Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބޭވަފާތެރި ވުމުން ޔާރާ 24 (ފަހުބައި)

Rain lover Level 310 Stories100 Comments100 Login
July 2, 2022 5 Mins Read
5 Comments

ދުވަސްތައް ފާއިތުވަމުން ދެއެވެ. އީނާއާއި ޖައުޝްގެ ދިރިއުޅުމަށް ލޫނާ ޒަހަރުލާން ތައްޔާރު ވަމުން ދިޔައިރު، ލޫނާގެ ދިރިއުޅުމަށް ބިޔަ ރާޅެއްގެ ހިޔަނި އެޅިފައިވީ ކަމެއް ލޫނާ ނުދެނަހުއްޓެވެ. އޭނާގެ ފަހަތުން އޭނާ ކުރި ކުށުގެ ސަޒާ އަންނަމުން ދިޔައީ ކިހާ ހަލުވިކަމާއެކު ކަމެއް އޭނާއަށް ތަސައްވުރެއް ނުކޮށް ލެވޭނެއެވެ..

***

ނާޔާއާއި ނާލާ ގޮވައިގެން ރެސްޓޯރެންޓަކަށް ނައުރީން ދިޔައީ ރަޖުއާން ބައްދަލް ކޮށްލަން އެދުމުންނެވެ. މާޒީގެ ބިރުވެރިކަމާއި ހިތިކަން ނައުރީންގެ އަރުތެރޭ އައުވެގެން ދާނެ ބައްދަލުވުމަކަށް އެ ބައްދަލުވުން ވެދާނޭ އޭނާގެ ހިތުގައި ވިއެވެ.. ޖެހިލުންވުމެއް ހިތުތެރޭ އޮތުމުން އޭނާ ދިޔައީ ނަޒްޔަކްވެސް ގޮވައިގެންނެވެ..

 

އިރުކޮޅަކުން ރަޖުއާން އައިސް ނައުރީންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. ފަނޑު ހިނިތުންވުމެއް ނައުރީންއަށް ދެމުން ނަޒްޔަކާއި ރަޖުއާން ސަލާމް ކޮށްލިއެވެ.. “އަހަރެންގެ ހިތަކު އެއްވެސް އަމިއްލަ އެދުމެއް ހަސަދަވެރިކަމެއް ނެތް.. އަދިި ނައުރީން ދެކެ ލޯތްބެއް ވެސް މިހާރު ނުވޭ..” ރަޖުއާން ބުނެފިއެވެ.. “ބޭނުންވި މާޒީގައި ހެދުނު ބޮޑު ގޯހަށް މައާފަށް އެދެން.. އަދި ނައުރީންގެ ވެސް ހުއްދަ އޮތްނަމަ މި ކުދިން ލައްވާ އަހަރެންނަށް ބައްޕަ ލިޔުއްވުން..” ރަޖުއާން ބުނެލިއެވެ.

 

ރަޖުއާންގެ ޖުމްލައިން ނައުރީންގެ މޫނުން ސިހުން ފާޅުވެލިއެވެ.. “ކިހިނެއް އެނގުނީ މިއީ ރަޖުއާންގެ ދަރިންކަމެއް..” ނައުރީން އަހާލައިފިއެވެ.. “ހެހެހެ.. އަހަންނާއި ނަޒްޔަކާއި ބައްދަލު މިވީ އަލަކަށް ނޫން..އޭނާ މީގެ ދެދުވަހެއް ކުރިން އަހަންނާ ބައްދަލުކޮށް ހުރިހާކަމެއް ކިޔައިދިން.. އަހަންނަށް އެކަމުން ދޭހަވީ އޭނާގެ ހިތުގައި އެއްވެސްކަހަލަ އަމިއްލަ އެދުމެއް ނުވާކަން.. އޭނަ ބޭނުންނަމަ އެކަން ސިއްރު ކުރެވުނީސް.. އެއީ ވަރަށް މާތް އިންސާނެއް.. އަހަރެންގެ ދަރިން ބަލައިދިނީ އަމިއްލަ ދަރިން ފަދައިން” ރަޖުއާންގެ އަޑު ކުރެހުނެވެ..

 

“ނާޔާ.. ނާލާ.. މިއީ ތިކުދިންގެ ބައްޕައޭ..” ރޮވިފައި ހުރެ ރަޖުއާން ބުނެލިއެވެ.. ދެކުދިން އެކަކު އަނެކަކަށް ބަލާލާފައި ނައުރީންގެ މޫނަށް ބަލާލީ ތެދެއްހޭ އަހާލާފާދަ ނަޒަރަކުންނެވެ.. ލަސްލަހުން ނައުރީން ބޯ ޖަހާލިއެވެ.. “ތެދެެއް އެއީ ދަރިފުޅުމެންނޭ.. މިއީ އަސްލު ތިކުދިންގެ ސްޓެޕް ޑޭޑް.. އެއީ އަސްލު ބައްޕަ..” ނަޒްޔަކް ބުނެލިއެވެ.. “މިއީވެސް، ތިއީވެސް ބައްޕަ.. ދެ ބައްޕަ ދެކެވެސް ނާޔާ ލޯބިވޭ” އިރުކޮޅަކު އިނދެލާފައި ނާޔާ ބުނެލިއެވެ.. “ނާލާ ވެސް” ހީނލަމުން ނާލާ ބުނެލިއެވެ.. ދެން މާހައުލުގައި ހުނުމުގެ އަޑު ގުގުމާލިއެވެ..

 

“ރަޖުއާންއަށް އަހަރެންގެ ހިތަކު އެއްވެސް ބުރަކަމެއް ނެތް.. މާފު ކޮށްފިން.. ދިރިއުޅުން ކިހިނެއް ތަ” ނައުރީން އަހާލިއެވެ.. “މަލްސާއާއި ދެމީހުން ވަކިވީ.. އުޅެވެން ނެތީމަ.. ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑުވެ ބައިގެންދިޔަ ފަހުން ވެސް 3 ފަހަރަށް މަލްސާ ބަލިވެއިން.. ދެން ސުލްހަވެރިކަމާއި އެކު ވަރިވީ” ކުރުކޮށް ރަޖުއާންގެ ދިރިއުޅުން ކިޔައިދިނެވެ.. “އިންޝާﷲ އަދި ރަނގަޅު ވާނެ..” ލުއިކޮށް ހީނލަމުން ނައުރީން ބުންޏެވެ.. “ކިތައް މަސް؟؟” ނައުރީންގެ ބޮޑުވެފައިވީ ބަނޑަށް އިޝާރާތް ކޮށް ރަޖުއާން އަހާލިއެވެ.. “ނުވައެއް.. ދެން ވިހަންވެފަ މީނދި..” ނައުރީން ފުން ހިނިތުންވުމެއް ދެމުން ބުނެލިއެވެ.. ރަޖުއާން ދެމަފިރިންނަށް މަރުހަބާ ކިޔެވެ..

****

ބޮލުގައި ރިއްސައިގަތް ގަތީނުން މުޅި ދުނިޔެ އަނބުރައިގަނެގެން ދިޔަހެން ލޫނާއަށް ހީވިއެވެ.. އެޔާއެކު ފާރުގައި ހިފަހައްޓައިލަމުން ލޫނާއަށް ތިރިވެވުނެވެ.. “އާހް.” ދަތްތައް ކާރުވާލާމުން ތަދަށް ކެތްކުރަމުން ލޫނާގެ ގެންދިޔައެވެ.. ހޮޑު ލަވައިގަތީ އެވަގުތު އެވެ.. ފާހާނާއަށް ވަދެ ހޮޑުލައިގެން ނުކުތްއިރު ގައިގައި ވަރެއް ނެތްނަމަ ވެސް ބޮލުގައި ރިހުން ކުޑަވެލިހެން ހީވިއެވެ.. ކުއްލިއަކަށް ހިތަށްއެރި އެއްޗަކުން ދެލޯ ބޮޑުކޮށްލެވުނެވެ.. އަވަސްއަވަހަށް ފޯނުން ކަލަންޑަރު ހުޅުވާލިއެވެ.. “ޝިޓް.. އޯހް ޝިޓް.. އައި މެސްޑް އަޕް” ލޫނާއަށް ބުނެލެވުނެވެ… އަދިި ނިޔަފަތި ހަފަން ފެށުނެވެ..

*****

ފާއިތުވެދިޔަ ދުވަސްތަކުގައި ލޫނާގެ ޚަބަރެއް ނުވާތީ އީނާއަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. “ޖައޫޝްޝް.. އަހަރެންމެން ބޭބީއަށް ޓްރައި ކުރަނީ ކޮން އިރަކުން ތަ؟؟” އީނާ އަހާލިއެވެ.. “ހެހެހެހެ.. ނެކްސްޓް މަންތްގަ އަހަރެންނަށް އެހެން ހޮސްޕިޓަލަކުން ވަޒީފާ ލިބޭނެ.. މުސާރަ ވެސް މާ ބޮޑުވާނެ.. ދެން ކުޑަކޮށް ސޭވް ކޮށްލާފަ ދޯ އުޅޭނީ އެކަމާ” ޖައުޝް ބުނެލިއެވެ.. އީނާ ބޯޖަހާލަމުން އިތުރަށް ޖައުޝްގެ މޭ ތެރޭ ބޮނޑިވެލިއެވެ..

******

ގަޑިން ރޭގަނޑު 11 ޖަހައިފިއެވެ.. އެވަގުތަކީ އާންމު ގޮތެއްގައި ލޫނާ މެންގޭގާއި އުޅޭ އެންމެން ނިދާ ވަގުތެވެ.. އެހެންނަމަވެސް ނޯކަރުން ގޭގެތެރޭގައި ހޭލަމޭލަވެ އުޅެއެވެ.. ސިއްރު ފިޔަވަޅުތަކެއްގައި ވޯކްވޭއާއި ހިސާބަށް އޭނާއަށް ދެވުނެވެ. ފަހަތުން ފިޔަވަޅުގެ އަޑު އިވުމާއެކު ލޫނާއަށް ދެލޯ ފިއްތާ ބާރުކޮށްލެވުނެވެ.. “ލޫނާ ކޮއްކޮ.. ނުނިދާ ކީއް ތިކުރަނީ؟؟” ފަހަތުގައި ހުރީ އޭނާގެ ޕާރސަނަލް ޑްރައިވަރެވެ. “ކުޑަކޮށް ހުންވައްތަރު ވެފައި ހުރީމަ.. މިހާރު ވަރަށް ރޯގާ ވެސް އެބައުޅޭޔޭނުން.. ހިނގާބާލަ އަހަރެން ގޮވައިގެން ދައްކާލާން” ލޫނާ ބުނެލިއެވެ.. “އޭޑީކޭއަކަށް ނޫން.. ކުޑަ ޓެސްޓްތަކެއް ހަދާލަން އީވް ކްލިނިކަށް ދާނީ..” ލޫނާގެ ކޮންމެ އަމުރަކަށް ޑްރައިވަރު ބޯ ޖަހަމުން ދިޔައެވެ.. “މަންމައަށް ވިއަސް ބައްޕައަށް ވިޔަސް އެނގިގެން ނުވާނެ މިކަން” އަތްދަބަސް ތެރެއިން ފަސްސަތޭކަ ރުފިޔާގެ ހަތަރު ނޫޓު ދިއްކޮލަމުން ލޫނާ ބުނެލިއެވެ.

*****

ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން ލޫނާ އޮބްސަވޭޝަނުގައި ބޭއްވުނީ ތަފާތު ކަމެއް ޑޮކްޓަރުންނަށް ފާހަގަ ކުރެވިގެންނެވެ.. ފޯނާއި ކުޅެމުން ލޫނާ ދިޔައިރު އޭނާގެ ދިރިއުޅުން ބަދަލުކޮށްލުވާ ފަދަ ޚަބަރެއް ލިބެން އުޅޭކަމެއް ނޭނގެއެވެ.. ފަރުދާ ކަހާލާފައި ޑޮކްޓަރު އެތަނަށް ވަނެވެ. “ލޫނާ، އެބައޮތް އުފާވެރި ޚަބަރަކާއި ހިތްދަތި ޚަބަރެއް..” ލޫނާގެ މޫނުމަތިން ހާސްކަން ފާޅުވެލިއެވެ.. “ލޫނާ.. ލޫނާ ބަނޑުބޮޑު.. މަރުހަބާ..” ޑޮކްޓަރުގެ ޖުމްލައިން ލޫނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.. އޭނާ ބިރުން އުޅުނު ކަންތައް ހަގީގަތަކަށް ވީއެވެ..

“ހިތްދަތި ޚަބަރަކީ.. ލޫނާއަށް ވަނީ އެއިޑްސް ޖެހިފައި.. ސްޓޭޖް ހަތަރެއް.. ފަރުވާ ދިނަސް ފުރާނަ ސަލާމަތްވުމަކީ މުސްތަހީލު ކަމެއް.. އެސްޓިމޭޓެޑް ޓައިމް އިޒް 2 ވީކްސް.. ސޮރީ.. ބޭބީ އެއްވެސް ލޫނާ އެއްވެސް ސަލާމަތް ކުރެވޭކަށް ނެތް.. ބަލީގެ އަލާމާތްތައް ފެނުނު އިރު ފަރުވާ ކުޑަކޮށްލެވިފައި ވަނީ.. ތަންކޮޅެއް ކުރިން ޑޮކްޓަރަކަށް ދައްކާލެވުނު ނަމަ ފުރާނަ ސަލާމަތް ކުރެވުނީސް.” ޑޮކްޓަރު ލޫނާގެ ކޮނޑުގައި ޖަހާލިއެވެ.. “އައި.ޖީ.އެމް ހޮސްޕިޓަލަށް ޓްރާންސްފަރ ކުރެވޭނެ އިރުކޮޅަކުން..” ޑޮކްޓަރު އެތަނުން ނުކުންނަމުން ބުނެލިއެވެ.. ދެން ވީގޮތެއް ލޫނާއަކަށް ނޭނގުނެވެ.

***

ލޫނާގެ ބައްޕަ އަށް އެޚަބަރު ހިއްސާ ކުރީ އައިޖީއެމްއެޗްގެ ގެ ނަރުހެކެވެ.. އެެއީ ލޫނާގެ ތިމާގެ މީހެކެވެ.. ހޮސްޕިޓަލަށް ގެނެވުނުއިރު ލޫނާގެ ހިތް ހުއްޓިފައި ވާކަމަށް ބުންޏެވެ.. ބަރުދާސްތު ނުކުރެވޭފަދަ ހިތްދަތި ޚަބަރެއް ލިބުނީ ކަން ޑޮކްޓަރު ޔަގީން ކުރިއެވެ.. ހޮސްޕިޓަލަށް ގެނެވުނުއިރު މާބޮޑަށް ލަސްވެ ނިޔާވެއްޖެ ކަމަށް ޑޮކްޓަރ އެންގީ ހެނދުނު ހަގަޑި ސައުވީހުގައެވެ.. ޝާހިދުގެ ދުނިޔެ އަނދިރި ކޮށްލަމުން ލޫނާ ވަކިވެ ދިޔައީއެވެ.. ކޮންފަދަ ހިތްދަތި ނިމުމެއް ހެއްޔެވެ؟؟ ޝާހިދުގެ ހިތަށް އިތުރު ޒަހަމެެއް ލިބިގެން ދިޔައީ ލޫނާއަށް އެއިޑްސް ޖެހިފައި ވިކަން އެނގި ލޫނާގެ ބަނޑުގައި ތުއްތު ފުރާނައެއް އޮތްކަން އެނގިއެވެ.

*****

ޚަބަރުތައް ކިޔަމުން އައި އީނާގެ ސަމާލުކަން ދަމައިގަތީ ކުއްލި ޝޮކެއް ލިބުނު ސުރުޚީ އަކުންނެވެ.. “މަޝްހޫރު ވިޔަފާރިވެރިޔާ ޝާހިދުގެ އަންހެން ދަރިފުޅު ލޫނާ ނިޔާވެއްޖެ.. ކަށުނަމާދު މެންދުރު ނަމާދަށް ފަހު” އެ ސުރުޚީ ކިޔާލުމުން އީނާގެ ހިތުގައި ވެސް ބިރުވެރިކަމާއި ހާސްކަން އުފެދުނެވެ. އިތުރަށް ކިޔާލުމުން ލޫނާގެ މަރުގެ ސަބަބު އެނގިގެން ދިޔައެވެ. “ސުބްހާނަﷲ.. މީހަކަށް ދެރައެއް ދީފައި އަނެކަކަށް އުފަލެއް ލިބުމެއް ނެތް..” އީނާ ބުނެލިއެވެ.

****

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ގޮސް 2 މަސްދުވަސް ވެއަތުވެއްޖެއެވެ. އެކިމީހުންނަށް އެކި އިމްތިހާނުތައް ޖައްސުވަމުންނެވެ

. ނައުރީންވެސް ވިހާ ގަދަވެއްޖެ އެވެ.. އެންމެ ފަހުން ލިބުނު ފިރިހެން ކުއްޖާއަށް ކިއީ ނުވައިމް އެވެ. އީނާއަށް ވެސް އުފާވެރި ޚަބަރެއް ލިބެން އުޅޭކަމުގެ ހިލަމެއް ވާން ފެށިއެވެ.. އޭނާ ބޭނުންވީ ލަސްނުކޮށް ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ހެދުމަށް ފަހު ޔަގީން ކުރުމަށެވެ..

*********

ކޮޓަރިއަށް ވަދެވުމާއެކު އީނާ އުރާލައިގެން ހުރެ ޖައުޝް ކޮޓަރިތެރޭގައި އެނބުރެން ފެށިއެވެ. “އެއި.. އަހަރެން ތިރީގައި ބަހައްޓާ އަހަރެން.. ޖައުޝް އޭއި” ތޫލި އަޑަކުން އީނާ ހަޅޭއް ލަވަން ފެށުމުން ޖައުޝް އީނާ ބިންމަތީގައި ބެހެއްޓުމާއިއެކު ކަނޑާލާ ވައްޓާލި ރުކެއްހެން އީނާ ވެއްޓެން ދިޔައެވެ.. ހުށިޔާރު ކަމާއި އެކު އީނާގެ ގައިގައި ޖައުޝް ހިފަހައްޓައިލިއެވެ.. އީނާ އެނދުމަތީގައި ބާއްވާލާފައި މޫނަށް ފެންފޮދެއް ބުރުވައިލުމުންވެެސް ދެލޯ ނުހުޅުވިއެވެ. އެންބިއުލާންސަށް ގުޅަން ނިންމީ ދެނެވެ.

********

ޕްރައިވެޓް ކޮޓަރިއެއްގައި އީނާ ބޭއްވިފައިވަނީ އައިވީ ހުސްވަންދެނެވެ. އައިވީ ހުސްވުމުން ދޫކޮށްލާނެކަމާއި އިތުރު މައްސަލައެއް އުޅޭކަން އެނގެނީ ނަތީޖާ ލިބުމުން ކަމަށް ބުންޏެވެ.

ހޭއެރުމުން އީނާއަށް ވީގޮތް ޖައުޝް ކިޔައިދިނެވެ. އީނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވީ އޭނާގެ ހީތަށް ޔަގީންވާން އުޅޭހެން ހީވެލުމުމުންނެވެ.

* *

ޑޮކްޓަރު އައުމުން އެ ދެމަފިރިންގެ ސަމާލުކަން ޑޮކްޓަރ ގެ ވާހަކަ ތަކަށް ހުއްޓުނެވެ. “އެއްވެސް މައްސަލަ އެއް ފާހަގަ ކުރެވިފައެއް ނެތް.. އެކަމަކު..” ޑޮކްޓަރ މަޑުޖެހިލިއެވެ. “އެކަމަކު ޕޭޝަންޓް އިޒް ޕްރެގްނެންޓް. މަރުހަބާ. ތްރީ ވީކްސް” ފުޅާ ހިނިތުންވުމަކާއެކު ޑޮކްޓަރ ބުނެލިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި ޖައުޝްއަށް އިނދެވުނީއެވެ. “މިހުރީ ކާންޖެހޭ ބޭސްތައް. ކޮންމެ މަހަކު އެއްފަހަރު ޑޮކްޓަރ އަށް ދައްކަން އަންނަން ވާނެ. ދެން ގެއަށް ދިޔަޔަސް އެންމެ ރަނގަޅު. ވަރަށް ބަލައިގެން އުޅޭތި” އިތުރަށް ޑޮކްޓަރ ބުނެލިއެވެ.

ޑޮކްޓަރ ދިޔުމުން ޖައުޝް ލޯބިން ގޮސް އީނާގެ ގައިގައި ބައްދާލިއެވެ. “ވާއު. ވަރަށް އުފާވެއްޖެ. ތެންކިއު އީނާ.. ވަރަށް ވަރަށް ތެންކިއު.. އައި ލަވް ޔޫ ބޮޑުކޮށް.. މިހާރުއްސުރެ ދުވަސް ގުނަން ފަށައިފިން” ޖައުޝް އުފަލުންހުރެ ބުނެލިއެވެ. އަދި އީނާ އުރާލައިގެން ހުރެ އެ ކޮލަށް ބޮސްދިނެވެ. ހިނިތުންވެފައި އީނާ އިނީއެވެ. މިހާރުއްސުރެ އެ ދަރިފުޅު ދެކޭ ހިތުން ކެތްވަނީކީ ނޫނެވެ.

****

އާއިލާގެ މީހުންނަށް އެ އުފާވެރި ޚަބަރު އެމީހުން ހިއްސާ ކުރިއެވެ. އެންމެންވެސް އުފަލާއެކީ އެމީހުންނަށް މަރުހަބާކިއެވެ. “ވާވާ.. އީނާ އަންގާވެސް ނުލާ ކުރާ ކަންތައް.. އެހެންވެ ދޯ ވަކިން އެޕާޓްމެންޓެއް ހިފައިގެން ގެއިން ނުކުތީ.” ލާނެތް ގޮތަކަށް އިނދެ ނައުރީން ބުނެލިއެވެ. “ރީން މެންވެސް ވަރަށް ކަންކަން އެބަ ހިންގާލަމެންނު.. އެހެންވެ ތާ ނުވައިމް ވިހިތާ ހަތަރުމަސް ވާން ވާއިރަށް އަނެއްކާވެސް ޕްރެގްވީ” އީނާވެސް ދޫނުދީ އެކުވެރިޔާ އާއި ދިމާކުރިއެވެ. “ކީއްވެ އެހާ ކައިރި ކައިރީގަ ނައުރީންން” އީނާ ހެމުން ހެމުން އަހާލައިފިއެވެ. “ދެރަކަމެކޭ. އެމީހަކަށް ވާންހުރި ގޮތެއް ވާނެޔެނުން ތަ؟؟” ނައުރީން ދެރަނުވާން ބުނެލިއެވެ.

****

މާބަނޑު ދުވަސްތައް ފާއިތުވަމުން ގޮސް އީނާގެ ބަނޑަށް ނުވަމަސް ފުރުންއިރު ދުވަސްތައް އަރައިގެން ދިޔަ ގޮތްވެސް ނޭނގުނެވެ. މާބަނޑު ދުވަސްވަރު އީނާއަށް ފަސޭހަ ދުވަސްވަރަކަށް ނުވިއެވެ. ދެތިންފަހަރު ލޭ މަދުވެ ލޭ އަޅަން ޖެހުނެވެ. އަދި ބަރުދަން ލުއިވެގެން މަައްސަލަ ތަކެއް ދިމާވިއެވެ.

****

އީނާއާއި ނައުރީން ތިބީ ނައުރީންގެ ގޭގައެވެ. ނައުރީންވެސް ވިހަން ގާތްވެފައި އިންއިރު އީނާވެސް ވަނީ ވިހަން ނުހަނު ކައިރިވެފައި އެވެ.

“އާހް..” އުނަގަނޑުގައި ރިއްސައިގަތް ގަތީނުން އީނާއަށް ބުނެލެވުނެވެ. “ތަދުވަނީ؟؟؟” ނައުރީން އަހާލިއެވެ. “ނޫން.. އޯކޭ.” އެ ތަދު އިރުކޮޅަކުން ފިލައިގެން ދިޔުމުން އީނާ ބުނެލިއެވެ.. އެހެންނަމަވެސް ނައުރީންއަށް އީނާގެ ވަގުތު ޖެހުނީކަން އެނގުނެވެ. “މަންމާ.” އަސްމާ އަށް ގޮވާލަމުން ނައުރީން ބުނެލައިފިއެވެ. “ނުގޮވަބަލަ އޯކޭއޭ މިހާރު..” އީނާ ބުނެލިއެވެ. “ކިހިނެއްވީ؟؟” އަސްމާ ވަންގޮތަށް ބުނެލިއެވެ. “އާހހްހް…” އެވަގުތު އަނެއްކާވެސް ތަދުވެލިއެވެ. އެތަދު މިފަހަރު ބޮޑުވެ މުޅި ބަނޑާއި ހިސާބަށް ފެތުރިއްޖެ އެވެ. “ނައުރީން.. އެންބިއުލާންސް އަށް ގުޅާބަލަ..” އަސްމާ ބުނެލިއެވެ. ނައުރީން އެންބިއުލާންސް އަށް ގުޅުމުން ކުޑަ އިރުކޮޅެއް ތެރޭގައި އީނާ ހޮސްޕިޓަލަށް ގެންދެވުނެވެ.

***

ވިއްސާ ކޮޓަރީގެ ކުރިމަތީގައި ތިއްބާ ނައުރީންގެ ބަނޑުގައި ވެސް ރިއްސައިގަތެވެ. ވިހަންވީ ވަގުތު ޖެހުނީކަން އެނގި ނައުރީން ވެސް ވިއްސާ ކޮޓަރިއަށް ވެއްދި އެވެ.

އިރުއޮއްސި ހައެއް ޖަހަނިކޮށް ވިއްސާ ކޮޓަރިން ނައުރީންއާއި އީނާގެ ދަރިފުޅު ނެރުނެވެ. އެންމެންވެސް އާއިލާއަށް އިތުރުވި ދެ މެމްބަރުންނަށް މަރުހަބާ ކިއެވެ. އަދި ނައުރީންއާއި އިނާގެ ހާލުވެސް ރަނގަޅު ކަމުގައި ބުންޏެވެ.

*******

3 އަހަރު ފަސް

“އިނާލް ދެން ނުދުވެ އާދޭ ގެއަށް ދާން.. ޖައުޝް އޭނަ މޫދަށް ނުލާތި މިގަޑީގައި. ކެއްސާނެޔޭ އޭނާ” އީނާ ގޮވަމުން ދިޔައެވެ. “ޖައުޝް” ގޮވަގޮވާ އޮއްވާ ވެސް އިނާލް ގޮވައިގެން ޖައުޝް މޫދަށް އެރުނެވެ. “ޕިސްޕިސް. އެސޮރު ރޯގާ ވާނެޔޭ” އީނާ ބުނެލިއެވެ. އިނާލްގެ ތުއްތު ހުނުމުގެ އަޑު ޖެހުމުން އީނާއަށް ވެސް ހީނލެވިއްޖެއެވެ.

މިއަދު އެއީ އޭނާ ބޭނުންވި ފަދަ އުފާވެރި އާއިލާއެކެވެ. އެންމެ ނަފްރަތު ކުރި މީހާއާއިއެކު އެތައް ގޮންޖެހުންތަކަކާއި އެކު ހަޔާތް ކާމިޔާބު ކުރެވުނެވެ. އެ ހަޔާތް އެގޮތުގައި ލަހައްޓަވާތޯ ދުއާ ކޮށްލެވުނެވެ.

އީނާއާއި ޖައުޝްއަށް އުފާވެރި ހަޔާތަށް އެދެމުން ވާހަކަ ނިންމާލާނަމެވެ

=ނިމުނީ=
ވާހަކަ ފެށުނީއްސުރެ ނިމެންދެން ވިދާޅުވެ، ހިތްވަރު ދެއްވެވި އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން ، އެކިއެކި ސަބަބުތަކާހުރެ ވާހަކަ މެދުކެނޑުނު ކަމަށްޓަކާއި ވެސް މިފުރުސަތުގައި މައާފަށް އެދެން ،

Share Article

Follow Me Written By

Rain lover

Level 310 Stories100 Comments100 Login

Other Articles

Previous

ހިތުގައި ވޭ ތިޔަ ނަން… 1

Next

ސިދޫ މޫސެވާލާ

Next
July 2, 2022

ސިދޫ މޫސެވާލާ

Previews
July 1, 2022

ހިތުގައި ވޭ ތިޔަ ނަން… 1

5 Comments!

  1. Ryyn says:
    July 2, 2022 at 3:48 pm

    Vrh rythi mi vhk.. Masha Allah

    1. Rain lover says:
      July 3, 2022 at 4:36 pm

      Thank you ryn ???

  2. Aayaa Aayaa says:
    July 2, 2022 at 4:01 pm

    V salhi story ma Sha Allah.. v avahah ehen vahaka eh kiyalan libeyne kamah unmeedhu kuran.. keep going ❤️✨

    1. Rain lover says:
      July 3, 2022 at 4:36 pm

      Thank you aaya. Inshallah Wednesday ga ??

  3. Aminath says:
    September 9, 2024 at 3:00 pm

    Vrh salhi vaahakha eh. Good jobbb ♡

Comments are closed.



All Right Reserved!