މާގަނޑުން ވެހެމުންދިޔަ ފެންތައް އަހަރެންގެ ހަށިގަނޑުގައި ބީހިލުމަށްފަހު ފައިބައިގެން ދެއެވެ. ލޮލުން އައި ކަރުނަތައްވެސް އެ ފެނާ އެކުވެ ވަންހަނާވެގެން ދިޔައީއެވެ. ހުރިތާ ގަނޑުވެފައި ހުންނަން ޖެހުނީ އަހަންނަށެވެ. ކޮންމެ ދުވަހަކު އިރުއަރާ އޮއްސެއެވެ. އެތައްބައެއްގެ ހިތަށް އުފާވެރިކަން ގެނުވައިދީފައެވެ. ހަމަ އެފަދައިން އެތައް ބަޔަކު ހިތާމައިން ރޮއްވާފައެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް އަހަންނަށް އޮތް ގޮތަކީ ހަމަ އެކަނި ރުއިން ހެއްޔެވެ؟ ތަޤުދީރުގެ މި ކުޅިގަނޑު ހުއްޓޭނީ ކޮންދުވަހަކުން ބާއެވެ؟
އުސްގަނޑަކަށް ފަހު އަޑިގަނޑެއް އަންނަކަން އަހަރެން ގަބޫލުކުރަމެވެ. ނަމަވެސް އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެ ކަމަކަށްއަހަރެން ގަބޫލެއް ނުކުރާނަމެވެ. ކީއްވެ ހެއްޔެވެ؟ މީގެ ކުރިން އަހަރެންގެ ހަޔާތް ވަނީ އުސްގަނޑުތަކުން ފުރިފައެވެ. އަޑިގަނޑަކަށް ވެއްޓުނީ ހަމަ ކުއްލިއަކަށެވެ. އޭގެ ފަހުން އުސްގަނޑެއް ލޮލުކޮޅަށްވެސް ނުދެކެމެވެ.
ބަނޑުހައިވެގެން އަހަރެން މިހިރަ ތުރުތުރު އަޅަނީއެވެ. ހެނދުނު ހޭލިގޮތަށް އެއްވެސް އެއްޗެއް ނުކައި ހުރުމުގެ ސަބަބުން އަހަރެންގެ ގޮހޮރު ވަޔާ ވިހުރެމުންދިޔަ ފަދައެވެ. މިހާރު އެއޮއް އިރުއޮއްސެނީއެވެ. މާގަނޑުން ފައިބަމުންދިޔަ ފިނިފިނި ފެނުގެ ސަބަބުން އަހަރެންގެ ގައިގާ ކޮންމެވެސް ވަރަކަށް ވަރުޖެހުނު ނަމަވެސް ހިތުގައިވީ ރިހުމެއް ފިލައިގެންނެއް ނުދިޔައެވެ. ނުވެސް ދާނެއެވެ.
މާގަނޑު ބަންދު ކުރުމަށްފަހު އަހަރެން އައިސް ހުއްޓިލީ މޫނުބަލާ ލޯގަނޑު ކައިރީގައެވެ. އެއިރު އެ ލޯގަނޑުން ފެންނަމުންދިޔައީ މީގެ ކުރިން އުފަލުގާ އުޅުނު އަންހެން ކުއްޖާއެއް ނޫނެވެ. މޫނުގެ ހަންގަނޑުގައިވި އޮމާންކަން ވަނީ ފިލާ ގޮސްފައެވެ. ދެލޯ ވަޅުވަދެ ހަންގަނޑު ވަނީ ކަށިގަނޑުގައި ތަތްލަވާފައެވެ. ތެމިފައިވާ އިސްތަށިގަނޑު އެއްވެސް ތަރުތީބެއް ނެތި މޫނުމައްޗަށް ފައިބައިފާ އޮތެވެ. ކުއްލިއަކަށް އަހަންނަށް މިހާ ބޮޑު ބަދަލެއް އައީ ކީއްވެ ބާއެވެ؟ އަހަރެން އަމިއްލަ ނަފްސާ ސުވާލު ކޮށްލީމެވެ. ޖަވާބު ދިގެވެ. އެހާމެ ހިތިވެސް މެއެވެ.
ކުއްލިއަކަށް އަހަރެންގެ ބޯ އަނބުރަން ފެށިއެވެ. ފާރުގައި އަތް ޖައްސާނުލެވުނުނަމަ އަހަރެން ވެއްޓުނީސްކަން ކަށަވަރެވެ. މަންމަ އަށް ގޮވާލެވުނީ ބޭއިޙްތިޔާރުގައެވެ. އެއީ އަހަރެން އެންމެ ކުރަން ބޭނުން ނުވި ކަންތަކެވެ. މަންމަގެ ފަރާތުން ޖަވާބެއް ނުލިބޭނެކަން އަހަންނަށް އެނގެއެވެ.
ދެވަނަ ފަހަރަށްވެސް މަންމަ އަށް ގޮވާލެވުނެވެ. އެއިރު އަހަރެންގެ ގައިން ދިޔައީ ވަރު ހުސްވަމުންނެވެ. އަހަރެން އަވަސް އަވަހަށް ފާހާނަ ތަށިމަތީ އިށީނދެލީމެވެ. އެވަގުތު މަންމަ ޖަވާބު ދިން އަޑުވެސް އިވުނެވެ. ނަމަވެސް އެ އަޑުގައި އެއްވެސް އޯގާތެރިކަމެއް ނެތެވެ. ހީވަނީ ބޮލަށް އުނދަގޫވެގެން ޖަވާބު ދިން ހެންނެވެ. އަހަރެންނަށް އަނެއްކާވެސް ރޮވެން ފެށުނީ އެހެންވެއެވެ.
ފާހާނަތަށިމަތީ އިރުކޮޅަކު އިނުމަށްފަހު ހަމައަކަށް އެޅިލުމުން އަހަރެން ފާހާނައިން ނުކުތީމެވެ. ފެންވެސް ނުހިއްކާ އަހަރެން އައިސް ޖައްސާލީ އެނދުމަތީގައެވެ. އެއްވެސް ފޭރާމެއް ނެތް ހާލު އެނދުމަތީ އޮތް އިރު، އެނބުރެމުންދިޔަ ފަންކަލުން ފިޔަތަކުން ޖެހޭ ފިނި ވައިގެ ސަބަބުން އަހަރެންގެ ހަށިގަނޑަށް އަރާމު އިހުސާސް ކުރެވުމުންދިޔައެވެ. މަޑުމަޑުން ލޯ މަރާލެވުނެވެ.
އާއިލާ އެންމެން ތިބީ އަަހަރެން ދެކެ ރުޅި އައިސްފައެވެ. އުތުރި އަރަމުންދިޔަ އާއިލީ ލޯބި ކުއްލިއަކަށް ހުއްޓުމުން އަހަރެންގެ ހިތަށް ކުރާނެ އަސަރު އެމީހުންނަށް އިހުސާސް ނުކުރެވެނީހެއްޔެވެ؟ އަހަރެން މިއީ އެންމެ 17 އަހަރުގެ އަންހެން ކުއްޖަކީމެވެ. ލޯތްބަކީ ކޮބައިކަން އަހަންނަށް އެނގެއެވެ. އެ އިހުސާސް އަހަންނަށް ކުރެވުނުތާ މިހާރު ކިތަންމެ ދުވަހެކެވެ. ހިތާމައަކީ މަންމަމެންނަށް އެކަން ނުވިސްނޭކަމެވެ. އެމީހުންގެ ނަޒަރުގައި އަހަރެންނަކީ އަދިވެސް ވަރަށް ކުޑަ ކުއްޖެކެވެ.
އިޝްގީ ލޯބި އަހަރެންގެ ހިތުގައި އުތުރިއަރައިގެންއިރު އަހަރެންގެ އުމުރުން އެންމެ 12 އަހަރެވެ. އެއީ ފުރަތަމަ ނަޒަރުން ލޯބި ވުމެއް ނޫނެވެ. އަހަރެންގެ ހިތް ހަދިޔާ ކުރެވުނީ ފެނި ފެނި ބާވެފައިވާ ކުއްޖަކަށެވެ. އެއީ ހިޝާމް އެވެ. އެންމެ ފުރަތަމަ އެއްވެސް ޝައުގުވެރި ކަމެއް ނެތެވެ. ލޯބި ވެވުނީ ހަމަ ކުއްލިއަކަށެވެ. ވީ ގޮތެއް އަހަންނަކަށްވެސް ނޭނގުނެވެ. އޭނާގެ އަޑު ރީތި ވީއެވެ. އެ ބަލާލުން ފުރިހަމަ އީއެވެ. އިސްތަށިކޮޅު ލޯބީއެވެ. މޫނުގެ ބައްޓަންވެސް މެއެވެ. އޭނާގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކު އަހަރެންގެ މުޅިގައިން ހީބިހި ހިލުވާލައެވެ.
ހިޝާމް އަކީ ގުރޭޑް އެކަކުން ފަށައިގެން އެއް ކުލާހެއްގައި ކިޔަވަމުން އައި ކުއްޖެކެވެ. އިންނާނީ ވަރަށްވެސް މަޑުންނެވެ. ކިޔަވަންވެސް ފުދޭވަރަކަށް މޮޅެވެ. އެހެން ފިރިހެން ކުދިންނާ ވަރަށްވެސް ތަފާތެވެ. ނަމަވެސް އަހަރެންގެ ހިތުގައި އޭނާގެ މައްޗަށް ޝައުގުވެރިކަން އުފެދުނީ ގުރޭޑް ހަތަކަށް ދިޔަފަހުންނެވެ.
އެދުވަހު ކުލާހުގައި އޮތީ ގުރޫޕް މަސައްކަތެކެވެ. އަހަންނާއި ހިޝާމް ތިބީ އެއް ގުރޫޕް އެއްގައެވެ. ގުރޫޕް ހުރިހާ ކުދިންގެ ތެރެއިންވެސް ތެރަސް ފުޅިއެއް އޮތީ އޭނާގެ އަތުގައި އެކަންޏެވެ. އޭނާއާއި އަނގައިން ބުނަން އަހަންނަށް މަޖުބޫރުވީ އެހެންވެއެވެ. އަހަރެން، ތެރަސް ފުޅި ލިބިދާނެހޭ އަހާލީ ވަރަށް ޖެހިލުންވެ ހުރެއެވެ. ކުއްލިއަކަށް އޭނާ އަހަރެންގެ ދެލޮލަށް ބަލާލިގޮތުން މުޅިގައިން ހީބި ނަގައިގެން ދިޔައެވެ. އެ ދެލޮލުގައިވި ހާއްސަކަން އަހަންނަށް ފާހަގަ ކުރެވުނީ އެ ދުވަހުއެވެ. އޭނާއާ ވާހަކަ ދައްކާ ހިތްވީ ކީއްވެ ކަމެއް ނޭނގެއެވެ. އެ އަޑުގެ ސަބަބުން އަހަރެންގެ ހިތަށް ހަމަޖެހުން ގެނުވައިދެއެވެ.
އޭގެ ފަހުން އަހަރެން އޭނާއަށް ވަރަށް ހާއްސަ ގޮތެއް ބަހައްޓަމެވެ. އެކަން އޭނާއަށްވެސް ފާހަގަ ކުރެވުނީ ތޯއްޗެކެވެ. އޭނާވެސް އަހަންނާ ވާހަކަ ދައްކަން މަސައްކަތް ކުރާކަން އަހަންނަށް އެނގުނެވެ. ދެމީހުންގެ ގުޅުން ވަރުގަދަވަމުންދިޔައެވެ. އެ ގުޅުމަށް ނަމެއް ދޭކަށް އެކަކުވެސް ބޭނުމެއް ނުވިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ.
ހިޝާމް އެހާ މަޑުން އިންނަނީ ކީއްވެ ބާއެވެ؟ ހިތުގައި އުފެދުނު މި “މޮޔަ” ސުވާލުގެ ޖަވާބު އެހާ ހިތިވެދާނެ ކަމަކަށް އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަމެވެ. ހިޝާމްގެ ހަމަހިމޭންކަމުގެ ދަށުގައި ފޮރުވިފައިވާ ސިއްރު އެނގޭ މީހަކު އޭނާއަށް ހަމްދަރުދީ ވާނެކަން ކަށަވަރެވެ. ހަގީގަތް ފޮރުވިފައި އޮންނާނީ އެއްމެ އަޑީގައި ކަމެއް ގިނަ މީހުންނަކަށް ނޭނގެއެވެ. ހިޝާމްއަށްވެސް ދިމާވީ އެ މައްސަލައެވެ. މިއަދު އޭނާގެ ނަން މިވަނީ ވެއްޔާ މޮޑެވިގެން ގޮސްފައެވެ. މީހުންގެ ކުރިމަތީ އަގުވެއްޓިފައެވެ. އަހަރެންގެ އާއިލާ އަހަންނާ ގުޅުން ކަނޑާލާންޖެހުނު ސަބަބަކީވެސް އެއީއެވެ.
ބައްޕަ އަހަންނަށް ފޯނެއް ގަނެދިނީ ގުރޭޑް 10 އަކަށް ދިޔަތަނާއެވެ. އަހަރެން އޭނާއަށް ގުޅަން ފެށީ އެހިސާބުންނެވެ. ތެދުތެދަށް ބުނަންޏާ އަހަރެން ހިޝާމް އަކާ ރައްޓެއްސެއް ނުވަމެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް ހެވެ. ނަމަވެސް އަހަރެމެން ވާހަކަ ނުދައްކާ އެންމެ ރެއެއްވެސް ނުދެއެވެ. އަހަރެންނަށް ނިދެނީވެސް އޭނާއަށް ގުޅައިގެން އޮއްވައެވެ. ކިތަންމެ ގިނައިރު ވާހަކަ ދެއްކިކަމުގައިވިއަސް އަހަރެން ފޫއްސެއް ނުވެއެވެ. ނުވެސް ވާނެއެވެ. އަހަރެން އޭނާ ދެކެ ލޯބިވަމެވެ. ނަމަވެސް އާއިލާގެ އެންމެންނަށް މި ގުޅުން ސިއްރުކުރީމެވެ. އެއީ އަހަންނަށް ކުރެވުނު މޮޔަކަމެއް ހެއްޔެވެ؟
ގުރޭޑް އަށަކަށް ދިޔަފަހުން ހިޝާމްގެ ކިޔެވުން ދަށްވެ އުޅުމަށް ބަދަލު އަންނަން ފެށިއެވެ. އެހެން ވާން ޖެހުނު ސަބަބެއް އެންމެ ފުރަތަމަ އަހަންނަކަށް ނޭނގެއެވެ. ބޭރުތެރެއިން ނުފެންނަ ކުއްޖާ ރަށުތެރެއަށް ގިނަވާން ފެށިއެވެ. އޭނާއޭ ކިޔައިގެން ތަފާތު ވާހަކަ ތައް ރަށުތެރޭ ފެތުރެން ފެށިއެވެ. އެންމެންގެ ތެރޭ އޭނާ “ޕާޓޭ” އެއްގެ މަގާށް ވެއްޓުނީއެވެ. އޭނާއަށް އެ ބަދަލު އަންނަ މެދުވެރިވި ސަބަބާމެދު ހަމަ އެކަކުވެސް ވިސްނައެއް ނުލިއެވެ. އެހެންމީހުން ގަބޫލު ކުރި ގޮތުގައި، އަހިވަކާ ޖެހި އަހިވަށް ފާ ވީއެވެ. ހިޝާމްގެ އެކުވެރިންގެ ސަބަބުން އޭނާއަށް މަގު އޮޅުނީއެވެ. ހަގީގަތް އެނގުނީ އަހަންނަށް އެކަންޏަށެވެ.
ހިޝާމްއަކީ، ރުޅިގަދަ މަންމައެއްގެ ތޫނު ވަކިތަކުގެ ޝިކާރައަކަށްވެފައިވާ ކުއްޖެކެވެ. އެންމެ ކުޑައިރުއްސުރެވެސް އޭނާ އައީ އެ އަނިޔާއާ ކުރިމަތި ލަމުންނެވެ. އޭނާގެ ހަމަހިމޭންކަމުގެ ސިއްރަކީ އެއީއެވެ. މިއީ ހަގީގަތެވެ. ނަމަވެސް، ހަގީގަތް ލޯ ކުރިމައްޗަށް ފެންނައިރުވެސް ޤަބޫލުކުރަން ބޭނުން ނުވާ ކިތައް މީހުން އުޅޭނެ ބާއެވެ؟ އޭނާ އެވާހަކަތައް އަހަންނަށް ކިޔައިދިނީ ރޮމުންނެވެ. މިއޮއް ހުރިހާ ދުވަސް ވީއިރުވެސް އޭނާ އެހުންނަނީ ހުރިހާ ހިތާމަތައް، ހިތުގެ އެންމެ އަޑީ ފޮރުވައިގެންނެވެ. ހަގީގަތް ކިޔައިދޭން އޭނާއަށް މަޖުބޫރު ކުރުވީ އަހަންނެވެ.
ހިޝާމްހާ ހިތްވަރުގަދަ މީހަކު އަހަރެން ދުވަހަކުވެސް ނުދެކެމެވެ. އޭނާ އެހާ މޮޅަށް ކިޔަވަމުން އެ ދިޔައީ މަންމަގެ އަނިޔާތަކާއި ކުރިމަތި ލަމުން ހެއްޔެވެ؟ ގުރޭޑް ހަތަކާ ޖެހެންދެން އޭނާ ވަރަށް މަތިން ފާސްވިއެވެ. ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ އަށަކަށް ބަދަލުވި ހިސާބުންނެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލީއެވެ. ގެއިން ބޭރަށް ނުކުންނަން ފެށީ މަންމަގެ އަނިޔާއާއި ކުރިމަތި ނުލާން ވެގެންނެވެ. މިއަދު ފެންނަމުން އެދަނީ އެކަމުގެ ނަތީޖާއެވެ. ވީއިރު މިކަމުގައި ޒިންމާ ވާން ޖެހޭނީ އޭނާގެ މަންމަ ނޫން އެހެން ކާކުހެއްޔެވެ؟
ހިޝާމްއާއި ވާހަކަ ދެއްކެން އޮތް ހަމައެކަނި ގޮތްވެސް ނައްތާލީ އޭނާގެ މަންމައެވެ. އެއްދުވަހު ރުޅިއައިސްގެން އޭނާ ހިޝާމްގެ ފޯނު ހަލާކު ކޮށްލީއެވެ. އޭގެ ފަހުން ހިޝާމްއާ ވާހަކަ ދެއްކެނީ އޭނާގެ އެކުވެރިއެއްގެ ފޯނުންނެވެ. އެއީވެސް ހާހަކުން ފަހަރަކުއެވެ. ނަމަވެސް އޭނާގެ ހާލު ބަލާލުމަށްޓަކައި މި ހަނި މަގު ކޮށައިދިން އޭނާގެ އެކުވެރިޔާއަށް މި ދަނޑިވަޅުގައި ޝުކުރު އަދާކުރަން ބޭނުމެވެ. އެހެން ނޫންނަމަ އަހަންނަށް ހިޝާމް ގެއްލުނީސްކަން ކަށަވަރެވެ.
އަހަރެން ހިޝާމް އާ ވާހަކަ ދައްކާކަން ދޮންތައަށް އެނގުނު ހިސާބުންފެށިގެން ދޮންތަ އަހަރެންނާ ދިމާއަށް ރުހުމުގެ ލޮލަކުން ބަލާވެސް ނުލައެވެ. އެއީ ކީއްވެ ހެއްޔެވެ؟ ހިޝާމްގެ ކުށަކީ ކޮބައިހެއްޔެވެ؟
އަހަރެން އުޅެނީ ހިޝާމް އާ ރައްޓެހިވެގެން ހޭ އެއްދުވަހު ދޮންތަ އެހިއެވެ. އަހަރެން ޖަވާބުގައި ދެ ފަރާތަށް ބޯ ހޫރާލީމެވެ. އަހަރެން ހިޝާމް އަކާ ރައްޓެއްސެއް ނުވަމެވެ. ދޮންތަ ކައިރީ އެ ދުވަހުވެސް އަހަރެން ހެދީ ތެދެވެ. ނަމަވެސް ދޮންތަ ގަބޫލެއް ނުކުރިއެވެ. އޭނާއަށް އަޑު އިވެނީ މީހުން ކިޔާ އެއްޗެއްސެވެ. ގަބޫލު ކުރާނީވެސް އެ މީހުންގެ ވާހަކަ ތަކެވެ. އަހަރެން ހިޝާމްއާ ކިތަންމެ ގިނައިން ވާހަކަ ދެއްކި ކަމުގައިވިއަސް އަދި އަހަރެން ކިތަންމެ ލޯބި ވި ކަމުގައިވިއަސް ނުކުރާކަމެއް ވާނީ ހަމަ ނުކުރާ ކަމަކަށެވެ. އަަހަރެން އެއް އިރެއްގައިވެސް ހިޝާމް އަކާއި ރައްޓެއްސެއް ނުވަމެވެ. ނަމަވެސް އަހަރެމެން ދެމީހުން މީ އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވާ ދެމީހުންނެވެ. ދެމީހުން ރައްޓެހި ވުމަކީ އެއީ އަދި މުޅިން އެހެން ކަމެކެވެ.
ދޮންތަ ތަކުރާރުކޮށް އަހަރެން ކައިރީ އެ ސުވާލު ކުރިއެވެ. އެންމެ ފަހުން ދޮންތަ އެ ވާހަކަ މަންމަ ކައިރީވެސް ބުނީއެވެ. މަންމަވެސް އަހަރެން ދެކެ އައީ ރުޅިއެވެ. ދިމާއަށް ނުބުނި ނަމަވެސް އެކަން އަހަންނަށް އެނގެއެވެ. ދެމީހުން އަބަދުވެސް ތިބެނީ ރުޅި މޫނު ހަދާފައެވެ. މަންމަމެންނާ ކުރިމަތި ލާން ޖެހޭ ކޮންމެ ފަހަރަކު އަހަރެންގެ ލޮލުން ކަރުނަ ހިލެއެވެ. އެމީހުންނަށް ހަމަވިސްނުން ދެއްވާތޯ ހިތުގެ އަޑިން ދުޢާ ކުރަމެވެ.
އެފަދަ މައިންގެ ސަބަބުން ހަލާކުވެގެން އެދަނީ ކިތައް ކުދިންގެ މުސްތަޤުބަލު ބާއެވެ؟ ގިނަ މީހުން ގަބޫލު ކުރަނީ މީހަކު ބުނާ އެއްޗެކެވެ. ހަގީގަތް އޮޅުން ފިލުވަން އުޅެނީ މަދު މީހެކެވެ. މިއީ މި ދުނިޔޭގެ އާދައެވެ. މައިންގެ އިހުމާލުގެ ސަބަބުން ވީރާނާވަމުންދާ ކިތައް “ހިޝާމް” އުޅޭބާއެވެ؟ ހަގީގަތް ބެލުމެއްނެތި ގޮތް ނިންމުމުގެ ސަބަބުން ހަލާކުވެގެން އެދަނީ އަހަރެންގެ ފަދަ ކިތައް ކުދިންގެ ހަޔާތް ބާއެވެ؟ މިކަމާމެދު ވިސްނާކަށް ނުވޭހެއްޔެވެ؟ ކުއްޖަކު ނުބައިމަގަށް އެޅުމުގައި ކޮންމެވެސް ބައެއްގެ އިހުމާލް ވާނެކަން ކަށަވަރެވެ. އެކުއްޖާގެ ގައިގާ “ލޭބަލް” އެޅުވުމުގެ ކުރިން ހަގީގަތް އޮޅުން ފިލުވާލުން ކިހިނެއްވާނެތޯއެވެ؟
މިއީ، މައުސޫމް އަންހެން ކުއްޖެއްގެ ހަޔާތުގައި ކުރިމަތިވި ހަގީގީ ހާދިސާއެކެވެ. އަދިވެސް އެ ކުއްޖާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އެއްކޮޅުން އާއިލާއެވެ. އަނެއްކޮޅުން އިންތިހާއަށް ލޯބިވާ ލޯބިވެރިޔާއެވެ. އެ ފިރިހެން ކުއްޖާ އަދިވެސް އެގޮތަށް އެބައުޅެއެވެ. މީހުންގެ ކުރިމަތީގައި އެއީ “ޕާޓޭ” އެކެވެ. އޭނާ “ޕާޓޭ” އަކަށް ވާން މެދުވެރި ސަބަބެއް އަދިވެސް މީހުންނަކަށް ނޭނގެއެވެ. ނޫނީ މީހުން އެކަން އޮޅުން ފިލުވަން ބޭނުން ނުވަނީއެވެ.
ނިމުނީ
29 Comments!
Comments are closed.



After a long time… 🙂 Reethi vaane kamah ummeedhu kuran…. I may not be able to reply your comments…. sorry…. 🙂
MIAHVURE DHIGU KOHLINAMA
Hoody ge story akah wait kuraathaa vrh gina dhuvas vehje.. pls dhigu story eh genes dhybala.. hope to see a long story of urs soon….
Ooh!!hoody mi stry hama superb..love it..after a long time true stwry eh thi genes dhiny.. 😀
goiyy husviyas adhi parteyy akaha vaakah nujeheyy..
Eyna parteyy akah v goiyy husvegnneh noonehnu..eyna mom eyna ah hedhi gothunney
exactlyy elyy.. ???????
vrh reethi mi vaahaka hoodyy.. u r awesome..
Hoody ge molhu Kama eve… V ufaa wejje anekka vx hooduy ge v eh libunyma
Kyh kuraany duniyeyge aada vv Sali story eh
happy u r back story is awwwwsomeee.
OMG hoody , u r , back , nice 2 c u again , vr salhi hehehe , vr majaa , mi vefa in goih , ekam dheraves vi , vr vr salhi ekam , thikuhjaa ah ragalhu decision eh nagan hadhan vygothaky , isthihaaraa namaadh kuranvy , earun igeane naganvy decision aky kobaakan
Reeethyy.. goi huheh nuvaane.. e anhen kuhjaa e firihen kuhjaa ragalhu kuraakah ves noolhey tha???
Ahunge life vex thikahala gotheh.ahun dheke v loabivaa adhiahun vex v lobivaa kuhjakaa rahtehi vegen miulhenii but ahun ge family gaboolehnun..ekamaa mom vex ahunnaa vaahaka nudhahkaathaa 4 months vedhaane mihaaru v dheravey ehenwe..eynayakii miulhey parteyn ulheygothah ulhey kuhjehvex nun..family gabool nunas miulhenii v avahah marry kuranvegen
Btw storry vv nice..keep it up hoody?
Hoody ah ingeytha hama huvaa khffa mibunee shabee reyga hithah eree kobaabaavey hoody? Haadha huvas vejjey eyna esfiya ah feninulaathaa? Hahah hama huvaa…dhen miadhu e fenunee soooooooo happy 😀 n vaahaka vrh salhi….. 🙂 missed u soooo much hoodh beybey 😛 haha hope i’ll c a nw story if u 😉 bst of luck…
shabeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee ekoa. aslu chabeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee eko. foni gandekoa.
Mamma noonee komme meehaku goes koh kanthah kuriyas nuneheyne partey akah vaakah..
eyna gasthaku noon kanneynge partey akah vee…. beyrah dhaan hedheema frndx libigen magu olhunee hen heevanee…. dont think negetively!!
Meekail keehevtha abadhu shabee aa dhekolhah thi araneee?? Aslu sabab bunedhyy?? I think u chubby v ma hen thuilhenee… hahah 😉
Kobaa meekail ge massala akee?
Vaahaka v.reethi …
Reeethi 🙂
Hishaam ah dhimaavi gotheh, anhen kuhjaadheke ehaafoohivaanvee reason eh neyngunu. Reehcheh noon.
vaahaka kiyan neyngenyakaa vaa nuvaaeh neyngeyne….. kaaku tha anhen kujjaa dheke foohi vee??? eyna ge family eyna dheke foohi vee eyna hishaam aa rattehi vegen ulheny kamah heekoh!!!
it’s amazing….hoodyge vaahakathah v.v.v.v obi igey i like it
Reethi…..
Nice story
Iyye vaguthu. Mv in keen mi vaahaka namaa suru hee aai fehtun and maigandu adhi nimmun thafaathu, keep it up hoody