އެއިރު ޖަޒްލީ ހުރީ ރަޒާން ގެ އެ ރުޅި ވެރި މޫނާއި ދިމާލަށް ބަލަން ށެވެ. “އޭތް މަ ބުނަން ރަނގަޅު ވާހަކައެއް މަގޭ ދޮންބެ އޭ ކިޔާ ފަ މިބުނީ ސުކޫލުގެ އޮންލައިން ސައިޓް އަށް ލާފިއްޔާމު މަހާ ނުލަފާ މީހެއް ނުހުންނާނެ” ރަޒާން މިހެން ބުނެފައި އަޒްކާ ގެ ފޯނު ގައި ފުޓުބޯޅަ އެއް ހެން ޖެހެއެވެ. ޖަޒްލީ ހުރީ ރަޒާން ގެ އެ ރުޅި ފެނިފައި ހައިރާން ވެފައެވެ. ދެން ރަޒާން މޫނު އަނބުރައިލީ ބޭރުން އައި އައިމަން އާއި ދިމާލަށް ށެވެ. “ބްރޯ ޗިލް” އައިމަން އައިސް ކްލާހަށް ވަންދެފައި ރަޒާން ކައިރި އަށް ދަމުން ބުނެލި އެވެ.
އެދުވަހު ސެޝަން ނިމުމުން އައިރާ އާއި ޒައިނާ އަދި ޖަޒްލީ ދިޔައީ ގެއާއި ދިމާލަށް ށެވެ. ތިން މީހުން އެހެން ދަނިކޮށް ކުރިމަތީގައި މީހަކު ހުއްޓުނެވެ. “ހާއި ގާރލްސް” އޭނަ ވޭވް ކުރަމުން ބުނެލި އެވެ. “ދޮންބޭ ކީއްކުރަން މިތާނގައި ތިހުރީ” ޖައިވާން ފެނުމުން ޖަޒްލީ ގޮސް އޭނާގެ ބޮލުގައި ފުއް ޓަތްކެއް ޖަހައިފައި ބުނެލިއެވެ. “އައްދޯއި މަވެސް މީ އިންސާނެކޭ ދެން ނުޖަހަބަލަ” ޖައިވާން ބޮލުގައި އަތް އަޅައިލައިފައި ބުނެލި އެވެ. އެއަށް ފަހު ޖަޒްލީ ގެ ކޮނޑަށް އަތް ވައްޓައިލިއެވެ. “ހިންގާ މިތަނުން ނެރެ ދީފާނަން ސަލާމަތުން” ރަޒާން މިހެން ބުނެފައި ޖަޒްލީ ގެ އަތުގައި ހިފުމަށް ފަހު ވަލުތެރެއިން ނުކުންނަން ދިޔައެވެ.
މާދުރު ނޫން ހިސާބެއްގައި މި މަންޒަރު ބަލަން ހުރި ރަޒާން އަށް އެ ފިރިހެން މީހާ ޖަޒްލީ ގެ ކޮނޑަށް އަތް ވައްޓއަލުމުން ރަޒާން ގެ ހިތަށް ތަދު ވި އެވެ. އެއަށްފަހު ރަޒާން ހިންގައި ގަތީ ގެއާއި ދިމާލަށް ދާން ށެވެ. ގެއަށް ގޮސް ވަނުމަށް ފަހު ދަބަސް ބަހައްޓާފައި ދިޔައީ އޭނާގެ ކޮޓަރި އާއި ދިމާލަށް ށެވެ. އެ ދިޔަ ގޮތަށް ގޮސް އެނދުމައްޗަށް ވެއްޓި ގަތެވެ. އެހެން އޮއްވާ ރަޒާން އަށް ނިދުނު އިރެއް ވެސް ނޭންގެއެވެ.
އިރު އޮއްސި އަނދިރި ކަން މުޅި ފަޒާ ގެ ތެރެއަށް ވެރިވެ ގަތެވެ. އުޑުމަތީގައި ރަސް ކަން ކުރަމުން ދިޔަ ހަނދު ވަނީ އެއްކޮށް ފުރިހަމަ ވެފައެވެ. “ޒާން ޒާން ތެދުވެ ބަލަ މިހާރު އިރު އޮއްސިއްޖޭ” ރައުޝާ ރަޒާން ގެ ކޮޓަރީގައި ޓަކި ޖަހަމުން ބުނެލިއެވެ. ރަޒާން އަށް ޖެހިލުން ވެއެވެ ނަމަވެސް ދޮރު ހުޅުވާލިއެވެ. “ހިންގާ ދަމާ” ރަޒާން ނިކުތް ގޮތަށް ބުނެލި އެވެ.
ތިން މީހުން އެއްކޮށް ދިޔައީ ރަށުގެ ވަލުތެރެއާއި ދިމާލަށް ށެވެ. އެއިރު އެތާންގައި ވޭމްޕަޔާ ހަންޓާސް ދިޔައީ ވޭމްޕަޔާ ޝިކާރަ ކުރަމުން އެވެ. ރަޒާން ވަގަށް ގޮސް އޭގެން މީހެއްގެ ކަރުގައި އޭނާގެ ތޫނު ދެ ފޭރާ ދަތުން ދަތް އަޅައިލި އެވެ. އޭނާގެ ލޭ ބޯ ނިންމާފައި ރަޒާން ތެދުވެލި އިރަށް ރަޒާން ގެ ލޮލުގައި އަޅައިގަތީ ޖަޒްލީ އެވެ.
***********************
“ޒައި ހިންގާބަލަ ހިންގާލަން ދާން” ޖަޒްލީ ފޫހިވެގެން ބުނެލި އެވެ. އެއިރުގަ ޒައިނާ ވެސް ހުރީ ފޫހި ވެފައެވެ. އެހެން ކަމުން ޒައިނާ އޯކޭ އޭ ބުނެފައި ޖަޒްލީ އާއި އެކު ރަށުގެ ފުއްޓަރު ފަރާތަށް ދިޔައެވެ. އެ ހިސާބަށް ދެވުނު ތަނާ ހެން ޖަޒްލީ އާއި ޒައިނާ އަށް މީހަކު ހަޅޭއް ލައްވާ އަޑު އިވުނެވެ. ޖަޒްލީ އަށް އެ ހިސާބަށް ދެވުނު އިރު އެމީހާ އޮތީ މަރުވެފައެވެ. ދެން އެތާ ކައިރީގައި ހުރި ރަޒާން ފެނުމުން ޖަޒްލީ ހަޅޭއް ލައްވަން މަސައްކަތް ކުރި އެވެ. ނަމަވެސް ޖަޒްލީ އަށް މިކަން ކުރަން ކާމިޔާބު ނުވީ ރަޒާން ޖަޒްލީ ގެ އަނގަ މަތީ ގައި އަތް އަޅައި ލުމުން އެވެ.
ޒައިނާ ޖަޒްލީ ހޯދުމަށް އޭނާގެ ފޯނުގެ ފްލާޝް ލައިޓް ދިއްލައިގެން އެކި އެކި ތަން ތަން ބަލަމުން ދަނިކޮށް ކުރިމަތީގައި ހުރި ރަޔާން ފެނި ޒައިނާ މަޑުމަޑުން ފަހަތަށް ޖެހެމުން ދިޔައެވެ. އެހެން ދަނިކޮށް ޒައިނާ ގެ އަތުގައި ހިފާ އޭނާގެ އަތް ފަހަތަށް ޖަހައި ލިއެވެ.
ޒައިނާ މަޑުމަޑުން ފަހަތަށް ބަލާއިރު އެތާންގައި ވޭމްޕަޔާ އެއް ހުއްޓެވެ. އެ ވޭމްޕަޔާ ދިޔައީ ޒައިނާ އާއި ކައިރި ވަމުން ނެވެ. ނަމަވެސް މި ވޭމްޕަޔާ އަށް މިކަން ކާމިޔާބު ނުވީ ރަޔާން އައިސް ޒައިނާ އޭނާގެ އަތުން ޖަހައި ގަތުމުން އެވެ. “މީނަ އަކީ މަގޭ މިލްކެއް ކަލޭ ހަމަ މިހާރު މިތަނުން ދާން އުޅޭ” ރަޔާން މިހެން ބުނުމުން އެ ވޭމްޕަޔާ އެތަނުން އަވަސް އަވަހަށް ދިޔައެވެ.
“ޒައި މި ތާން ގަ މިވަގުތު ކީއް ތިކުރަނީ؟ އިންގޭ ތަ މީ ކޮން ކަހަލަ ވަގުތެއް ކަން؟ ޒައި އަހަރެން ނައި ނަމަ ޒައި ގެ ދުވަސް ދިޔައީސް…. ޒައި ދެން ބުނެބަލަ ކީއްވެ ތަ އަހަރެން އެވޮއިޑް ކުރަނީ؟” ރަޔާން މާޔޫސް ވެފައި ހުރެ ބުނެލި އެވެ. “އަހަރެން މި ދަނީ ދާން ޖަޒޫ ހޯދަން” ޒައިނާ މިހެން ބުނެފައި އަނެއް ފަރާތަށް އެނބުރި އަވަހަށް އެތަނުން ދާން އުޅުނެވެ. ނަމަވެސް ޒައިނާ އަށް މިކަން ކާމިޔާބު ނުވީ ރަޔާން ގޮސް ޒައިނާ ގެ އަތުގައި ހިފާ ޒައިނާ އޭނާއާއި ކައިރި ކުރުމުން އެވެ. އެއަށްފަހު ރަޔާން ޒައިނާ ގެ ތުންފަތަށް ބޮސް ދޭން ފެށި އެވެ.
ޖަޒްލީ ހުރީ ރަޒާން ގެ އަތް ދޮށުގައި ހައްޔަރު ވެފައެވެ. “ޖަޒްލީ ޕްލީސް ހަޅޭއް ނުލަވާތި އެހެން ނޫނީ މީހަކު އައިސް އަހަރެންގެ ދުވަސް ދުއްވާލާދާނެ ޕްލީސް” ރަޒާން ގެ ބިރުވެރިކަން ފެނި ޖަޒްލީ ހައިރާން ވި އެވެ. “އޯ އެމް ޖީ އައި ކޭންޓް ބްލީވް ދިސް އައިމް ފްރެންޑްސް ވިތް އަ ވޭމްޕަޔާ ރަޒާން ކީއްވެ އަހަރެން ގާތު ނުބުނީ ފައިނަލީ މައި ޑްރީމް ހޭޒް ކަމް ޓްރޫ” ޖަޒްލީ އުފަލާއި އެކު ބުނެލިއެވެ.
“ހަހް! ޖަޒްލީ ގެ ޑްރީމް؟” ރަޒާން ހައިރާން ވެފައި ހުރެ ބުނެލި އެވެ. “އާން އަހަރެން ވަރަށް ބޭނުންވި ވޭމްޕަޔާ ފްރެންޑް އެއް. ރަޒާން ކީއްވެ އަހަރެން ކައިރީގައި ނުބުނީ؟” ޖަޒްލީ ހިނިތުން ވެލާފައި ބުނެލިއެވެ. “އެއީ ޖަޒްލީ އަހަރެން އެވޮއިޑް ކޮށްފާނެތީ އައި ވޯޒް ސްކެއާރޑް” ރަޒާން އިސް ޖަހައިލައިގެން ބުނެލި އެވެ.
“އެ އޯކޭ ވާނެ ހިންގާ ދަމާ” ޖަޒްލީ މިހެން ބުނެފައި ރަޒާން އާއި އެކު ޖަންގަލި ތެރެއިން ނިކުންނުމަށް ދިޔައެވެ. ނަމަވެސް ދެމީހުން ގެ ނަޒަރު ހުއްޓުނީ އެތާ އެއް ފަރާތެއްގައި ތިބި ރަޔާން އާއި ޒައިނާ ފެނިފައެވެ. “ވަޓް އިން ދަ ވޯލްޑް” ޖަޒްލީ ހައިރާން ވެފައި ހުރެ ބުނެލި އެވެ.
***ނުނިމޭ ***
