ކަލާގެ ހަނދާނުގައި…
ކަލާ އަހަރެންގެ ކުތިމައްޗަށް އަދި އެއްފަހަރު އާދެބަލާށެވެ. ދެކިލަން އެދޭ ނަަމައެވެ. ކަލާ އަހަރެންގެ އަތުގައި ހިފާލަބަލާށެވެ. ބީހިލަން އެދޭ ނަމަ އެވެ. ކަލާ އަހަރެންނާއި ދިމާލަށް ބަލައިލަބަލާށެވެ. ލޯބިވާ ނަމަ އެވެ. މިއީ ހުސް ކަލާ އަހަރެންގެ ގާތުގައި ބުނި ވާހަކަ ތަކެވެ. މިއަދު މިހެން މި ބުނަނީ އަހަންނެވެ. ކަލާ އަންނާނު ހެއްޔެވެ? ކަލާ ހިނިތުންވެލާނު ހެއްޔެވެ. ކަލާ ނަށާލާނު ހެއްޔެވެ. ކަލާގެ މޭ ތެރޭ އަހަރެން ފޮރުވާލަދޭނު ހެއްޔެވެ.
ކަލާ އަހަންނަށް ކިހާ ހުވަފެން ތަކެއް ދެއްކީމު ހެއްޔެވެ. ކަލާ ކިތަށް ރޭ އަހަރެން ތި އުނގުގައި ބާއްވައިގެން ނިންދެވީމު ހެއްޔެވެ. ކަލާ ކިތަށް ދުވަހު އަހަންނާ ލޯބި ކޮށްލީމު ހެއްޔެވެ. ކަލާ ކިހާ ވަރަކަށް ލޯބީގެ މީރު ވަސް އަހަންނަށް ދެއްކީމު ހެއްޔެވެ. ކަލާ ކިހާ ސަމާސާ އެއް އަހަންނާ ކުރީމު ހެއްޔެވެ. ކަލާ އަހަންނަށް ލޯތްބަކީ ކިހާ ފޮނި އެއްޗެއްކަން ދަސްކޮށްދިނީމު ހެއްޔެވެ. މިއީ ދޮގު ހެއްޔެވެ. މިއީ ވަސްވާސް ހެއްޔެވެ. ނޫނެކެވެ. މިއީ ލޯތްބެވެ. ރީޝް އާ ޔާޝްގެ ލޯތްބެވެ. ފަނޑުވުމެއް ނާންނާނެ ލޯތްބެވެ. ނިމުނެއް ނާންނާނެ ލޯތްބެވެ. އެންމެ ފުން ލޯތްބެވެ.
ކަލާ އަހަރެން ކަލާގެ މިލްކަކަށް ހެދި ދުވަހު އަހަރެން ކައިރީގައި ބުނި ވާހަކަ އަދި ވެސް ހަނދާން އެބަހުއްޓެވެ. އާން އެކެވެ. މި ދެމެދަށް އެކަކަށް ވެސް ނުވަދެވޭނެ އެވެ. މި ލޯތްބަށް އެކަކަށް ވެސް ހުރަހެއް ނޭޅޭނެ އެވެ. މި ގުޅުމަށް އެކަކަށްވެސް ނިމުމެއް ނުގެނެވޭނެ އެވެ. އަހަރެމެންގެ ގުޅުމަށް އަހަރެއް ވީ ދުވަހު ކަލާ ބުނީމުއެވެ. ކަލާ އަހަރެން ދެކެ ވަރަށް ލޯބި ވަމެވެ. ދުވަހަކުވެސް ވަކި ވާކަށް ނޭދެމެވެ. އަހަންނާއި ކިތަންމެ ދުރުގައި ހުއްޓަސް ކަލާ އަހަރެން ހަނދާން ކުރާނޫއެވެ. އަހަރެންގެ ހަނދާން ތައް އަބަދުވެސް ކަލާ ގެ ހިތުގައި ވާނެއެވެ. އަހަރެމެންގެ ގުޅުން އާޢިލާ އަށް އެންގި ދުވަހު އަހަރެންގެ މަންމަ ކައިރީ ކަލާ ބުނީމު އެވެ. ދުވަހަކު ވެސް އަހަންނަކަށް ދެރަ އެއް ނުދޭނަމެވެ. ދުވަހަކު ވެސް އަހަރެންގެ ހިތުގައެއް ނުޖައްސާނަމެވެ. ދުވަހަކުވެސް އަހަރެން ރުޔަކަ ނުދޭނަމެވެ. އަހަރެން ގެންގުޅޭނީ ލޯބިންނެވެ. ރައްކާތެރި ކަމާއި އެކުގައެވެ. ކަލާގެ ހިމާޔަތް އެންމެ ފުރިހަމަ އަށް ދީގެންނެވެ. އާން އެކެވެ. ކަލާ ހުރީ އެގޮތުގައެވެ.
އަހަރެމެންގެ ގުޅުމަށް ދެ އަހަރު ފުރުނު ދުވަހެވެ. ކަލާ އާއި އަހަންނާ ދުރަށް ދާން ޖެހިއްޖެ އެވެ. ކަލާގެ ވަޒީފާގެ ގޮތުންނެވެ. ކަލާ ހުރީ އަހަރެން ދޫކޮށްފައި ނުދާށެވެ. އެކަމަކު ކަލާ ފޮނިވާލީ އަހަންނެވެ. އެތަކެއް ފޮނި އުންމީދު ތަކެއް ކަލާ އާއި ދޭތެރޭ ދެކެމުންނެވެ. ރާއްޖޭގެ ފުޓުބޯޅައިގައި ކަލާގެ ނަން ވިދާލާނެ ކަމުގެ ފޮނި އުންމީދުގައެވެ. ކަލާގެ މަންޒިލަށް ވާސިލު ކޮށްދިނުމުގެ ނިޔަތުގައެވެ. ފުރަން އެއާޕޯޓަށް ގޮސްފައި ކަލާ އަހަންނާ ވަކިން ބައްދަލު ކުރީމުއެވެ. ފެންކަޅިވެފައި ވާ ތިޔަ ދެލޮލުން އަހަންނަށް ހުރިހާ ވާހަކަ އެއް ވެސް ކިޔައިދީފި އެވެ. އިތުރު ތަފްސީލެއް ބޭނުމެއް ނުވެއެވެ. ތި ތިޔަ ބުނަނީ އަހަންނާ ވަކިން ނޫޅެވޭނެ ވާހަކަ ނޫން ހެއްޔެވެ. ތިޔަ ބުނަނީ އަހަރެން މަތިން ހަނދާންވާނެ ވަރު އަހަންނަށް ވަޒަން ވެސް ކޮށްނުލެވޭނެ ވާހަކަ ނޫން ހެއްޔެވެ. ކަލާ އަހަރެންދެކެ އިންތިހާ އަށް ލޯބި ވާ ވާހަކަ ނޫން ހެއްޔެވެ. ނޫނެކެވެ. އަހަންނާ ނުލާ އުޅެވޭނެ އެވެ. ތިއީ ހީވާ ހީވުމެކެވެ. އަހަންނާއި ނުލާ އުޅެން ޖެހޭނީ ދަސްކުރާށެވެ. އުޅެވޭނެ އެވެ. ލޯބީގައި ދީވާނާ ނުވާށެވެ. މިންގަނޑުގައި ހިފަހަށްޓާށެވެ. އަޅެ ނިކަން އަހަންނަށްޓަކައި މި ފަހަރުގެ ސާފު ތަށި ހޯދަބަލާށެވެ. އެއްވެސް ލަހެއް ފަހެއް ނެތި އަހަރެން ކަލާ އާއި އިންނާނަމެވެ. މި ލޯބި އުމުރަށް ކަލާއަށް ދޭނަމެވެ. މި ހަށިގަނޑުވެސް ކަލާއަށް ހިބަ ކޮށްދޭނަމެވެ. އަހަރެން ކަލާގެ ކަރުނަތަށް ފޮހެދިނީމެވެ. އަހަރެން ދެރަ ނުވާތީކީ ނޫނެވެ. ކަލާއެކޭ އެއްވަރަށް އަހަރެންވެސް ކަލާއާއި ވަކިވާން ޖެހޭތީ ދެރަ ވަމެވެ.ކަލާއަށް ކެތްނުވެގެން އަހަރެންގެ ގައިގައި ބައްދާލީމު ނޫން ހެއްޔެވެ. އަހަންނަށް އެވަގުތު ނޭވާ ލުން ވެސް ވީ ދަތި ކަމަކަށެވެ. އަހަރެން ވެސް ބެލީ ކަލާގެ އަތުތެރޭ އޮވެލުމަށެވެ. ނިދާލާށެވެ. ހުވަފެން ބަލާލާށެވެ. އެހެނަސް އެކަމެއް ނުވިއެވެ. ކަލާ ފުރާ ގަޑި ކައިރިވުމުންނެވެ. ކަލާގެ އެ އަސަރުގަދަ ބީހުން އަދިވެސް އަހަންނަށް އިހުސާސް ކުރެވެއެވެ. ތިޔަ ފިރުމާލުމުގައި ވަނީ ކޮން ފަދަ ސިހުރެއް ބާއެވެ. ތިޔަ ބެލުމުގައި ވަނީ ކޮން ފަދަ ޖާދޫއެއް ބާ އެވެ. ތިޔަ ހީނލުމުގައި ވަނީ ކޮންފަދަ މަސްތެއް ބާއެވެ. ކަލާ ހުރި މަތިންދާ ބޯޓު ވިލާ ތައް ކަފަމުން ގޮސް ފަޒާގެ ތެރެއަށް ގެއްލުނީ އަހަރެންގެ ލޮލަށް ފެނިގެންނެވެ. އެވަގުތު އަހަރެންގެ ލޮލުން ކަރުނަ ނީރާލިއެވެ. އުފާވެރި ކަމުގެކަރުނަ ކަމެއް, ހިތާމައިގެ ކަރުނަ ކަމެއް އަހަންނަކަށް ނޭންގެއެވެ. އެ ދެ އިހުސާސް އެކުވެގެން އައި ކަރުނަ އެއް ކަންނޭންގެ އެވެ.
މިރޭ އެނދުގައި އޮވެ ދެކޮޅަށް ފުރޮޅެމުން އަހަރެން މިދަނީ ދެލޮލަށް ނިދި ނައިސްގެންނެވެ. ކަލާ މަތިން މާ ބޮޑަށް ހަނދާން ވަނީ އެވެ. ކަލާއާއި ގުޅާލަން ފޯނު ނަގާފައިވެސް ފޯނި ބޭއްވީ ކަލާ އުޅޭނީ މާދަމާގެ މެޗަށް ފަރިތަ ކުރަން ކަން ހަނދާން ވުމުންނެވެ. އެހެން އޮއްވާ އެއްލި ކަޅިއަކުން އަހަރެންގެ ލޮލުގައި އަޅައިގަތީ އެނދުގެ ހެޑްބޯޑް ގައި އިން ވަށިގަނޑުގައި ހިކިފާ ހުރި ފިނިފެން މާތަކެވެ. އެހިނދު އަހަންނަށް ހިނިތުން ވެވުނެވެ. އެއީ ފުރަތަމަ ފަހަރަށް އަހަރުމެން ދުއްވާލަން ދިޔަ ދުވަހެވެ. ކާރުގައި އިން އިރު ކަލާ އިނީ އަހަރެންގެ އަތުގައި ހިފަހަށްޓާލައިގެންނެވެ. ޖަހާފައި ހުރީ ލޯބީގެ ލަވަ އެކެވެ. “ލޯބި ވާވަރު ކަލާއަށް އަންގައިދެމޭ.. ލޯބިން ކަލާ މިހިތާ ކުޅެން އޔމުރަށް މަ ދޭނަމޭ.. ދާކަށް ވަޔާ އަހަރެންގެ ހިތް ދޫކޮށްނުލާނަމޭ.. މަންޒިލޭއް ދާން ނެތޭނޭ ކަލާޔާ ނުލާ” ލަވައިގެ އެ ތަން ކޮޅު ކަލާ ކިޔާލީ ހާދަހާ ލޯބިންނެވެ. ކަލާގެ ސީޓުގެ އަތިމަތިން އަހަންނަށް ދިއްކޮށްލީ ރަތް ފިނިފެންމާ ބޮނޑިއެކެވެ. އަހަންނަށް ކެއްސެއް ނުދޭނަން ކަމަށް ކަލާ އެވަގުތު ވަޢުދު ވީމެއް ނޫން ހެއްޔެވެ. އަހަރެން ކަލާއަށް ކުރާ އިތުބާރު ގެއްލުވާ ނުލާން ކަލާ ވަޢުދު ވީމެއްނޫން ހެއްޔެވެ. ކަލާގެ ހިތުގައި އަހަންނާއި ދޭތެރޭ ވާ ލޯތްބަށް ބޭވަފާތެރި ނުވާނެ ކަމަށް ކަލާ އެއްހާސް ހުވާ ކުރީމެއްނޫން ހެއްޔެވެ. އެރޭ އަހަންނަށް ނިދުނީ ވެސް ކަލާގެ ހަނދާން ތަކުގައި އޮއްވައެވެ.
މިއަދު އަހަރެންގެ ކުރިމަތީގައި ހިނިތުން ވެލައިގެން ތި އިނީ ހަމަ މަގޭ ޔާޝް ހެއްޔެވެ. ކަލާ ހާދަހާ ތެދުވެރި އެވެ. ކަލާ ހާދަހާ ވަފާތެރި އެވެ. ކަލާގެ ވަޢުދު ތަށް ކަލާ ތި ފުއްދީ ހަމަ އަހަރެންދެކެ ވާ ހަޤީޤީ ލޯބިން ހެއްޔެވެ. މިއަދު ކަލާ އާއި އަހަންނާ ދެމެދު އެއްވެސް ހުރަހެއް ނެތެވެ. ކަލާ އަހަރެން ގެންދާށެވެ. ތި ހަށިގަނޑުގެ ބަޔަކަށް އަހަރެން ހަދާލަދޭށެވެ. އަހަރެންގެ އިތުބާރު ހޯދިހާ ކުޅަދާނަ ކަމާއި އެކު އަހަރެންގެ މުޅި ދިރި އުޅުން ވެސް ކަލާ ހޯދައިފިއެވެ.
އޭ މަގޭ ހިތް ފަޠަޙަ ކުރި ޒުވާނާއެވެ. އޭ މަގޭ ހިތުގެ ރާޖާއެވެ. އޭ މަގޭ ހަޔާތުގެ ދިރުމެވެ. އޭ މަގޭ ލޯތްބަށް ވަފާތެރިވި މަގޭ ފިރިމީހާއެވެ. ކުރިން ވެސް އަހަންނަށް ތިޔަ ދިން ލޯބި މުޅި އުމިރަށް އަހަންނަށް ދޭނު ހެއްޔެވެ. ކުރިން ވެސް އަހަންނަށް ވީ އޯގާތެރިކަން މުޅި އުމުރަށް އަހަންނަށް ދޭނު ހެއްޔެވެ. ތިޔަ ލޯބިވެތި ހަނދާން ތަކުން އަހަރެންގެ ދިރިއުޅުން ފުރާލަދޭނު ހެއްޔެވެ. ތިޔަ ބީހިލުމުން އަހަރެން ނިންދަވާލާނު ހެއްޔެވެ. ކަލާ އަހަރެން މުޅި އުމުރަށް މި ދުނިޔެއާ ފޮރުވާލަ ދޭނުހެއްޔެވެ. އޭރުން ކަލާ ނެތް ދުވަަކުން ވެސް ކަލާގެ ހަނދާން ތައް އަހަރެން ކުރާނަމެވެ.
6 Comments!
Comments are closed.




Assalaamu Alaikum
enme furathama kamakah vx Comedy Land ge kiyun theringe kibain alhugandu nihaayathah ma aafah edhen.. CL ge hurihaa kiyuntheryn kehtheri kameh nethi inthizaaruga behettumaky alhugandu kuraa hithun kuraa kameh noon. nama vx CL up nukurevigen mi ulheny Comedy Land liyefa othy ehn device ehgaa kamun.. e device gai wifi nethumun e device in vhk up kureveyne gotheh alhugandakah neh.. mi vhk alhugandu phn in mi up kury esfiya site aa alhuganduge supporters aa dhurugai huhnan beynun nuvaathy.. unmeedhu kurany mi kuru vaahakain vx CL ge handhaan thah aave CL ah kuramun thiya dhaa foni unmeedhu thah eyge enme furihama gothugai alhugandah genesdheveyne kamah. mi vaahakaige main characters kamugai vaa “Reesh” aai “Yaash” aky alhugandu CL in negi dhe character. Alhugandu mihaaru midhany CL liyamun. up kurevey gotheh vaa irah vaguthun daily koh CL up kuraane vhk vx dhannavaalan.alhugandah thiyae dhehvaa hiy varu kuriah oiy thaangaa vx dheyne kamuge unmeedhugai vaki velan.
wassalaamu alaikum
??
aharen Kalaa dheke inthihaa ah lwbivey❤️
Kalaayaa nulaa aharenge hayaai furi Hama eh nuvaane?
Kalaa kithamme dhuruga v namaves Kalaa abadhuves vany mi hithuga ..ahannaa emme kairyga ?❤️
Username badhalu koffa inas Kalaa ah aharen mee kaaku Kan engeyne..konmehen bunumuge beynu meh neh?
Aharenge hiyaaluga abadhuves Kalaa raskan kurey???
Kalaage hadhaan thah mi hithaa emme hindhu kolhakahves vakinuvey??
Barabo meehaku bindheliyas mi hadhaan thah nubidheveyne???
Chuku chuku hoagayaa eii koachekan ehen ekakah neygunas Kalaa ah engeyne??
Aharen Kalaa dheke inthihaa ah lwbivey?❤️?❤️
Ekm Kalaa akaa maryy kohgen hayaathen nufesheyne???❤️????
Mee thafaathu lwbeh❤️???
Mee aguhuri lwbeh??❤️???
Adhives ehfaharu bunelan beynun
Aharen Kalaa dheke inthihaa ah lwbivey ?❤️????
Love u lwbsss?????❤️??
Miss u kalaadheke inthihaa?❤️????
Reply for my love chuku chuku ho gaya
alheyyyyy magey lwbi chuku chuku hogaya gandu???????????????????????❣❣❣❣
bunan heyyeve.
kalaa thee mihithugaa hingaa hama ekani nameve.
kalaage mathin ethah faharaku aharen handhaan ve eve.
iru araany kalaage handhaan thakaa ekeega eve.
iru osseynee kalaage phn call akaa ekeega eve bunan heyyeve. kalaa aai kithanme dhurehggai huhtteh kamaku ahren kalaa dheke mi vaa lwbi kalaa aa dhureh nuvaane eve. abadhuvx mihithugai kalaage lwbi ran akurun fevifai ve eve.
lwbivaa chuku chukaa eve . barabo meehaku bindhelumun aharenge hiy veeraanaa vehjje eve. magey hithugai niya elhihjje eve. ekamaku mihithah shifaa libuny kalaage handhaan thakunneve. kalaa aharen dheke vaa haqeeqee ukhuhvaiy theri kamuge lwbinneve.
ey magey hayaathuge vai roalhi aa eve. ey magey hithuge vindhaa eve. ey magey kotareege baiveriyaa eve. ey magey sikundeege vathukiba aa eve. ey magey lwbeege vafaatheri mithuraa eve. ey magey akhuthaa eve. thiya nan badhalu kohffaa inas ahahnnah kalaa olheyne heyyeve. kalaa thee kaaku kamaai kalaa thee konthaaku ulhey kaakuge dhari eh kamaai kalaa thee kon jinsehgge meeheh kan ahannan vrh ranaglhah engeyeve.
ey magey yaaraa eve. kalaa aai eku hayaatheh fashan aharen kihaa huvafeneh dhekuneemu heyyeve. kalaa aai kaiveni kuran aharen kihaa unmeedheh kurin heyyeve. nama vx thaqudheerugai othy ehn vhk ekeve. ehn nama vx kalaage lwbi abadhu vx mi hithuge kanehggaa aalaavey vey hure eve. thi lwbi mi hithun fuhe lumaky undhagoo kamekeve.
mi dhelolun karuna ohey haalu kalaa aai mivaguthah vaki velameve. vrh avahah bahdhalu vaane kamuge foni unmeedhaai eku ga eve. ?????????????????????❤?❤???❤❤???❣❤❣?❣??❣??????????????
loabi vaa
Preesha
aye aharenge enme gaai ekeveri reesh eve..
reesh ge khabareh vaanekamah aharen inthixaaru kuraathaa kihaa dhuvaheh heyyeve…
aharen heeekury reesh aharumen mathin handhaan nethunee kamasheve…
ekamaku miadhu ahannah yageen vejje eve… reesh dhuvahakuves aharemen matthin handhaan nahthaa nulaane kameve… ahannah mi vaahaka fenumun vee gotheh ves neyguneve. ufalun dhefai ehthaaku nujehe eve… vaanee ves ehen noon heyyeve.. aharenge rangadu ge habareh mi vee 3 mas fahun viyyaeve… aharen reesh mathin handhaa nuvaa enme dhuvaheh vves nudhaane eve… hama ekani reesh eh nooneve… comedy land ge hurihaa membarun ves me eve.. reesh ge khabareh varah avahah vaaney kamah aharen unmeedhu kurameve. ❤❤❤❤❣❣??????????????????????????????
reesh ge haalu kolhu kihineh thaaa? varah dhuvas fahun bahdhal veema very ufaa vejje and good luck for the upcoming exams reesh… ???????????
loabivey bodukoh reesh ge enme bodu fankaa ge faraathun ??????☺☺
ey magey dhelo neydhey ekuveri aa eve. dhuniye hingaanee thoshali lee dhulha akh noon heyyeve. thiya mithuraage mathin handhaan nahthaalaanee kn fadha akun heyyeve. CL liyaa konme faharaku manje ganduge mathin handhaan ve eve. kuraan einthizaaru thasahvaru vx koh nuleve eve. luvza dhaithaa eve. thin mas vee heyyeve. nuvx dhena hurumeve.haadha haa bodu ajaibekeve. cl ge episode thah miadhany liyamunneve . reesh ge khabareh mioh vee noon heyyeve. cl up nukurevunu kamugai viyas mifadha kudhi kudhi hadhiyaa thakun abadhu vx mi hiy esfiya site aa gaai kohdhe eve. luvee dheke inthihaa ah lwbi ve eve.
?????????????????❤❤❤✌✌✌??? anmoooaaaaiii luvza dhaithagandaaa… reesh iraadha kurehveethee hama ehvana.. luvee kihineh thr. kaifin thr boefin thr.. nidhin thr.. test deshee thr..yes thank you.. exam thakah luvza manje ah vx good luckk..
amahyyaaaiii mashah enme finikohdhey fankalaa eve. dhulakun galamakun bayaan kuraa varah vure bodah aharen lwbi ve eve
hei reeeeeeeeeeeeeeeesssssshhhhhh
hama varah reethi mi story vx..
keep it up my girl….
nd comedy land ah varah bodah inthizaaru kuran…..
misssed you so much…
love yah
best wishes from me…