1ތިޔަ ހިތުން ޖާގަ އެއް އެދެމޭ
ކޮންމެ ދުވަހަކޭ އެއްފަދައިން އަހަރެން ސުނާމީ ބިނައިގައި އިރުއޮއްސޭ މަންޒަރު ބަލަން އިނީމެވެ. މިއީ އަހަރެންގެ އާދައެކެވެ. ކޮންމެ ދުވަހަކު އިރު އަރާ މަންޒަރާއި އިރު އޮއްސޭ މަންޒަރު ބެލުމެވެ . ނަމަވެސް އަހަރެންގެ ޙަޔާތުގައި އިރު އޮއްސުނު ގޮތަކަށް އަދިވެސް އިރެއް ނާރައެވެ. އެ ޙިޔާލް ގައި އިނދެފައި އަހަރެން ތެދުވީ އަވަހަށް ގެޔަށް ދާން ށެވެ.
އަހަރެން ސުނާމީ ބިނާ އިން ނިކުންނަން ދިޔައިރު ގައި އަހަރެންނައް އެތާގައި އިން ޒުވާނާ އާއި ދިމާއަށް ބަލާ ލީމެވެ. އެ ޒުވާނާ އަހަރެންގެ ހަށިގަނޑަށް ބަލަމުން ދިޔައީ އަހަރެންގެ ހަށިގަނޑަށް ފެން ބޮވާފަ ހުރި މީހެއް ފަދައިން ނެވެ. އަހަރެން ފަޔަށް ލެވުނަ ހައި ބައި ލާފައި ހިނގަމުން ދިޔައީ މެވެ. އަހަރެން ވަކި ހިސާބަކުން ފަހަތް ބަލާލި އިރު ގައި އެ ނުދަންނަ މީހާ އަހަރެންގެ ފަހަތުން ދުވެފައި ކަހަލަ ގޮތަކަށް އަންނަ ތަން ފެނުމުން އަހަރެން އަވަހަށް އެތާ ކާރީ ހުރި ގޯޅި އަކަށް އަޅާލީމެވެ. އެތަން އެއީ ފުދޭވަރަކަށް އަނދިރި މަގަކަށް ވުމުން އަހަރެން ހިސާބަކަށް ބިރު ގަތެވެ. ނަމަވެސް ހިތްވަރު ކޮށްފައި އަހަރެން ހިނގައި ގަތީ އަވަހަށް އެމީހާ އަށް ފިލްމުގެ ނިޔަތުގައެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުނު ތަނާ މީހަކު އަހަރެންގެ އަތުގައި ހިފައިގެން އެތާނގައި ހުރި ކުޑަ ކުޑަ ގޯޅި އަކަށް ވެއްދި އެވެ. އަހަރެން ރީއްޗަށް އެ މީހާއާއި ދިމާއަށް ބަލާލި އިރު އެއީ އެ ނުދަންނަ މީހާ އެވެ. އަހަރެން ގަތީ އަމަށަކު ބިރެއް ނޫނެވެ.
އަހަރެން އަވަހަށް އެތަނުން ސަލާމަތް ވާން ވެގެން ހިނގައި ގަންނަން އުޅެނިކޮށް އެމީހާ އަހަރެން ފާރާއި އެމީހާ އާއި ދޭތެރޭ ފިއް ތައި ލިއެވެ. އެ ޒުވާނާ އަހަރެންގެ ބޮލުން ފެށިގެން ފަޔާއި ހަމަޔަށް ބަލައިލީ ދަހިވެތި ނަޒަރަކުންނެވެ. އަހަރެންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަން ފެށީ ގަނެފައި ހުރި ބިރެއް ގެ ސަބަބުން ނެވެ. އަހަރެންގެ ތުންފަތް ފޫއަޅުވާ ލައިފައި ނިކުތީ ހަމަ އެންމެ ބަހެކެވެ. “ނޫނެކޭ” މިހެންނެވެ. އެ ޒުވާނާ އަހަރެންގެ ކަރު ދޮށަށް ބޮސް ދޭން ފެއްޓީ ދީވާނާ އެއް ފަދައިން ނެވެ. އަހަރެން ކުރަމުން ދިޔަ އާދޭހަށް އެ ޒުވާނާ ދީނީ ބީރު ކަން ފަތެކެވެ. ކުއްލިއަކަށް ދެން އެ ޒުވާނާ ކޮއްލި ކަމަކުން އަހަރެން ނަށް ރޮވޭ ގެނެވުނީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. އެތާހުރި ވެލި ގޯނި ތަކު މައްޗަށް އަހަރެން ވައްޓާލާފައި އަހަރެން ލައިގެން ހުރި ފައި ކަށި މައްޗާ ހަމަޔަށް އަރާ ވަރުގެ ރަތް ކުލައިގެ އަރި ފަޅި އަތާއި ބަނޑާ ދިމާއިން ވީދާ ލިއެވެ. އެ ޒުވާނާ އަހަރެން ނާއި ދިމާއަށް ތިރިވާން ފެއްޓި ގަޑީގައި މީހަކު އައިސް އެ ޒުވާނާ ގެ ގަމީސް ގިރުވާން ގައި ހިފެހެއްޓި އެވެ. އެ ޒުވާނާ ތެދުވީ އިރު ގައި އެތާނގައި ހުރީ ކޯޓު ފަޓުލޫނު ގައި ހުރި ޒުވާނެކެވެ. އަހަރެން ނަށް އޭނަގެ މޫނު ފެނުމުން ދިޔައީ ސިއްސައިގެން ނެވެ. އާނއެކޭ އެއީ ހަމަ އެ ނިއާން އެވެ. އަހަރެން ކުޑަ އިރު އަހަރެން ނަށް ލޯބި ހުށަހެޅި ނިއާން އެވެ. ނަމަވެސް ކުރިއަށް ވުރެ މިހާރު ހަރުދަނާ ކަމަށް ދައްކައެވެ. ބައިމަތި ފުޅާ ވެފައި އެތެރެއިން ލައިގެން ހުރި ގަމީސް ގަޔަށް ބާރު ވެފައި ހުރުމުން އެ ކަސްރަތީ ހަށިގަނޑު ނުލާހިކު ރީއްޗަށް އިނގެ އެވެ. ދެން އެތާނގައި ހިނގައި ދިޔައީ ކުޑަ ކުޑަ ތަޅާ ފޮޅުން ގަނޑެކެވެ.
ނިއާން ކުއްލިއަކަށް ޖީބްއިން ބިޑި އެއް ނަގާ އެ ޒުވާނާ ގެ އަތުގައި އެޅުވިއެވެ. އަހަރެން ހުރީ ހަމަ ހައިރާން ވެފައެވެ. ނިއާން އަހަރެން ބުނި ބުނުމަށް ޕޮލިހަކަށް ވެސް ވީހޭ އެވެ. ނިއާން ފޯނު ނަގައި ކޮންމެވެސް މީހަކަށް ގުޅައިފައި އައުމަށް އެދުނެވެ. އިރުކޮޅެއްގެ ތެރޭގައި އެތަނަށް ދެ ޕޮލިހުން އައިސް އެތާގައި އިން ޒުވާނާ ގޮވައިގެން ދިޔައެވެ. ނިއާން ފަހަތަށް އެނބުރި އަހަރެން ނާއި ދިމާއަށް ބަލާލިއެވެ. އޭރު ވެސް އަހަރެންގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އާދެއެވެ. ނިއާން އައިސް ވަރަށް އޯގާތެރި ކަމާއެކު އެ ކަރުނަ ތައް ފޮހެދިނެވެ. “ރައި އޯކޭތަ” ނިއާން ބުންޏެވެ. ނަމަވެސް އަހަރެން އެއްޗެކޭ ނުބުނެ މަޑު މަޑުން ބޯ ޖަހައިލީމެވެ. އަހަރެން ކޮޅަށް ތެދުވީ ވެސް ނިއާންގެ އެހީ އާއި އެކީގައެވެ.
ނިއާން އަށް އަހަރެން ލާގެން ހުރި ހެދުމުގެ ވީދީފައި ހުރި ތަން ފެނުމުން ދެލޯ މަރާ ބާރު ކޮއްލެވުނެވެ. ނިއާން ލާގެން ހުރި ކޯޓު ގަޔާ ވަކި ކޮއްލަމުން އަހަރެންގެ ކޮނޑުގައި އަޅުވައިލަ ދިނެވެ . އަހަރެން ގައިގައި ލަފި ކޮށްލައިގެން ގޮސް ނިއާން އަހަރެން ކާރައް އަރުވައި ސީޓް ބެލްޓް އަޅުވައިދިނެވެ. ވިހި މިނެޓް ތެރޭގައި ކާރު ގޮސް ހުރީ އަހަރެން އުޅޭ ގޭގެ ދޮރު ކުރިމަތީ ގައެވެ. ނިއާން އަހަރެން ދިމާލެއް ބަލާގެން ހުރި ކަން އެނގުމުން ކުޑަ ކޮއް އުނދަގޫ ވެސް ވިއެވެ. ނަމަވެސް އަހަރެން ހުރީ އެއްޗެކޭ ނުބުނަން ށެވެ. “ތޭންކްސް” އަހަރެންގެ އަޑު ނިކުތީ ވަރަށް މަޑުންނެވެ. “އެއީ ތަ ތޭންކްސް ބުނާ ވަރުގެ ކަމެއް ދެޓްސް މައި ޑިއުޓީ ބައި ދަ ވޭ ވެލްކަމް ” ނިއާން ހީނލާފަ އެހެން ބުނި އިރު ގައި ހީވީ އަހަރެން މީ ވަރަށް ދުރު މީހެއް ހެންނެވެ. އެހެން ތިއްބާ ކުއްލިއަކަށް ނިއާންގެ ފޯނައް މީހަކު ގުޅަން ފެށި އެވެ. ފޯނުގެ ސްކްރީނަށް ‘ލަވް’ މިހެން އަރާފައި އިން ތަން ފެނުމުން އަހަރެން ދެލޯ ބޮޑުވި އެވެ. މީ ކިހިނެއް ވާންވި ކަމެއް ހެއްޔެވެ. ނިއާން މީހަކާ ރައްޓެހި ވީހޭ؟ ނޫނެ ނިއާން އަހަރެން ނޫން އެހެން މީހެއް ދެކެ ލޯއްބަތް ނުވާނެއެވެ. ނިއާން އެއީ ކުރާ ވައުދު ތައް އުވާލާ މީހެއް ނޫނެވެ. އަހަރެން ސިއްސައިގެން ދިޔައީ ނިއާން އަހަރެންނާ ވާހަކަ ދައްކަން ފެށުމުން ނެވެ. އަހަރެން އަވަސް ވެ ގަތީ ކާރުން ފާބާށެވެ. ނަމަވެސް ހުއްޓެން މަޖުބޫރުވީ ނިއާން އަހަރެން ނާއި އަނެއްކާވެސް ވާހަކަ ދައްކަން ފެށުމުން ނެވެ. “ރައިނާ ފޯނު ނަންބަރު ލިބިދާނެތަ” ނިއާން އެހެން ބުނުމުން އަހަރެން ވަރަށް ހައިރާން ވިއެވެ. ނަމަވެސް އެއްޗެކޭ ނުބުނެ ފޯނު ނަންބަރު ދީފައި އަހަރެން ގޮސް ގެއަށް ވެއްނީމެވެ. އަހަރެން ގެއަށް ވެންނި ގޮތަށް ދުވެފައި ގޮސް ކޮޓަރި އަށް ވެއްނީމެވެ. އަދި ކޮޓަރި ދޮރު ލައްޕައި ތަޅު ލީމެވެ. އެ ހުރިހާ އިރު އަހަރެން ހިފަ ހައްޓައިގެން ހުރި ކަރުނަ ތައް އޭގެ މަގާމު ދޫކޮށް ފައިބަން ފެށި އެވެ. އަހަރެން ނިއާން ކާރީ ނުބުނި ނަމަވެސް އަހަރެންގެ ހިތު އެންމެ އަޑީގައި ރަން އަކުރުން ނިއާންގެ ނަން ފެވިފައި ވެއެވެ. އެންމެ ފުރަތަމަ ނިއާން ފެނުނު ދުވަހުން ފެށިގެން އަހަރެންނަށް ނިއާން ދެކެ ލޯބި ވެ ވިއްޖެ އެވެ.
އަހަރެން ކަރުނަތައް އަތުގެ ނުފުށުން ފުހެލީމެވެ. އަދި ފާހަނަޔަށް ވަދެ ފެންވަރާ ލީމެވެ. ފެންވަރައިގެން ނިކުމެ އަތް ކުރު ޓީޝާޓަކާ ކުރު ސޯޓެއް ލީމެވެ. އަހަރެން ސިޓިން ރޫމް އަށް ނިކުތީ ގޭގެ ބެލް އަޅާ އަޑައް ށެވެ. އަހަރެން އަވަހަށް ގޭގެ ދޮރު ހުޅުވީމެވެ.
