ތިޔަ ހިތުން ޖާގަ އެއް އެދެމޭ – 2
އަހަރެން ކަރުނަތައް އަތުގެ ނުފުށުން ފުހެލީމެވެ. އަދި ފާހަނަޔަށް ވަދެ ފެންވަރާ ލީމެވެ. ފެންވަރައިގެން ނިކުމެ އަތް ކުރު ޓީޝާޓަކާ ކުރު ސޯޓެއް ލީމެވެ. އަހަރެން ސިޓިން ރޫމް އަށް ނިކުތީ ގޭގެ ބެލް އަޅާ އަޑައް ށެވެ. އަހަރެން އަވަހަށް ގޭގެ ދޮރު ހުޅުވީމެވެ.
ކާނެ އެއްޗިއްސަށް އޯޑަރު ދީފައިވާ ކަން ވެސް ހަނދާންވީ ދެނެވެ. ރުފިޔާ ދީފައި ކާނެ އެއްޗެހި ހިފައިގެން ވަދެ ތައްޓަކާއި ކޯކު ފުޅިޔަކާ ހިފައިގެން އައިސް ޓީވީ ކައިރީގައި އިށީނދެ ޓީވީ ހުޅުވާލީ މެއެވެ. އެކި ޗެނެލް ތަކަށް ލަމުން ގޮސް ހަބަރައް ލީމެވެ.”މިރޭ އިރުއޮއްސި ހަތް ގަޑި ބައި ހައި އިރު ހައްޔަރު ކުރި މީހާ ފިލާފި “. އަހަރެންނަށް ލިބުނީ ކުއްލި ސޮކެކެވެ.
މޭޒުމަތީގައި އޮތް ފޯނު ރިންގުވި އަޑައް އަހަރެން ދިޔައީ ސިއްސައިގެން ނެވެ. ދެލޯ ބޮޑު ކޮއްލާގެން ހުރެ ގޮސް ފޯނު ނަގާ ކަންފަތުގައި ޖެހުމާއެކު އެކޮޅުން” ރައީ “އޭ ކިޔާ ގޮވާލި އެވެ.” ނިއާން “އަހަރެންނަށް ބޭއިޚްތިޔާރުގައި ބުނެވުނެ ނެވެ.” ރައީ ނުނިދަންތަ އަދި އެއް “ނިއާން އަހާލިއެވެ.” ހްމްމްމް…. އަދި ނުނިދަން… ނިއާން ނުނިދަންތަ “އަހަރެން މަޑު މަޑުން އަހާލީމެވެ.” އާން….ގެއަށް ވެސް ނުދެވީގެން މިއުޅެނީ …. މިރޭ ޖަލައްލީ މީހާ ފިލީމަ ސީސީޓީވީ ފުޓޭޖުތައް ބަލަނީ “ނިއާން ބުނެލިއެވެ.” އޯހްހްހް””ރައީ ބަލައިގެން އުޅެއްޗޭ “ނިއާންގެ އަޑުން ވެސް ހާސްވެފައި ހުރިކަން އިނގެއެވެ.” ހްމްމްމް “އަހަރެންނަށް ދެންވެސް ބުނެވުނީ އެހެންނެވެ. ކުއްލިއަކަށް އެތަނުން މީހަކު ގޮވާލި އަޑު އިވުނެވެ” ނިއާން ސަރ ވަރަށް އަވަހަށް އާދެބަލަ މި ކޮޅަށް “.” ލައްބަ މިދަނީ “ނިއާން އެހެން ބުނީ ނުހަނު ބާރަށް ށެވެ. އަހަރެންނަށް ހީވީ ކަންފަތުގެ ތޫރި ފަޅައިގެން ދިޔަ ހެންނެވެ.” ރައީ ދާން ޖެހިއްޖެ ވަރަށް އަވަހަށް… ގުޅާނަން އިނގެ ފަހުން ބާއި ގުޑް ނައިޓް “ނިއާން ބުނެލިއެވެ.” އޯކޭ ބާއި އެންޑް ގުޑް ނައިޓް “އަހަރެން ވެސް ބޮޑު ކަމަކަށް ނުހަދާ ފޯނު ބޭއްވީ މެއެވެ. ޓީވީ ނިވާލާފައި އަހަރެން ކޮޓަރިއަށް ވަދެ އަތާ ފަޔާ މޫނާ ދޮވެގެން އަވަހަށް ނިދަން އެނދައް އަރާ ހަމަ ޖެހެލީ މެއެވެ. އޭރު ގަޑިން10:30ވެއްޖެ އެވެ. އިސާހިތަކު ނިދީގެ ފުން ކަނޑަކައް އަހަރެން ފީނާ ލީމެވެ.
އިރުގެ ރަން ދޯދިތައް އަހަރެންގެ މޫނަށް އެޅެން ފެށުމުން ވަރަށް އުނދަގުލުން ދެލޯ ހުޅުވާ ގަޑި ބަލައި ލީމެވެ. ކަމަކު ދާކަށް ނެތެވެ. މިހާރު އެޔޮއް ގަޑިން 8:30 ވަނީއެވެ. އަހަރެން މިއީ އެހެންޏާ ދުވަހަކުވެސް މިހާ ގިނައިރު ވަންދެން ނިދަން އޮންނަ މީހެއް ނޫނެވެ. އަވަހަށް އެނދުން ތެދުވެ އެނދު ރީތި ކޮއްލާފަ ފާހަނަޔަށް ވެއްނީމެވެ. ދިހަ ވަރަކަށް މިނެޓު ފަހުން ނިކުތީ ފެންވަރާ ތާޒާ ވެލައިގެން ނެވެ. އަވަހަށް ކުލޯސެޓް ކައިރިޔަށް ގޮސް އަޅު ކުލައިގެ ޓީޝާޓަކައި އައިސް ބުލޫ ކުލައިގެ ޖިންސެއް ނަގާގެން ލީމެވެ. އެއަށްފަހު ރީތިވާ މޭޒު ކައިރިއަށް ގޮސް ހެޔާ ޑްރައިއަރް ނަގާ އިސްތަށިގަނޑު ހިއްކާ ލުމަށް ފަހު ބޮޑު ދައްޗެއް ނަގާ އިސްތަށިގަނޑު ރަނގަޅަށް ހައްޔަރު ކޮށްލީ މެއެވެ. އަދި ނަމާދު ކުރާ އެއްޗެހި ހިފައިގެން އައިސް ފަތިސް ނަމާދު ކޮށްލީ މެއެވެ. އެއިރު ގަޑިން 9:20 ވެއްޖެ އެވެ. އަހަރެން އަވަހަށް ނިކުތީ ކޮފީ އެއް ބޯން ށެވެ.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
މި ބައި ލަހުން ނެރުވުނީތީ ކިޔުންތެރިންގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދެން?އަދި މި ބައި ވެސް ކަމުދާނެ ކަމަށް ހީކުރަން ?
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
?~ނުނިމޭ ~?
2 Comments!
Comments are closed.

vaahaka dhigu kohli nama v reethi vees.umeedh kuran dhen anna episode dhigu vaane kamah
Salaam readers…… Mi part lahun neruvuneema Varah bodah maafah edhen ??and mi part ves reethi vaane kamah heekuran ☺️☺️☺️☺️