Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ވާލޯބި ނޭނގޭހޭ -1

Rain lover Level 310 Stories100 Comments100 Login
December 11, 2021 5 Mins Read
3 Comments

ތަނަވަސް ކޮޓަރީގެ މެދެއްހާ ހިސާބުގައި ހުރި ކިންގް ސައިޒް އެނދުގައި އޮތް ޒުވާނާ ދެފަރާތަށް ފުރޮޅިލިއެވެ.. އެއާއެކު އުނދަގޫ ތަކެއް ވަމުންދާ ކަމުގެ ލިސާންތައް އެ މޫނުމަތިން ފާޅުވާން ފަށައިފިއެވެ.. އޭސީގެ ފިނިން އެ ޒުވާނާގެ މޫނުގައި ހުރި ދާތިކިތަކަށް އަސަރެއް ނުކުރިއެވެ.. ކުއްލިއަކަށް ފުންނޭވާތަކެއް ލައިފައި އެ ޒުވާނާ އެނދުން ތެދުވެއްޖެއެވެ.

 

“މައިރާ” އެ ޒުވާނާގެ ދުލުން މަޑު އާހަކާއިއެކު ނުކުތީ އެލަފްޒެވެ. އެއާއެކު ހޯސްލާފައި އެ ދެލޮލުން ކަރުނަ ފައިބަން ފެށިއެވެ. ދެން އިތުރަށް ނުނިދޭނޭކަން ޔަގީންވުމުން އޭނާ ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު ކަހާލާފައި ބޭރަށް ނުކުމެއްޖެއެވެ. އެ އަސަރުގަދަ ދެލޮލުން ވޭނާއި ކެކުޅުމުގެ އަސަރުތައް ފެންނަން އެބަހުއްޓެވެ. “މައިރާ.. ޔޫ ޕްރޮމިސްޑް މީ.. ކޮންތާކުތަ ތިހުރީ މައިރާ..” ޝަކުވާގެ ރާގެއްގައި އެ ޒުވާނާ ބުނެލައިފިއެވެ.

 

****

 

“ރައިޒަލް..” ރައިޒަލްގެ އޮފީހަށް ވަންނަމުން ސިނާން ގޮވާލި އެވެ. ރައިޒަލް ހޫންއެއް ލައްވައިލީއެވެ. “ރޭގަ އަނެއްކާވެސް ސަކަރާތް ވީތަ ބްރޯ؟؟” ކަންބޮޑުވުމުގެ އަސަރުތައް މޫނުމަތިން ފައުޅު ކޮށްލަމުން ސިނާން އަހާލިއެވެ.. މިފަހަރުވެސް ރައިޒަލް ހޫންއެއް ލައްވައިލީއެވެ. “ޒެލް.. މިހާރު އޭގެ ފަހުން ކިތައް އަހަރު މިވީ؟؟ ވިހި އަހަރު.. އޭނަ މަތިން ހަނދާން ނައްތާލާފަ ކުރިއަށް ދޭބަލަ.. ހެޔޮހާލުގައި އޭނާ ހުރިނަމަ ޒެލް ކައިރިއަށް އޭނާ އައީހެއްނު؟؟” ސިނާން ވިސްނައިދޭން މަސައްކަތް ކުރިއެވެ.. “އެކަމަކު އެއީ އޭނަ ވީ ވައުދެއް.. އޭނާ ނުވޭ މަރެއް.. އަދިި އަހަރެން ކައިރިއަށް އަންނާނެ” ހިތްދަތި އަޑަކުން ރައިޒަލް ބުނެލިއެވެ.. ފުންނޭވައެއް ސިނާން ދޫކޮށްލީއެވެ. “ހިނގާ ބްރޭކަށް ދާން” މައުލޫ ބަދަލު ކޮށްލަމުން ސިނާން ބުންޏެވެ.

 

*****

 

“އަމާ ދިޔައިރު މީއްޗަކުވެސް ގޮަވައިން ދިޔަނަމަ.. ޒުލޭހާ މަށަށް ޖެއްސި ބަލާވެރިކަމެއް އެއީ..” އައި ރުޅިގަނޑު ގައި ސަކީނާއަށް ކިޔާލެވުނެވެ. “ރައިހާ.. ކޮބައިތަ އޭއްޗަކު؟؟ ރައިހާ…” އަޑުގެ ކޮޅަށް ސަކީނާ ގޮވާލިއެވެ.. “ލައްބަ ދައްތާ” ދުވަމުން ދުވަމުން ސަކީނާ ކުރިމައްޗަށް އައިސް ހުއްޓިލަމުން ރައިހާ ބުނެލިއެވެ. އޭރު އެ މޫނުމަތިން ދާތިކިތައް ވިދަމުން ދިޔައެވެ. “ކަލޭ ނުކައްކަނީސް އަމިއްލައަށް ނުކެކޭނެ އިނގޭ.. އެއޮށްގެން ބާރަ ޖަހަނީ.. ކީއްތަ ފަހެ ކަލޭ ތިޔަ ކުރަނީ އޭނ؟؟” ސަކީނާ އަތަށް އިލޮށިފަތި ހެޔޮކޮށްލަމުން ބުނެލިއެވެ. “ދައްތާ އަޅުގަނޑު އެއްޗެހި ދޮވުނީއޭ..” އިސްޖަހާލައިގެން ހުރެ ރައިހާ ބުނެލިއެވެ.. “ހޫން ހޫން މޮޅު ވާހަކަ ދައްކާނެ.. ދާންއުޅޭ ކައްކަން. ކަލޭގެ އަމާ ކައްވަޅަކުން ނާރާނެ ކައްކައިދޭކަށް.” ސަކީނާ ނުރުހިފައި ބުނެލިއެވެ. ރައިހާގެ ދެލޮލުން ކަރުނަ ފައިބަން ފެށިއެވެ. ސަކީނާގެ ވިހަ ބަސްތަކަށް އުޅެއުޅެ ވެސް އޭނާ އާދައެއް ނުވިއެވެ.

 

**

 

މެންދުރަށް ކަައްކާ ކާން ހަދާފައި ރައިހާ އަށް ކޮޓަރިއަށް ވަދެވުނު އިރު 2 ޖަހައިފިއެވެ. ވަރުވަލިކަމާއެކުވެސް ފެންވަރައިގެން ނުކުމެ ނަމާދު ކޮށްލިއެވެ. އެނދުގައި އިރުކޮޅަކު އޮށޯވެގެން އޮވެފައި ތެދުވެއްޖެއެވެ. ދެން އަލަމާރި ވަތްގަނޑުން އަލްބަމެއް ނަގާފައި ހުޅުވިއެވެ. ގަނޑު އުކަމުން ދިޔައިރު އެތުންފަތުގައި ހިތި ހިނިތުންވުމެއް ވިއެވެ. އޭނާއަށް މަޑުޖެހިލެވުނީ ކުޑަ އަންހެންކުއްޖަކާއި ފިރިހެން ކުއްޖަކު އަތުގުޅާލައިގެން ތިއްބާ އިން ފޮޓޯއެއް ފެނިފައެވެ. ދެކުދިންގެ މޫނުމަތީގައި ބަޔާންނުކުރެވޭފަދަ އުފާވެރިކަމެއް ވިއެވެ. “ލިއަމް.. ލަވް ޔޫ.. ކަމް އެންޑް ސޭވްމީ ޕްލީސް.. އަހަރެން ހާދަ މިސްވެޔޭ.” ރައިހާއަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. އެދެލޮލުން ކަރުނައިގެ އަސަރުތައް ފާޅުވެލިއެވެ. “ވެއަރ އާރ ޔޫ؟؟”

 

******

 

“މާމާ..” ގެއަށް އައިގޮތަށް އައިސް އާދަވެފައިވާ ގޮތަށް އޭނާ މާމަގެ ގައިގައި ބައްދާލިއެވެ. “ޒެލް.. ކިހިނެއް ތަ އޮފީހުގެ ކަންތައްތައް” ސުފިޔާނާ އަހާލިއެވެ. “ރަނގަޅު ހަމަ.” ހީނލަމުން ރައިޒަލް ބުނެލިއެވެ. އުމުރުން ހަތްދިހަ ތިން އަހަރުގައި ވެސް ސުފިޔާނާ ފެންނަނީ އުމުރަށްވުރެ ހަގު ކޮންނެވެ. މޫނުމައްޗަށް ބަލާލާފައި ހަތްދިހަ ތިން އަހަރުގެ އަންހެނެކޭ މީހަކު ނުބުނާނެއެވެ. “އެއްޗިހި ބަދަލުކޮށްގެން ކާން ނުކުމޭ އަވަހަށް” ސުފިޔާނާ ބުނެލިއެވެ.

 

**

 

ސުފިޔާނާ ގާދިރަކީ މާލޭގައި މިވަގުތު ހުރި އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ އެވެ. އުމުރުން 47 އަހަރުގައި ފެށި ވިޔަފާރީ ހީނުކުރާހާ ހަލުވިކަމާއެކު ކުރިއަރަމުން ދިޔައެވެ. ސުފިޔާނާގެ ހުރި ހަމައެކަނި ދަރިފުޅު ހައިލަމް އާއި ވިޔަފާރީގެ ކަންކަން އޭނާ ހަވާލު ކުރީ ދަރިފުޅަށް 25 އަހަރު ފުރި ބިޒްނަސް ގެ ދާއިރާއިން މާސްޓާރސް ފުރިހަމަ ކޮށްގެން އައުމުންނެވެ.

 

ހިނގައިދިޔަ ނުރައްކާތެރި ހާދިސާއެއްގައި ހައިލަމްއާއި އޭނާގެ އަނބިމީހާ ލިޔާނާ ވަކިވެދިޔައިރު އެ ދެމީހުންގެ ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ހުއްޓެވެ. ހައިލަމް އާއި އަމިއްލަ ދަރިއެއް ފަދައިން ދެކެމުން ދިޔަ ލިޔާނާގެ ވަކިވެދިޔުމާއެކު ސުފިޔާނާގެ ހަޔާތް ބަނަވިއެވެ. އޭގެ ތިންމަސް ފަހުން ސްޓްރޯކެެއްގައި ލޯބިވާ ފިރިމީހާ އިނާޒް ވަކިވެދިޔައީއެވެ. ސުފިޔާނާގެ މުޅި ހަޔާތް ބަދަލުކޮށްލުވި ހާދިސާއަށް އެކަން ވެދިޔަ ނަމަވެސް މާމަ ދަރިފުޅު ރައިޒަލްއަށް ޓަކައި އޭނާ ކެތްކުރަމުން ގެންދިޔައެވެ.

 

ރައިޒަލް އަށް ރަނގަޅު ތައުލީމެއްދީ މީހުން ބަލައިގަންނަފަދަ ހަރުދަނާ ޒުވާނަކަށް ހެދީ ސުފިޔާނާގެ މިންނެތް މަސައްކަތުންނެވެ. ރަނގަޅު ތަރުބިއްޔަތެއްދީ މަންމައެއްގެ ލޯބި ދިނީ ސުފިޔާނާއެވެ. ރައިޒަލް ރަނގަޅަށް ކިޔަވައިގެން މާމަގެ ބޮޑު ވިޔަފާރިއާއި ހަވާލު ވީއިރު 22 އަހަރެވެ.

 

***

 

“ރިޔާޝް.. ދޫކުރޭ އަހަރެން އަތުން..” ރިޔާޝްގެ އަތުތެރެއިން ސަލާމަތްވާން މަސައްކަތް ކުރަމުން ރައިހާ ގޮވާލިއެވެ. “މްމްމް.. ހާދަ މީރުވަސް ދުވައޭ.” ރައިހާގެ ބުރުގާ ދަމައިގަންނަމުން ރިޔާޝް ބުނެލިއެވެ. “ސަކީނާއްތައަށް ގޮވާނީ އިނގޭ ދެން.” އިންޒާރެއް ދޭ ފަދައިން ދަތްތައް ކާރުވާލާމުން ރައިހާ ބުނެލިއެވެ. “ހެހެހެ.. ގޮވާބަލަ ރައިހާ ކުށްވެރިވާނީ.” ރިޔާޝް ބުނެލީ އޭނާގެ މަންމަގެ ގޮތް ރަނގަޅަށް އެނގި ހުރެ އެވެ. ރައިހާގެ އަތުން އޭނާ އެންމެފަހުން ދޫކޮށްލީ ރިޔާޝްގެ މޫނުމަތީގައި ރައިހާ އެތިފަހަރެއް އަޅާލުމުންނެވެ.

 

ސަކީނާގެ ދޮށީ ފިރިހެން ދަރި ރިޔާޝް ރަށުގައި އުޅޭ ނަމަ އިތުރު މުސީބާތަކާއި ރައިހާއަށް ކުރިމަތިލާން ޖެހެއެވެ. ރިޔާޝް އަކީ ކައިރި ރިސޯޓެއްގައި އުޅޭ ރޫމް ބޯއީ އެކެވެ. އެމީހުންގެ އުނދަގޫތަކަށް ކެތް ކުރަމުންދަނީ އޭނާ ކިޔަވާ ނިމެންދެނެވެ. ބިޒްނަސް މެނޭޖްމަންޓް ދާއިރާއިން އޭނާ ހަދަމުންގެންދާ ޑިގްރީ ނިމެން ދެން އޮތީ ހަފްތާއެއްހާ ދުވަހެވެ.. އެހާ ތަނަށް އޭނާގެ ބޮޑުބޭބެ ފިރާގާއި ވާހަކަ ދައްކައިގެން މާލެގޮސް ރަނގަޅު ވަޒީފާއެއް ހޯދާ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ވިސްނުމެއް އެނާގެ އެބަހުއްޓެވެ. މި ބިރުވެރި އަދި އަނިޔާވެރި މާހައުލުން ރައިހާ އަށް ހިންދެމިލެވި އުފާވެރި ދިރިއުޅުމެއް ލިބޭނީ އޭރުންކަން އޭނާ ދެކެއެވެ.

 

*****

 

އުމުރުން 24 އަހަރުގެ ރައިހާއަކީ ޒުލޭހާ އާއި ހަސަނަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. އެދެމީހުން މާލޭގެ މަޝްހޫރު ވިޔަފާރިވެރިޔަކާއި ޕާޓްނަޝިޕް ހަދައިގެން މާލޭގައި ދިރިއުޅުނީ ވަރަށްވެސް އުފަލުގައެވެ. ނަމަވެސް ދިމާވި ހިތްދަތި ހާދިސާއެއްގައި އެދެމަފިރިން ވަކިވެދިޔައިރު ރައިހާގެ އުމުރުން 4 އަހަރެވެ. އެދުވަހުއްސުރެ ރައިހާ އުޅެމުންދިޔައީ ބޮޑުބޭބޭ ފިރާގުގެ ހިޔާވަހިކަމުގެ ދަށުގައެވެ. ފިރާގަށް އޭނާގެ އަނބި ސަކީނާގެ ޒީލަގަދަ ކަން އެނގުނަސް މާބޮޑު ކަމެއް ނުކުރެވެ އެވެ. އެނދުގައި އޮށޯވެލި ރައިހާ އަތްދިގު ޓީޝާޓުގެ އަތް ހިއްލައިލިއެވެ. އަތުގެ އުޅަނބޮށި ކައިރީހުރި ލަކުނު ތަކަކީ އޭނާގެ މައިންބަފައިން މަތިން އިތުރަށް ހަނދާން ކުރުވާ ކަމެކެވެ.

 

****

 

“ބައްޕައަށް ފެންނަނީ ޝައްމު އެހެން ކަމަކާ އުޅެން” ފަރާޒް އެއްގޮތަށް ވެސް އެކަމަކާ ނުރުހުނެވެ. “ކީއްވެތަ ބައްޕާ؟؟” ޝަމްއަލް ބުނެލިއެވެ. “ތިކޭސް އަކީ ބައްޕަ ވެސް މަސައްކަތް ކުރި ކޭސްއެއް. އެ ކޭސްގެ މަސައްކަތް ބައްޕަމެން ހުއްޓާލީ އެއްވެސް އަލިމަގެއް ނުފެނިގެން” ފަރާޒް ބުނެލިއެވެ. “ބައްޕަ އަހަރެންނަށް އިތުބާރު ކުރޭ.. މިހާތަނަށް އަހަރެން މަސައްކަތްކުރި އެއްވެސް ކޭސްއެއް ނާކާމިޔާބު ވެފަ ވޭތަ؟؟” ޝަމްއަލް ބުނެލިއެވެ. “ނޫން.. އެކަމަކު ދަރިފުޅުގެ ސަލާމަތްތެރިކަމާ މެދު ބައްޕައަށް ވިސްނެނީ. ޝައްމުގެ މަސައްކަތަށް ބައްޕަ ޝައްކެއް ނުކުރަން.” ފަރާޒް ބުނެލިއެވެ. “ދެން އަހަރެން މިކަމާ އުޅުނަ ދީބަލަ ބައްޕާ.” އާދޭހާއެކު ޝަމްއަލް ބުނެލިއެވެ. “މައްސަލައެއް ނެތް. ބަލައިގެން އުޅޭތި ޝައްމު. ދަރިފުޅަށް ފުރިހަމަ ކާމިޔާބީއަކަށް އެދެން.. ބައްޕަ ވެސް ކޭސްގައި މަސައްކަތް ކުރިއިރު ލިބުނު މައުލޫމާތު ތައް ހިއްސާ ކުރާނަން.” ފަރާޒް ބުނެލިއެވެ. ޝުކުރުވެރި ނަޒަރަކުން ފަރާޒްއަށް ބަލާލާފައި ޝަމްއަލް ހިނިތުންވެލިއެވެ.

 

****

 

“17 އަހަރު ފަހުން، އެސް.އައި ހޮޓެލްގައި މީގެ 20 އަހަރު ކުރިން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ތަހުގީގު ކުރަން ފަށައިފި”  ޓީވީން ކިޔާލި ހެޑްލައިނާއި އެކު ސޯފާގައި އިން ޒިޔާދުގެ ސަމާލުކަން އެ ޚަބަރަށް ހުއްޓިގެން ދިޔައެވެ. “ވިހި އަހަރު ކުރިން ހިނގައިދިޔަ އެ ހާދިސާގައި އެ އިމާރާތް އެއްކޮށް އަނދައި ހުލިވެފައި ވާއިރު ސަތާރަ މީހެއްގެ ފުރާނަ ގެއްލިގެން ދިޔައެވެ. އަދި އެ ހާދިސާ ވެފައިވަނީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާއަށް.” ޓީވީން ކިޔާލި އަޑު އިވުނެވެ. “ހާދިސާ ތަހުގީގު ކުރުމާއި ހަވާލު ވީ މަޝްހޫރު ގާނޫނީ ވަކީލު ފަރާޒް އިބްރާހީމްގެ ދަރިފުޅު ޝަމްއަލް ބިން ފަރާޒް” އިތުރަށް ކިޔާލިއެވެ. ޒިޔާދުގެ މޫނު ރުޅިން ރަތްވެލިއެެވެ. “ޝަމްއަލް.. ކަލެޔަކަށް އެކަމުގެ އަޑިޔަކަށް ނުދެވޭނެ. ކަލޭގެ ބަފާ އެކަމުން ނުކުތް ގޮތަށް ހުސް އަތާ ކަލޭވެސް އެކަމުން ޖެހެނީ ނުކުންނަން” ޒިޔާދުގެ އަޑުގައި ހަރުކަށިކަމެއް ހުއްޓެވެ.

ޒިޔާދަކީ ދިވެހިރާއްޖޭގައި ހުރި އެންމެ މުއްސަނދި މީހާ އެވެ. މުއްސަނދި ކަމަށް ޒިޔާދު ކުރި ދަތުރަކީ އަނދިރި ދަތުރެކެވެ. އެއީ ނާޖާއިޒު ގޮތުގައި އޭނާ ކުރި ކަމެއް ކަމުގައ ވިޔަސް އެކަން އެނގޭ މީހަކު ދުނިޔޭގައި މިހާރު ނެތްކަމުގެ ފުރިހަމަ ޔަގީންކަން ޒިޔާދަށް އެބައޮތެވެ.

*****

ޝަމްއަލް ބޭނުންވީ ވީ އެންމެ އަވަހަކަށް ތަހުގީގު ފެށުމަށެވެ. އެހެންކަމުން ވިލިނގިލީގައި ހުރި އެ ހޮޓެލްއަށް އޭނާ ދިޔައެވެ. 7 ފަންގިފިލާގެ އެ ހޮޓެލް ހުރީ އަނދައިގެން ދިޔަ ގޮތަށެވެ. އެތަނަށް ފަހުން އެއްވެސް ބަދަލެއް ގެނެވިފައިވާ ތަނެއް ފެނިގެން ނުދެއެވެ. އާއްމުން ދިރިއުޅެމުންދާ ހިސާބާއި އެކަހެރިކޮށް އެ ހޮޓެލް ހުރިއިރު ގިނަދުވަސްތަކެއް ވުމުގެ ސަބަބުން އިމާރާތް ވަނީ ވީރާނާވެ ވެއްޓެން ފަށައިފައެވެ. އެހެންކަމުން ސަލާމަތީ ފިޔަވަޅުތައް ނާޅާ އެތަނަށް ވަނުމަކީ ބުއްދިވެރި ކަމެއް ކަމަކަށް އޭނާ ނުދެކުނެވެ.

އެ އިމާރާތަކީ ވެސް ހާދަ ގިނަބަޔެއްގެ މިންނެތް މަސައްކަތުން ހެދިފައިވީ އިމާރާތެކޭ އޭނާގެ ހިތަށް އެރިއެވެ. އެތައް ވަގުތަކާއި ރުފިޔާއަކުން ބިނާކުރެވިފައިވާ ތަނެކެވެ. މަންޒަރު ބަލާފައި އެ ހާދިސާ ހިނގާފައިވަނީ އޮޅުމަކުންނޭ ޝަމްއަލްގެ ސިކުނޑި އެއް ނުބުންޏެވެ. ފާހަގަ ކުރެވުނު ކަންތައްތައް ނޯޓް ކޮށްލާފައި އޭނާ ދިޔައީ 3 ދުވަސް ފަހުން މަސައްކަތް ފެށުމަށް ގަސްދު ކުރަމުންނެވެ.

*****

ރައިހާގެ ފައިނަލް އެގްޒާމް ދުވަސްވަރު ކަމުން ރައިހާގެ ގިނަވަގުތު ހޭދަކުރަން ޖެހެނީ ކޮލެޖުގައެވެ. އެންމެ ގާތް ރަހުމަތްތެރިޔާ ހައިލާގެ ގެއަށް ދުވަސްކޮޅަކަށް އޭނާ ބަދަލުވީ ގޭގައި ކުރަންޖެހޭ މަސައްކަތްތަކުގެ ބުރަކަމުންނެވެ. ހައިލާގެ މައިންބަފައިންނާއި އެކު މާލެ ބަދަލުވާއިރު ރައިހާވެސް ގޮވައިގެން ދާން ބޭނުންވާކަން ހައިލާގެ މަންމަ ޒަހީރާ ހާމަކުރިއެވެ. އެ އެދުން ގަބޫލުކުރަން ދެކޮޅު ހަދާފައިވެސް އެއެދުން ގަބޫލުކުރީ ހައިލާގެ އާދޭސްތަކުންނެވެ. ގްރެޖުއޭޝަން ނިމޭ ދުވަހު ނޫން އަނެއް ދުވަހު މާލެ ދިޔުމަށް ތައްޔާރުވާން ރައިހާއަށްވެސް ވަނީ އަންގާފަ އެވެ.

=ނުނިމޭ=

Thank you so much baby .devil for the cover pic

 

Story Will be there on every Sunday and Wednesday inshallah ❣️

And the other story. I’ll complete it within a week inshallah. Coz it’s already done writing.

 

 

Share Article

Follow Me Written By

Rain lover

Level 310 Stories100 Comments100 Login

Other Articles

Previous

ބޭވަފާތެރި ވުމުން ޔާރާ 12، 13، 14

Next

ހައިދަރު-8

Next
December 11, 2021

ހައިދަރު-8

Previews
December 11, 2021

ބޭވަފާތެރި ވުމުން ޔާރާ 12، 13، 14

3 Comments!

  1. Baby Devil says:
    December 11, 2021 at 11:49 am

    You’re most wlcm✨ love the first ep <33

  2. Baby Devil says:
    December 11, 2021 at 2:46 pm

    You’re most wlcm ✨ love the first ep <33

  3. Baby Devil says:
    December 11, 2021 at 2:48 pm

    Love the first ep ✨ nd u r most wlcm <333

Comments are closed.



All Right Reserved!