Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ކައިޔޫން – 2

magnummm Level 1
August 25, 2021 3 Mins Read
2 Comments

އަހަންނަށް ފުންމައިލެވުނީ އެންމެ ފަހުންނެވެ. އެކަމަކު އެއީވެސް އެހެން އެންމެން ފުންމައިލި ފަރާތް ނޫން އަނެއް ފަރާތުންނެވެ. އެކަން އިނގުނީވެސް ފުންމައިލި ފަހުންނެވެ. ކަނުއަނދިރިކަމުން ތަނެއް ދޮރެއް ވަކިކުރަން ނޭނގުނަސް، ހީވާނޭ ގޮތަކަށް ކުރިއަށް ފަތަމުން ދިޔައީމެވެ. އަހަންނަށް ފުންމައިލެވުނީ އެންމެ ފަހުންނެވެ. އެކަމަކު އެއީވެސް އެހެން އެންމެން ފުންމައިލި ފަރާތް ނޫން އަނެއް ފަރާތުންނެވެ. އެކަން އިނގުނީވެސް ފުންމައިލި ފަހުންނެވެ. ކަނުއަނދިރިކަމުން ތަނެއް ދޮރެއް ވަކިކުރަން ނޭނގުނަސް، ހީވާނޭ ގޮތަކަށް ކުރިއަށް ފަތަމުން ދިޔައީމެވެ. އެހެނަސް ވަކި ހިސާބަކަށް ފެތުނު ފަހުން، މަންމަމެންގެ މަތިން ހަނދާން ވެއްޖެއެވެ. އަނބުރާ އައިކޮޅަށް ފަތަނިކޮށް ބޯޓު އެހެރަ ދިޔައީ އަޑިއަށެވެ. އިރުކޮޅެއް ނުވެ އަޑެއް ކިޔާފައި ބޯޓުގައި އަލިފާން ރޯވަން ފަށައިފިއެވެ. އެއާއެކު، ސިހިފައި އަހަރެންވެސް ދުރަށް ވިއްސާލައިފިއެވެ. ކަރުނަވީ ދެލޮލާއިއެކު އަހަންނަށް އެދިމާލަށް ބަލަހައްޓައިގެން އޮވެވުނެވެ.

ބޯޓު އަޑިއަށް ދާންވީ ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. ގައިމު ނުލާހިކު ކުރިން އެކަމަށް ތައްޔާރުވެއްޖެ ވިއްޔާއެވެ. ބޯޓު ފެނަށް ޖެހުނު ގޮތަކުން އަޑިއަށް ދިޔަވަގުތު އެއާއެކު ބޯޓުގައި އަލިފާންގަނޑު ރޯވެ އަނދަމުން ދިޔައީ ކަންނޭނގެއެވެ. އޭގެ ސަބަބުން އެފަރާތުން މޫދަށް ފުންމައިލި އެންމެން ގައިގައި އަލިފާން ރޯވީކީ ނޫންބާއެވެ.

އެކަމާއި ވިސްނަން އޮތްވައި ބޮޑު ރާޅެއްގައިޖެހި ދުރަށް ވިއްސައިލަތްޕެވެ.

ނުވިސްނަ ހުއްޓައި އެކަހަލަ ކަމެއްވުމުން އަހަރެން ދިޔައީ ‘އެއްލިގެން’ ކަހަލަ ގޮތަކަށެވެ. އަދި ޖެހުނު ގޮތަކުން ފެންވެސް ބޮވުނެވެ.

ހުއްޓުމެއްނެތި ފެން ބޮވުމުން، އަހަރެންގެ ދެލޯ ހުރީ ރަތްވެފައެވެ. ގައިގައި ހިރިލާނެ ވަރު ހުއްޓަސް ކުރިއަށް ދާކަށް ބޭނުމެއް ނޫނެވެ. މަންމަމެން ނެތް ދުނިޔެއެއްގައި އަހަރެން އުޅުމުގެ ބޭނުމެއް ކޮބައިހެއްޔެވެ؟ އަހަރެންގެ އުފަލަށްޓަކައި އެމީހުން ކޮށްދޭން އުޅުނު ކަންތައް މިވީ، އެމީހުންގެ މަރުގެ އެތިފަހަރަކަށެވެ.

“އިޓްސް އޯލް މައި ފޯލްޓް!” ބޮލުގައި އަތް އަޅައިގެންހުރެ އަހަރެން ހަޅޭއްލަވައިގަތީމެވެ. އަދި އެންމެ ސިކުންތެއްވެސް ލަސްކޮށްލުމެއްނެތި

ލައިފް ޖެކެޓް ގަޔާއި ވަކިކޮށްލީމެވެ. މަރުވިއަސް ހެޔޮކަމަށެވެ.

ލައިފް ޖެކެޓް ގަޔާއި ވަކިކޮށްލިކަމެެއް ނޭނގެއެވެ. އަޑިއަށް ދަމައިގަނެފިއެވެ. ހަރަކާތެއް ނުގެނެވުނެވެ. ބަކަ ތަޅާފައި އަދި އަހަރެން އުޅުނީ މައްޗަށް އަރާށެވެ. ކުއްލިއަކަށް ހަމަ ސަލާމަތް ވާން ބޭނުންވިވަރުންނެވެ. އެކަމަކު އެވަގުތު އަހަރެންގެ ނަސީބު އެކަމަށް ތަނެއް ނުދިނެވެ. ކުރެވުނު ކަންތަކާއި އަހަންނަށް މޮޔަހީވީ އެވަގުތުކޮޅެވެ.

ވިއްސާރަ އިހުނަށްވުރެ ބޯކޮށްލައިފިއެވެ. އިސްކޮޅަށްވުރެ ބިޔަ ރާޅުތައް ނަގަމުންދިޔައެވެ. އެގޮތަށް އައި ރާޅެއްގައި، މައްޗަށް އެރިއެރި އޮތް އަހަރެން ނުލާހިކު އަޑިއަށް ދަމައިގަތެވެ. ސަލާމަތްވާނެ ފުރުޞަތެއް ނުދީއެވެ.

** *** ** *** **

ކައިގެ ނަޒަރުން:

ވަންގްސަން ބީޗްގެ ހިތްގައިމު މާހައުލުގެ ވެލިގަނޑުމަތީގައި ފިޔަވަޅު އަޅަމުންދިޔަ އަހަރެންގެ ނަޒަރު ހުއްޓިގެން ދިޔައީ ފެނުން ތޮޅިލި އިރާއި ދިމާލަށެވެ.

ވަގުތަކީ އިރުއަރަމުންދިޔަ ވަގުތުކަމުން މާހައުލުން އަހަރެންނާއި އަހަރެންގެ ދެބެއިންގެ ދެދަރި ދެކުއްޖަކާއި އެކުއްޖާގެ އަނބިމީހާ ފިޔަވައި، މާގިނަ ބަޔަކު ނެތެވެ. އަހަރެންގެ  ދެ އެކުވެރިން މޫދުގައި އުޅެމުންދިޔައިރު އިރުއިރުކޮޅާއި އަހަންނަށް ގޮވައިލަމުން މޫދަށް އެރެން އަންނަންވީނުންހެއްޔޭ ބުނެލައެވެ. ދެކޮޅުވުމުގެ ގޮތުން ކޮންމެފަހަރަކުވެސް ބޯ ހޫރައިލަނީއެވެ.

ގުދުރަތުގެ ހިތްގައިމު މަންޒަރަށް ނަޒަރު ހުއްޓައިލައިގެން އިން، އަހަރެންނަށް ހަމަހޭވެރިކަމެއްވީ އެދެމީހުން ހަަޅޭއްލަވައިގަތީމައެވެ. ސިއްސައިގެން ދިޔަނަމަވެސް ދެވަނަ ސިކުންތުގައި އެދިމާލަށް ރަނގަޅަށް ނަޒަރު ހުއްޓައިލީމެވެ. އެއާއެކު އަހަރެންގެ ދެލޯ މަޑުމަޑުން ބޮޑުވެލައިގެން ދިޔައެވެ.

އަހަރެންގެ ކަޒިންއާއި އޭނަގެ އަނބިމީހާގެ ހިތްވަރުން ކުއްޖަކު އެއްގަމަށް އަރުވައިފިއެވެ. ބަލާބެލުމަށް އެކުއްޖާ އެއޮތީ ހޭނެތިފައިހެން ހީވިއެވެ. ލައިގެންއޮތް ޖަމްޕްސޫޓުގެ ތަންތަންކޮޅުން ކުޑަކުޑަކޮށް ވީދިފައިވާއިރު އިސްތަށިގަނޑު އޮތީ ހޭވިފައެވެ.

އެދެމީހުން އެކުއްޖާ ވެލިގަނޑުމަތީގައި ބާއްވާލައިފައި އަހަރެންނަށް ގޮވައިލިއެވެ. އަހަރެން އެދިމާލަށް ފިޔަވަޅު ނަގަމުންގޮސް، ކަޒިންގެ ކައިރީގައި ހުއްޓިލީމެވެ. އޭރު އޭނަގެ އަނބިމީހާ، އެ އަންހެންކުއްޖާގެ ގާތުގައި އިށީނދެލައިގެން އިނެވެ.

“އެކުއްޖާއަށް ސީޕީއާރް ދޭން ޖެހޭނެއެއްނު.. ނޭވާވެސް ނުލާ ކަންނޭނގެ.”ޒިން ބުނެލައިފިއެވެ.

“ދެން ދީބަލަ..” އަހަރެން ވިސްނުމެއްނެތި ބުނެލީމެވެ. އެހެނަސް ކަޒިންގެ މޫނަށް ނަޒަރު ހުއްޓައިލިތަނުން ދެލޯ އަޅައިގެންހުރި އޭނަ ފެނިފައި ވީގޮތް އަހަންނަށް ރޭކައިލިއެވެ.

“އެކަމް އަހަރެން…” އަހަރެން ދުރުބަލައިލީމެވެ. “ހޮސްޕިޓަލަށް ދާންވީނު.”

“ކައީ…” ކަޒިންގެ އަނބިމީހާ ރާގަކަށް ގޮވާލައިފިއެވެ. “ހޮސްޕިޓަލަށް ދާނި އަހަރުމެންނަށް ޓްރައި ކޮށްގެން އެ ވޯރކް ނުކޮށްފިނަމަ. އެހެންނޫނަސް ކޮބާތަ މައްސަލައަކީ؟ މިއީ މީހެއްގެ ފުރާނަ ސަލާމަތް ކުރާކަމެއްކަން އިނގޭނު.”

އަހަރެން ފުން ނޭވާއެއް ދޫކޮށްލަމުން އެކުއްޖާގެ ގާތުގައި އިށީނދެލީމެވެ.

“އެބަ އަންނަން ހޮޓަލްއަށް ގޮސް ފޯނު ހިފައިގެން..” އަހަރެމެންތިބި ބީޗާއި މާދުރުނޫން ހިސާބެއްގައިހުރި ހޮޓަލަށް އިޝާރާތްކޮށްލަމުން އެދެމީހުން ބުނެލައިފިއެވެ. އެއީ އަހަރެމެން ތިބެން ހަމަޖެހިފައިވާ ހޮޓެލެވެ. (އެމިހުންގެ ހަނީމޫން ދަތުރުގައި އަހަރެންވެސް ގެނައީއެވެ.)

އެކުއްޖާގެ ނޭވާގެ އަޑެއް ނުވެސް އިވެއެވެ. އަހަރެންގެ އެކުއްޖާގެ ހިތާއި ދިމާލަށް އަތުން ސީޕީއާރް ދިނީމެވެ. އެހެންނަމަވެސް އެގޮތަކުން ކުރިއެރުމެއް ނުލިބުނެވެ. އަހަރެން ޖެހުނީ އެންމެ ބޭނުންނުވި ފިޔަވަޅު ނަގާށެވެ. މަޑުމަޑުން ދެލޯ މަރައިލީ ދެލޯ ހުޅުވައިގެން އެކަން ކުރުމަކި ނުވާނެ ކަމެއްކަން އިނގޭތީއެވެެ. ކޮންމެ ގޮތެއް ވިއަސް މި އަންހެންކުއްޖާގެ ފުރާނަ ސަލާމަތްކުރެވޭތޯ މަސައްކަތްކުރަން އެބަޖެހޭ ވިއްޔާއެވެ. ކުއްޖާގެ މޫނާއި ކައިރިވެލައިފައި، މ-ޓ-މ ސީޕީއާރް ދެމުން ދިޔައީމެވެ.

ައަހަރެންނަށް ދުރަށް ޖެހިލެވުނީ، އެކުއްޖާ އަހަރެންގެ ގައިގައި އަޅައި ދުރަށް ކޮށްޕައިލީމައެވެ. ވެލިގަނޑަކަށް ޖެހުނު ގޮތަކުން ތަދުވެސްވިއެވެ. އެކަމަކު އެކުއްޖާއަށް، އަހަރެންގެ މޫނު ފެނިދާނެތީ ހާސްވީވަރުން ޖީބުގައި އޮތް މާސްކް ނަގައި މޫނުގައި އަޅައިލީމެވެ. ދެން އަނެއްކާވެސް އެނބުރެލިއިރު،

އޭނަ އިނީ ދެލޯ ކުޑަކޮށްގެން އަހަންނަށް ބަލަހައްޓައިގެންނެވެ. އަހަރެން ފުރަތަމަ ހީކުރީ އޭނަ އަހަރެންނަށް ބަލަހައްޓައިގެން އިނީ، އަހަރެން މީ ކާކުކަން ފާހަގަކުރެވުނީމަކަށެވެ. އެހެނަސް..

“ހޫ އަރ ޔޫ؟ ޓެލްމީ! ޑޯންޓް ޔޫ ޑެއަރ.. ޔޫ ޓުކް މައި ފަސްޓް ކި*.” އޭނަ އެހެން ބުނެލާފައި ޝިކާރަވެރިއެއް އޭގެ ޝިކާރައާއި ދިމާލަށް އަންނާނެ ފަދަ ގޮތަކަށް އަހަންނާއި ދިމާލަށް ޖެހިގަތެވެ. ސިހުނުބޮޑީގައި އަހަރެން އޮތީ ހަރަކާތެއް ކޮށްލަންވެސް ނޭނގިފައެވެ.

މިކުއްޖާއަށް ކުއްލިއަކަށް އާދަޔާ ޚިލާފް ބާރެއް ލިބުނީބާވައޭ ހިތަށްއެރިއެވެ.

އަހަރެން ބަލަބަލަ ހުއްޓައި އޭނަ އަހަރެން ލައިގެން ހުރި ޓީޝާޓް އަތަށް ބޮނޑިކޮށްލިއެވެ. އެއަށްފަހު، އަޅައިގެން ހުރި މާސްކާއި ދިމާލަށް އަތް ގެންދިޔައީ އަހަރެންގެ މޫނު ބަލަން ވެގެން ކަންނޭނގެއެވެ. ސިހިފައި އަހަންނަށް ތެޅިގަނެވުނެވެ. އަަވަސްއަރުވާލައިފައި ދުއްވައިގަންނަން އުޅުނީމެވެ. އެކަމަކުގެ ރަނގަޅަށް ނުތެދުވެނީސް އަހަރެންގެ އަތުގައި

ހިފައިލިއެވެ. އަދި ކަމެއް ހަނދާންވާ ފަދައަކުން އަހަރެންގެ އަތުން ދޫކޮށްލައިފިއެވެ. އަހަރެންހުރީ ‘ވާނުވާ’ ގައެވެ.

“އަހަރެންގެ ބުރުގާ..” އޭނަ ބޮލުގައި އަތް ކާއްތަމުން ބުންޏެވެ. ބުނި އެއްޗެއް އަހަންނަކަށް ނޭނގުނެވެ. އެކަމަކު އަހަރެންގެ އަޑު، އޭނައަށް ފާހަގަކުރަން އިނގިދާނެތީ އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ. އޭނަ އެހެން ހުރެލާފައި އެއަށްފަހު އެކި ދިމަ ދިމާލަށް ބަލަން ފެށްޓިއެވެ. ހީވީ އެއްޗެއް ގެއްލިގެން އުޅޭހެންނެވެ.

ދެވަނަ ސިކުންތުގައި އޭނަގެ ލޮލުގައި އަޅައިގަތީ ތަންކޮޅަށް ދުރަށް ވެއްޓިފައި އޮތް ސްކާރފެކެވެ. އެ ސްކާރފް ނަަގައި ބޮލުގައި އަޅައިލީ، އިސްތަށިގަނޑު ފޮރުވޭނެހެންނެވެ. އެއަށްފަހު އިރުކޮޅަކު އަހަންނަށް ބަލަހައްޓައިގެން ހުރެފައި، ކުރިއަށް ދުއްވައިގަނެފިއެވެ.

(ނުނިމޭ)

 

Share Article

Follow Me Written By

magnummm

Level 1

Other Articles

Previous

ބޭވަފާތެރިއެއް ނުވަމެވެ.

Next

ގާތުގާވުމަށް ހިތް އެދެނީ (14)

Next
August 25, 2021

ގާތުގާވުމަށް ހިތް އެދެނީ (14)

Previews
August 25, 2021

ބޭވަފާތެރިއެއް ނުވަމެވެ.

2 Comments!

  1. magnummm says:
    August 25, 2021 at 12:38 pm

    First of all im really sorry that i made u guys waitin ? i was really busy with my studies so i couldn’t write it on the day i wanted. But anyways I hope u like this part too ❤ And let me tell u that this stry is not started ehaa rangalhah.. Also i’ve found out that previous part ge last para ga kuda mistake eh innkannn.. ehnve e paragraph innaany kudakoh change kohlaafa.. and part 4-5 inn stry ranglhah fesheyny ngey. dhnn mi stry ga mi year aky 2027. Im not sure but lets think ehaa irah maybe txt disband vedherne ey.. Im tellin this becuz mi stry aku txt ge evves baeh naannaane ehnve.. And thix stry is not so long im guessin there’ll be 9-12 episodes or maybe less than that ? guyz feel free to share ur views ingey ❤ luv y’all and take care and stay healthy ?

    And if there is anyone who want to talk me invite me on hangouts: [email protected]

  2. ?YEOJA? says:
    August 25, 2021 at 1:24 pm

    Hlw sweetie
    Masha Allah vvvvvv furihama mi part vxxx
    keep itu up dhoonigaduu
    hehehhe
    Aleyyyy wow Kaiii aa veehya e meet vee its like konme MOA ehge vxx dream
    Anywayss hama bunelan othy thigothugaa kuriahdaasheyy ingeyy hama vrh molu
    Cant waitu for next one tho. but still waitting
    luwass yaaa
    Stay safe and tvgc
    Borahae

Comments are closed.



All Right Reserved!