Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ޔާރާ ފެނުނީމާ 2

Ali Alsham Level 110 Stories
February 24, 2022 5 Mins Read
0 Comments

ދެން ފްރެންޑްސް ދޯ. މަގޭ ކޮއްކޮ އީނާއާއެކު އުޅޭނީ. އޯހް. އެންމެ މުހިއްމު ތަންކޮޅުދޯ. ޝީއިސް ސިންގަލް. ފުރިހަމަ ނަމަކީ އާމިނަތު ކައިރާ އަފީފް. އުޅޭނީ ހޮސްޕިޓަލްގެ ވައަތްފަރާތު ހުންނަ ގޭގަ. ދެން ފޯން ނަންބަރ..”

” ހޯހޯހޯ. ކާމް ޑައުން ބުރޯ. ބްރީތް. ބްރީތް. ތިހާވަރު ވާކަށް އަދި ނުވެޔޭ.” ރީހާން އެއްނޭވާއިން ހުރިހާ ވާހަކަތަކެއް ދައްކަންފެށުމުން ނާއިކް ހިނިއަންނަ ގޮތްވިއެވެ.

” ހުއް. ކިޔައިދޭންޖެހޭނެނު. ތިއޮތީ ހިތްކިޔައިފަ ވިއްޔާ” ރީހާން އަދިވެސް ބެލީ ނާއިކްއާ ދިމާކުރެވޭތޯއެވެ.

” މަށެއް ނޫޅެން. އެއީ ކާކުތޯ ދެންހަމަ އަހާލީނު” ނާއިކް އޭނާގެ ދިފާޢުގައި ވާހަކަ ދެއްކިއެވެ.

” މިތަނަށް އެހެންމީހުންވެސް ވަދޭ. އެކަމަކު އެއީ ކާކުތޯ މިއީ ކާކުތޯ ނުބަލަމެއްނު.” ރީހާން އެހެން ބުނެލުމުން ނާއިކް އިސްތަށިގަނޑުގައި އަތް ހާކާލުމަށްފަހު އިސްޖަހާލީ ހިނިތުންވެ ހުރެއެވެ.

މިތަނަށް އެހެން މީހުންވެސް ވަދޭ. އެކަމަކު އެއީ ކާކުތޯ މިއީ ކާކުތޯ ނުބަލަމެއްނު. ” ރީހާން އެހެން ބުނެލުމާއެކު ނާއިކް އިސްތަށިގަނޑުގައި އަތް ހާކާލުމަށްފަހު އިސްޖަހާލީ ހިނިތުންވެ ހުރެއެވެ.

******* *****

އާދުވަހަކަށް އިރު ފެނުން ތޮޅިލިއިރު ރަށުތެރޭގެ ހަލަބޮލިކަން އިތުރުވެ ކޮޅުކޮޅު މައްޗަށް މީހުން ހޭލަމޭލަވަމުން ދިޔައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އިރުއެރުމާއެކު އަޟްހާ ޢީދުގެ ފޯރި ފެށިގެން ދިޔައީއެވެ. ޢީދު ދުވަސްތައް ކުލަގަދަކޮށް ފާހަގަކޮށް އެކިއެކި ސަޤާފީ ކުޅިވަރުތައް ކުޅުމާއި އުފާފައުޅު ކުރުމަކީ ދިވެހިން އާދަވެގެން ޢީދު ދުވަސްތަކުގައި ކޮށްއުޅޭ ކަންކަމެވެ.

ޢީދު ނަމާދުން އަވަދިވުމަށްފަހު ކައިރާ މިސްކިތުން ފައިބައިގެން ގެއަށް ދިޔައީ ފަރީދާއާއެކުގައެވެ. ފަރީދާގެ ހަންގަނޑުގައި ޖެހިފައިވާ ރޫތައް ގިނަވެ މުސްކުޅިވެފައިވާ ކަމުގެ ނިޝާންތައް މޫނު މަތިން ފެންނަމުން ދިޔައެވެ.

ކައިރާ ގެއަށް ވަދެ މާކަގިނަ އިރުތަކެއް ނުވަނީސް އީނާ ދުވަމުން ތެޅިފޮޅަމުން އައިސް އެގެއަށް ވަނެވެ.

” ހޫން. އެއްކަލަ ހައިތަމްމެންގެ ކަންތަކޭ. މަންމަ ބުނެގެން ދޮންދައްތަމެން ގެޔަށް ވަދެފަ ނުކުތްތަނާހެން ކުލައާއި ފެނާއި ހިފައިގެން އައިސް އެމީހުން ހީވަނީ އެހެންފަދަ ކަމެއްހެން. އަވަހަށް ދުވަމުން މިގެއަށް މިވަނީ. ކައި ހިނގާބަ މަށާއެކީ ގެއަށް ގޮސްލާފަ އަންނަން. ޕްލީޒް”
މާނޭވާ ލަމުން އީނާ ވާހަކަދައްކަމުން ދިޔައިރު އެންމެ ފަހުން އޭނާ އެދުނީ ކައިރާ އޭނާއާ އެއްކޮށް އައުމަށެވެ.

“(އެކީއްކުރަން؟)” ސުވާލުގެ ނަޒަރަކުން އީނާއަށް ބަލާލުމަށްފަހު ކައިރާ އަތުން އިޝާރާތްކުރިއެވެ.

” ކަމެއްކުރާކަށް ނޫނޭ ދެން. މިއީ ޢީދޭ ރަންކޮޅާ. ފަރީދާއްތާ. ބަލާބަލަ މިކައިރާ. މިއޮތް ބޮޑު ޢީދުގަވެސް ގޭތެރޭގައޭ މިއޮންނަނީ.” ފަރީދާއަށް ބަލާލަމުން އީނާ ބުނެލިއެވެ.

” އެތެދެއް ކައިރާ ގޮސްލާފަ އާދޭ.” ފަރީދާ ހިނިތުންވެލިއެވެ.

***** ******
ރީހާންމެން ގޭގެ ދޮރުމަތީގައި ނާއިކްއާއި ރީހާން ތިއްބެވެ. ނާއިކްއަކީ ރީހާން މާލޭގައި ކިޔަވަން އުޅުނު އިރު ދިމާވި ރައްޓެއްސެކެވެ. ބޮޑު ޢީދު ޗުއްޓީއަށް އައިސް އޭނާ އެހުންނަނީ ރީހާންމެންގެ ގޭގައެވެ. ދެމީހުންގެ ނަޒަރު ހުއްޓުނީ ގެއަށް ވަދެގެން ދިޔަ އީނާއާއި ކައިރާއަށެވެ.
” ދެން ހަމަ ގެއްލިފަ. ގޮސް އެމަންޖެ ގަޔަށް ފެން ކޮޅެއް ނަމަވެސް ޖަހާލާނަމަ ދޯ ކަމެއްކުރެވުނު ކަމަށްވާނީ. ތިހެން އަނގަ ހުޅުވައިގެން ބަލަހައްޓައިގެން ހުރީމަ ނުވާނެ އެއްކަމެއްވެސް.” ނާއިކް ކައިރާއަށް ބަލަމުން ދާތަން ފެނުމުން ރީހާން ބުނެލިއެވެ.

” މަށަށް ނުކެރޭނެ ކަމަށްތަ ހީކުރީ. ބަލައްޗޭ.” ނާއިކް ގޮސް ފެން ޓައްޕަކަށް ފެން އަޅައިލީ ގޯތިތެރޭގައި ހުރި އިސްކުރުއިންނެވެ. ފާރު ކައިރީ ފެން ޓައްޕު އަތަށް ނަގައިގެން ހުރީ ކައިރާ ނުކުންނަންދެނެވެ. ގޭގެ މައިދޮރު ހުޅުވިއްޖެއެވެ. ނާއިކް ނިކަން ހުށިޔާރު ވެލާފައި ފެން ޓައްޕު އެމީހެއްގެ ބޮލަށް އޮއްސާލިއެވެ. އެއާކު ރީހާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ފަހަތުން ނުކުތް ކައިރާއަށްވެސް ހެވުނެވެ.

ތެމިފޯވެފައިވާ ޙާލު އީނާ އިސްއުފުލާލީ އެމީހަކަށް ރަނގަޅަށް ބަވައިލާނަމޭ ހިތާއެވެ. ނަމަވެސް ހުސް ޓައްޕު އަތަށް ނަގައިގެން ހުރި ނާއިކް ފެނުމުން ކިޔަން އުޅުނު އެތި ހަނދާން ނެތިގެން ދިޔަ ކަހަލައެވެ. ހަޤީޤަތުގައި ނާއިކް އޭނާގެ ގަޔަށް ފެންޖެހުމުން އޭނާވީ އުފަލެވެ. ނާއިކްގެ އެފަދަ ކޮންމެ އިޝާރާތަކީ އޭނާގެ ހިތް އެކަމަށް އެދި ބޭޤަރާރުވެފައިވާ ކަމެކަމެވެ. ނާއިކްއާ ވާހަކަދައްކާލުމަށް އޭނާގެ ހިތް އެދެއެވެ. ފެންނަ ހިސާބުގައި ހުރުމަށްވެސް އޭނާ ބޭނުންވެއެވެ. ބުނެދޭން ނޭނގޭ އެތައް އިހުސާސްތަކެއް އޭނާއަށް ކުރުވައެވެ.

“އަޅޭ. ދެން މުޅި ގަޔަށޭ.” ނޫން ކަމަށް ހެދެމުން ތެތް އަންނައުނުގައި އީނާ އަތް ހާކާލިއެވެ.

” ކިހިނެއް ތިހެދީ؟ މީނާ އުޅުނީ ކައިރާ ގަޔަށް ފެންޖަހަންށޯ.” ރީހާންއަށް އަނގަމަޑުންލައިގެން ނުހުރެވުނެވެ.

” (އީނާ. ދެންދަނީ.. މާމަ ހޯދާނެ މިހާރު.) ކައިރާ އަތުން ހަރަކާތް ކުރުމަށްފަހު ހިނގައިގަތީ ގެއާއި ދިމާލަށެވެ.

” މީނާ ވަރަށް ލައިކްވެޔޯ ކައިރާދެކެ. މަށަށް އޭރުވެސް ހީވިއޭ މިރަށަށް އައިސް މިކަހަލަ ކުޅިއެއް ކުޅޭނެހެން.” އީނާއަށް ބަލާލަމުން ރީހާން ނިކަން ފޯރިއާއެކު ވާހަކަދެއްކިއެވެ. ނާއިކް އެއްވެސް އެއްޗެއް ނުބުނެ ހިނިތުންވެލައިގެން ހުއްޓެވެ.

ނަމަވެސް އެކަމުން އީނާއަށް ލިބުނު އުފަލެއް ނެތެވެ. ހިތަށް ތަދުވާ ކަހަލަ އިހުސާސެއް ކުރެވުނީއެވެ. ނާއިކް ކައިރާއާއި ގަޔާވުމުން އެކަމުގައި އޭނާ ދެރަވާން ޖެހޭވަރުގެ ކަމެއް އެބައޮތް ހެއްޔެވެ؟ އޭނާގެ ހިތަށް އަސަރުކުރުވަނީ ކީއްވެ ހެއްޔެވެ؟ އެއީ އެހިތުގައި ލިޔެވިފައިވަނީ ނާއިކްގެ ނަން ކަމަށްވާތީ ހެއްޔެވެ؟ އޭނާއަށް ނާއިކް ދެކެ ލޯބިވެވުނީ ބާވައެވެ؟ އެހެންވެއްޖެނަމަ އެލޯބި ހޯދަން ދެން އޭނާވީ ކައިރާއަށް ހަސަދަލާން ހެއްޔެވެ؟ މިހާރުވެސް ކައިރާއަށްޓަކައި ހިތުތެރޭގައި ހަސަދައިގެ އޮއިވަރުގެ ބާނިތައް އުފެދެން ފަށައިފިއެވެ.

” އޭތް. ކޮން ހިޔާލެއްގަ ހުރެގެންތަ ބިމަށް ތުން ހެރިފަ ތިހުންނަނީ؟” އީނާ ހުރިގޮތަށް ހުންނަން ފެށުމުން ރީހާން އަހާލިއެވެ. އެއްޗެކޭ ނުބުނެ ބޯހޫރާލުމަށްފަހު އީނާ ގެއަށް ވަދެ ގާތްވެފައިވާ.

****** *******

ޢީދުގެ ދުވަސްތައް ހޭދަވެގެން ދިޔައީ އެކިއެކި ކުޅިވަރުތަކުގައި ބައިވެރިވުމާއި ކުޅި ބެލުމުގައެވެ. ނާއިކްއާއި ކައިރާގެ ދެމެދުގައިވި ބީރައްޓެހިކަމުގެ ފާރު ނެތިކޮށްލައި ދެމީހުން ދެމެދުގައި އެކުވެރިކަމުގެ ގުޅުން އުފެދުނީ ނާއިކް އެކަމަށް އިސްނަގައި އުޅެން ފެށުމުންނެވެ. އެކަމުން އީނާ ހިތްހަމަނުޖެހުނު ނަމަވެސް އެކަން އޭނާ ފޮރުވީއެވެ.

ރޭގަނޑުގެ ވަގުތެވެ. ނާއިކް ކައިރާމެންގެ ގޭދޮރުމަތީގައި ހުރީ ކައިރާ ނުކުންނަން ދެނެވެ. ޢީދުގެ އެންމެ ފަހު ރޭގައި އޮތް ޝޯވް ބެލުމަށް އޭނާ ހުރީ ކައިރާ ބަލާއައިހެވެ. އިރުކޮޅެއް ފަހުން ކައިރާ ނުކުތްތަން އޭނާއަށް ފެނުނެވެ. ލައިގެން ހުރި ކަޅު ކުލައިގެ އަރިފެޅި ހެދުމާއި ނޫޖީންސްގައި ކައިރާ ފެންނަލެއް ނުލާހިކު ރީއްޗެވެ. ބޮލު މެދަށް ހުޅިއެއް ޖަހައިފައިވީނަމަވެސް ކުދި ކުދި އިސްތަށިތައް އޭނާގެ ކަންފަތް ބުޑުގައި ސަމާސާ ކުރަމުން ދިޔައެވެ.

“( ކޮބާ އީނާ. ގޭގަތަ؟)” ކައިރާ އައިސް ހުއްޓިލީ ނާއިކްގެ ކުރިމަތީގައެވެ. ނަމަވެސް ކައިރާ އަތުން އެކުރި އިޝާރާތެއް އޭނާއަކަށް ފަހުމެއް ނުވިއެވެ. ގިނަފަހަރު ވަނީވެސް އެހެންނެވެ. ކައިރާ ސައިން ލެންގުއޭޖުން އަތުން ދައްކާ ހަރަކާތުން އޭނާއަކަށް އެއްޗެއް ދޭހައެއް ނުވެއެވެ. ނާއިކް ބުމަ ކައިރިކޮށްގެން ބަލަހައްޓައިގެން ހުންނަން ފެށުމުން ކައިރާ އަނެއްކާވެސް ނާއިކްއަށް ވިސްނޭނެހެން ލަސްލަހުން އެހަރަކާތް ކުރިއެވެ.

” ހޫމް. އީނާދޯ. އޭނަ އެބައުޅޭ ގޭގަ. އަންނާނަމޯ ބުނީ. ގޭގަ ނިކަން ނައްޓާފަ ހުންނަނީ މިހާރު. 100ކައިގަ އަބަދުވެސް. އީނާ ހަމަ އެހާ ރުޅިގަދަތަ؟”

ނާއިކް އޭނާއަށް އީނާގެ ފަރާތުން ފާހަގަވާ ކަމެެއް ކައިރާއާ ހިއްސާކޮށްލިއެވެ. ކުރިން ނިކަން މަޖާވެލާފައި އުޅުނު އީނާ މިހާރު މީހަކު ސަމާސާއަކަށް އެއްޗެއް ބުނެލިޔަސް ރުޅިއައިސްގެން އެހާ ވަރުއަރުވާނެއެވެ.

ކުރިޔަށް ހިނގައިގަންނަމުން ކައިރާ ދެއަތަށް ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އީނާގެ އުޅުމަށް އައި ބަދަލު ކައިރާއަށްވެސް ފާހަގަވިއެވެ. އަބަދު އަނގަގަދަވެފައި ހުންނަ އީނާ މިހާރު ހުންނަނީ ނިކަން މަޑުންނެވެ. ކޮންމެވެސް ކަމަކާ ހިތް ހަމަނުޖެހިފަ ހުންނަހެންވެސް ހީވެއެވެ.

ބޭރަށް ނުކުތް ފަރީދާއަށް ދެންމެ ފެނުނު މަންޒަރުން މޫނުގެ ކުލަ އޮއްސުނު ކަހަލައެވެ. ކައިރާ އެފިރިހެން ކުއްޖާއާއެކީ ހުއްޓާ ދެރެއަކު މަތިން މިހާރު ފަރީދާއަށް ފެނިއްޖެއެވެ. އަނެއްކާ އެދެމީހުންގެ ދެމެދުގައި ގުޅުމެއް އޮތީބާވައެވެ؟ ނޫނެކެވެ. އެހެންވެދިޔަ ދީގެން ނުވާނެއެވެ. އަފީފްގެ ވަސިއްޔަތާ އެއްގޮތަށް ކައިރާ ގުޅެން ޖެހޭނީ އަޔާންއާއެވެ. މަގުގެ އެއްފަރާތުގައި ހުރި ޖޯލިފަތީގައި އިށީދެލަމުން ހައުސްކޯޓުގެ ޖީބުތެރެއަށް އަތްކޮށްޕާލުމަށްފަހު ބައްތި ފޯނު ނަގައި ނަންބަރުތަކަކަށް ފިއްތާލުމަށްފަހު ފޯނު ކަންފަތުގައި ޖަހާލިއެވެ.

” ހަލޯ. މިއަންނަ ހަފްތާގެ ހޮނިހިރު ދުވަހު މާލެ އަންނަގޮތަށް ނިންމައިފިން. އެހެންވީމާ ކައިރާއަށާއި މަންމައަށް ޓިކެޓްނަގައި ކަންކަން ހަމަޖައްސާލާ.” އެކޮޅުން ފޯނު ނެގުމާއެކު ފަރީދާ ހާސަރުދިގުނުކޮށް އޭނާ ދައްކަން ބޭނުންވި ވާހަކަ ދައްކާލިއެވެ.

“އެކަމް ކުއްލިއަކަށް ކިހިނެއްވީ؟ ކަމެއްވީތަ؟” އެކޮޅުން ވާހަކަ ދެއްކި މީހާގެ އަޑުގައި ހާސްކަމެއްވިއެވެ.

” ނޫން. ރަމީޒް. މަންމަ މިއަދު ލޯމަރާލިޔަސް ނިކަމެތިވާނީ ކައިރާ. އޭނަގެ މަންމައެއް ބައްޕައެއް ގާތުގައި ހުރީކީ ނޫން. އެއްބަނޑު އެއްބަފާ މީހެއް ނެތް. އެހެންވީމާ ދަރިފުޅު އޭނައާއި ހަވާލުވާންޖެހޭނެ…..”

****** ******
ލޯގަނޑުން ފެންނަ އަމިއްލަ ސޫރައަށް ބަލާލަމަށްފަހު ލިޕްސްޓިކް ނަގައިގެން ތުންފަތުގައި އެހާކަމުން ގެންދިޔައީ ކުލަގަދަ ކުރާނަމޭ ހިތާއެވެ. އިރުއިރުކޮޅާ ފުށް މާގަނޑުވެސް މޫނުގައި ހާކައިލައެވެ. ކޮށްފައިވާ ގަދަ މޭކަޕާއި އެއްވަރަށް ހެދުމުގެ ޖަރީކަންވެސް އެހާމެ ބޮޑެވެ.

“ދުންޔާ..”

އިވިގެންދިޔަ ބާރު އަޑާއެކު ތެޅިގަނެފައި އޭނާއަށް ލިޕްސްޓިކް އަތުން ދޫކޮށްލެވުނެވެ.

” ސާބަސް އާމިރުއަށް. ހަމަ ތިހާ ބާރަށް ގޮވަންޖެހޭތަ؟ ސިއްސައިގެނޭ ދިޔައީ.” ކޮޓަރިއަށް ވަދެގެންއައި އާމިރުއަށް ބަލާލަމުން ދުންޔާ ހަމަޖެހިލިއެވެ.
” މިވަރަށް ގޮވައިގެންނޭ އަޑުއިވޭނީ. ކޮންތާކަށް ދާންތަ ތިއުޅެނީ؟”

” ފަޒީމެންގެޔަށް. އޭނަގެ ކޯސް ނިމުނީމަ ކެއުމަކަށް ދައުވަތު ދިނީމަ މިދަނީ.”

” އަބަދުވެސް ތިޔަ ފަޒީމެންނާއެކު ކޮންމެވެސް ސަކަރާތެއް ޖަހަން. ސަޔެކޯ. ކެއުމެކޯ. އެގޭ ކާމޭޒުދޮށުގައި ހަތަރުދަމު. ގޭތެރޭގެ އެއްވެސް ކަމެއް ދުންޔާއަކަށް ނުކުރެވޭ. އެކަމަށްވެސް މަމިޖެހެނީ ނޯކަރުން ލާފަ ބައިތިއްބަން.” އާމިރު ހިތްހަމަ ނުޖެހިފައި ހުރެ ވާހަކަދެއްކިއެވެ.

” ކީކޭތަ ކިޔަން ތިއުޅެނީ؟ ފަޒީމެންވެސް ހަމަ އެ…..” ދުންޔާ އިންތަނުން ތެދުވިއެވެ.

” ފަޒީ ފަޒީ ފަޒީ.. ކޮން ފަޒީއެކޭ ކިޔާކަށްތަ އެއްޗެކޭ ބުނާހާއިރަށް. އޭނަ އެހެންނޭ މީނަ މިހެންނޭ އެހެންވީމަ މަވެސް އުޅޭނީ މިހެންނޭ……. ހޫން. ނާއިކްގެ ހަބަރެއްވޭތަ؟ އަހަރެން ގުޅީމަ ފޯނެއް ނުނަގާ. ކަލޭ ކަހަލަ ގޮތްދޫނުކުރާ ބޯހަރު މީހެކޭ އެވެސް. މަގޭ ދެކެ ހިތްހަމަ ނުޖެހިފަ އެހުންނަނީ.” އާމިރު އަތަށް ފޯނު ނަގަމުން ވާހަކަދެއްކިއެވެ.

” ހުއް. ކޮންމެހެން މަގޭ ދަރިޔާއި ބެހޭނެ ކަމެއް ނެތް. މާދަން ނޫން އަނެއް ދުވަހު އަންނާނަމޭ ބުނީ”

ދުންޔާ ރުޅިއައިސްފައި ހުއްޓަސް ވާހަކަދެއްކީ މަޑުންނެވެ. އާމިރު ކޮޓަރިން ނުކުތުމުން އޭނައާއި ދިމާލަށް އަތުން ބުޅި ހަދައި ދަތްކުޑި ވިކައިލިއެވެ.

ނާއިކްއަކީ ދުންޔާ އަފީފްގާތުން ވަރިވުމަށްފަހު ނިޒާރުއާއި އިނދެގެން ލިބުނު ދަރިއެކެވެ. ކައިރާއަށްވުރެ ނާއިކް ދެއަހަރު ކުޑަވާނެއެވެ. އެއަށްފަހު އޭނާ މިހާރު އިނދެގެން އުޅެނީ އާމިރުއާއެވެ. އާމިރުއަކީ މާލޭގެ މުއްސަނދި މީހެކެވެ. ނާއިކްއަކީ އާމިރުގެ އުފަންދަރިއެއް ނޫންނަމަވެސް ބައްޕައެއްގެ ފަރާތުން ދޭންޖެހޭ އަޅާލުމާއި ލޯބި އޭގެ އެންމެ ފުރިހަމަ ގޮތުގައި ނާއިކްއަށް އޭނާ ދެއެވެ. އޭނާގެ އިތުރު ދަރިއެއް ނެތީމަޔާއި އެކުގައެވެ.

****** *******

ޖެހިގެން އައި ދުވަހު އިރުއެރުމާއެކު ކައިރާ ބަދިގޭގެ މަސައްކަތުގައި އަވަދިނެތި އުޅުނެވެ. ރޮށި ފިހެ މަސްހުނި ތައްޔާރުކޮށް ނިމުނުތަނާހެން ފަރީދާ ބަދިގެޔަށް ވަނެވެ. ފަރީދާ ހިތްހަމަ ނުޖެހިފައި ހުރިހެން ކައިރާއަށް ހީވީ ބަސްމަދުވެފައި ހުރުމުންނެވެ. ކަޅު ސައިތައްޓެއް ހަދައިގެން އައިސް ކައިރާ ކާންފެށިއެވެ.

” ކައިރާ ތިއުޅެނީ ކުއްޖަކާ ރައްޓެހިވެގެންތަ؟ ކޮންމެ ރެއަކު ކައިރާއާއެކު އެއުޅެނީ ކޮން ކުއްޖެއް؟”

ކައިރާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުން ފަރީދާ ކޮށްލި ސުވާލުން އަނގަޔައްލި ކާއެތިކޮޅުވެސް ސައިފޮދަކާ ނުލައި ދިރުވުންވީ އުނދަގޫ ކަމަކަށެވެ. ފަރީދާ މާފާޑަކަށް މިހުންނަނީ މިވާހަކައެއް އަހަންތާއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ali Alsham

Level 110 Stories

Other Articles

Previous

ތި ލޯބި-6

Next

ޔާރާ ފެނުނީމާ 3

Next
February 24, 2022

ޔާރާ ފެނުނީމާ 3

Previews
February 24, 2022

ތި ލޯބި-6



All Right Reserved!