Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާވުމަށް ހިތް އެދެނީ (23)

🌹YEOJA🌹 Level 610 Stories100 Login100 Comments
September 11, 2021 4 Mins Read
4 Comments

އެނދުމަތީގައި ދެފާދަމާލައިގެން ފުން ވިސްނުމެއްގައި އޮތް ރިޔާން ސިއްސާގެން ދިޔައީ ކޮޓަރި ދޮރުހުވުނުލެއް ބާރުކަމުންނެވެ. އެއީ ޔުލީންކަން ވެސް އިނގުނީ އެހެންވެއެވެ. ކުޑަކޮށް ބޯހިތްލާލާފައި ރިޔާން ތެދުވެލިއެވެ. ” ކިހިނެއް ވީ ޔުލީ ” ރިޔާން އަހާލިއެވެ. ” ދޮންބޭ ބޮޑުކަމަކަށް ނަހަދާ ލައީ ގެއަށް ލައިދެން ދޭބަލަ ، މިހާރު ލަސްވެފާ ހުރީމާ ” ޔުލީން ބުނެލިއެވެ. ” ލައީ އޯކޭތަ ” ދިޔުމުގެ ކުރިން ރިޔާން އަހާލިއެވެ. ” އާން ލައީ  އޯކޭ ދޮންބެ ހާސްނުވެ ދޭބަލަ އެގެއަށް ލައީ ލައިދޭން ” ހިނިތުންވެލަމުން ޔުލީން ބުނެލިއެވެ. ބޯޖަހާލަމުން ރިޔާން ޔުލީންގެ ފަހަތުން ކޮޓަރިން ނިކުތީ ހިތުގެ ތެޅުން އަވަސްވެފައިވާ ހާލުއެވެ. އެއިރު ގޭގެ ބޮޑުދޮރުމަތީ އިސްޖަހާލައިގެން ލައިހާ ޒިވްޔާ ކައިރި ހުއްޓެވެ. ރިޔާން ފެނުމާއެކު ލައިހާގެ ހިތަށް ތަދުވެލިއެވެ. އޭނާގެ ސަބަބުން ރިޔާން އުފުލަމުން ދާ ހިތާމަތައް ކިތަންމެ ރީއްޗަށް ވެސް އިނގެއެވެ. ރިޔާން ނިކުމެގެން ދިޔުމުން ލައިހާ ވެސް ޔުލީން އަދި ޒިވްޔާ އަށް އަތްހޫރާލަމުން ނިކުމެގެން ދިޔައެވެ.

” ޒިވް އަސްލުވެސް ޒަޔާން އެއީ އެހާ ހިތް ހަރުމީހެއް ކަމެއް ނޭނގެ ، އޭނާގެ ބިހޭވިޔާ ކިތަންމެ ވިޔާޑަސް އެއީ ބޮޑުވަރުދޯ ، ލައީ ގާގާ ވީއްޔަ އެއަތްލީ ، ” ދެފަރާތަށް ބޯހޫރާލަމުން ދޮރުމަތިން ހިނގާގަންނަމުން ޔުލީން ބުނެލިއެވެ. އެއިރު ބަސްހުއްޓިފައި ޒިވްޔާ ހުއްޓެވެ. އޭނާ ގެ ހިތަށް ވެސް އަސަރުކޮށްފާލެއް ވަކި މަދެއް ނޫނެވެ. ޒިވްޔާ އެއްޗެއް ނުބުނެގެން ޔުލީން ފަހަތް ބަލާލީ ހައިރާންވެފައި ހުރެއެވެ. ޒިވްޔާގެ އާދަޔާ ހިލާފު ހަމަހިމޭން ކަން އޭނާއަށް ފާހަގަ ވިތާ ކިތަންމެ އިރެކެވެ. ” ޒިވް ޔޫ އޯލްސޯ ވަރަށް ވިޔާޑް ، ކީއްވެފައި ތިހުރީ ބަސްމަދުވެފާ އަނެއްކާ ޔޫ ޑޯންޓް ލުކް ގުޑް ” ޒިވްޔާ ގެ ދެކޮނޑުގައި ހިފާލަމުން ޔުލީން ބުނެލިއެވެ. އެއާއެކު އިސްޖެހިފައިވާ ޒިވްޔާގެ ދެލޮލުން ކަރުނަ ތިއްކެއް އެ ދޮންކޯތާފަތުގައި ބޮސްދެމުން ތިރިއަށް ފޭބިއެވެ. ” ޒިވް ” ޔުލީން އަށް ބުނެވުނެވެ. ޔުލީންގެ ގައިގައި ޒިވްޔާ ބައްދާލީ އިތުރަށް އެޅަހިތަށް ކެތްނުވެގެން ހިތްފުރެންދެން ޔުލީންގައިގައި އޮޅުލާގަނެގެން ހުރެ ޒިވްޔާ ރޯލިއެވެ. ވާނުވާގާ ޔުލީން ހުރިނަމަވެސް އޭނާ ދިޔައީ ޒިވްޔާގެ ބުރަކަށީއަތް ތަޅާލަމުންނެވެ. ” ދެން ހުއްޓާ ޒިވް ، ވީގޮތެއް ވެސް އިނގިގެންނެތް ނު ވާނީ ” ކަންބޮޑުވެފައި ޔުލީން ބުނެލިއެވެ. ” ޒަޔާން ” ޒިވްޔާ އަށް ބުނެވުނެވެ. ” ވަޓް . ކިހިނެއް ވީއޭނާ ، ” ނުވިސްނިހުރި ޔުލީން ބުނެލިއެވެ. ނަމަވެސް ޒިވްޔާ އަކަށް އަނގައިން ބުނެވޭ ވަރެއް ނުވެއެވެ. ” ވެއިޓް ޒިވް ޒަޔާން ދެކެ ލައިކް ވަނީތަ ؟ ” ޒިވްޔާ ގައިން ދުރުކޮށްލަމުން ޔުލީން އަހާލީ އޭނާ އަށް ވިސްނުނީ އެގޮތަށްކަމުންނެވެ. އެއިރު ޒިވްޔާގެ ރުޔުން ގަނޑުމަތަވެއްޖެއެވެ. މަޑުމަޑުން ޒިވްޔާ ބޯޖަހާލީ އިތުރަށް ހިތަތެރޭގައި ފޮރުވާގެން ނުހުންނަންވެގެންނެވެ.  ” ވަޓް ، އަސްލުކޮށް ” ހައިރާން ވީވަރުން ޔުލީން އަށް ބުނެލެވުނީ ތަންކޮޅެއް ބާރަށެވެ. އެއްޗެކޭ ނުބުނެ ޒިވްޔާ އޭނާގެ ކޮޓަރިއަށް ދާން ހިނގާގަތެވެ. ޔުލީންވެސް ޒިވްޔާ އެކަނިވާން ބޭނުން ވާނެކަން އިނގޭތީ އޭނާފަހަތުން ނުގޮސް ކޮޓަރިއަށް ޔުލީން ވަދެލީ ފުންވިސްނުމެއްގައި ހުރެއެވެ.

” ރިޔާން ، ސޮރީ ” ހިނގަމުން ވަކިހިސާބަކަށް އެރިފަހުން ލައިހާ ބުނެލީ އިތުރަށް ކެތްނުވެގެންނެވެ. ” ކޮންކަމާކާ … އޯ އިނގިއްޖެ ، އެއީ ދެން ސޮރީ ބުނާވަރު ކަމެއް ނޫނެއްނު ، ލޮއިއްބަކީ ގަދަބާރުން ހޯދޭ އެއްޗެއް ނޫނެންނު ، އެކަމް ވެސް އަހަރެން މިހުރީ ލައިހާގެ އިންތިޒާރުގާ ” ލައިހާ ގެ ދެއަތުގައި ހިފާލަމުން ރިޔާން ބުނެލިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި ލައިހާ ހުރީ އޭނާގެ ހިތަށް އަސަރުކުރިލެއް ބޮޑުކަމުންނެވެ. ރިޔާން ގެ އަތުން ދެއަތް މިނިވަން ކޮށްލަމުން ލައިހާ ގެއާ ދިމާލަށް ދުއްވާގަތީ ގެލޮލުކޮޅަށް ފެންނަން ހުރީމައެވެ. ދާން އުޅެފާވެސް ރިޔާން ދެޖީބަށް އަތްޖަހާލައިގެން ލައިޙާ ގެއަށް ވަންނަން ދެން ބަލަހައްޓައިގެން ހުރީ އެވެ. ” އައި ރިއަލީ ލަވްޔޫ ” ވައިއަޑަކުން ރިޔާން ބުނެލީ އަސަރާއެކުއެވެ.

*********************

ޔުލީންގެ ކައިވެނީގެ ކަންކަމާ އަވަދިނެތި އެންމެން އުޅެމުން ދިޔައީ ދެން ޖެހިގެން އޮތް ދުވަހަކީ ކައިވެނީގެ ދުވަސްކަމަށް ވާތީއެވެ. އެންމެ ފަހުތައްޔާރީތަކާގެން އެންމެން ވެސް ކުރިއަށް ދިޔައިރު ގޭތެރެ ވަނީ ހަލަބޮޅިވެފައެވެ. ކައިވެނި އޮތީ ޔުލީންމެން ގޭގެ ޓެރެސްގައިކަމުން ލައިހާ މެން ދިޔައީ އެތަން ޕާޓީގެ ކުލަކަމަށް ވާ މެރޫން ކުލައިން ޒީނަތްތެރިކުރަމުންނެވެ. އެއެންމެން ތެރޭގައި ހުރި ޒިވްޔާގެ ނަޒަރުވަނީ އެތާ ހަރަކާތްތެރިވަމުން ދިޔަ ޒަޔާން އަށް ހުއްޓިފައެވެ. އުޅެއުޅެވެސް ޒަޔާން ގެ ނަމަކީ އޭނާގެ ހިތުން ފޮހެލެވުނުނަމެއް ނޫނެވެ. ހުރިހާތަނެއް އެތްކޮށް ނުނިމުނެއްކަމަކު އެންމެން ވެސް އެމީހެއްގެ ގެއަށް ދާން ތައްޔާރުވީ ރޭގަނޑުއެހާ ލަސްވެފައި ހުރުމުންނެވެ.

ޔުލީން އޭނާގެ ކޮޓަރީގެބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ހުރީ އުޑުމަތީ ބަބުޅަމުން ދިޔަ ތަރިތަކަށް ނަޒަރު ހިންގާލައިގެންނެވެ. މާދަމާ އަކީ ކައިވެނީގެ ދުވަސްކަމުން މީހާގެ ހިތްވަނީ ނުތަނަވަސްވެފައެވެ. ޔޫއާން ގެ ހައްޤަކަށް ވުމަކީ އެއީ އޭނާގެ އެދުމެވެ. އެއެދުން މާދަމާ ފުރިހަމަ ވާނެކަން އިނގުމުން ޔުލީންގެ ތުންފަތަށް ރީތިހިނިތުންވުމެއް ވެރިވެގަތެވެ. ފަހަތުން އައިސް ޔުލީންގެ ބަނޑުގާ ޔޫއާން އަތްވަށާލަމުން ޔުލީންގެ ކޮނޑުގައި ދަތްދޮޅިއަޅުވާލިއެވެ. ސިއްސާގެން ޔުލީން ދިޔައެއްކަމަކު އެ ތުންފަތުގައިވާ ހިނިތުންވުން ފަނޑުވުމުގެ ބަދަލުގައި އިތުރަށް ފުޅާވީއެވެ. ” ކޯންޗެއް ވިސްނަނީ ދޫނީ ” ނިކަން ލޯބިން ޔޫއާން އަހާލިއެވެ. ” މާދަމާއާ މެދުވަރަށް ނާވަސް ، ދޫނި ބިރެއް ނުގަނޭތަ ” ޔޫއާން އާވީފަރާތަށް އެނބުރެމުން އޭނާގެ އުނަގަނޑުގައި އަތްވަށާލަމުން ޔުލީން އަހާލިއެވެ. ” ނޮޕް ވަރަށް އުފާވެފާ މިހުރީ އެކަމް ، ދެން ލީން ވާނީ އަހަރެންގެ ވައިފް އަކަށްނު ، ލޯބިގަނޑެއް މިބުނީ ތީ ” ޔުލީން ރަކިކޮށްލުމަށް ޔޫއާން ބުނެލިއެވެ. ” ލަދުގަންވަރުން ޔުލީން ޔޫއާން ގެ މޭގައިއެމޫނު ފޮރުވާލިއެވެ. ” ހާދަ ލަދުގަނެއޭ ދޯ ” ލާނެތް ރާގަކަށް ޔޫއާން ބުނެލިއެވެ.

ވިސްނަން ޖެހޭ ކަންކަން ގިނަކަމުން ލައިހާ އޮތީ ނިދިނައިސްފައެވެ. މާދަމާ އަކީ އޭނާގެ އެކުވެރިޔާ އަށް އަންނަ ޙާއްސަ ދުވަހެއް ކަމުން ލައިހާ އަވަހަށް ނިދަން ބޭނުންވިނަމަވެސް ނިދޭގޮތެއް ނުވެއެވެ. އިރުކޯކޮޅާ އޭނާގެ ބޮލުގައި ވަށާލަނީ ޒަޔާން ގެ އިންޒާރުތަކެވެ. ޒަޔާން އާ ކައިވެނިކުރަން އެއްބަސް ވެވިފައިވާކަމެވެ. ދެން ވާނީ ކިހިނެއްކަމާ ކަންތައް ކުރަން ޖެހެނީ ކިހިނެއް ކަމެއް ވެސް ލައިހާ ގެ ސިކުނޑީއަކަށް ނާދެއެވެ. ޔުލީން މެން އެތައް ފަހަރަކު އެހީވާން އުޅުނަސް ލައިހާ އިންކާރުކުރަނީ މިމުސީބާތު ތެރެއަށް ޔުލީން ވައްދާ އޭނާ އަށް ދެރައެއް ދޭން ބޭނުން ނުވާތީއެވެ. އިސާހިތަކު ލައިޙާގެ ދޮލޯފުރިގެން އައެވެ. ރިޔާން ގެ ނަން ވައިއަޑުން ކިޔާލިނަމަވެސް އެހިތުގައި ދިޔައީ ވޭން އަޅަމުންނެވެ. ދަންވަރުވެފައިވާ ހަމަހިމޭން މާހައުލުގައި ކޮންމެ ރެއަކު ލައިހާ ރޮއެހަދާއިރު މިރޭ ވެސް ލައިހާ އަކަށް މަޑަކުނެއް ނޯވެވުނެވެ. ވޭނީރުޔުމުގެ އަޑުއަހާނޭ ފަރާތެއް ނުވާނެކަން އިނގޭތީ ލައިހާ ހިތްފުރެންދެން ރޯލައެވެ. އެކަކަށް ވެސް އޭނާ ކުރިމަތިލަމުން ދާ ދަތިތަކުގެ ހިލަމެއް ވިޔަ ނުދިނުމައްޓަކައި އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެ. ކޮޓަރީގައި ހުރި ފެންފުޅިންފެން ހުސްވެފައިހުރުމުން ޒަޔާން އާފުރެމުން ކޮޓަރިން ނިކުތެވެ. އަދިވެސް ނިދިނުފިލާފަދައެވެ. އެހެންނަމަވެސް ރުޔުމުގެ އަޑާއެކު މީހާގެ ނިދިފިލައިގެން ގޮސް ދެފާވެސް ބިމުގައި ތައްވިފަދައެވެ. އެއިވެނީ ލައިހާ ގެ އަޑުކަން ޝައްކަކާ ނުލާ ޒަޔާން އަށް ފަހުމް ވިއެވެ. ޒަޔާންގެ ހަރުހިތައް އަސަރުކުރިއެވެ. އެހެންނަމަވެސް ދެފަރާތައް ބޯހޫރާލަމުން ބަދިގެއަށް ގޮސްވަތީ އަޅާނުލާން ނިންމާގެންނެވެ. އެހެންނަމަވެސް ސިކުނޑީގައި ވަށާބުރުޖަހަމުން ދިޔައީ އޭނާ އަށް ލައިޙާ އާ މެދު އަމަލުކުރެވިފައިވާ ގޮތްތަކެވެ. އެހެންނަމަވެސް އޭނާގެ ގޮތުގައި ހުންނަން ޒަޔާން ބޭނުންވިއެވެ.

އިރުގެ ރަންދޯދިތައް ދުނިޔޭގެ ބިމަށް ދައްކާލީ ހަތެއް ޖަހަން އުޅެނިކޮށެވެ. ފަތިހުތެދުވެގެން އުޅުނު ލައިހާ އަދި ނޫރީން ގެ އަތްމަތި އަވަސްވެފައިވަނީ ބަދިގޭގެ މަސައްކަތް ނިންމާލާފައި ޔުލީންމެން ގެއަށް ދިޔުމަށެވެ. އެހެނީ މިއަދަކީ ކައިވެނިކުރުމަށް ހަމަޖެހިފައިވާ ދުވަސްކަމުގައިވާތީއެވެ. ހަފްތާގެ ބަންދުދުވަހަކަށް ވާތީ ޒަޔާން ވެސް އެހާ ފަތިހާ ތެދުވަން ގަސްތެއް ނުކުރެއެވެ. ރޭއެހާލަހުން ނިދުމުން ޒަޔާން އޮތީ ތަންމަތިން ހިތްލާލަން ވެސް ބޭނުންނުވެފައެވެ.

މެންދުރުއަތަށް އެޅިއިރު ކެއްކުމާގެން އެންމެން އަވަދިނެތި އުޅެމުން ދިޔައިރު ފިރިހެން ވެރިން ތަންއިތުރަށް ފުރިހަމަ ކުރަން އުޅެއެވެ. ދުވަހާ ގުޅިގެން ގާތްތިމާގެ މީހުންނާ ރަޙްމައްތެރިންވެސް އެ އުފަލުގައި ބައިވެރިވެލުމަށް އެގެއަށް އައިސްގެން އުޅޭތީވެ އެ ބޮޑު ގޭތެރެ ވެސް ފެންނަނީ ނިކަން ހަލަބޮލި ކޮށެވެ. މޫނުމައްޗަށް ހިނިތުންވުމެއް ވެރިކޮށްގެން ލައިޙާ އަދި ޒިވްޔާ ދިޔައީ ކުރަމުން އަންނަ ހިތާމަތައް ފޮރުވަމުންނެވެ. ދެމީހުން ވެސް ޔުލީން ފަސްފަހަތުން އުޅޭއިރު ކައިވެނި ކުރެވެންދެން ޔުލީން އަދި ޔޫއާން ބައްދަލުވިޔަނުދިނުމަށް އެދެމީހުން ދިޔައީ ގަދައަޅާމަސައްކަތް ކުރަމުންނެވެ. ލައިހާ އަދި ޒިވްޔާގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުމުގެ ސަބަބުން ޔުލީން ހުރީ އުފާވެފައެވެ. އެތެރެ އެތެރެ އިން އެދެމީހުން ހިތާމަ ކުރާކަން ޔުލީން ދެނެހުއްޓެވެ. އެހެންނަމަވެސް އޭނާއަށްޓަކައި ދެއެކުވެރިން ވެސް ހިނިތުންވެލާފައި ތިބުމުން ޔުލީން ވެސް ހުރީ ނިކަން އުފާވެލާފައެވެ. ލައިހާ ޔުލީން އާއެކީ ކައްކާތަނަށް ދިޔައީ ޒިވްޔާ އަށް ތައްޔާރުވަމުން ދިޔަ ޓެރެސް ބަލައިލަން ދާން އަންގާފައެވެ. މާބޮޑުކަމަކަށް ނަހާދާ ޒިވްޔާ ޓެރެސް މަތިބަލައިލަން ވެގެން ފަރިތަކަމާއެކު ސިޑިތައް ގިރާކުރަމުން ދިޔައެވެ. އެހެންނަމަވެސް ކުރިމަތިން އަންނަމުން ދިޔަ ޒަޔާން ފެނި އެހިތުގެ ތެޅުން ބާރުވިއެވެ. ހަލުވިވެފައިވާ ފިޔަވަޅުތައް މަޑުޖެހިގެން ދިޔައެވެ. ޒަޔާން އަށް ޒިވްޔާ ފެނުމުން ހިނިތުންވެލަމުން ޒިވްޔާ ކައިރި އަށް ދާން މިސްރާބުޖެހިއެވެ. ކުއްލިއަކަށް ހުއްޓުމުން ޒިވްޔާ އަށް އޭނާލައިގެން ހުރި އަބާޔާ ހެދުމުގެ ފަސްބަޔަށް އެރި ފައިއަރިއަޅާލިއެވެ. އެހެންނަމަވެސް އޭނާ ނުވެއްޓި ސަލާމަތުން ޒަޔާން ގެ އަތުތެރޭގައި ހައްޔަރުވުމަކީ އޭނާގެ ނަސީބެވެ. ދެލޯ ފިއްތާގެން އޮތުމަށްފަހު ޒިވްޔާ ދެލޯހުޅުވާލިއިރު ކުރިމަތިން ފެނިގެން ދިޔައީ ޒަޔާންގެ ފުންކަނޑެއް ފަދަ ދެލޮލެވެ. އެދެލޮލުން ނަޒަރު ނައްޓާލަން ވެސް އޭނާއަށް އުނދަގޫވާނެކަން ޔަޤީނެވެ. މަޢުސޫމު ކަމާއެކީ އޭނާގެ އަތުތެރޭގައި އޮތް ޒިވްޔާގެ ދޮންމޫނަށް ނަޒަރު ހުއްޓާލައިގެން ޒަޔާން އަށް އޮވެވުނީއެވެ. ފިރިހެންކުދިން ގެ ހިތްތަޅުވާލާނޭހާ ވެސް ޒިވްޔާ ރީއްޗެވެ. ފުރަތަމަ ފަހަރަށް ޒަޔާން ޒިވްޔާގެ ރީތިކަމަށް ހިތާހިތުން ތަޢުރީފް ކޮށްލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ހީވޭ ކަލާވާހެން-9

Next

ހިތުގެ ޝަކުވާ… 23

Next
September 11, 2021

ހިތުގެ ޝަކުވާ… 23

Previews
September 10, 2021

ހީވޭ ކަލާވާހެން-9

4 Comments!

  1. ?YEOJA? says:
    September 11, 2021 at 7:58 am

    Hlw readers ❤️
    Hope u love this part ❤️
    Next ISA soon ❤️
    Stay safe and tvgc❤️

  2. Nayaa Nayaa says:
    September 11, 2021 at 10:51 am

    masha allah.. hama mi prt vx vrh reeethi ingey as usual.. alhe dhn zayaan ah mihaaru visnen vejje ennu.. alhe ziv haadha sad vaaney dhw.. aww… insha allah adhi hurihaa kameh hamayakah elheyne.. keep it up sisooo… lots nd lots of loveee… maadhamaa oiy unit test ah dhaskuranvx vejje.. stry ge aneh prt liyan indhefa mi aee.. hehe.. dhanee ingey..
    lyssssssssssmm
    ss nd tvgc…

    1. ?YEOJA? says:
      September 11, 2021 at 7:31 pm

      Thank uuu sooo much sweetie
      It means a lotuuu ngeyy
      Yeaa ziv vrh saydu vefaa eh nu huree dhw
      Adhi hureyy zayaan seedaa kohlaanan
      Naayuu bunaa bas zayaan vxx mihaaru adu ahan vehje eh nu dhw
      Yesss ISA it will be fine juss waitu ngeyy
      Thanks again lwbi koluuu
      Luwsss yaaa moreee
      Awww aleyyy gud luck ngeyy dear with test do well fighting!!!
      Naayuu ge stry ah waitin ngeyyy 24th part ah I have kiyaningss 23 vana part
      Cmnt eh kohlan mioleny ngeyy
      Yeaaa lyyyymmmmmmm
      SS and Tc

  3. Ryyn says:
    September 12, 2021 at 4:31 pm

    Haii ? nayu dhoony kihineh thaaa ? ? happy to meet you again ? i miss u.. and this stry too.. hithah ery kyhvehey uplwd nuwany.. dhn miadhu site alhuvaalithanaa fenunyma vrh happy ❤ btw mi bai ves vrh vrh vrh rythi.. masha allah <3 curiously waitin for nxt prt ❤ luw yah ?

Comments are closed.

Next Episodeގާތުގާވުމަށް ހިތް އެދެނީ (24)←


All Right Reserved!