ނޫން.. މީ ޑޭނީގެ ދަރިއެއް.. އައިމް ސޮރީ ޝޯން.. އައި ރިއަލީ އޭމް..”

ނަޝީގެ ވާހަކަތައް އަޑުއަހަމުން ދިޔައިރު އެރޭގައި ކަންތައް ހިނގައިދިޔަގޮތް އަހަރެންގެ ސިކުނޑީގެ ތެރޭގައި އެނބުރެމުން ދިޔައެވެ. ހުރިހާ މަންޒަރެއް އަހަރެންގެ ލޮލުގެ ކުރިމަތީގައި ފެންނަމުން ދިޔަކަހަލައެވެ. އަހަރެންނަށް ހުރިހާ އޮޅުމެއް ފިލައި ހިނގައްޖެއެވެ.

“އެކަމަކު މިހާރު ޑޭނީ އަހަރެންނާއި އިންނަން އެއްބަސް ވެއްޖެ.. އަހަރެން ބޭނުން އަހަރެންގެ ދަރިފުޅަށް ބައްޕަގެ ލޯބި ދޭން.. އަހަރެން ބޭނުން ޑޭނީ އަހަރެންގެ ލައިފްއަށް ގެންނަން.. އެކަމަކު އަހަރެންނަށް މިއަދު މިވަނީ ޝޯން އާއި ކައިވެނި ކުރަން މަޖުބޫރުވެފަ.. ބައްޕަ ދިވެއްސަކާއި ނޫނީ އިނދެގެން ނުވާނެޔޭ އެބުނީ މިކަންތައް ޕްލޭންކޮށްފަ އޮތީމަ ކަންނޭނގެ..” ނަޝީ އިތުރު ކޮށްލިއެވެ. އަހަރެންނަށް ނަޝީއާއި ދިމާލަށް ބަލާފައި ހިނިތުން ވެލީމެވެ. އަހަރެންގެ ހިތް ނަޝީއާއި ދޭތެރޭގައި ސާފެވެ. ވީކަމެއް ވެ ނިމުނީއެވެ. ނަޝީ އޭނާއަށް ކުރެވުނު ކަންތައް ކިޔައިދީ މަޢާފަށްވެސް އެދުނީ އެއް ނޫންހެއްޔެވެ؟ އެހެންވީރު ދެން އިތުރަށް ހިތް ބުރަކުރާނެ ކަމެއް އެބައޮތް ހެއްޔެވެ؟ އަނެއްކޮޅުން ލިބިގެން ދިޔަ ޚަބަރަކީ އަހަރެންގެ ކަންފަތް އެޚަބަރެއް އަހާލަން ކެތްމަދުވެފައިވާ ޚަބަރެކެވެ. އަހަރެންގެ ކުށެއް ނެތެވެ. އަހަރެންނާއި ނަޝީއާއި ދެމެދު ގޯސް ގުޅުމެއް ހިނގާފައި ނެތެވެ. އެހެންވީރު އަހަރެންނަށް ޝާޔާއާއި ކައިވެނި ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތެވެ. ނަޝީ ލޯބިވަނީ ޑޭނީ ދެކެއެވެ. އަހަރެން ލޯބިވަނީ ޝާޔާ ދެކެއެވެ. އެހެންވީރު އަހަރުމެންގެ ޢާއިލާއިން އަހަރުމެން ދެމީހުން ގުޅުވަން މަސައްކަތް ކުރުމުގެ އެއްވެސް ބޭނުމަކީ ކޮބައިހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް އަހަރެންގެ އުންމީދުގެ ހުޅުކޮޅު ދިއްލިއްޖެއެވެ. އަހަރެން ޝާޔާއާއި ނޫނީ ކައިވެންޏެއް ނުކުރާނަމެވެ. ކޮންމެފަދަ ޙާލެއްގައިވެސް ޝާޔާ ޙާޞިލް ކުރުމަށް ހިތުގެ އަޑިން ޢަޒުމް ކަނޑައެޅީމެވެ.

“އިޓްސް އޯކޭ.. އަހަރެން ނަޝީއަށް މާފް ކޮށްފިން..” އަހަރެންގެ ޖުމްލައާއި އެކު ނަޝީ އަހަރެންނަށް ބަލައިލީ އެކަން ޤަބޫލުކުރަން ދަތިވެގެން ކަހަލައެވެ. އަހަރެން ނަޝީއަށް ޔަޤީން ކޮށްދިނީމެވެ.

އެނބުރި ހޮޓަލަށް އާދެވުނުއިރު އަޅާފައިވާ އޮޅުންތައް ވަނީ ފިލާ ގޮސްފައެވެ. ހިތްވަނީ ސާފުވެފައެވެ. މަންޒަރުވަނީ އަލިވެފައެވެ. އަދި ކުރިއަށް ދާންވީ މިސްރާބު ވަނީ އެނގިފައެވެ.

“ލުކްސް ލައިކް ޔޫ ޓޫ ހެޑް އަ ގުޑް ޓައިމް..؟” ޖައުފަރު އަހަރުމެން ވަދެގެން އައިތަން ފެނުމާއިއެކު އަހަރުމެންގެ މޫނުމައްޗަށް އައިސްފައިވާ ބަދަލުތައް ފާހަގަ ވުމުން ބުނެލިއެވެ. އެއަޑަށް ހުރިހާ އެންމެންވެސް ނަޒަރު ހުއްޓާލީ އަހަރުމެންނަށެވެ.

“ޔެސް ވީ ޑީޑް..” އަހަރެން ޖަވާބު ދިނީ ހިނިތުން ވުމަކާއެކުއެވެ. “ޝީއިޒް އަ ވެރީ ގުޑް ގާލް..” އަހަރެން ނަޝީއަށް ތަޢުރީފް ކޮށްލީމެވެ. އެއާއިއެކު ދެޢާއިލާގެ މެމްބަރުންގެ މޫނުމަތިން ފެނިގެންދިޔައީ އުފާވެރިކަމެވެ. ނަމަވެސް އަހަރެން މާނަކުރި ގޮތާއި އެހެން މީހުންނަށް މާނަ ކުރެވުނު ގޮތާއި ހާސްބައި ތަފާތުކަން އެނގެނީ ނަޝީއާއި އަހަރެންނަށެވެ.

އެރޭ ފަތިހެވެ. އަހަރެންނަށް ހޭލެވުނީ ފިނިވެގެންނެވެ. ތެދުވެ ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. ގައިމަތީ އަޅާފައި އޮތް ބްލޭންކެޓް އޮޅާލައިގެން ޒާނިޝް އޮތެވެ. ފިނިފިނިވެގެން އަހަރެން ތުރުތުރުލަނީއެވެ. އެނބުރި ބޯލާކޮޅުގައި ހުރި ‘ޓެމްޕްރޭޗަރ ޑިޓެކްޓަރ’ ބަލައިލިއިރު ފިނިހޫނުމިން ހުރީ 12 ޑިގްރީގައެވެ. ތެދުވެ ރޫމް ސަރވިސް އަށް ގުޅައި ހޫނު ކޮފީއަކަށް އޯޑަރު ކޮށްލުމަށްފަހު ފާޚާނައަށް ވަދެ ފެންވަރާލާ ތާޒާ ވެލައިގެން ނިކުތީމެވެ. އޭރު ކޮފީ ހުރީ އައިސްފައެވެ. އަހަރެން ކޮފީ އަށް އިންސާފުކޮށްލާ އަރުތެރެ ހޫނުކޮށްލުމަށްފަހު ފަތިސްނަމާދުކޮށްލަން އަވަސްވެލީމެވެ.

އަހަރެން އަވަސްވެގަތީ ރީތިވެލައިގެން އަވަހަށް ނިކުންނާށެވެ. ޝާޔާވެސް ތައްޔާރުވަމުންދާނެކަން އެނގޭތީއާއި އެކުއެވެ. ރޭގައި ލިބުނު އުފާވެރި ޚަބަރާއިއެކު އަހަރެންހުރީ ޝާޔާއާއި ބައްދަލުކޮށްލަން ކެތްމަދުވެފައެވެ. ރޭގައި ބަކުރުބެ މެންނަށް އާދެވުނުލެއް ލަސްވީމައި ޝާޔާއަށް ނިދުނީވެސް ވަރަށް ދަންވިފަހުންކަން އެނގެއެވެ. އެހެންކަމުން ޝާޔާއަށް ހޭލެވުނުތޯ ބަލައިލަން އަހަރެން ބޭނުންވިއެވެ. ނަމަވެސް ޝާޔާއަތުގައި ފޯނެއް ނެތުމާއިއެކު ބަކުރުބެއަށް ގުޅާލަން ހިތަށް އެރިނަމަވެސް އަދި ނުހޭލަފާނެތީ އުނދަގޫކުރަން ބޭނުން ނުވީއެވެ.

ނިކުތުމުގެ ކުރިން އަދިވެސް އެއްފަހަރު ލޯގަނޑު ކުރިމައްޗަށް އަރާނުލާ އަހަރެންނަކަށް ނުވިއެވެ. ނޭވީބްލޫ ކުލައިގެ ސްކްނީ ޖިންސާއި ހުދުކުލައިގެ އަތްދިގު ޓީޝާޓުވަރަށް ގުޅެއެވެ. ތެތްވެފައިވާ އިސްތަށިގަނޑުން މޫނުގެ ދެފަރާތަށް ފައިބާފައިވާ އިސްތަށިތައް ރީތިކޮށްލުމަށްފަހު ސްވެޓަރ ގެ ތެރެއަށް އަތްލައްވާލަމުން އަހަރެން ޖާގަބޮޑު ސިޓިންރޫމަށް ނިކުތީ ބަކުރުބެ މެން ކޮޓަރިއާއި ދިމާލަށް ދާށެވެ.

ކޮޓަރީގެ ދޮރުކައިރިއަށްގޮސް ޓަކިޖަހާލަން އަތްގާތްކޮށްލީމެވެ. ނަމަވެސް ސްވެޓަރގެ ކަންކަނަށްދަމާލާ، ބޯރީތިކޮށްލަން ބޭނުންވީއެވެ. ހިތްހަމަ ޖެހޭވަރުވުމުން ޓަކިޖަހާލަން އަވަސްވެގަތީމެވެ. އަހަރެންގެ އަތް ދޮރުގައި ޖެހުމުގެ ކުރިން ދޮރުހުޅުވިގެން ދިޔައެވެ. އެއާއިއެކު ކަރަންޓުގެ އޮއިވަރެއް އަހަރެންގެ ބޮލުންފެށިގެން ފަޔަށް ދަޢުރުކޮށްލިއެވެ.

“މާޝާﷲ..” އަހަރެންނަށް ބުނެވުނީ ބޭއިޚްތިޔާރުގައެވެ. އެވެގުތު ނޫކުލައިގެ ޖާރސީ ހެނދުމަކާއި ހުދު ލެގިން އެއްލައިގެން ހުދުކުލައިގެ ދޫނިފަތް ސްވެޓަރއެއްގެ ތެރޭގައި ފޮރުވިގެން އިން ޝާޔާގެ ދޮން މޫނު ޖަންބަކަށް ބަދަލުވެގެން ދިޔައެވެ. ލަދުން އިސްޖަހާލި އިރު މިޔަކަނީގައި ދަތްވެސް އަޅާލިއެވެ. ޝާޔާގެ މިފަދަ ކޮންމެ ހަރަކާތަކުން އަހަރެންގެ ހިތުގެ ތެޅުން ބާރުކޮށްލައެވެ. ފުނާ އަޅާލާފައި ވާގޮތުން އިސްތަށިގަނޑު ބޯކަމަށް ދައްކައެވެ. ޝާޔާއާއި ވަރަށް ގުޅެއެވެ.

“ރޭގަ ވަރަށް ޝޮޕިން ކޮށްލާފަ ހުރިހެން އެބަ ހީވެ..” އަހަރެން އެއްލޯ މަރާލަމުން ދިމާކޮށްލީމެވެ. އެއާއިއެކު ޝާޔާގެ މުތް ތަކެއްފަދަ ރީތި ދަތްތައް ފެނިގެން ދިޔައެވެ.

އަހަރުމެން އަވަސްވެގަތީ ބްރެކްފާސްޓް ކޮށްލާށެވެ. މިގަޑީގައިވެސް ޝާޔާއަށް ކާން ޖެހުނީ ވަރަށް ބަލައިގެންނެވެ. ޑޮކްޓަރުގެ އިރުޝާދާއި އެއްގޮތަށެވެ.

“ޑޯންޓް ވޮރީ.. އޮޕަރޭޝަން ނިމުނީމަ އަހަރެން ޝާޔާގޮވައިގެން އަހަރެންނަށް އެންމެ ކާއެއްޗެހި މީރު ރެސްޓޯރެންޓަށް ގެންގޮސްދޭނަން.. ޝާޔާ ހަމަ ބޭނުންވަރަކަށް ކާން..” އަހަރެންނަށް އެހެން ބުނެވުނީ ޝާޔާގެ ކެއުންބަހައްޓަން ޖެހޭގޮތުން ހިތަށް ކުރި އަސަރުންނެވެ. ޝާޔާ އަނަގަޔަށް ގޮތެއް ހަދާލާފައި ބޯ ޖަހާލީ އެނގިދާނެތާއޭ ބުނާކަހަލަ ގޮތަކަށެވެ.

މެރޫންކުލައިގެ ބީއެމް ޑަބްލިއު ކޮންވަރޓިބަލްއެއްގައި އޮސްޓްރޭލިޔާގެ ފިނިފިނި މަގުތަކުން ދުއްވަމުންދިޔައިރު ޝާޔާއިނީ ހީކަރުވައިގެންފައެވެ. ސްވެޓަރ ތެރޭގައި ހުޑް އަޅުވާލައިގެން ޝާޔާ އިންއިރު މަގަށްވުރެ ބޮޑަށް އަހަރެންނަށް ބެލެމުން ދިޔައީ ޝާޔާ އަށެވެ. އޭނާ އިނީ މިކަމާ ބިރުން ހަލާކުވާ ވަރުވެފައެވެ. އިރުއިރުކޮޅާ ބިރުން ސިހިފައި މަގުގެ ކުރިއަށް އިނގިލި ދިއްކޮށްލާ ދުއްވާ އެއްޗެއް ދައްކާލާނެއެވެ. އަހަރެން އިނީ ޝާޔާގެ މިހަރަކާތްތައް ފެނި މަޖާވެފައެވެ.

މާލަސްތަކެއް ނުވެ މެލްބޯން މަލްޓިސްޕެޝާލިޓީ ހޮސްޕިޓަލަށް އާދެވުނެވެ. 8ވަނަ ފަންގިފިލާއަށް ލިފްޓުން ގޮސް އީ.އެން.ޓީ ޑިޕާރޓްމަންޓަށް ދެވުނުއިރު އެޑްމިޝަންއަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއް ވަނީ ކުރެވިފައެވެ. ނަރުސްކުއްޖެއް އަހަރުމެން ގޮވައިގެން ހަމަޖެހިފައިވާ ޕްރައިވެޓް ރޫމަށް ގެންދިއުމަށް އަވަސްވެގަތެވެ. ހުދުކުލައިގެ ކެރާރާ މާރބަލް ޓައިލްސް ޖަހާފައި ހުރިއިރު ހުދުކުލައިގެ ފާރުތަކާއި ވަރަށް ގުޅެއެވެ. ތަނުގެ ސާފުތާހިރުކަމަށް އިސްކަންދޭ މިންވަރު ދެކޮޅުގައި ކޮޓަރިތަކެއް އަތުރާފައިވާ އާދައިގެ ވަރަކަށް ހަނި ގޯޅިގަނޑަކުން ކުރިޔަށްދިޔައިރުވެސް ފާހަގަ ކުރެވުނެވެ. ރޫމް ނަމްބަރު 844 އަކަށް ދެވުމުން ދޮރުހުޅުވާލާފައި އެތެރެއަށް އައުމަށް ނަރުސްކުއްޖާ އިޝާރާތްކޮށްލިއެވެ. ޓީވީއެއް ސައިޑް ކަބަޑް މަތީގައި ބަހަށްޓާފައިހުރި އިރު މާވަށިގަނޑެއް ކޮޓަރީ އެއްފަރާތެއްގައިހުރި ކުޑަ ސޯފާ ކައިރީ ހުރި މޭޒުގެ މަތީގައި ބަހައްޓާފއި ހުއްޓެވެ.

ނަރުސްކުއްޖާ އެއްޗިހި ބަދަލުކޮށްލައިގެން އައުމަށް އަންގަމުން އަޅިކުލައެއްގެ ކުދި މާތަކެއް ޖަހާފައިވާ ހުދުކުލައިގެ ގައުންއެއް ދިއްކޮށްލިއެވެ. އެ ގައުންގައި ހިފާލަމުން ޝާޔާ އަހަރެންނާއި ދިމާލަށް ބަލައިލިއެވެ. ލަދުވެތިކަމާއެކު އަހަރެންނަށް ބަލައިލިއިރު ޝާޔާގެ މޫނުގެ ކުލަވަނީ ޖަންބުވެގެން ގޮސްފައެވެ.

“އިޓްސް އޯކޭ..” އަހަރެން ޝާޔާގެ ނޭފަތުގައި ހިފާލަމުން ވައި އަޑަކުން ބުނެލީމެވެ. “ތިހާ ރީތިވެގެންހުރެ ކިހިނެއް އޮޕަރޭޝަންއެއް ކުރާނީ..؟” ކުޑަކޮށް ދިމާކޮށްލުމުން ރަކި ގޮތަކަށް ހިނިތުންވެލާފައި ޝާޔާ ވަނީ ވޮޝްރޫމަށް ހެނދުން ބަދަލުކޮށްލާށެވެ.

ޝާޔާ ވަންނަންފެށުމުން ނަރުސްކުއްޖާ އެންގީ އެނތެރެއިން ލާފައި ހުރިއެއްޗިހިވެސް ބޭލުމަށްފަހު ގައުން ލައިގެން އައުމަށެވެ. އެބުނިއެއްޗެއް ޝާޔާއަށް އެނގުނުކަހަލައެވެ. އަހަރެންނަށް ބަލައިލުމަށްފަހު ލަދުގަނެފައި ހުރެ އިނގިލީގައި ދަތްޖައްސާލުމަށްފަހު ވަނެވެ. ޝާޔާވަނުމުން ނަރުސްކުއްޖާ އޮޕަރޭޝަންގެ ކަންތައްތައް ކުރިއަށްދާނެގޮތް ކުޑަކޮށް ކިޔާލަދިނެވެ.

އިރުކޮޅަކުން ޗޭންޖިންގ ރޫންގެ ދޮރުގެ ތަޅު އެނބުރުނުތަން ފެނުމާއިއެކު އަހަރެންގެ ނަޒަރު ހުއްޓުނީ އެދިމާލަށެވެ. މޭމައްޗަށް ދެއަތް ހުރަސްކޮށްލައިގެން އިނގިލީގައި ދަތްޖައްސާލައިގެން ނިކުތް ޝާޔާގެ ބޮލުން ފެށިގެން ފަޔަށް އަހަރެންނަށް ނަޒަރު ހިނގައިލެވުނެވެ. އަދި ޝާޔާގެ ރީތިކަމަށް ހިތާހިތާ ތަޢުރީފްކޮށްލެވުނެވެ. އެވަގުތު ޝާޔާ ލަދުން އިސްޖަހާލީ އަހަރެންގެ ކުރިމަތީގައި އެހާލުގައި ހުންނަން ޖެހުމުން ހަދާނެގޮތެއް ނޭނގިގެންކަހަލައެވެ. މަޑުހިނގުމެއްގައި ޝާޔާއައިސް އެނދުމަތީގައި އިށީނދެލުމަށްފަހު ބައްޓަންރީތި ދެފައި އެނދުމައްޗަށް އަރުވާލަމުން އޮށޯތެވެ. ޝާޔާ އިތުރަށް ލަދުގަންނަވާލާކަށް އަހަރެންނެއް ބޭނުމެއް ނޫނެކެވެ. އެހެން ގޮތެއް އޮތްނަމަ ޝާޔާ އަހަރެންގެ ކުރިމަތީގައި އެފަދަ ގޮތަކަށް ނުހުންނާނެއެވެ.

އަހަރެން ޝާޔާގެ ގައިމަތީގައި ފޮތިގަނޑު އަޅާލަދެމުން ކައިރީގައި ހުރި ގޮނޑި އެނދާއި ކައިރިކޮށްލާ އިށީނީމެވެ. އޭރު ނަރުސްކުއްޖާ ޝާޔާގެ އަނެއްއަތަށް އައިވީ ގުޅަން އުޅެއެވެ. ޝާޔާހުރީ އައިވީ ކެނިއުލާ ފެނިފައިވެސް ބިރުގެންފައެވެ. އަހަރެން ޝާޔާގެ އަތް އަހަރެންގެ އަތުތެރޭގައި ފޮރުވައިލީމެވެ. އެއާއިއެކު ޝާޔާ އަހަރެންނާއި ނަޒަރުހަމަކޮށްލިއެވެ. ބިރުގަނެ، ލަދުގެންފައި އިން ޝާޔާގެ ނަޒަރުގައި މަސްތީކަމެއް ވިއެވެ.

“ހޭ.. ޑޯންޓް ޔޫ ވޮރީ ލަވް.. އެއީ އެއްވެސް ކަމެއް ނޫން.. ހީވާނީ ލޯބިން ޕިންޗެއް ކޮށްލާހެން..” އަހަރެން ހިނިތުން ވެލަމުން ޝާޔާ އަށް ހިތްވަރުދިނީމެވެ. ލުއި ހިނިތުންވުމަކާއިއެކު ޝާޔާ ލޯމަރާލީ ހިތްވަރު ލިބިގެން ކަހަލައެވެ.

“އެނގޭތަ.. ނާރސް ބުނީ ޑޮކްޓަރު ދުރުވާނެޔޯ މެންދުރެއްހާއިރު.. އެހާއިރަށް ލޭގެ ޓެސްޓުތަކެއް ހަދާލަން މިގަޑީގައި ލޭނަގަން ޖެހޭނެޔޯ.. ޑޮކްޓަރު އައިސް ނަތީޖާއަށް ބެލުމަށްފަހު ވަގުތުން އޮޕަރޭޝަން ތިއޭޓަރ އަށް ގެންދެވޭނެޔޯ.. ވައްދާތާ ދެގަޑިއެއްހާއިރު ތެރޭގަ ޝާޔާގެ އޮޕަރޭޝަން ނިމޭނެޔޯ.. އޯޓީއިން ރޫމަށް ބަދަލުކުރާ ފަހުން ހޭވެސް ލެވޭނީ..” އަހަރެން ޝާޔާގެ ބޮލުގައި ފިރުމާލަމުން ނާރސް ކިޔައިދިން ވާހަކަތައް ކިޔައިދެނމުން ދިޔައީމެވެ. “ހީވާނީ ހަމަ ނިދާލާފަ ހޭލާހެން.. ޝާޔާހޭލާއިރު ޝޯން ހުންނާނަން ޝާޔާ ކައިރީގަ.. ވެއިޓިން ޓު ހިޔަރ ޔޯ ބިއުޓިފުލް ވޮއިސް..” ޝާޔާގެ ކޮލުގައި ހިފާލަމުން ބުނެލީމެވެ. އެވަގުތު ޝާޔާގެ ލޮލުގައި ކަރުނައިގެ މުތީތައް ނީރާލިއެވެ. ޝާޔާ އަތުގެ އިޝާރާތުން އަހަރެންނާއި މުޚާތަބު ކުރަންފެށިއެވެ. އެބުނިއެއްޗެއް ދެނެގަންނަން އަހަރެންގެ ސަމާލުކަން ހުޓާލީމެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (44)

  1. GuDuMeena

    hey guys.. Like I said I didn’t just stop writing. I wasn’t able to write.. studies and the living condition and all it wasn’t all in favor.. anekka gudu vx beynumeh noon ehchekah ehcheh liyelaafa up kollaakah.. So I had to delay.. ekam mihaaru anekka vx liyeveyhen v ma miulheny continue kolleveytho.. studies ga hama adhi vx bxy.. bt mihaaru ehen geyakah badhalu vevunyma ai ekkoh I am trying to do my best not to disappoint u guys.. So hope anekkaa vx dheythere dheythere in part eh kiyaalan libey varu vaanekamah.. bt I can’t promise u anything mifaharu.. hama liyevfunu varakah up kureveytho balaanan..

    Also I want to thank all of u – my fans from the bottom of my heart for being patient and understanding.. if it wanst for u guys I wudnt be able to write this story.. Thank u for encouraging me to continue this story.. U are the best fans anyone can get.. 🙂
    LOts of Love
    GuDu <3

    1. lam
      GuDuMeena

      Alhe haadha dhuvaheh kollaafa ey…thanks for uploading new part…also I would like thank Admin from my bottom of heart 🙂 🙂 so happy

  2. Aai

    Me first….vrh dhuvas vehjje mi vaahaka up kuraane dhuvahakah inthixaaru kuraatha…so anywayx vrh reethii mi part vex 🙂 knirun next part up kohdheynii 🙂 :-*

    1. GuDuMeena
      Aai

      Seedhaa vaki dhuvaheh bunaakah neynge.. hama veehaa vx avahakah up kohdheveytho balaanan.. 🙂

  3. anna

    reeethi

    1. GuDuMeena
      anna

      🙂

  4. zai

    Alhey haadha dhuvaheh kohlaafa..kuriige baithakuga viigoith vex hadhaaneh neh..

    1. GuDuMeena
      zai

      kureega baithah kiyaalaafa mibai kiyaalaa.. eyrun aslu vaanuva engeynee.. 🙂

    2. Shhh
      zai

      Huhhhh. Dhn anekkaaves gudu huttaaleem anekkaa feshigen kiyanvy. We r not puppets.

  5. aeon

    2 yrs vejje kan neyge mi story up nukuraathaa so heekuree dhn huttaalee kamah anyways glad tht this one is back

    1. GuDuMeena
      aeon

      1 and half yrears vanee mi.. and Thanks.. 🙂

  6. Me

    Aaaaah…! Dhigu inthizaarakah fahu finally… Thanks bro…! Ehaa las lahun up nukurache igey

    1. GuDuMeena
      Me

      hahaha.. hmmm.. balaanan..

  7. Rish-mee

    Hey gudu ur back … ??? anika vx salhi vaahaka thakeh fehnaane kamah uhmeedh kuran.. gud luck gudu☺☺ so happy to see u again???

    1. GuDuMeena
      Rish-mee

      ? Happy to see ur comments again..☺☺ Thank yew..

  8. Nahthu

    Heii haadha dhuvaheh fahun nahthu ah vv tythi story eh my… Thanks mihaadhuvas fahunves up kohladhinyma thanks dear…..

    1. GuDuMeena
      Nahthu

      its all my pleasure.. Thank u Nahthu..

  9. Barbie

    Ohmygoddd!!!!! I just cant believe this. What a pleasant surprise early morning. ?? Thankyou Guduuuu! Love u soooo much. Plssss dont dissapoint us this time. Plssssss :'( soo happppy to have you back. Raina also plx come back 🙁 🙁 🙁 🙁 love u :*

    1. GuDuMeena
      Barbie

      Thanks Barbie.. Its a surprise for me too.. all of u r still the same.. 🙂 ??

  10. Princess Noddy

    Gudu is back…v ufaa vejje mi story up vefa inyma. V salhi mi bai vess

    1. GuDuMeena
      Princess Noddy

      hehehe yeah.. I hope so.. Thankew Princess.. ?

  11. lai

    guduuuuuu … i’m so happy ur back… uhh .. haadha inthixaarekey thikuruvyy ….. um soooooooooo happpy …. hehe …. i thought dhn gudu mi story continue eh nukuraane kamh .. ekam fb post fenunyma inguny vy goiy … 🙂 … thank u so much gudu … mi story v v v salhi .. mi ba vess .. keep up the gud work .. n gud luck gudu .. n i knw how bxy u are .. no worry’s … 🙂

    1. GuDuMeena
      lai

      Thanks Lai.. for understanding.. Its good to be back.. 😀

  12. hadhee

    Haadha dhuvahehge inthizaarakashey nimun miaee

  13. GuDuMeena

    ehehe Thank u everyone.. Love u all.. ??

  14. Fathun

    mi story ge kuree ge baithah kiyeynee kihineh

    1. GuDuMeena
      Fathun

      Author name ah Click kolla.. Story pic kairee innaane.. 🙂

  15. Barbie

    Gudu. R u writing by the request of admin

    1. GuDuMeena
      Barbie

      He too asked me.. recently.. Thank u all for the request.. 😉 eyru ves I was kinda writing.. hama vaguthu v varakun.. ehen ve ehaa avahah up koh levuny.. ?

  16. lam

    Varah reethi Mi part ves….waiting for d. Next 🙂

    1. lam
      lam

      Omg omg…hadhaa dhuvaheh vehje lam mi srty ah inthizaaru kuraathaa..finaly mi stry kiyaalan milibuny..m so happy dat ur back gudu..mi lam mihaathanan ehmen kiya hithun kee stry..next part avahah up kohdhehchey plx plx…I luv dix stry ♥♥♥

    2. GuDuMeena
      lam

      hehehe. . . thanks Lam.. I will try my best..

  17. aika

    story vv nice. gudu ge vaahaka site akee kobaa?

    1. GuDuMeena
      aika

      gudu.esy.es

  18. shiha

    V slahi nge… dhn kn irakun up kohdheyny?

  19. Lishy

    Gudu haadha onthixaareh koffa huttaey thigenesdhiny brother

    1. GuDuMeena
      Lishy

      eheheh. . . aan dhw Lishy.. Lishy ah vx enge ehnu kiy vegen kan vx.. 🙂

  20. Iph

    Waited so long for this story. Please i kindly request you to upload it as soon as possible. Willing to know what will happen next. 😀

    1. GuDuMeena
      Iph

      will try my best.. 🙂

  21. Barbie

    Guduuuuuu. Admin request kohgen tha vaahaka liyan thi feshy

    1. GuDuMeena
      Barbie

      Barbie ge thi suwal ge javaab dheefa innaane kurin kuri comment ga.. 🙂

  22. naax

    Esfiya ga vaahaka liyaameehunge gavaidhuga onagoidhw lahun update kuran.vaahaka ey part kiyaafa handhaan nethunyma aney part update kureveny……

  23. maani

    1 year fahun mikiyaalan libunee .midhen ekamaku boduvaru dhw gabulukuran bxy ves vaaneykan but abadhaku bxy ey nuvaaney dhw……

  24. I.S.H.A.A

    Salhi ooooo

Comments are closed.