Skip to content
އެސްފިޔަ

ވީމޭ އިންތިޒާރުގައި – ޓްރެއިލަރ

ރީހާން އާއި ލިއީޝް އަކީ ޚާއްޞަ ގުޅުމެއް އޮންނަ ދެ ފަރާތެކެވެ. ފެށުނީއްސުރެ ދުރުނުކުރެވޭނެ ފަދަ ގާތްކަމެއް އެދެމެދުގައި ވެއެވެ. އެހެނަސް އެކަން ރީހާންގެ އެންމެ ގާތް އެކުވެރިޔާ، އެލީޒާއަށް ސިއްރު ކުރެއެވެ. ރީހާންގެ ހިތުގައި ލިއީޝްއަށް ދެވިފައިވާ މަޤާމަކީ އެހެން އަންހެން ކުއްޖަކަށް އެ ހިތުން ދެވޭނެ މަޤާމެއް ނޫނެވެ. އެހެނަސް ލިއީޝް އާއި ޒާންއަށް ކުރެވޭ ކަންތަކުންނާއި ބީރައްޓެހިކަމުން ރީހާންގެ ހިތަށް އެތައް ޒަޚަމެއް ލިބެއެވެ. ނުވަތަ ފާޅުގައި ދެނީ ހެއްޔެވެ؟

 

އެހެން އުޅުމުގެ ތެރޭގައި އެލީޒާއަށް ރީހާން ދެކެ ލޯބި ވެވެއެވެ. ބުނަން ހިތްވަރު ކުރާއިރު ވެސް ރީހާން އަށް އެކަން ފާހަގައެއް ނުވެއެވެ. ކުރެވޭ އިޝާރާތްތަކަށް ސަމާލުކަމެއް ނުދެއެވެ. ނުވަތަ ދެވޭ ވަރަށްވުރެ ލިއީޝް އަށް ދީފައިވާ ސަމާލުކަން ބޮޑުވީއެވެ. ލިއީޝް ދެކެ ވާ ލޯބިންނެވެ. އެލީޒާއަށް ރީހާން ދެކެ ލޯބިވާ ވާހަކަ ބުނެވޭނެ ހެއްޔެވެ؟

 

★★★

 

 

ރީޝަމް އާއި ކިޔާން ދިމާވަނީ ރީޝަމްގެ އެކުވެރިޔާ، މާއިލްގެ ސަބަބުންނެވެ. އެ ދެ ހިތުގައި އެއް ވިންދެއް ޖަހަން ފަށައެވެ. ހަމަ އެހެންމެ ތިންވަނަ ހިތެއްގައި ވެސް ރީޝަމްއަށްޓަކައި ހަމަ އެ ވިންދު ޖަހަން ފަށައިފިވެ. އެ ފަރާތަކީ މާއިލް އެވެ. ރީޝަމްގެ ހިތަށް ތަދުކޮށްގެން ނުވަތަ ރީޝަމްގެ ހިތް ފުރި ބަންޑުން ކޮށްގެން ކަމަކު ކޮންމެވެސް އެކަކު އެކުވެރިޔާ އަށްޓަކައި ޤުރުބާނީއެއް ވާން ޖެހުނެވެ. އެ ޤުރުބާނީ ވާނީ ކާކު ހެއްޔެވެ؟

 

★★★

 

ރީހާން އާއި ރީޝަމް އަކީ އެއްބަނޑު އެއްބަފާ ދެބެއިންނެވެ. އަހަރު ތަކަކަށްފަހު އެދެމީހުން ދިމާ ވެއެވެ. ރީޝަމްގެ ނަޒަރުގައި ވާނީ ލިއީޝް ކިބައިގައި ވާހެން ރީހާންއަށް ބީރައްޓެހި ކަމެވެ. އެކަމުން ރީހާންގެ ހިތަށް ލިބޭ ވޭނަށް ވުރެ ރީޝަމްގެ ހިތަށް ލިބޭ ވޭން ބޮޑު ވާނެ ހެއްޔެވެ؟ އޭގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ ކޮބައި ބާއެވެ؟

 

★★★

 

ދިމާވާނެ ގޮން ޖެހުންތަކަށްފަހު ދެން ވާނެގޮތް ބަލާލުމަށް ކުރިއަށް ހުރި އެޕިސޯޑް ތަކަށް އިންތިޒާރު ކޮށްލާ!!

Happy new year all <33

Comments (11)

  1. mean gurrll

    Veemey inthizaarugai ge trailer vs vrh reethi. Waiting for the first part ❤️

    1. Baby Devil
      mean gurrll

      Thankiu mean gurl! ✨?

  2. Aishath Amaana

    Hiiiiiiiii dearrrr………
    nice to meet u again
    im glad that u kept ur words and started a new storyyy
    Its amazing that someone like u is an author
    ur stories are soooo freaking nice
    this story is also gonna be reallly realllly nice i bet
    i will always be waiting for ur stories dear
    cant wait to read the first part of ur this amazing story
    hope u upload it ASAP
    stay safe dear
    lysm
    tc
    and happy 2022
    oh and now u have become my fav author
    i really love u n ur stories
    hope u dont stop writing and continue to write stories……

    1. Baby Devil
      Aishath Amaana

      Haaii amaana
      Awh hehe.. I’m so glad to know this!!
      And yes I will submit it very soon ingeii..
      Tgc
      Ly2
      Oww fr?..thankiu sm dear! ?
      IA I will! ❤

  3. @RAMSHA

    Looking forward to this story ?
    Good luck
    HAPPY NEW YEAR TO YOU ?❤️

    1. Baby Devil
      @RAMSHA

      ❤✨
      Thankiu ramsha! Means a ?

  4. Ave

    Wowww! Trailer v vxx obi. Can’t wait to read this story ingeii bestie, ???

    1. Baby Devil
      Ave

      Ahah dats u dhw ave?! Thankss luvv!! ?✨?

    2. Ave
      Ave

      Afcorse dear… Welcome durl.. ???

  5. Hûdhãkkø

    Mi vaahaka vrh reethi vaane hen heevey
    Trailer vrh reethi
    Vrh avahah mivaahaka kiyaalan libeyne kamah unmeedhu kuran ????

    1. Baby Devil
      Hûdhãkkø

      Labba hudhakko! Will try to submit soon✨? thankiu ❤

Comments are closed.