މިންސާވްގެ ކުށް ކަމަށް ސިކުޑީގެ ކަނަކުން ބުނަމުން ދިޔައެވެ.ކިތަންމެ ހިތްވަރުގަދަ ވިޔަސް މިހާރު މި ވަނީ މިންސާވް ހިތްވަރު ދެރަވެފައެވެ.މި ވަގުތުގައި ކެއްތެރިކަމާއެކު ކުރިއަށް ދިޔުން ނޫން ގޮތެއް ނެތެވެ.
2 ހަފްތާ ފަސް
މިއަދު މިއީ ވިސާދު ގެއަށް އަންނަ ދުވަހެވެ. ގޭތެރެއަށް ހީވަނީ ބަޙާރުމޫސުން އައިސްގެން އުޅޭހެންނެވެ.މިންސާވް އާދައިގެ މަތިން ވިސާދުއާ ބައްދަލު ކުރަން ދިޔައެވެ. ހޮސްޕިޓަލަށް ދިޔައިރު ވިސާދު ގެއަށް ގޮސްފިއެވެ.ދެން ބާރު ސްޕީޑެއްގައި ވިސާދު މެންގެއަށް ދިޔައެވެ. އެގެއަށް ގޮސް ދޮރުހުޅުވާލި އިރު ވިސާދު އިނީ ވިސާދު މަންމަ ގާތު ސޯފާގައެވެ. ވިސާދު ފެނުމާއެކު މިންސާވް ވިސާދު ގާތުގައި ކިހިނެތްހޭ ބުނެލިއެވެ.އިރުކޮޅަކު ހުރެފައި ވިސާދު މިންސާވް ދިމާއަށް ހަޅޭލަވަންފެށިއެވެ.އޭ މިންސާވް ކަލޭ ކައިރީ ކިތަށް ފަހަރު ބުނަންވީ މަގޭ ކައިރިއަށް ނާންނާށޭ .”ދަރިފުޅާ އެއީ ދަރިފުޅުގެ އެންމެ ގާތް އެކުވެރިޔާއޭ “ވިސާދުގެ މަންމަ ބުންޔެވެ. އޭއީ އަހަރެންގެ އެކުވެރިޔާ އެއް ނޫން .ބުނަން އަހަރެންނަށް ރަނގަޅީ ކަލޭ އަހަރެން ފެންނަ ހިސާބަށް ނާއްސިއްޔާ ހަމަ މިހާރު މިތަނުންދޭ ކިޔައި ހަޅޭލަވައިގަތެވެ.މިންސާވް ގެއިން ނިކުތީ ވިސާދު އަށް މިއަނިޔާ ދިން މީހެއް ހޯދުުމުގެ ވަރުގަދަ އަޒުމުގައެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
