Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާވުމަށް ހިތް އެދެނީ (24)

🌹YEOJA🌹 Level 610 Stories100 Login100 Comments
September 12, 2021 4 Mins Read
0 Comments

އެކަކު އަނެކަކަށް ގެއްލިފައި ތިބި ޒިވްޔާ އަދި ޒަޔާން އަޅާއިގަތީ ކަމެއް ހަނދާންވެގެން އަނބުރާ ޒިވްޔާ ކައިރިއަށް އައި ޔުލީންގެ ލޮލުގައެވެ. ކުޑަކޮށްނަމަވެސް އެތުންފަތަށް ހިނިތުންވުމެއް ވެރިވެގަތެވެ. އަޅާނުލާ އަނބުރާ އެތަނުން ދާން ވެގެން ޔުލީން ދިޔައެވެ. ތެޅިގަންނަމުން ޒިވްޔާ އަށް ޒަޔާންގެ ގައިން ދުރަށް ޖެހެލެވުނެވެ. ކޮންމެހެން ބޭނުންވެގެން ނޫނަސް ޒަޔާންގެ ހިތުގައި ވަނީ ލައިހާކަން އިނގޭތީ އިތުރަށް ހިތަށް ތަދުނުކުރަންވެގެން ޒިވްޔާ ވަކިވެލީއެވެ. ޒަޔާން އެއްޗެކޭ ނުބުނަނީސް ނިކަން ބާރަށް ހިނގާލާފައި ޒިވްޔާ ޓެރެސް މައްޗަށް ދިޔައެވެ. ވާނުވާގާ ހުރި ޒަޔާން ހުރީ ހައިރާންވެފައެވެ. މިހާރަކަށް އައިސް ޒިވްޔާ ބަދަލުވެފައިވާކަން އޭނާ އަށް ފާހަގަވެފައިވެއެވެ. ވަޒީފާތެރޭވެސް މާބޮޑަށް ވާހަކަ ނުދައްކާ އަދި އޭނާ އެކީ ކާން ދަޢުވަތު ދިނަސް ޒިވްޔާ އިންކާރުކުރެއެވެ. އެކަންތަކުގެ ފިކުރުގައި ޒަޔާން އަށް ހުރެވުނީ މާޔޫސްވެފައެވެ. އެކަމާ ހައިރާންވެސް އޭނާ ވިއެވެ.

ރޭގަނޑުގެ ވަގުތެވެ. ކައިވެނީގެ ވަލީމާ ނުފެށުނަސް ކައިވެނި ކުރުމުގެ ރަސްމިއްޔާތު ފެށިއްޖެއެވެ. ޤާޟީ ކުރިމަތީގައި އިން ދެގޮނޑީގައި އިށީނދެގެން އިން ޔުލީން އަދި ޔޫއާން ގެ މޫނުމަތިންވެސް ނުތަނަވަސްކަން ފާހަގަވެއެވެ. އާދައިގެ ގޮތަކަށް އިން ވެޑީންޑްރެސް ގާ ޔުލީން މާފުރިހަމަ ކުރައެވެ. އާންމުކޮށް ލާއުޅޭ ވައްތަރުގެ ކައިވެނީގެ ހެދުމަކަށް ނުވިޔަސް އެހެދުމުގައި ޒަމާނީ ކުލަގަނޑުފެންނަން ހުއްޓެވެ. އެފަދައިން ޔޫއާން ވެސް ވަނީ ކޯޓުފަޓުލޫނެއް ލާފައެވެ. އެއްކައިރީ ތިބި އާއިލާ މީހުން ވެސް ޕާޓީ އާ އެއްކުލައިން ވަނީ ހެދުން އަޅާ ނިމިފައެވެ. ހުރިހާ ފިރިހެން ވެރިން ގަމީސް އަދި ފަޓުލޫނުލާފައިވާއިރު ވަނީ ބެގީކޮށްފައެވެ. އަންހެން ވެރިން އަބާޔާ ހެދުން ލާފާ ހުރިއިރު ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެންނަނީ ރީތި ހިނިތުންވުމެކެވެ. ހިނިތުންވެލާގެން ހުރި ލައިހާ ފެނި ރިޔާންގެ ހިތަށް ހަމަޖެހުން ލިބުނުފަދައެވެ. ދުވަސްތަކަކަށް ފަހު ފެނިގެންއެދިޔަ ހިނިތުންވުމުން ރިޔާން ގެ މޮޅިވެރިވެފައިވާ ހިތްވެސް އަލުން ދިރުނުފަދައެވެ. ކައިވެނީގެ ހުތުބާ ނިމި އެންމެ ފަހުން ޔޫއާން ގެ ދުލުން  އަނބިޤަބޫލުކޮށްފީމޭ ބުނިވަގުތު މުޅިމާހައުލުގައި ހިފާލީ އެންމެން ގެ އަތްތިލަ ބަނޑީގެ އަޑެވެ. އުފާވެފައި ހުރި ޔުލީންގެ ދެލޯ ފެންކަޅިވެގެން ގޮސް ޔޫއާން އަށް ބަލާލެވުނެވެ. ދެމަފިރިން ކޮށްޅާށްތެދުވުމާއެކު އެންމެ ފުރަތަމަވެސް ލައިހާ ދުވެފައިގޮސް ޔުލީން ގައިގައި ބައްދާލިއެވެ. ހިނިތުންވެލަމުން ޔުލީން ލައިހާގެގައިގައި ދެއަތްވަށާލަމުން ހިނިތުންވެލިއެވެ. ” އައިއެމް ސޯ ހެޕީފޯރޔޫ ބެސްޓީ ” ޔުލީންގެ ގައިން ވަކިވެލަމުން ލައިހާ ބުނެލިއެވެ. ” ތެންކިޔޫ ” ޔުލީން ބުނެލިއެވެ. ލައިހާ އެތަނުން އެއްކައިރިއަށް ޖެހިލީ ބާކީތިބި މީހުންނަށް ތަންދެއްކުމަށެވެ. އިސާހިތަކު ޕާޓީ ވެސް ފެށުނެވެ. މީހަކަށް ފަހު މީހެއް އައިސް މުޅިއެތަން ފުރާލިއެވެ. އަލަތު ދެމަފިރިން ގެ ތުންފަތުން ކުޅެލެވިފައިވާ އެ ހިނިތުންވުން ފިލައިގެން ނުދެއެވެ. އެންމެން ގެ ތެރޭގައި ހުރެ ނޭވާ ހާސްވާން ހެދުމުން ލައިހާ ބުޔުންތައް އަތުރާފައި ހުރި މޭޒުދޮށުން އެއްކައިރި އަށް ޖެހެލިއެވެ. ތަންކޮޅެއް ދުރުގައި ހުއްޓިލައިގެން ހުރެވުނީ އުޑަށް ބަލަހައްޓައިގެންނެވެ. އޭނާގެ ހަޔާތުގައި ވެސް މިކަހަލަ ދުވަހެއް އަންނަން ލައިހާ ކިތަންމެ ބޭނުމެވެ. ނަމަވެސް އެއީ އޭނާގެ ލޯބިވެރިޔާއާއެކުއެވެ. އެހިތުގައި ފަސްލެވިފައިވާ ސޫރައާއެކު އެވެ. ރިޔާން ނޫން މީހަކާ އިންނާކަށް ލައިހާގެ ހިތެއް އެއްބަހެއް ނުވެއެވެ. އެހެންނަމަވެސް މަޖްބޫރުން ނަމަވެސް މިޖެހެނީ ޒަޔާން އާގުޅޭށެވެ. އެކަހެރި ވެފައި ހުރި ލައިހާ ފެނި އެދިމާލަށް ރިޔާން މިސްރާބުޖެހިއެވެ. އެހެންނަމަވެސް އޭނާއަށް ވުރެ ކުރިން އެތަނަށް ޒަޔާން ދިޔައެވެ. ” ދެން އަންނާނީ އަހަރުމެން ދެމީހުންގެ ކައިވެނީގެ ދުވަސް ” ފަހަތުގައި ހުރި ރިޔާން ފެނި ގަސްދުގައި ޒަޔާން ބުނެލިއެވެ. އެހެންނަމަވެސް އެއީ އޭނާގެ ހިތް އެކަމަށް ދެކޮޅުހަދަހަދަ ހުއްޓައެވެ. އިވިގެން ދިޔަވާހަކައިން ރިޔާން އަށް ހީވީ އޭނާގެ ހިތުގައި ހިފާމީހަކު ފިއްތާލިހެންނެވެ. އިވިގެން އެދިޔައީ އަޑުއަހަން ލިބިދާނެކަމަށް ހީވެސް ކުރިވާހަކަ އެއް ނޫނެވެ. އެއްވެސް އެއްޗެއް ނުބުނެ ހުރެ ލައިހާ އެތަނުން ދާން އެނބުރެލި ވަގުތު ރިޔާން ފެނުމުން މީހާ އަށް ސިހުމެއް ލިބުނެވެ. ރިޔާން ގެ މޫނުމަތީގެ ކުލަވަރު ފެނި ވީގޮތް ލައިހާ އަށް ނަގައިގަނެވުނެވެ. އެއްޗެކޭ ނުބުނެ އެތަނުން ރިޔާން ދިޔައީ ދެން ކެތް ނުވެގެންނެވެ. އެހެންނަމަވެސް އެންމެން ގެ ތެރެއަށް ނިކުމެވުނުހެންނެއް ހީނުވެ ފެނުނީ ރިޔާން ގެ ތުންފަތުގައި ކުޅެލެވިފައިވާ ފޭކް ހިނިތުންވުމެކެވެ. މިމަންޒަރު ޔުލީން ގެ ލޮލަށް ކަޝްފުވެގެން ނެއް ނުދިޔައެވެ. ކިތަންމެ ދުރުގައި ތިއްބަސް ދެއްކިވާހަކަ ނޭނގުނަސް ވީގޮތް އިނގުނުފަދައެވެ. އެހެންނަމަވެސް ކައިރީ ހުރި ޔޫއާންގެ އަތުގައި ހިފާލަމުން ޔުލީން ވެސް ކުޑަކޮށް ހިނިތުންވެލިނަމަވެސް ހިތުގެ އަޑިން ޔުލީން ލައިހާ އަށްޓަކާ ހިތާމަކުރެއެވެ. ޒަޔާން ގެ ހުންނަ ބޯކޮށިކަމާ ބޯހަރުކަމަށް ޔުލީން އެތައް ފަހަރަކު ކުދިކިޔައެވެ. ޒަޔާން ކިބައިން ލައިހާ ސަލާމަތް ވެވޭތޯ އެތަށް ދުޢާ އެއްކޮށްހަދައެވެ.

ކަންތައް ތައް ހިނގާދިޔަ ގޮތުން ލައިހާ ކިތަންމެ ދެރަވެފާ ހުއްޓަސް ޔުލީން އާއެކު ލައިހާ ހުއްޓެވެ. އެއިން އެއްފަހަރު ނަމަވެސް ރިޔާން ލައިހާ އަށް ބަލާނުލާތާ ފެންނަކަމަށް ވެސް ނުހަދައެވެ. އެއާ ހިލާފަށް ޒަޔާން އަށް ބެލެނީ ޒިވްޔާ އަށެވެ. އެމޫނުމަތިންފެންނަ މާޔޫސީކަން ޒަޔާން އަށް ފާހަގަ ވެއެވެ. އެހެންނަމަވެސް ދެން ބެލެނީ ލައިހާ އަށެވެ. ދެފަރާތަށް ބޯހޫރުވާލަމުން ޒަޔާން އެހެންދިމާލަކަށް ބަލާލީ ޒިވްޔާ ގެ ކުރިން ކަންތައް ވީގޮތް އޮޅުން ފިލުވަންށެވެ. ކައިވެނީގެ ވަލީމާ ނިމި އާއިލާ މީހުންނާއެކު އެއްގަނޑިއިރު ހޭދަކޮށްލުމަށް ފަހު ޔޫއާން އަދި ޔުލީން އެމީހުންގެ ކައިވެނީގެ ހަދިޔާގެ ގޮތުގައި އަދްހަމް އަދި ނުޒްހަތް ދިން ގެސްޓްހައުސް އަށް ކައިވެނީގެ ރޭ ހޭދަކޮށްލަން ދިޔައެވެ. ދަމުން ޔުލީން ދިޔައީ ލައިހާ އަދި ޒިވްޔާ ގައިގާ ވެސް ބައްދާލަމުންނެވެ. އެވަގުތު ރޯން ބޭނުންވެފައި ހުރި ލައިހާގެ ލޮލުން ކަރުނަ އައެވެ. އެކަމާ ޔުލީން ކަންބޮޑުވީނަމަވެސް ހިތްވަރު ކުރަން ބުނެފައި އެތަނުން ދިޔައީ ދިމާވާނެކަމަށް ބުނެފައެވެ. ރިޔާން އަށް ލައިހާ ރޮއެތަން ފެނުމުން ކެތްނުވެގެން އެތެރެ އަށް ވަދެ އޭނާގެ ކޮޓަރިއަށް ދިޔައީ ޔުލީންމެންނާ ސަލާމް ކޮށްލުމަށްފަހުއެވެ. މާގިނައިރު ނުކޮށް ލައިހާ އަދި ޒަޔާން ނޫރީން އަދި ޒިޔާދު އާއެކު ގެއަސް ދާން މިސްރާބުޖެހިއެވެ.

އެތެރެ އަށް ވަދެވުނު ހެންނެއް ހީނުވެ ނޫރީން އަދި ޒިޔާދު ވެސް އެތެރެއަށް ދިޔައީ ލައިހާ ކައިރި ބޮކި ތައް ނިންވާލުމަށްބުނެފައެވެ. ނޫރީން މެން ގޮސް ވަންހެނެއް ހީނުވެ ލައިހާ އެތެރެ އަށް ވަން ޒަޔާން އާވީފަރާތައް އެނބުރެލީ އޭނާ އަށް ވާހަކަ ދައްކާލަން ބޭނުން ވެފާހުރިލެއް ބޮޑުކަމުންނެވެ. އޭނާހުރީ މިރޭ ޒަޔާން ގެ ފައިބުޑަށް ވެއްޓިނަމަވެސް އާދޭސްކޮށްގެން މިކަންތައް ވަކިކޮޅެއް ގައި ޖައްސާށެވެ. ” ކިހިނެއް ވީ ؟ ” ހައިރާންވެފައި ޒަޔާން އަހާލިއެވެ. ” އަހަރެންނަށް މިހެން މަޖްބޫރު ނުކޮށް ޒަޔާން އަންޑަސްޓޭންޑްވެބަލަ ، ކިތަންމީހުންގެ ހިތް ޒަޔާންގެ ސަބަބުން ހަލާކުވާކަމެއް ނޭނގޭތަ ” އަސަރާއެކު ލައިހާ ބުނެލީ ޔުލީން އޭނާކައިރި ޒިވްޔާ ގެ ވާހަކަ ބުނެފައިވުމުން އެކަން ހަނދާންވެގެންނެވެ. ” ކީކޭ ތިކިޔަނީ ؟ ” ދެޖީބަށް އަތްޖަހާލަމުން ޒަޔާން ބުނެލިއެވެ. ” އަހަރެންނަށް މެރީ ކުރަން ފޯސްނުކޮށްބަލާށޭ މިކިޔަނީ ޒަޔާން އަށް ނޭނގުނަސް ލޯބިވާ ދެމީހުންގެ ދެމެދަށް ވަދެގެން ޒަޔަން ތިކުރަނީ ރަނގަޅުކަމެއް ނޫން ، ޒަޔާން އަށް ނޭނގެނީ ކިތައް މީހުންނަށް ކަމެއް ތި ހާރޓް ކުރެވެނީކީއެއް ” ކުރަކިވެފައިވާ އަޑަކާއެކު ލައިހާ ބުނެލިއެވެ. ” އައިޑޯންޓް ކެއާރ ، ލައިހާ އަދި ރިޔާން ގެ ހިތްހަލާކުކޮށްގެން އަހަރެންނަށް ވާނެ ދެރައެއް އެބައޮތްތަ ، އިތުރު ގޮތެއް ނެތަސް ހެޔޮ ލައިހާ ޖެހޭނީ ހަމަ އަހަރެންގެ އަންބަކަށް ވާން ” ފަރުވާކުޑަގޮތަކަށް ޒަޔާން ބުނެލީ ރުޅިއައިސްފައިވާ ހާލުއެވެ. އެއަށްފަހު އެތަނުން ދިޔައީ ލައިހާ ދައްކާ ވާހަކަ އަޑުނާހަންވެގެންނެވެ. ” އެހަޔޯ ދޯ ޒިވް އަށްހާރޓް ވިޔަސް ، އަހަރުމެން ނޫނަސް ޒަޔާން ގެ ސަބަބުން ޒިވް އަށް ވެސް ހާރޓް ވޭ ، އެއީވެސް ޒަޔާން އަށް ލިބޭ އުފަލެއް ތަ ؟ ” ދެލޯކުޑަކޮށްލަމުން ލައިހާ ބުނެލީ ޒަޔާން ގެ މޫނުމަތީގެ ކުލަވަރުބަލާލާ ހިތުންނެވެ. މީހާ އަށް ސިހުން ލިބުނު ފަދައިން ޒަޔާން ސިހިފައި ފަހަތައް އެނބުރެލީ ލައިހާ އެކިޔަނީ ކީކޭ ކަން ނޭނގިގެންނެވެ. ” ވަޓް ، މިހާރު ޒިވްޔާ މިދޭތެރެ އަށް ވައްދަންވީ ކީއްވެ ؟ ” ދެބުމަ ގޮށްޖަހާލަމުން ޒަޔާން ބުނެލިއެވެ. ” ޒިވް ވެސް ވައްދަން މިޖެހުނީ ޒަޔާން އާހެދި ޒަޔާން އަށް ނޭނގުނަސް ޒަޔާން ދެކެ ޒިވް ލޯބިވޭ ފެށުނީއްސުރެ ، ބުނާކަށް ނޫން އަހަރެން މިހުރީކީ އެކަމް ކަންކަން ހިނގަމުން މިދާގޮތްގޮތުން ނުބުނެ އެއް ނުހުރެވޭނެ އެއްނު ، އަހަރެންނަށް ހަމަ ޔަޤީން ޒަޔާން އަށް ވެސް ފާހަގަ ވާނެ މިހާރު ޒިވް ބަދަލުވެފާވާ މިންވަރު ، ޒަޔާން ގެ ބިހޭވިއާރ އިން މިހާރު އެންމެނަށް އިނގޭނެ ޒަޔާން އަހަރެން ފަހަތުން އުޅޭކަން އެކަން އިނގިގެން ޒިވް މިހާރު މާނެގިމަޑުވެފާ އެ ހުންނަނީ ، ކޮންމެ މީހަކުވެސް އެމީހެއް ލޯބިވާމީހެއް ހާސިލް ވުމަށް އެދޭނެ ، ލޯބިވާ މީހާއާއެކީ ވުމަށް ބޭނުން ވާނެ އެފަދައިން އަހަރެން ވެސް ބޭނުންވޭ ޒިވް ވެސް ބޭނުން ވާނެ ، ޒަޔާން ތި ވިސްނުން ބަދަލުކުރަންވީނު ، މިއިން އެކަކަށް ވެސް ލިބޭނެ އުފަލެއް ނެތް ، ވަންޏާވެސް ވާނީ އެންމެން ގެ ހިތްހަލާކު ، މިއިން ޒަޔާން އަށް ވެސް އުފަލެއް ނުލިބޭނެ ، ދެން އަހަރެން އިތުރަށް އެއްޗެއް ބުނަން ނެތިން ، އަހަރެންނަށް އިނގޭތީ ހިތްހަރު މީހެއްކަން ތިހިތަކަށް ކުޑަމިނުން އެއްޗެއް ވެސް ނާރާނެ މިނަށްވުރެ ޒަޔާން ބޭނުން ވަނީ އަމިއްލަ އުފާ ” ދެލޮލުން އައި ކަރުނަތައް ފޮހެލަމުން ލައިހާ އޭނާ ކޮޓަރިއަށް ގޮސްވަނެވެ. އިވިގެން ދިޔަ ވާހަކަ އިން ޒަޔާން އަށް އަސަރުކުރުވިއެވެ. މީޙާ ހުއްޓުނެވެ. އެވަގުތުވެސް ޒިވްޔާ ގެ ސޫރާ ކުރިމަތިން ފާޅުވިހެން ވެސް ހީވިއެވެ. ގަބުއަރާފައިވާ މީހެއްހެން ޒަޔާން ކޮޓަރިން ވަންނަން މިސްރާބުޖެހިއިރު އޭނާގެ ސިކުނޑިވަށާ ބުރުޖަހަމުން ދިޔައީ ދެންމެ އަކު ލައިހާ އެދެއްކި ވާހަކަ އެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ވެމްޕަޔާ 4

Next

ފުރަތަމަ ނަޒަރުން ވެވުނު ލޯބި ( ހަތަރުވަނަ ބައި)

Next
September 12, 2021

ފުރަތަމަ ނަޒަރުން ވެވުނު ލޯބި ( ހަތަރުވަނަ ބައި)

Previews
September 12, 2021

ވެމްޕަޔާ 4



All Right Reserved!