ބުނަން ބޭނުމޭ 3
.
“އާދެ އަހަރެން ގެއަށް ދުރެއް ނުވާނެ” ރައުލާ ބުންޏެވެ. އަދި ރައުހާ އާއި އެ ފިރިހެން ކުއްޖާ ރައުލާ ގެ ފަހަތުން ހިނގައިގަތެވެ. “ފެން ބޭނުން” އެގެއަށް ވަތް ގޮތަށް ބުނެލިއެވެ. ރައުލާ ރެފްރިޖްރޭޓަރުން ފެންފުޅިއެއް ނަގާފައިވާ އެ ފިރިހެން ކުއްޖާއަށް ދިއްކޮއްލިއެވެ. އެ ފުޅީގައި އޭނާ ހިފާފާ މާސްކް ތިރި ކޮއްލިއެވެ. ރައުހާ އާއި ރައުލާގެ އަނގަ ވަގުތުން ބޮޑުވި އެވެ. އަދި ހައިރާންވެސްވިއެވެ.
ރައުހާ ފެން ކަޅި ވިއެވެ.
********
ފޯން އެލަރމް ވާ އަޑަށް ޒައުޝާ ކުޑަ ކުޑަ ކޮށް ލޯ ހުޅުވާލިއެވެ. 6:30 ވެފަ ހުރުމުން ތެދުވެ ފާޙަނައަށް ވަދެ ފެންވަރާނިކުތެވެ. އުޑު މަތި ބަނަ ވެފަ އަދި ފިނިވުމުން ޒައުޝާ ވާރޑްރޯބް އިން ހޫޑީ އަކާއި ދޫ ހަރުވާޅެއް ގަޔަށް މަހާލިއެވެ. އަދި އެ ރާޅު ބާނީ އިސްތަށިގަނޑުގަ ފުނާ އަޅާ މައްޗަށް ހުޅިއެއް ޖަހާލިއެވެ. ބަލާލާ ކޮންމެ މީހަކުވެސް އޭނާ އެހާ ރީއްޗޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. ފޯނާ ކުޅެމުން ކުޅެމުން ނިކުތް ޒައުޝާ ސިހުނީ މީހެއް ގައިގަ ޖެހުމުންނެވެ. ވީ ތަދެއްގެ ބޮޑުކަމުން މަޑު އާހެއްގެ ބަދަލުގައި ބާރު ބާރަށް ހަޅޭއްލަވައިގަތެވެ. “ދޮންބޭ ބަލާލައިގެން އުޅެބަލަ.. މީހާ ބާރުގަދަ ކަމުން މަ ފަކީރަށް މިހާރު މިތާކު އުޅެވޭކަށް ނެތޭ” ޒައުޝާ އިސް އުފުލާލާ ބަލާލާފަ ބުންޏެވެ. “އަދި މަ ދޯ މިގޯސް ވީވެސް..ޒައުއްޓެ ބަލަ އަބަދު ލޯބިވެރިޔާ ގިވައިގެން އުޅެނީ އެހެންވީމަ ތިވަރުވެސް ވާނެ” ފާރިއު ބުނެލިއެވެ. “އޭ… މަ ސިންގަލ އޭހް” ޒައުޝާ ދެލޯ އަޅާލިއެވެ. “އޯއި ތި ފޯނުގެ ވާހަކަ އޭ މިދައްކަނީ… އަބަދު ޒައުއްޓެ ހުންނަނީ ތި ފޯނުގަނޑަށް ގެއްލިފަ” ފާރިއު ކުނި މޫނު ހަދާލިއެވެ. “ފާރޭ އަބަދު ހުންނަނީ ތާކުން ފެންނަ ކާޅަކާހެދި މޮޔަ ވެފަ.”ޒައުޝާ ވަށްކަޅިން ބަލާލިއެވެ.” އޮހްހް ޑަރލިންގ… ޔޫ ނޯ ވަޓް އައި ހޭޓް ގާރަލްސް” ފާރިއު ބުންޏެވެ. “އޮހްހް ހަނީ ދެން ރޭގަ ކޮން އައި ކޮންޓެކްޓް އެކޭ ކީ” ޒައުޝާ އެއްސެވެ. “އެއީ ފެނުން ހުވަފެނެކޭ… ތި ސައި ބޯނެ އެއްޗެއް ހަދާބިލަ” ފާރިއު ވާހަކަ އޮޅުވާލިއެވެ. ޒައުޝާ ސައި ބޯނެ އެއްޗެއް ފާރިއު އަށް ހަދައި ދީފަ ބޭރަށް ދާން ހިނގައިގަތެވެ. “ކޮންތާކަށް ސައި ނުބޮއެ.. ސައި ނުބޯނަންތަ” ޒައުޝާ ދާން ހިނގައިގަތް ތަން ފެނުމުން ފާރިއު އެއްސެވެ. “ކޮފީ ތައްޓަކުން ފުދޭ އެހެންވެ ސައެއް ނުބޯނަން… އެންޑް އޯހ ޔެސް.. ޑޯންޓް ހައިޑް އެނީތިންގ ފްރޮމް މީ… އިފް ޔޫ ޑޫ ދެޓް ރިމެމްބަރ ތި މޫނެއް ސަލާމަތަކުން ނުހުންނާނެ.. އައި ހޭވް މައި އައިޒް އޮން ޔޫ” ޒައުޝާ ފަހަތަށް އެނބުރިފަ ފާރިއު އެންމެ ލޯބި ކުރާ އެކައްޗެއްގެ ނަން ބުނެފަ އެއްމިޔަ ކަނުން ހީނލާފަ އެނބުރި ދާން އުޅުނު ކޮޅަށް ދާން ހިނގައިގަތެވެ. ‘އަދި މަ މިހުރީ ހުރިހާ އެއްޗެއް ޔަގީން ކޮއްފަ ބުނަން ބަލަ މޮޔަ… ހަމަ އަބަދު މަގޭ މޫނާ ބެހެންޖެހޭތަ’ ފާރިއު ކުދި ކިޔާލިއެވެ. އަދި ސައި ބޯން ފެށިއެވެ.
“ނާއިޝް” ރައުހާ އަނގައިން ނިކުތީ އެ ނަމެވެ. އަދި ފެން ބޯން ހުރި ކުއްޖަ ރައުހާ އަށް ބަލާލިއެވެ. އެ ފިރިހެން ކުއްޖަ ދިޔައީ ސިހިގެންނެވެ. ކުރިމަތީގަ މިހުރީ ރައުހާއާއި ރައުލާ ނޫން އެހެން ދެމީހެއް ނޫނޭ އޭނާގެ ހިތް ބުންޏެވެ. ކުރިން މާސްކް އަޅައިގެން ހުރީމަ ނޭނގުނީ ތާއެވެ. އަވަހަށް އެނާ އެތަނުން ދާން ހިނގައިގަތެވެ. ނަމަވެސް ރައުހާ އޭނަގެ އަތުގަ ހިފާ ހުއްޓުވިއެވެ. “ނާއިޝް ކީއްވެ” ރައުހާ ނާއިޝް ގެ ދެލޮލަށް ބަލާލިއެވެ. ނާއިޝް އަށް ކުރަން އެނގުން ކަމަކީ ވާހަކަ ނުދައްކާ އިސްޖަހާލުމެވެ. “އަޅޭ ކީއްވެހޭ” ރައުހާ ދެން ބުނީ ކުރިއަށް ވުރެ ބާރަށެވެ. “ކަމެއް ނުވެ” ނާއިޝް އެހެން ބުނެފަ ރައުހާގެ އަތް ފޮޅާލަމުން އެގެއިން ނިކުމެގެން ދިޔައެވެ. ރައުހާ އެއޮށް ހުރިހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތައް ވަގުތުން ދޫކޮއްލިއެވެ. އަދި ކޮޓަރިއަށްވަދެ ދޮރު ޖަހާ ތަޅުލިއެވެ. މިއަދު ސްކޫލަށް ދާ ކަންވެސް ހަނދާން ނެތުނީ ކަންނޭނގެއެވެ. ރައުލާ ބާ ބޭކާރު ކަމެއް ނުކޮށް ގެތަޅުލާފަ ސްކޫލަށް ދާން ނިކުތީ ރައުހާ ދެން މިއަދު ނުދާނެ ކަން އެނގޭތީއެވެ. ސްކޫލް ބެލް ޖެހުމުން ގޮސް ކްލާހަށް ވަދެ އެތާނގަ އިން ހުސް މޭޒެއް ހޯދީ މިއީ މި އަހަރު ސްކޫލަށް އަންނަން ޖެހޭ ފުރަތަމަ ދުވަހަށް ކަމަށް ވުމުންނެވެ. އިރު ކޮޅެއް ނުވަނީސް ފިރިހެން ކުއްޖެއް އައިސް ރައިލާ އާ ޖެހިގެން އިން މޭޒަށް ދަބަސް އެއްލާލާފަ ރައުލާއަށް ބަލާލާފަ އެއްލޯ މަރާލިގޮތަށް ބޭރަށް ހިނގައިގަތެވެ. ރައުލާ ހުރީ އަނގަ ހުޅުވި ގޮތަށް ލައްޕަން ނޭނގިފައެވެ. “އޭހ ރައު… ހިނގަ އެސެމްބްލީ އަށް ދާން” ރައުލާގެ އެންމެ ގާތް އެކުވެރިޔާ މައިޝާ ގޮވާލިއެވެ. ދެމީހުން އެތައް ދުވަހެއް ވަންދެން ދިމާ ނުވެ ހުރެ އަނެއްކަ ދިމާ ވުމުން އެތައް ވާހަކަ ތަކެއް ހިއްސާ ކުރިއެވެ. އަދި އެސެމްބްލީ އަށް ގޮސް ތަރުތީބުވެލިއެވެ. “އެއްކަލަ ޕްރިންސިޕަލް ގަނޑު” ޕްރިންސިޕަލް ވާހަކަ ދައްކަން ފެށުމުން ކުދި ކިޔާލިއެވެ. އަދި ފަހަތުގަ ތިބި ފިރިހެން ކުދިން ހޭން ފެށިއެވެ. “ހޭކަށް” އެކުދިންނަށް އަޑު އިވޭވަރަށް ރައުލާ ބުންޏެވެ.
***************
ބްރޭކް ގަޑި ނިމުމުން ރައުލާ އަތް ދޮންނަ ތަނަށް ދިޔައީ ހިސާބު ގަޑީގަ އަތުގަ ވޮރކިންގ ތަށް ލިޔެފަ ހުރުމުން އެ އެއްޗެހިތަށް ފުހެންށެވެ. އަތް ދޮވެފަ ފަހަތަށް ބަލާނުލާ މާ އަވަހަށް އެނބުރުމުން ތަޅުންގަނޑުގަ ހުރި ފެންތަށް މައްޗަށް އަރާ ފިރިހެން ކުއްޖެއް ގައިގަ ޖެހި ދެމީހުން ވެއްޓުނެވެ.
-ނުނިމޭ-
