ބުނަން ބޭނުމޭ 1
ފޯން އާ ކުޅެމުން ކޮފީ ތައްޓެއް ބޯން ބެލްކަނީ ތެރޭގައި އިން ޒައުޝާ ސިއްސައިގެން ދިޔައީ މުޅި ރަށް އަނދިރި ވުމުންނެވެ. ދިޔަ ކަން އެނގުނީ ވެސް ގޯނާ އިން ވައިފައި ކެނޑުމުން ނެވެ. ކިރިޔާ ވެސް ޢަލީ ކަމެއް ވީ މިއީ ގަނޑުވަރު ދޭ ރެއަކަށް ވާތީއެވެ. ޒައުޝާ ފޯން އިން އަލި ކޮއްލަމުން ކޮޓަރިތެރެ އަށް މިސްރާބު ޖެހި އެވެ. ކޮޓަރި ތެރެއަށް ވަތް ކަމެއް ނޭނގެނީސް އަލުން ކަރަންޓު އައިސް ފިއެވެ. ރުޅި މޫނު ހަދާލާފަ ޒައުޝާ ގޮސް ވަނީ ފާޙަނަ އަށެވެ. ސިކުންތަށް ނުވަނީސް އަލުން ފާޙަނަ އިން ނިކުތެވެ. ފޯނުގެ ޗާޖް ހުރި ވަރަށް ބަލާލި އިރު ފަންސާސް ވަރަކަށް ޕަސެންޓް ހުރުމުން ބޭރަށް ނިކުތީ ހިނގާލަންށެވެ. އަތުގާ ޖެހުން ބޫޓަކަށް އަރައިގެން ބީޗަށް ދިޔައީ މާދުރުނޫން ހިސާބަކަށް ވުމުންނެވެ.
ކަޅު ކުލައިގެ ޓީޝާޓަކާއި ކަޅު ޖިންސު ސޯޓެއް ލައިގެން ހުރި މި ފިރިހެން ކުއްޖާ ރީއްޗޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ.n އެ ރާޅު ބާނީ އިސްތަށިގަނޑު އެ ދޮން ހަންގަނޑާއި ކިތަންމެހާވެސް ގުޅެއެވެ. ފޯން އަށް ހެޑްސެޓް ޕްލަގް ކޮށްލައިގެން ސިމްބޮލިކް ރެކޯޑްސް އިން އެންމެ ފަހުން ނިކުތް މުލާ އަލްބަމްގް ތަރި ލަވަ ޖަހާފަ ފޯނު ޖީބަށް ލުމަށް ފަހު އެ ދޮން ވެލި ގަނޑު މަތިން ހިނގަމުން ދިޔައެވެ. ލަވައިގެ ލިރިކްސް އާއި އެއްވަރަށް ކިޔަމުން ދަނިކޮށް ލޮލުގަ އަޅައިގަތީމާ އެތާ ކައިރީ ގައި އިށީންދެލައިގެން އިން އަންހެން ކުއްޖެކެވެ. ދޮން ވެލިގަނޑުގައި އެއްޗެއް ކުރަހާ ކަން އޭނާ އަށް އެނގެއެވެ. އެތާގަ އެކަނި އެ އަންހެން އިނުމުން މަޑު ހިނގުމެއް ގައި ގޮސް ތިރިވެ ލިއެވެ. އިރުކޮޅެއްވަންދެން ހުރެފާ ކަރުކެހިލި ތަނާ އެކުއްޖާ ސިއްސައިގެން ގޮސް ކޮޅަށް ތެދުވިއެވެ. އަދި އެ ފިރިހެން ކުއްޖާ އެ އަންހެން ކުއްޖާއަށް ވަރަށް ރީއްޗަށް ނަޒަރު ހިންގާލީ އެވެ. ކުރު ރަތް ކުލައިގެ ސޯޓަކާއި އެއްކޮށް ކަޅު ކުލައިގެ ގަޔަށް ދޫ ހޫދީ އެއް ލައިގެން ހުރި އިރު ހީވަނީ ކުޑަ ކުއްޖެއް ހެންނެވެ. ރާޅު ބާނީ އެ ދިގު އިސްތަށިގަނޑު ފެނުމުން އެ ފިރިހެން ކުއްޖަ އާޝޯޙު ވިއެވެ. ނަމަވެސް އެކަމެއް އޭނާގެ މޫނުމައްޗަކުން ނުދައްކައެވެ. ދެން އެ މުށިކުލައިގެ ކަޅި އަށް ބަލާލި ތަނާ ދެމީހުންގެ ހަތަރު ކަޅި ހަމަވިއެވެ. ހީވީ ފުން ކަނޑަކަށް ގެނބުނު ހެންނެވެ. އެ އަންހެންކުއްޖާގެ ހާލަކީ ތޯއެވެ. އެ ފިރިހެން ކުއްޖާގެ ނަޒަރު އޭނާއަށް ހުއްޓާލުމަށް ލަދު ގަންނަ ގޮތް ވިއެވެ. ނަމަވެސް ހަތަރު ކަޅި ހަމަ ކުރުމުން އެހެން ތާކަށް ބަލަން ނުކުޅެދިފައިވާ ފަދައެވެ.
ހަމަ ބިމަށް އާ ދެވުނީ ދިހަ ވަރަކަށް މިނެޓް ފަހުންނެވެ. އެ އަންހެން ކުއްޖާ ލަދުން އިސް ޖަހާލި އެވެ. “އައިމް އަރީޝް ވޮނަ ބީ ފްރެންޑްސް” ބުނަން ނުބުނަން ހުރެ ކާނަތް އަތް ދިއްކޮށްލަމުން އެ އަންހެން ކުއްޖާއަށް ބުނެލި އެވެ. ވިސްނުމެއްގެ ތެރޭގަ “ޔޭހް އައިމް ޒައުޝާ” ލަދު ރަކި އަޑަކުން ޒައުޝާ އެހެން ބުނެލިއެވެ. ޒައުޝާ ގެ އަޑު އަރީޝްގެ ކަންފަތުގައި ޖެހުމާއެކު ހީބިހި ނަގައިގަތެވެ. އެ މިއުޒިކެއް ފަދަ އަޑެވެ. އެ ލަދު ރަކި މިޒާޖެވެ. އާރިޝް އަށް ޒައުޝާ ކަމުދިޔައެވެ. އާރިޝް ޒައުޝާ ގެ ހޫޑީގެ އިން ހޫޑް ގަ ހިފައިގެން ހިނގައިގަތެވެ. ޒައުޝާ ހުރީ ފާޑަކަށް ބަލަހައްޓައިގެން ނެވެ. “ހްމްމް ކިތައް އަހަރު” އާރިޝް އެއްސެވެ. “ފިފްޓީން” ޒައުޝާ ދަތްކޮޅު ދިއްލާލަމުން ބުނެލިއެވެ. އާރިޝް އަށް ހިނި އަންނަ ގޮތް ވިއެވެ. ދެމީހުން އެއްލިގެން ދިޔައީ އާރިޝް ގެ ހެޑްސެޓް އިން ލަވައިގެ އަޑު އިވުމުން ނެވެ. ވަގުތުން އާރިޝް ލަވަ ނިއްވާލާފަ ހެޑްސެޓް ޖީބަށް ލިއެވެ. ޒައުޝާ ހޭން ފެށި އަޑަށް އާރިޝް ބަލާލާފަ ހިނިތުން ވެލާފަ ޒައުޝާގެ ވާތް ފަޅީގަ ހުރެ އޭނާގެ ކަނާތް އަތުގަ އަތް ވަށާލިއެވެ. ވަގުތުން ޒައުޝާގެ ބަސް ހުއްޓުނު ފަދައެވެ. ޒައުޝާގެ ހިތުގެ ވިންދު އާރިޝް އަށް އިހުސާސް ކުރެވޭ ފަދައެވެ. “ތިހާ ބިރު ގަންނާކަށް ނުވާނޭ” އާރިޝްގެ އިސްތަށިގަނޑު ތެރެއަށް އަތް މަހާލަމުން ބުނެލިއެވެ. އެ ވަގުތަކީ ޒައުޝާގެ ދެކޮލަށް ޖަންބު ކުލަ ވެރިވެގެން ދިޔަ ވަގުތެކެވެ. “ހުނހް އާރިޝް އަށް ކިތައް އަހަރު” ޒައުޝާ އެއްސެވެ. “ސަތާރަ މި އަހަރު އަށާރަ ވާނެ” އާރިޝް ބުނެލިއެވެ. ޒައުޝާ “އޯހ” އޭ ބުންޏެވެ.
“ހިޔަޅު.. ރަންނަމާރި.. ގެރި.. މައުސް.. ޖިންނި ކަލޯ.. ބުޅާ.. ކެޓް.. އޭހް ވެއިޓް.. ” ރައުލާ އަތަށް އިލޮށިފަތި ހެޔޮވަރު ކޮއްލިއެވެ.” ހާހާ.. ބެސްޓޫ ބުޅާ އެންޑް ކެޓް އިޒް އަ ސޭމް ތިންގީ.. ދެންވެސް ތި އިލޮށި ބައިންދާށެވެ މާ ފަހަތުން ނުދުވެ..އެހެންނޫނީ ވަޅަށް ލާނަން މާދަމާ ޕިކްނިކް އަށް ގޮސް” ރައުލާގެ އެންމެ ގާތް އެކުވެރިޔާ ފާރިހް ބުނެލިއެވެ. “ހޫން ދެލަ ވެއްދެ” ރައުލާ ތުން އޫކޮއްލަމުން ކުޑަކުއްޖެއް ފަދައިން ބުނެލިއެވެ. “އޯވން މައި ރާރާ އޯބި ކަން” ފާރިހް ވެސް ހަމަ އެ ރާގަށް ބުނެލިއެވެ. “ރާރާ ލުކް އެޓް މައި އައިޒް.. އައި ކޮންޓެކްޓް އެއް ނުހަދާ ތާ މިހާރު މަންތް އެއް ވެއްޖެ.. ނަމުން ބެސްޓީސް އޯ..” ފާރިހް ދެރަ ވާކަމަށް ހެދުމެވެ. “އުންހު ލަދު ގަނޭ” ރައުލާ ބުންޏެވެ. “ދެން ބަލާބާ ދޯ” އެހެން ކިޔާފައި އިސް ޖަހާލައިގެން ހުރި ރައުލާގެ ދަތްދޮޅީގައި ހިފައި މައްޗަށް ހިއްލާލަމުން ގަދަކަމުން ހަތަރު ކަޅި ހަމަ ކުރިއެވެ. ރައުލާ ދެ ލޯ ފެނުމުން އެހެން އިޙްސާސެއް ކުރެވުނެވެ. ހިތުގެ ވިންދު އަވަސް ވާން ފެށި އެވެ. މީ ކުރިން ވީ ކަމެއް ވެސް ނޫނޭ ފާރިހް ގެ ހިތް ބުންޏެވެ. “އެޭ ދެން ނިމޭން ވެއްޖެއްނު ދޯ ފާފާ” ރައުލާ ފާރިހްގެ މޫނު ކުރިމަތީ އަތް ހަލުވާ ލިއެވެ. ރައުލާއަށް ފާރިހް އަށްވި އެއްވެސް ކަމެއް ނުވާ ފަދައެވެ. “އޯވން ޝިޓް ސޮރީ.. ކުރިއަށް ވުރެ ތި ދެލޯ މާ އެޑޯރެބަލް” ފާރިހް ބުނެލިއެވެ. “އަމްމް އެ ކީއްވެ މި ހަމަ ކުރީގެ ލޮލޭ މޮޔަޔާ” ރައުލާ ބުނެލިއެވެ. “ދެން ނޭނގެ” ފާރިހް ބޯ ކަހާލާފަ ތެދުވެގެން ބޭރަށް ނިކުތެވެ. “ޑަޒް ހީ މީން… ނަހް ޑްރީމް އަކުން އެހެންވެސް ނުވާނެ” ރައުލާ އެހެން ކިޔާފައި ފާރިހް ފަހަތުން ދިޔައެވެ…
-ނުނިމޭ-
One Comment
Comments are closed.

Wow vrh reethi story eh
Waiting for the next part